ބިދޭސީންގެ މައްސަލައިގާ ސަރުކާރަށް ގޮތްހުސްވެފާ 

     ބިދޭސީން ރާއްޖޭގައި ތިބުމަށް އޮތް ހަމަ އެކަނި ޙައްލަކީ ގާނޫނީ އިމުގެތެރެއަށް ފެތިގެން ރާއްޖޭގައި ތިބުންކަމަށާއި ގަވާޢިދަށް ނުފެތޭ ހުރިހާ ބިދޭސީން ހައްޔަރު ކުރައްވާނޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވި ނަމަވެސް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ 68000އަށް ވުރެ ގިނަ ބީދޭސީން ބައިތިއްބާނެ ފެސިލިޓީ ރާއްޖޭގައި ގާއިމް ކުރެވިފައެއް ނެތެވެ.   އަދި އެހެން ނޫނަސް އެމިގްރޭޝަންގެ ގާނޫނުގެ ދަށުން އެ މުވައްސަސާ ނޫން އެހެން މުވައްސަސާއަކަށް ބިދޭސީ ހައްޔަރު ކޮށްގެން ގިނަދުވަހަކު ނުގެންގުޅިވޭނެ ކަމަށް […]

ރައްޔިތުން ފެލާލަން ނުއުޅުއްވާ!

ދައުލަތުން ވަގަށް ނަގާފައިވާ ފައިސާތަކާއި މުދާތައް ސަރުކާރުގައި ހިމެނޭ ވަގުންގެ އަތުގައި  ބަހައްޓާފައި ރައްޔިތުން ފެލަން ނުއުޅުއްވާށެވެ. މިގައުމުގެ ވެރިކަން ކުރެއްވި ބައެއް ރައީސުންނާއި، ވަޒީރުކަން ކުރެއްވި އަދި ކުރަށްވަމުންދާ ބައެއް ވަޒީރުން އަދި މިނޫންވެސް ބައެއް ފަރާތްތަކުން ދައުލަތުން ވަގައްނަގާފައި ހުރިފައިސާއާއި މުދާ އަނބުރާ ހޯއްދެވުމަށްފަހު ދައުލަތުގެ ތިޖޫރީއަށް ވައްދަވާށެވެ. މިއީ 2018ގެ ކެމްޕައިން ވަޢުދުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަދި ފުރިހަމަ ވަޢުދެވެ. އެހެނީ ދައުލަތުގެ ޚަޒާނާއިން ވައްކަމާއި ފޭރިފައިވާ ފޭރުމަކީ ސީދާ ރައްޔަތުމީހާގެ ޖީބުން ފޭރިފައިވާ ފޭރުމެއްކަމުގައި ވާތީއެވެ.  އުފެއްދެވި ރިކަވަރީ ކަމިޝަން ބޭނުންކޮށްގެން އެ ޚިޔާނާތުގެ ބައިވެރީން […]

ސިޔާސީޕާޓީތަކުން ގޭންގްތައް އޮޕަރޭޓް ކުރާނަމަ ގޭންގް މާރާމާރީތައް ހުއްޓުވަން ދަތިވާނެ – ޕޮލިސް

   ސިޔާސީޕާޓީތަކުން ގޭންގްތައް އޮޕަރޭޓް ކުރާނަމަ  ގޭންގް މާރާމާރީތައް ހުއްޓުވަން ދަތިވާނޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވާތީ ވަރަށް ކަންބޮޑުވާން ޖެހެއެވެ.     ރާއްޖޭގެ ތަންފީޒީ ބާރަކީ މޯލްޑިވްސް ޕޮލިސް ސާރވިސް އެވެ. ރާއްޖޭގައިހަދާފައިވާ ގާނޫނު ތައް ތަންފީޒު ކުރާ ފަރާތުން އެކަން ކަން ކުރަން ނުކެރޭ ހިސާބަށް ދިއުމަކީ ރާއްޖެ އަމަން އަމާންކަން ގެއްލި ގައުމުގެ އިސްތިގްލާލާ ކަރާމާތް ގެއްލިގެން ހިނގައިދާނޭ ސަބަބެކެވެ.      ރާއްޖޭގައި އުފެދިފައި ގޭންގްތަކާއި އެ ގޭންގްތައް އޮޕަރޭޓް ކުރާ ފަރާތްތަކާއި ގޭންގް ތަކުގެ ޢަދަދާއި ގޭންގުތަކުގެ ބައިވެރިންނާއި އެމީހުން އުޅޭ ތަންތަނަށް ދާންދެން މޯލްޑިވްސް […]

ތިނަދޫގެ ބިން ޢިލްމީ ނޫރުން ދިއްލާލަ ދެއްވި މަޝްހޫރު ތަރި އަލްމަރުޙޫމް އަލަގޭ ބެއްޔާގެ ޒިކުރާ-2

https://sandhaanu.today/24553/  އާއި ގުޅޭ…  އަލްމަރުޙޫމް މުޙައްމަދު ޢާލީ ތަކުރުފާނު (އަލަގޭ ބެއްޔާ) އަކީ ތަޖްވީދުގެ ޢިލްމު ކިޔާވައި ދެއްވުމުގައިވެސް ފުންނާބު އުސް ބޭކަލެކެވެ. އެގޮތުން މުޙައްމަދު ޢަލީ ލިއުއްވަަފައިވާ ބައެއް ތަޖުވީދު ޢިލްމުގެ ފޮތްތަކެއް ވެސް ފެންނާން އެބަހުށްޓެވެ. ނަމަވެސް އެފޮތްތަށް ޗާޕް ކުރަން ތައްޔާރު ކޮށްފައި ވަނިކޮށް އެކަން ނުކުރެވި އެމަނިކުފާނަށް ޖެހިވަޑައި ގަތީ ދާއިމަށް ދެމިތިބެނިވި މަންޒިލަށް ދަތުރު ކުރަށްވާށެވެ. މަރުޙޫމް އަލަގޭ މުޙައްމަދު ޢަލީގެ ފުރާނައަށް ސުވަރުގޭގެ ދާއިލީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!      މަރުޙޫމު […]

 ގައުމުގެ ހުންގާނު އިޚުލާސްތެރި ނޫން ފަރާތެއްގެ އަތްމައްޗަށް ދޫކޮށް ނުލާށެވެެ.

        އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ފޮޓޯ ދައުރު ކުރަމުންދާ ބޭފުޅުންގެ ތެރޭގައި ގައުމުގެ ހުންގާނު ޙަވާލު ކުރަން ހެޔޮ ނުވާވަރުގެ ނުރައްކާ ތެރި އެތަށް ބޭފުޅުންނެއް ހިމެނެއެވެ. މި ބޭފުޅުންނަކީ ރައްޔިތުންގެ ތެރޭގައި ދިރިއުޅެމުން އަންނަ އެކި ރޮނގު ރޮނގުން ޖެހުނު ގޮތަކަށް މަޝްހޫރުކަން ހޯއްދަވާފައިވާ ރައްޔިތުންނަށް ފަތިފުށް އެގޭ ބޭފުޅުންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ ކުރިއާލާ ކެމްޕޭނު ކުރަމުންދާ މި ދެންނެވި ބޭފުޅުންގެ ޕާޓީ ތަކަށް […]

  ތިނަދޫގެބިން ޢިލްމީނޫރުން ދިއްލާލަދެއްވި އަލިގަދަ ތަރި މަޝްހޫރު އަލްގޭ ބެއްޔާގެ ޒިކްރާ 

      ގދ. ތިނަދޫ މަޝްހޫރު އަލަގޭ މުޙައްދު ޢަލީ ތަކުރުފާނު (ޢަލަގެ މުޙައްމަދު ޢަލީ) އަލްގޭ ބެއްޔާއަކީ މުޅި ގދ.އަތޮޅުގެ އެތަކެއް ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތުގެ ބިންގާ އަޅުއްވާ ދެއްވި އަގުހުރި ބޭކަލެކެވެ.     ހަދާނާ ތާރީޚުގެ ތެރެއިން ވެސް އަލަގޭ ބެއްޔާ އަކީ ފަނޑު ވުމެއްނެތް ދާއިމަށްދެމިހުންނަނިވި އަގުހުރި ތަޢުލީމީ ޚިދުމަތްތަކެއް ފޯރުކޮށް ދެއްވި ބޭކަލެކެވެ.      އަލަގޭ ބެއްޔާއޭ ބުނުމުން އެއީ ކޮން ބޭކަލެއްކަން ނޭނގޭ އެއްވެސް މީހަކު މި ފަހަކާ ޖެހެންދެން މުޅި ހުވަދޫ އަތޮޅުގައި ވެސް […]

އިންޞާފުގެ ދަތުރު ކުރަމުންދިޔަ  އޮޑި ބެހިއްޖެ 

2018 ވަނަ އަހަރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މާލިމީ ކަމުގެ ދަށުން ފައްޓަން ރައްޔަތުންނަށް ވަޢުދުވެ ޢިއުލާނު ކުރެއްވި އިންޞާފުގެ ދަތުރު ކަންދިމާކުރި ގޮތުން ފެށުނީ އެމަނިކުފާނު ދެއްކެވި އެހެން މާލިމީ އަކު އެމްޑީޕީގެ އޮޑިއަށް ވެރިކޮށްގެންނެވެ.  އެމްޑީޕީގެ ”އިންސާފުގެ ދަތުރު“ އާއި  ޙަވާލު ކުރެއްވީ މުޅިން އާ މާލިމީއެކެވެ. އާދެ! ނަޝީދުގެ ކުޑައިރުގެ ޖިގިރީ ދޯސްތް އާއި އެވެ. އާ މާލިމީގެ ނިޔަތް ރަނގަޅު ނޫން ކަމުން އޮޑިޔާއިގެން ފަޅުވެރީން (ރައްޔަތުން) ދާން ބޭނުންވި އިންޞާފުގެ މަންޒިލް އަތުނުޖެހި އެމްޑީޕީގެ އޮޑި އެވަނީ ބެހިފައެވެ. ޙާލަތު ބަދަލުވެ ކުރިން ކުރެވުނު […]

ޝަރީޢަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމީ ލާއިންސާނީ ޢަމަލެއް!

ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރާ މީހުންގެ ޝަރީޢަތް ނުނިމެނީސް މަރުވެއްނަމަ އެޝަރީޢަތް ދެން ބައްލަވާނީއާޚިރަތުގެ ދަރުބާރުންތޯއެވެ؟ އަދި އެކަމުގެ ޒިންމާ އެ ދަރުބާރުގައި ދައުލަތުގެ ވެރިޔާ ނަގަން ނުޖެހޭނެ އެއްވެސް ގޮތެއް އޮންނާނެތޯއެވެ؟ މިއީ ސަރުކާރުތަކުން ކުރަމުން ގެންދާ ވަރަށް ލާއިންސާނީ ޢަމަލެކެވެ.  ވެރިކަން ނުލިބި އިދިކޮޅުގައި ތިބޭއިރު އެގޮތް ރަނގަޅެއް ނޫނެވެ. ވެރިކަން ލިބުމުން ކުރީސަރުކާރުން ކުރަމުން ގެންދިޔާ އޭރުކިޔަމުން ގެންދިޔަ އެތަކެއް ލާއިންސާނީ ޢަމަލުތައް ވަރަށް ރަނގަޅުކަމުގައި މިދެކެނީ ކީއްވެބާވައެވެ؟ ވަކި ބަޔަކު ނުވަތަ މީހަކު ކުރުމުން […]

 ހުޅުމާލޭގައި އޭޓީ އެމްގެ ޚިދުމަތް ފުޅާނުކުރަނީ ކީއްވެ؟ 

     ސަރުކާރުތަކުން މުޅި ރާއްޖެ ކަހާލައިގެން މީހުންގެނެސް ހުޅުމާލެ ވެސް ތޮއްޖައްސައިފިއެވެ. ބޭންކްއޮފް މޯލްޑިވް އެކަން ނޭނގެނީ އެތަން ހިންގަން ތިބިވެރީން ބޯގަމާރު ވީމާތޯއެވެ؟ ހުޅުމާލެސިޓީގައި ދޮޅުލައްކައެއްހާ ދިވެހިން ވަޒަންވެރި ކުރުވާފައި ވާއިރު އޭގެ އިތުރުން ލައްކައެއްހާ ބިދޭސީން ވެސް ހުޅުމާލޭގައި ދިރި އުޅެމުން އެބަދެއެވެ. މިހުރިހާ ފަރާތްތަކަށް ބޭންކިންގެ ޚިދުމަތް ދިނުމަށް ހުޅުމާލެ ސީޓީގައި ބަހައްޓާފައިވާ 3 އޭޓީ.އެމް ގައި ވަނީ ދިވެހި ރުފިޔާ ނެގޭ 6 މެޝިނެވެ. ހުޅުމާލޭގައި މީގެ އަހަރުތަކެއް ކުރިން މިދެންނެވި 6 މެޝިން ބެހެއްޓިފަހުން ހުޅުމާލެސިޓީ ތިންބުރަށް މީހުން […]

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތުވެސް  ކޮންޓްރޯލް ކުރަނީ ބިދޭސީން 

   ރާއްޖޭގެ ބިން ބޮޑެތި ދަނޑުވެރިކަމުން މަންފާ ލިބޭ ފަދަ ރަށްރަށުގައި ދަނޑުވެރިކަން ކުރަނީ ބިދޭސީންނެވެ. މި މަސައްކަތް ބިދޭސީން ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.  މިގޮތުން ލާމުއަތޮޅާއި އައްޑޫއާ ފުވައްމުލަކާ ކާށިދޫ އަދި ށ.އަތޮޅުގެ ބައެއް ރަށްތަކާ ތޮއްޑޫ ފަދަ ރަށްރަށުގެ ދަނޑުވެރިކަން އޮތީ ބިދޭސީގެ ބާރުގެ ދަށުގައެވެ. މާލޭ ދަތުރުވެރީންގެ މާރުކޭޓަށް ގެނެވޭ އެންމެހައި ދިވެހި ދަނޑުވެރި އުފެއްދުން ތަކަކީ ބިދޭސީން އުފައްދާ ތަކެއްޗެވެ.މާލެއަށް ދަނޑުވެރި ސާމާނު ސަޕްލައި ކުރަނީވެސް ބިދޭސީންނެވެ.      ބިދޭސީން ދަނޑުވެރިކަން […]