މާންދޫ މަސްފެކްޓަރީން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި 

Loading

Facebook
Twitter
WhatsApp

ލ.މާންދޫގައި ހުންނަ ޖޭޕީ ލީޑަރ ވިލާ ގާސިމް އިބުރާހިމްގެ ހޮރައިޒަން ފިޝަރީޒަށް މަސްވެރިން ކިރާފައިވާ މަހަށް ލިބެންޖެހޭ ފައިސާ މިއަދު އެކުންފުނީގެ ފަރާތުން ކެޔޮޅުންގެ އެކައުންޓްތަކަށް ޖަމާކުރަން ފަށާފައިވާކަމަށް މަސްވެރިންބުނެފިއެވެ.

     މަސްކުރުވާގައި ނުދީ ހުރި ފައިސާތައް އެކުންފުނީގެ ފަރާތުން ކެޔޮޅުން ގެ އެކައުންޓް ތަކަށް ޖަމާކުރަން ފަށާފައި މިވަނީ މަސްވެރިން އެކުންފުންޏަށް ކިރާފައިވާމަހަށް ލިބެންޖެހޭ ފައިސާ ނުލިބި މަހަކަށްވުރެ ގިނަދުވަސްވެ މަސްވެރިންނަށް ދަތިބޮޑުވުމާއި ގުޅިގެން މީގެ ދެދުވަސް ކުރިން އެކުންފުނީގެ ކުރިމަށްޗަށް އެއްވެ މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ފައިސާނުލިބެނީސް ހުއްޓާނުލާނޭ ކަމަށް ބުނުމާ ގުޅިގެންކަމަށް މަސްވެރިން ބުނެއެވެ.

      މިމުޒާހަރާގައި 28މަސް ދޯންޏެއްގެ މަސްވެރިން ބައިވެރިވެއެވެ. ހޮރައިޒަން ފިޝަރީޒުން ކުރިން ބުނަމުންދިޔައީ ފައިސާ ލިބޭނެ ދުވަހެއް އަދިބުނަން ނޭނގޭކަމަށެވެ. އެހެނަމަވެސް މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖްތައް ފައިސާ ނުލިބެނީސް ހުއްޓާނުލާނޭ ކަމަށް ބުނެ މަސްވެރިން ދިޔައީ އިހުތިޖާޖްތަށް ވަރުގަދަ ކުރަމުންނެވެ. މަސްވެރީންގެ އެއްވުން ރޫޅާލުމަށް ސަރުކާރުންވަނީ މަސްވެރީންގެ ގަޔަށް ޕެޕަރސްޕްރޭވެސް ޖަހައިފައެވެ. ނަމަވެސް މަސްވެރީން ބުނަނީ ޕެޕަރސްޕްރޭ ބޯންދިނަސް ފައިސާނުލިބެނިސް އެފެކްޓަރީ ހިންގިޔަ ނުދޭނޭކަމަށެވެ. 

އެހެންކަމާއެކު މަސްވެރިން އެކުންފުންޏަށް ކިރާފައިވާ މަހުގެ އަގަށް ވާ 21މިލިއަނަށްވުރެ ގިނަރުފިޔާ މިހާރުމިވަނީ ދޫކުރަން ފަށާފައެވެ. މަސްވެރިންބުނި ގޮތުގައި މިހާތަނަށް 18 މަސްދޯންޏެއްގެ ކެޔޮޅުންގެ އެކައުންޓްތަކަށް ފައިސާ ޖަމާ ކޮށްފައިވާކަމަށާއި ހުރިހާ މަސްދޯނިފަހަރަށް ފައިސާލިބުމުން ނޫނީ މުޒާހަރާ ހުއްޓާނުލާނެއެވެ. 

މަސްވެރިން ޑިމާންޑްކުރަމުން ދިޔައީ ހުރިހާފައިސާއެއް ނުވަތަ ދެންޖެހޭ ޢަދަދުން ½ދިނުމަށެވެ. ތިންދުވަސް ވަންދެން ހުއްޓާނުލާ މަސްވެރިން ކުރަމުންދިޔަ މުޒާހަރާކުރަންޖެހުނީ މަސްވެރިން ހޮރައިޒަން ފިޝަރީޒަށް ކިރާފައިވާ މަހަށް ފައިސާ ނުލިބި ގިނަދުވަސްވީ އިރު އެއްވެސް ފައިސާއެއްނެތޭ ބުނެ މަސްވެރިންނަށް ދޮގު ހަދަމުންދާތީ ކަމަށެވެ.

އަދި ފައިސާނުލިބުމުގެ ސަބަބުން މަސްވެރިންގެ ޢައިލާތައް ޙާލުގައިޖެހި ގޭދޮށުފިހާރަތަކަށް ދަރާ، ފަނަކާގެ ބިލްތައް ނުދެއްކި އެތަންތަނަށް ފައިސާ ނުދައްކައިގެން ޚިދުމަތް ކެނޑުމާއި ގުޅިގެންނެވެ. އެހެން ކަމާއެކު މިހާތަނަށް ފައިސާނުލިބި އޮތް 10މަސްދޯނީގެ ފައިސާ ލިބުމުން މުޒާހަރާ ހުއްޓާލާބޭ ކަމަށް މަސްވެރިން މިހާރު ދަނީ ބުނަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް