ބިދޭސީންގެ މައްސަލައިގާ ސަރުކާރަށް ގޮތްހުސްވެފާ 

Facebook
Twitter
WhatsApp
F1B223EF-EECC-45B1-B2E1-F56A51448E96


     ބިދޭސީން ރާއްޖޭގައި ތިބުމަށް އޮތް ހަމަ އެކަނި ޙައްލަކީ ގާނޫނީ އިމުގެތެރެއަށް ފެތިގެން ރާއްޖޭގައި ތިބުންކަމަށާއި ގަވާޢިދަށް ނުފެތޭ ހުރިހާ ބިދޭސީން ހައްޔަރު ކުރައްވާނޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވި ނަމަވެސް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ 68000އަށް ވުރެ ގިނަ ބީދޭސީން ބައިތިއްބާނެ ފެސިލިޓީ ރާއްޖޭގައި ގާއިމް ކުރެވިފައެއް ނެތެވެ.

  އަދި އެހެން ނޫނަސް އެމިގްރޭޝަންގެ ގާނޫނުގެ ދަށުން އެ މުވައްސަސާ ނޫން އެހެން މުވައްސަސާއަކަށް ބިދޭސީ ހައްޔަރު ކޮށްގެން ގިނަދުވަހަކު ނުގެންގުޅިވޭނެ ކަމަށް ބުނެވެ. ގަވާޢިދާ ޚިލާފަށް ރާއްޖޭގައި 68000 އަށްވުރެ ގިނަ ބުދޭސީން ތިބި އިރު ބިދޭސީ ގަވާއިދަށް ފެތެން ދިން މުޙުލަތު ހަމަވި އިރު ގަވާޢިދަށް ފެތިފައިވަނީ 9000 ހާސް ބިދޭސީން ކަމަށް ބުނެއެވެ. ފައްޔާޒު ވިފާޅުވި ގޮތުގައި ރާއްޖޭގައި ގާވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ %90 އަކީ ބަނގުލަދޭޝްގެ ރައްޔިތުންނެވެ. 

ނަމަވެސް އެޖެއްސެވި ހިސާބު މިމަހަށް ބަލައިފިނަމަ ރަނގަޅެއް ނޫނެވެ. ބަގްލަދޭޝް އިން މީހުންގެނައުން މަނާކޮށް އިންޑިއާއަށް އެފުރުސަތު ދިންފަހުން އިންޑިއާގެ ގިނަ މަސައްކަތު މީހުން މިހާރު ރާއްޖޭގައި އުޅެމުންދަނީވެސް ވިސާއެއް ނެތި ވަގުމީހުންގެ ގޮތުގައެވެ. 

     ބިދޭސީއަކު ގަވާއިދާއި އެއްގޮތަށް ރާއްޖޭގައި އުޅޭނަމަ އުޅެން ޖެހޭނީ ކޮންމެވެސް ކުންފުންޏެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ މަސައްކަތް ކުރާ މުވައްޒަފެއްގެ ގޮތުގައެވެ.އޭރުން ވިސާފީ އާއި އިންސޫރެންސް އަދި މެޑިކަލް ބިލް ރާއްޖޭގެ އިންކަމްތެރެއަށް ވަންނާނެއެވެ.  ވަގަށް އަމިއްލައަށް އުޅޭމީހަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ މާގިނައެވެ. އަދި އެވަގު މީހުން ގެންގުޅޭ ކުންފުނިތަކަށްވެސް މިދެންނެވި ފީތަށް ދައްކަން ނުޖެހުމުން ވަގު މަސައްކަތު މީހުން ގެންގުޅުނީމާ ފައިދާ ބޮޑެވެ. 

ހަމައެއް ލަމައެއް ނެތި ހެދިފައިވާ ގާނޫނާއި ގަވާޢިދުތަކާއ ޚިލާފަށް ރާއްޖޭގައި މިއުޅެވެނީ ކީއްވެހެއްޔެވެ؟ ދައުލަތް ހިންގުމަށް ރައްޔަތުންގެ ޓެކްްސް ފައިސާއިން ބޮޑޫ ބަޖެޓެއްދީގެން ސަރުކާރެއް ހިންގުމުގެ ބޭނުމަކީ ކޮބައިތޯއެވެ. 

މިގޮތަށް ކަންހުރުމާއި އެކު ދިވެހި މަސައްކަތްތެރީންނަށް މަސައްކަތުގެ ފުރުސަތުވެސް މިވަނީ ގެއްލިފައެވެ. އެހެނީ ވަގުމީހާ ވިސާއެއް، އިންޝޫރެންސްއެއް، މެޑިކަލްއެއް ނެތި ބިރެއްނެތި ދިވެހީންނަށްވުރެވެސް މިނިވަންކަމާއިއެކު އުޅެވޭތީ އެމީހުން ބޭނުންކޮށްގެން ދިވެހި ކުންފުނިތަކުންވެސް މަސައްކަތް ކުރުވާތީއެވެ. 

އެހެންކަމާއެކު ގަވާޢިދަށް ފެތިގެން ތިބޭކަށް ބިދޭސީން ބޭނުމެއް ނުވެއެވެ. ފިލައިގެން ދިއުމުން ސަރުކާރުން އަޅައެއް ނުލައެވެ. މިނިވަންކަމާއި އެކު އުޅެވެއެވެ. އަމިއްލައަށްވަގަށް އުޅޭމީހާ އަށް ލިބޭ އާމްދަނީ އެވްރެޖްކޮށް މަހަކު އެތައްގުނައެއް ބޮޑެވެ. ކަންނެއްޔަށް ދާ ބިދޭސީއަކު ބުންޏެވެ. އޭނާ ގަވާއިދާ އެއްގޮތަށް އުޅޭނަމަ ކަންނެއްޔަކަށް ނުދެވޭނެއެވެ. މިހަފުތާގައި އެކަނިވެސް 24000 ދިވެހި ރުފިޔާ އޭނާއަށް ލިބުނެވެ. ގަވާއިދާއި އެއްގޮތަށް ރާއްޖޭގައި އުޅެން ބޭނުންނުވާނަމަ ސަރުކާރުން ބިދޭސީން ހައްޔަރު ކުރާނެ ކަމަށް ބުނުމުން އޭނާ ބުނީ ސަރުކާރަކަށް ބިދޭސީ ހައްޔަރުކޮށްގެން ނުގެންގުޅެވޭނެ ކަމުގައެވެ. 

އެމީހުނަށްވެސް މިސަރުކާރުގެ ފެންވަރު އެނގެއެވެ. އެމީހާ ދެކޭގޮތުގައި އެއީ ބިދޭސީން ގިނަވީމާ ގަވާޢިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ސަރުކާރާ ދެކޮޅަށް ނުކުމެއްޖެ ނަމަ ސަރުކާރު ބަލިވާނޭ ކަމައްވާތީއެވެ. އެހެންބާވައެވެ!

     އަނެއްކޮޅުން ރާއްޖޭގެ މަސްވެރި ކަމުގެ ދާއިރާގައި މިހާރު ދިވެހީންނަށް ވުރެ ބިދޭސީ މަސްވެރިން ގިނަވުމާއިއެކު ބިދޭސީން ގަވާޢިދަށް ފައްތައިފިނަމަ ރާއްޖޭގެ މަސްދޯނިފަހަރު މަހަށް ނުފުރޭނެ ކަމަށް މަސްދޯނި ފަހަރުގެ ކެޔޮޅުންނާއި އޮޑިވެރިންވެސް މިހާރު އެދަނީ ބުނަމުންނެވެ.

    ހަމަ އެހެންމެ ރާއްޖޭގައި އުފައްދާ ގޮވާމާ މޭވާޔާތަރުކާރީގެ ބާވަތްތަކާ ފަލަމަޑީގެ ބާވަތްތަށް އުފައްދާ މާރުކޭޓްތަކާހަމަ އަށް ފޮނުވައިދެނީވެސް ބިދޭސީ ދަނޑުވެރީން ކަން ފާހަގަކޮށް މީގެކުރީންވެސް އަޅުގަނޑުވާނީ ލިޔެފައެވެ. ރާއްޖޭގެ މުޅި ވިޔާފާރީގެ ދާއިރާ ކޮންޓްރޯލް ކުރަނީ މިހާރު ބިދޭސީ ވިޔާފާރި ވެރިންނޭ ބުންޏަސް މާބޮޑު ދޮގަކަށް ނުވާނެއެވެ. ކުދިކުދި ތަންތަންކޮޅުގައި ކޯނަރ ކެފޭހަދައިގެން އެއްވެސް ސިއްޙީ މިންގަނޑަކަށް ބެލުމެންނެތި ފިޔާފާރިކޮށް ނަގަނީވެސް އެވެރީންނެވެ.

     ބިދޭސީންނާ ނުލާ ދިވެހީންނަށް އެއްކަމެއް ވެސް ކުރެވޭ ކަމަކަށް ދެނެއް ނުވެއެވެ. ގެސްޓްހައުސް ތަކާއި ހޮޓާތަކާއި ފިހާރަތަކުގެ އިތުރުން ކޮންސްޓްރަކްޝަންގެ ދާއިރާވެސް އޮތީ މުޅީން ބިދޭސީންގެ އަތްދަށުގައެވެ.

      ޚާއްޞަ ކޮށް ބިދޭސީ ބަންގާޅީންނަކީ ރާއްޖޭގައި ކުރާ ހުރިހާ މަސައްކަތް ތަކުގައި މަޝްޣޫލްވެގެން އުޅޭ ބައެކެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. ދިވެހިމީހާ ޖޫރުމާނާ ކޮށްލާހާ ފަސޭހައިން އޭގެން މީހަކު ޖޫރިމާނާވެސް ކޮއްނުލެވެއެވެ. އެހެން ކަމުން ދިވެހީން މީގެ ކުރިން ކުރަމުން އައި ހުރިހާމަސައްކަތް ތަކެއްގެ މޭސްތިރީންގެ ގޮތުގައި މިހާރު ޙަރަކާތް ތެރިވަނީ ބަންގާޅީންނެވެ. ދެން އިންޑިއާގެ އެފަދަ އާބާބެއް މިއޮތީ ފަށްޓަދީފައެވެ.

އަނެއްކާވެސް ބުނަމެވެ. ރާއްޖޭގެ އާބާދީއާ ނުބައްދަލު މިންވަރަކަށް ބިދޭސީން ރާއްޖޭގައި ދިރިއުޅެމުން އެބަދެއެވެ. ބަންގާޅީ ފިރިހެނުންނާ ކައިވެނި ކުރަމުން އަންނަ ދިވެހި އަންހެނުން ވެސް އަންނަނީ އިތުރުވަމުންނެވެ.

      ބިދޭސީންގެ މައްސަލަ މިހާހިސާބަށް މިދިޔައީ ސަރުކާރުގެ އިހުމާލުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. ގައުމު ބަލަހަށްޓަން ތިބި ފަރާތްތަކަށް ގައުމު ނުބެލެހެއްޓި ގެންނެވެ.ވެރިކަމަށް އަންނަންކުރެވޭ ވަޢުދުތައް ވެރިކަން ލިބުމުން އެވަޢުދުތަކުގައި ކޮޅުފައިން ޖަހާތީއެވެ. އެމިގްރޭޝަނުން ހުޅުމާލޭގައި ހަދާ ފެސިލީޓީގައި 50 ހާސްމީހުންގެ ޖާގަ އެކުލެވިފައިވީ ނަމަވެސް މިކަމަކީ އެމިގްރޭޝަނަށް ކުރެވިދާނެ ކަމެއްކަމަށް ކަމަށް އިންސާނާގެ ހަމަބުއްދިން ވިސްނާލީމާ އެނގެއެވެ. އެފެސިލިޓީ އަޅަން ބޮޑު ޚަރަދެއްދާނެއެވެ. މިސަރުކާރުގެ ޢަމަލުތައް ހުންނަގޮތުން އެތަން އަވަހަށް ހަދަން ދޭނީވެސް ބިޑްނުކޮށް އަގުބޮޑުކޮށެވެ. ކޮންމެވެސް ވެރިޔަކަށް ރަނގަޅޫ ކަޓެއް ލިބޭނެ ގޮތަކަށެވެ.

ގާނޫނުތައް އެކުލެވިފައިވާ ގޮތުން ފުލުހުންނަށް މީހަކު ބަންދުކޮށްގެން ގެންގުޅެވޭނީ 24ގަޑި އިރަށެވެ. އެހެން ކަމުން ބިދޭސީންގެ މައްސަލަ ޙަލުކުރުމަކީ ސަރުކާރަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދެއެވެ. ބިދޭސީން ހައްޔަރު ކުރަން ބަލާ އިރު ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ ޢަދަދު ގިނަކަމާއި އަދި ބިދޭސީން ރާއްޖޭގެ ގާނޫނުތަކަ އެއްގޮތަށް ރާއްޖޭގައި ތިބެން ބޭނުން ނުވާއިރު އެބައިމީހުން ހައްޔަރު ކުރަން އެމް.އެން.ޑި.އެފް އާއި ފުލުހުން ނުކުމެއްޖެ ނަމަ ކުރިމަތިލުންތަކެއް ހިނގާނެކަމާއިމެދު ޝައްކެއްވެސް ނެތެވެ.


      އިކޮނޮމިކް މިނިސްޓަރުވެސް އެ ދައްކަވާ ވާހަކަ ފުޅު އެއްގޮތަކަށް ވެސް ދިމާވާތަނެއް ނުފެނެއެވެ. އެއްފަހަރު ވިދާޅުވެއްޖެ ބިދޭސީންގެ ކަންކަން 3 މަސް ދުވަހުގެ ތެރޭގައި ޙައްލު ކޮށް ދެއްވާނަމޭ. ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ޙާޟިރު ކޮށް ބިދޭސީން ކަންކަން ޙައްލު ނުވެގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުން ވިދާޅުވީ ބިދޭސީން އުޅޭތަން ތަށް ނޭގޭތީ އެކަން ނުވެގެން އުޅުއްވަނީ ކަމުގައެވެ. މިހާރު އެވިދާޅުވީ ރާއްޖޭގެ އާބާދީއާ ނުބައްދަލު މިންވަރަކަށް ބިދޭސީން ރާއްޖޭގައި އެބަ އުޅޭ ކަމަށާއި ބިދޭސީން ޖަލަށް ލައިގެން ނޫނީ ޙައްލުވާނެ ގޮތެއް ނެތް ކަމުގައެވެ. އެހެނަސް އެހާގިނަ ޢަދަދެއްގެ މީހުން ހައްޔަރު ކޮށްގެން ގެންގުޅެވޭވަރުގެ ފެސިލިޓީއެއް ރާއްޖޭގައި ގާއިމް ކުރެވިފައި އަދި ނެެތެވެ. އަދި އެއީ ޙައްލެއްތޯވެސް ސުވާލުކޮށްލަމެވެ. އެމީހުންގެ ބެލުމާއި ކެއުމާއި މެޑިކަލް ހަމަޖައްސާނީ ފައިސާ ޕްރިންޓްކޮށްގެން ބާވައެވެ؟

   މިހާރު އެތެރެވާ އިންޑިޔާ މީހުންތައްވެސް ޕާސްޕޯޓް ގެއްލުވާލަނީ އަލިފާނަށެވެ. އޭރުން ގައިމުވެސް ނުފެންނާނެތާއެވެ. ދެން އޭނަޔަށް ކިޔާ ނަމެއްވެސް އޭނަޔަކަށް ނޭގޭކަމަށް ބުނެއެވެ. އިންޑިޔާ މީހަކު ހައްޔަރުކުރުމަކީ ސަރުކާރަށް ކުރެވޭވަރުގެ ކަމެއްވެސް ނޫންކަން އެންމެންވެސް ދެނެއެވެ.  ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަކީ ރާއްޖޭގެ އެކިއެކި އޭޖެންސީތަކުން ރާއްޖެ ގެނެސް ގެއްލުވާލާފައިވާ މީހުންނެވެ. އެމީހުން އެތެރެވާއިރު އިމިގްރޭޝަންގެ ކޮންމެވެސް ޑާޓާ ބޭސް އަކަށް އިނގިލިފިއްތުވާ ކަމަށް ވެއެވެ. ނަމަވެސް އެ ޑާޓާ ބޭސްވެސް ކޮންމެވެސް ކަމެއް ދިމާވެގެން ބަލަންބޭނުންވާއިރު އޮންނަނީ ޑިލީޓްވެފައެވެ. ހުރިހާދިމާލަކަށް ކަރަޕްޝަންގެ ފަނިފޮކްސަރ ވަދެ ކަތުރުފަންޏައް މިވަނީ ބަދަލުވެފައެވެ. 

ވަގު ބިދޭސީންގެ ގިނަމީހުން ދިރި އުޅެމުން ދަނީވެސް ރާއްޖެތެރޭގެ ރަށްރަށުގައި ކަން ސަރުކާރަށް ވަރަށް ސާފުކޮށް އެނގެއެވެ. ކޮންމެރަށެއްގައިވެސް ކައުންސިލެއް އޮތްއިރު އެރަށެއްގައި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީ އުޅޭތަންނާއި ކުރާމަސައްތަށް ރަށުކައުސިލްލުން ހޯދައި ބެއްލެވުމުން ސާފުނުވަންވީ ސަބަބެއް ނެތެވެ. 

އެހެން ކަމުން އިކޮނޮމިކް މިނިސްޓަރ އެކިއުއްވާ އެއްޗެއް ރައްޔިތުނަށް ހަމައެއްގޮތަކަށްވެސް އޮޅުންފިލާ ގޮތެއް ނުވިއެވެ. 

ދެން 2023ގެ ވެރިކަން ހޯދަން މެކްހަށް ޖައްސަވާއިރު ވިދާޅުވާނީ ކޮންފަދަ ވާހަކަ ފުޅެއްކަންވެސް އެނގޭނީ ހަމަ އެބޭފުޅާއަށެވެ. ހެޔޮލަފާ ސަރުކާރެއް ގެންނަން އެމްޑީޕީ އިން ރައްޔަތުންނަށް ވެފައިވާ ވަޢުދު މިވަނީ ބޮޑުތަނުން އަނެއްކާވެސް ފޭލްވެފައެވެ.

  

2 Responses

  1. ހަމަ ހުރިހާ ދިމާލަކުންވެސް ސަރުކާރު ފޭލް. އެހެން މިވީ ކަމަށް އެކަށީގެން ނުވާ ގިނަމީހުން ތަންތަނުގެ ވެރީންނަށް ލެވިފައިތިބީމައެވެ. ކަމެއް ކުރާނެގޮތެއް ކުރާހާ ހިތްވަރެއްނެތް މުސާރަ ލިބޭތީ އުޅޭބައިގަނޑަކު އުޅޭތަނެއްގެ ޙާލަތު ދާނީ މިގޮތަށެވެ. ދެވަނަ ދައުރެއްގެ ބޭނުމުގައި ވެރިމީހާއަށްވެސް ބޭނުމީ ވޯޓެއް ލިބިދާނެ ކޮންމެގޮތެކެވެ. ދަރަ….. ވަަރަށް ދެރަވަރު….

  2. ކޮއްދޭޭންވެއްޖެނަމަކޮއްދެވޭނެ ނަމަވެސްބޭނުމެއްނެއްދިވެހިދައުލަތައްބޮޑުވާއެއްވެސްކަމެއްނެއް
    ބަންގާޅުމީހުން ދައުލަތުގެބޮޑެތިބޭފުޅުންގެއަބިންބަލަހައްޓަނީވެސް ލަދުހަޔާޔްތެއްނެއްބަޔަކައްކޮއްމެގޮތެއްރަގަޅުވާނެނޫންތޯއަބިދަރިންވިއްކާފަވިޔަސްލާރިލިބޭކަމައްވަނީވިއްޔާރަގަޅު ދިވެހިންގެމިސާލަކީޖަންގަލީގައުޅޭ ހައިނާގެމިސާލު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް