ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ޢަދުލުއިންޞާފު

ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޢަދުލުއިންޞާފު ކަށަވަރުވުމެވެ. އެމްޑީޕީ ވެރިކަމަށް އައުމަށްޓަކާ ރައްޔިތުންނާއެކު ފެށްޓެވި އިންޞާފުގެ ދަތުރުގެ މިސްރާބު އެޕާޓީ އަށް ވެރިކަން ލިބުމާއެކު ބަދަލުވެއްޖެއެވެ. މިއީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ. ނުފޫޒާ ބާރުން އެއްކިބާވެފައިވާ މުސްތަގިއްލު މިނިވަން ފަނޑިޔާރުގެ އެއް ހޯދުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. ނިމިދިޔަ ވެރިކަމުގެ ތެރެއިން ޢަދުލު އިންޞާފު ނުލިބި ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރި ވަމުން ދިޔަ އެތަކެއް ސިޔާސީ ލީޑަރުން ޖަލު ގޮޅިތަކުގައި ބަންދު ކުރެވިފައިވާ ކަމަށް ގަބޫލުކުރުވި ރައްޔިތުން ނުކުމެ […]
ހުޅުމާލެއިން ބުރިޖަށް ދާމަގުގެ ރައްކާތެރިކަން ގެއްލެނީ

ހުޅުމާލޭގައި ދޮޅުލައްކައެއްހާ މީހުން ދިރިއުޅެމުން ދާއިރު %80 ޕަސެންޓް މީހުން ވަޒީފާ އަދާކުރަނީ މާލޭގައެވެ. އަދި މާލެއިން ހުޅުމާލެއަށް ހިޖުރަކޮށްފައިވާ މީހުންގެ ޢާއިލާތަކުގެ ބައެއް މެންބަރު ދިރިއުޅެނީ މާލޭގައެވެ. އެހެންކަމުން އާއިލާގެ ގާތަށް ގޮސް އައިސް އުޅޭ ފަރާތްތަކާއެވަޒީފާ އަށް ގޮސް އައިސް އުޅޭ އެންމެން ދަތުރުކުރަން އޮންނަނީ ހުޅުމާލެއިން ބުރިޖަށް ދާމަގެވެ. މިމަގަކީ ފިހާރަތަކާ ރެސްޓޯރަންތަކާއި ހޮޓާ ކެފޭ ފަދަ ވިޔާފާރި ކުރާ ގިނަ ތަންތަން ހިމެނޭ މަގެކެވެ. އެހެން ކަމުން މިމަގުގެ ކާރޫބާރު މިހާރު ވަރަށް ބޮޑެވެ. މަގު […]
ރާއްޖޭގެ މަސަވެރިކަމުގެ ސިނާޢަތުވެސް ބިދޭސީންގެ އަތްމައްޗަށްގޮސް ނިމިއްޖެ!

ރާއްޖޭގޭ އިގްތިޞާދީ ނާރެހަކީ މަސްވެރިކަމުގެ ސިނާޢަތެވެ. ރާއްޖެއަށްމާތްރަސްކަލާންގެ މިންވަރު ކުރައްވާފައިވާ ކަނޑު ރޯދީގެ ސިނާޢަތު ބިދޭސީންގެ ކޮންޓްރޯލްގެ ދަށަށް ހިނގައްޖެ ކަމަށް ދެކެވެމުން އެދާ ވާހަކަތަކާމެދު ކޮންމެ ދިވެހިރައްޔިތަކު ފުންކޮށް ވިސްނާލަން ޖެހިއްޖެކަމަށް ދެކެމެވެ. ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތް ތެރިވަމުން އަންނަ ގިނަ ބިދޭސީންނަކީ ގަވާއިދާ ޚިލާފަށް ރާއްޖެ އައިސް ތިބި މީހުންކަން ލިބެމުންދާ މަޢުލޫމަތް ތަކުން އެނގެއެވެ. އެއީ އެއްވެސް މަސްދޯންޏަކަށް މަސަވެރިކަން ކުރުމުގެ ނަމުގައި ވާރކްޕާމިޓް ލިބިދީ ބިދޭސީން އެތެރެ ކޮށްފައި ނުވާތީއެވެ. މަސަވެރިކަމުގެ ގޮތުން އެންމެ ކުރިއަރާފައިވާ އަތޮޅުތަކުގެ ތެރޭގައި […]
ކުޑަކުދީންގެ މައްސަލަ ތައް ބޮއްސުން ލައި ދިޔައީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން

ރާއްޖޭގެ ކުޑަކުދީން މައްސަލަތައް ބޮއްސުން ލުމުގެ ކުރިން ބޮއްސުން ލިޔަ ނުދިނުމަށްޓަކާ އެއްވެސް މަސައްކަތެއް ނުކޮށް ތިބުމުގެ ސަބަބުން މިޖެނަރޭޝަނަށް ނިސްބަތްވާ ހުރިހާކުޑަކުދީންގެ މައްސަލަތައް ބޮއްސުންލައި ނިމިއްޖެއެވެ. ރާއްޖޭގައި މިހާރު މަދުރަސާތަކުން ތަޢްލީމު ޙާޞިލް ކުރާ ދަރިވަރުންގެ ތެރޭގައި ވަނީ ލަދުވެތިކަމާ އަޚުލާގީ ސިފަތަށް ނެތިގޮސްފައެވެ. އެހެންކަމާއެކު މިޖެނަރޭޝަނަށް ނިސްވާކުދީންގެ މައްސަލަތައް ޙައްލު ކުރެވޭވަރުގެ އެއްވެސް ގާބިލްކަމެއް މިސަރުކާރަކު ނެތެވެ. ކުޑަކުދީންނަކީ ގައުމުގެ މާދަމާގެ މުސްތަގްބަލް ކަން ދެކެ ދެނެތިބެ މާދަމާގެ މުސްތަގްބަލް ފުނޑާލުމުގެ ޒިންމާ ޖުމްލަގޮތެއްގައި ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން […]
ޢިއްޒަތްތެރި ރައީސެވެ! ރައްޔިތުންގެ އަތުންނަގާ ވާރު އިތުރުވެ ދަރާވިކިއްޖެއެވެ.

ބާއްޖަވެރި ދުވަހަކަށް އެދި ވެދުން އަރިސްކޮށް ދަންނަވަމެވެ. ދައުލަތުގެ މާލީ ތަނަވަސްކަމާއި ފުދުންތެރިކަން އިތުރުވެ، ރާއްޖެ ވިޔަވެތިވެ ދިރިއުޅުން ޖަޒީރާވެ، ބާއްޖަވެރި ތަނަވަސް ދިރިއުޅުމެއް ލިބުމަކީ ކޮންމެ ރައަޔިތަކަށް ލިބެންޖެހޭ ޙައްގެއްކަން ލިޔެވިގެން ވަނީ ފޮތުގައެވެ. ސުވާލަކީ އެވިދާޅުވި ދިރިއުޅުމުގެ ނަޞީބަށް ރައްޔިތުން އުންމީދު ކޮށްގެން ތިބެންވީ ކިހާދުވަހެއް ވަންދެން ތޯއެވެ؟ ރާއްޖެއަކީ އާބާދީ ގައި ކުދިބޮޑު، އަންހެން، ފިރިހެން، އަދި މުސްކުޅިންގެ 4 ލައްކައެއްހާ މީހުން ކިރިޔާ ހަމަވާ ބައެއް ދިރިއުޅޭ ގައުމެއް ނޫންތޯއެވެ؟ ބޭރުގެ ބޮދު އިންޓަރނޭޝަނަލް ކުންފުޏަކަށްވުރެ މީހުން މަދު ގައުމެއް ނޫންތޯއެވެ؟ ޢިއްޒަތްތެރި […]
މިނީބަސް ދަތުރުގެ ސަބަބުން ޓެކްސީ ތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ

މިނީ ބަސްތަކުގެ ދަތުރުތަކަކީ މިސަރަޙައްދަށް ބޭނުންވެފައިވާ އެންމެ މުހިންމު ޚިދުމަތްތަކުގެ ތެތޭގައި ހިމެނޭއަދި ތަޢާރަފު ކުރުން މާބޮޑަށްވެސް ލައްވެފައިވާ އެއްޚިދުމަތެވެ. ސަރުކާރަށް އެއްމެ މުހިންމުވާނީ ރައްޔިތުމީހާއަށް ލުއިފަސޭހަތަކެއް ވުމެވެ. ރައްޔިތުން ދައުލަތެއް ހިންގުމަށްޓަކައި ސަރުކާރެއް އެކުލަވާނީވެސް ރައްޔިތުމީހާ އަށްޓަކައެވެ. އެގޮތުން ރައްޔިތުމީހާގެ ޖީބަށް ލުއި ކުރުމަކީ ވެސް ސަރުކާރުގެ އެއް މަގުޞަދެވެ. މިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ކިބައިގާ ބިނާކުރަނިވި ހަރުދަނާ ވިސްނުން ގެންގުޅުއްވާފައި ނެތުމުގެ ސަބަބުން ނުވަތަ އަމިއްލައަށް ފައިދާ ލިބިގަތުމުގެ ވިސްނުން އިސްކުރުމުގެ ދުވަސްވީ ސިޔާސަތުގެ ސަބަބުން މާލޭގެ ސަރަޙައްދު މިވަނީ […]
އައްޑޫބަހުން ޚުޠުބާދިން އިމާމް ސަސްޕެންޑް ކުރެވޭނެ އެއްވެސް ހަމައެއް ނެތް

އައްޑޫބަހުން ޙުޠުބާ ކިޔުމަކީ އެ ޚުޠުބާދިން އިމާމް ސަސްޕެންޑް ކުރަންޖެހޭ ވަރުގެ ކަމެއްކަމަށް ގަބޫލުކުރާ އެއްވެސް ދިވެހި ރައްޔިތަކާ އަދިއެއް ބައްދަލެއް ނުވެއެވެ. އައްޑޫ އިމާމް އެޚުޠުބާ ކިއުއްވީ އެޚުޠުބާ އައްޑޫބަހުން ޝަރަޙަ ކޮށް މިސްކިތުގައި ތިބިއެބްމެނަށް އެޚުތުބާގައި ބުނާ އެއްޗެއް އެނގޭގޮތަށެވެ.ޚުތުބާ އަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނޭކަމަށް ޚުޠުބާދެއްވި އިމާމް ވަނީ ވަރަށް ސަރީޙަކޮށް ވިދާޅުވެފައެވެ. މަލޭ ރަސްމީ ހުކުރުމިސްކިތުގައި އިނގިރޭސި ބަހުންނާ ޢަރަބި ބަހުންވެސް ޚުޠުބާ […]
މިސްކިތްތަކުގެ އަޑު ކަނޑުވާލުމަކީ އިސްލާމްދީނުގެ އަޑު ކަނޑުވާލުމުގެ ފެށުން

ނަމާދަކީ އިސްލާމް ދީނުގެ ތަނބުކަމަށް ވާއިރު އިސްލާމީގައުމެއްގައި ދިރިއުޅޭ މުސްލިމުން ސިއްރިޔާތުގައި ނަމާދުކުރަން ޖެހުމަކީ އިސްލާމްދީނުގެ އަޑު ކަނޑުވާލުމުގެ ފެށުން ކަމުގައި މެނުވީ ނުވާނެއެވެ. މިއީ ގިނަ ދިވެހީން މިކަން ދެކޭގޮތެވެ. ދިވެހިރާއްޖެއަކީ ދިވެހީންގެ ނަސީބު ރަަނގަޅުކަމުން ސައްތައިން ސައެްތަ އިސްލާމީ ގައުމެކެވެ. މިސްކިތްތަކުގައި މުންނާރެއް ބިނާ ކުރެވިފައި ހުންނަނީ ބަންގި ގޮވާ އަޑު މީސްތަކުންނަށް އަޑުހަރުކޮށް އިއްވުމަށްޓަކައެވެ. ބަންގީގެ އަޑު އިވުމުން ކޮންމެ މުސްލިމަކުވެސް ނަމާދަށް ދިއުމަށްޓާކާ އެމީހަކު އެ ކުރަމުންދާ މަސައްކަތް ހުއްޓާލުމަށްފަހު ނަމާދަށް ތައްޔާރު ވުމަށެވެ. މުންނާރު ހެދިފައިވަނީ […]
މާލޭ މީހާ!؟

ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެ ތެރޭގެ ރަށެއްގެ ފިރިހެނަކު މާލެއަށް އުފަން މާލޭގެ އަންހެނަކާ ކައިވެނި ކޮށްގެން އެ ދެމަފިރިންނަށް ލިބޭދަރިން ރަޖިސްޓްރީ ކުރެވެނީ ފިރިހެން މީހާގެ ރަށުގައެވެ. އަންހެން މީހާގެ އަމިއްލަ ގެދޮރު މާލޭގައި ހުއްޓަސް އެ ދެމަފިރިންގެ ދަރީން މާލޭގައި ރަޖިސްޓްރީއެއް ނުކުރެވެއެވެ. 1964 ވަނަ އަހަރު ކިޔަވަން މާލެ އައި ރާއްޖެތެރޭގެ ފިރިހެނަކު އޭނާގެ ކިޔެވުންނިމި މާލެއިން ވަޒީފާ ހޯދުމަށްފަހު ކައިވެނި ކުރީ އަމިއްލަ ގެދޮރުހި މާލޭ އަންހެނަކާއެވެ. އެދެމަފިރީންނަށް 9 ދަރިން […]
ތަންފީޒު ނުކުރޭވޭ ގާނޫނު ތަކަކީ ރައްޔިތުންގެ ލޮލޮގައި އަޅާ އަނދުނެއް

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ގަވާޢިދާ އެއްގޮތަށް ރައްޔިތުންނަށް ނުލިބުނަސް ސަރުކާރުން މިނިމަމް ވޭޖެއް ކަނޑައަޅައިފިއެވެ. ރިޒޯޓް ތަކުގައި ވަޒީފާއަދާ މީހުނަށް ގަވާއިދާއި އެއްގޮތަށް ބަރާބަރަށް ނުލިބުނަސް ރެޒޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސާރވިސްޗާޖް ލިބޭގޮތަށް ގާނޫނުވެސް ފާސްކޮށްފިއެވެ. ރެޒޯޓް ތަކުގެ މުޒަފުން އަނބިދަރީންގެ ގާތުގައި ނިދަން ދެވޭގޮތް ނުވިޔަސް ފެރީ ނިޒާމެއްވެސް ވެސް އެވަނީ އިފްތިތާޙު ކޮށްފައެވެ. އަދި ރެޒޯޓް މުވައްޒިފުން މިހާރު މަސައްކަތް ނިންމާފައި އަނބިދަރީން ކައިރިއަށް ނިދަން ދެވޭކަމަށްވެސް ބުނެފިއެވެ. ތެދުދޮގު އެނގޭނީ އެފަދަ […]