ޝިމާޒް އަށް ރޭ މަގުމަތީން ޙަމަލަދީފި

Facebook
Twitter
WhatsApp
316C359F-8BDA-4603-BA2D-ABD194CBA584

ރައީސް މައުމޫންގެ އެމް.އާރު.އެމް.ގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރަމުންދާ ޝިމާޒަށް ރޭ ހަމަލާއެއް ދީފިއެވެ. ޝިމާޒްއަށް އަމާޒުކޮށް މި ޙަމަލާދީނީ ރޭ 9.30 އެހާކަންހާއިރު ޝިމާޒު ގެއިން ނުކުމެގެން ގޮސް ސައިކަލަށް އެރިވަގުތުގައެވެ. 3 މީހަކު އައިސް ޝިމާޒު ހިފަހެއްޓުމަށް ފަހު އަތުން ހަށިގަޑުގެ އެތަން މިތަނަށް ޙަމަލާ ދިން ކަމަށާއި ޝިމާޒު އެމީހުންގެ ޙަމަލާއިން ރެކިގެން ދުވަމުންގޮސް ހަނިގޯޅިއަކަށް ވަދެ ފިލީ ކަމަށް ޝިމާޒު ކިޔަދީނެވެ. 

މިޙަމަލާ ސިފަކުރައްވަމުން ޝިމާޒު ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓަރ ނަޙުލާގެ އަޑީގައި އިންނަވައިގެން ދިން ޙަމަލާއެއް ކަމަށް ތުޙުމަތު ކުރައްވާ ކަމަށްވެސް ޝިމާޒު ވިދާޅުވިއެވެ.

    ޝިމާޒު ވިދާޅުވިގޮތުގައި ދާދިފަހުން ޝިމާޒު މަގާމުން ވަކިކުތުމަށް ނަހުލާވަނީ ރައީސް އިފީހަށް ސިޓީއެއްވެސް ފޮނުވާފައެވެ.

     ޓްރާންސްޕޯޓް މިނިސްޓްރީގައި ހިނގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތަކާއި ގުޅިގެން ޝިމާޒު އެކަންކަމާއި ދެކޮޅަށް ވާހަކަ ދައްކަމުން ދާތީ އެކަމުގެ ހަސަދަ ފުލުވާމުގެ ޢަމަލެއް ކަމަށްވުން ވެސް އެކެށީގެންވާކަމުގައި ޝިމާޒު ސިފަކުރައްވައެެވެ.

    މިނިސްޓަރ ނަޙުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝިމާޒަށް ދިިން ޙަމްލާގައި އެކަމަނާގެ އެއްވެސް ބައިވެރި ވުމެއްް ހިމެނިފައި ނުވާނެ ކަމްށާއި އެހެނަސް ޝިމާޒާ ދެކޮޅަށް ކުރައްވާމަސައްކަތް ކުރިއަށް ދާނެ ކަނުގައެވެ. ނަހުލާއަކީ މިސަރުކާރުގެ ބާރުގަދަ ކޯލިޝަންބައިވެރިޔާ ޖޭ.ޕީ ގެ ލީޑަރު ގާސިނުގެ ދެވަނަ އަބިކަނބަލުންމެއެވެ.

    ޖުމްހޫރީ ޕާޓީ އާއި އެމް. އާރް. އެމުން ވަނީ އެ ޙަމަލާ ކުށްވެރިކުރައްވާ ބަޔާން ނެރެފައެވެ. އަދި މިނިސްޓަރ ނަހުލާވެސް ވަނީ އެޙަމަލާ ކުށްވެރި ކުރައްވާކަމަށް ވިދާޅުވެ ޓުވީޓްވެސް ކުރައްވާފައެވެ. އެމިނިސްޓްރީގައި ވަރަށް ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންދިޔަ މުއައްޒިހުންތަކެއް ވަނީ ނަހުލާގެ ބޭއިންސާފާހެދި މަގާމުން  އިސްތިޢުފާދީފައެވެ. 

   

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް