ބައެއް ގޭންގްތައް ތޫނު ހަތިޔާރާއެކު މާލޭގެ މަގުތަކަށް ރޭގަނޑު ނުކުމެއުޅޭ - އިމްރާން

Facebook
Twitter
WhatsApp
952CD04C-4E13-421D-B12E-227A87044D4D


ބައެއްގޭންގްތަކަށް ނިސްބަތްވާ ޒުވާނުން ވަޅިއާއި  ކަޓަރުފަދަ ތޫނުހަތިޔާރާއިއެކު މާލޭގެ މަގުތަކަށް ރޭގަނޑު ނުކުމެ ޙަރަކާތް ތެރިވަމުންއެބަދާކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާލުވެއްޖެއެވެ.

      މާލޭގެ ގޭންގެއް ދެބައިވެ އެ ދެބައިމީހުންގެ ދެމެދުގައި  ނިރުބަވެރި ޙަމަލާތަކެއް ބަދަލުކޮށްފާނޭ ކަމުގެ ބިރު އެބައޮތްކަމަށް  ދޭހަވާފަދަ ޢިބާރާތަކުން ދާޚިލީވަޒީރުއިމްރާން މިވަނީ ވިދާޅުވެފައވެ. 

   އެމަނިކުފާނު މިމޭރުމުން ވާހަކަފުޅުދެއްކެވީ ފުލުހުންނާއި ސިފައިން ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް ރާއްޖޭގައި މިހާރު ހިންގަމުންދާ އޮޕަރޭޝަނާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށްޓަކާ ދެދުވަހެއްގެ ކުރީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރިސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

      އިމްރާން ވިދާޅުވިގޮތުގައި ދެބައިވެފައިވާ ގޭންގްއަކަށް ނިސްބަތްވާ އިސްވެ ދެންނެވުނު ޒުވާނުން ކޮންމެރެއަކު ވަޅިއާއި ކަޓަރުފަދަ ތޫނު ހަތިޔާރާއެކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެހެނަސް އެބައިމީހުންގެ ފަހަތުގައި ފުލުހުން ޙަރަކާތްތެރި ވަމުންދާތީ އެފަދަ ނިރުބަވެރި ޙަމަލާއެއް އެއްވެސް ފަރާތަކަށް އަމާޒު ކުރެވިިފައި އަދި ނުވާކަމަށެވެ.

     ކަންމިހެން ހުރުމާއި އެކު މިފަދަ ކަންކަން ޙައްލުކުރުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހުސްވިއަހަރުގެ ފަހުކޮޅު ޓާސްކްފޯހެއް އުފައްދާފައިވާ ކަމަށާއި ގައުމުގައި 80އަށްވުރެ ގިނަ ގޭންގް އުފެދި އެގޭންގް ތަކަށް އެތައްސަތޭކަ ޒުވާނުންނިސްބަތްވާ އިރު އޭގެ ތެރޭގައި ޖެހިލުމެއްނެތި އިންސާނުން ކަތިލަން ކެރޭ އެތަކެއް ޒުވާނުން ޝާމިލްވާކަމީ ކަންބޮޑުވާންޖެހޭ ކަމެެއް ކަމަށްވެސް މިނިސްޓަރފާހަގަކުރެއްވިއެވެ. 

އެހެން ކަމުން މިމަސައްކަތަކީ ފުލުހުންނަށް އެކަނި ކުރެވޭނެ ކަން ކަމަށް ނުވާތީ ދައުލަތުގެ ކަމާއިބެހޭ ގިނަ އެތަކެއް މުވައްސަސާއެއްގެ އެހީތެރިކަން ހޯދުމުގެ ޢަމަލީމަސައްކަތް ފަށާފައިވާ ކަންވެސް ހާމަކުރެއްވިއެވެ.

     ރާއްޖޭގައި ގޭންގްތައް ހިނގަމުންއަންތާ ވިއްސަކަށް އަހަރު ވެފައި ވާކަމަށާއި އުފެދިފައިވާ ގޭންގް ތަކުގެބާރާއި ނުފޫޒް ގިނަގުނަ މުވައްސަސާ ތަކަށާއި މަޖިލީހުގެ ބައެއްމެންބަރުންގެ ތެރެއަށްވެސް ވަނީ ފޯރާފައިވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް