ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ގަވާޢިދާ އެއްގޮތަށް ރައްޔިތުންނަށް ނުލިބުނަސް ސަރުކާރުން މިނިމަމް ވޭޖެއް ކަނޑައަޅައިފިއެވެ. ރިޒޯޓް ތަކުގައި ވަޒީފާއަދާ މީހުނަށް ގަވާއިދާއި އެއްގޮތަށް ބަރާބަރަށް ނުލިބުނަސް ރެޒޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސާރވިސްޗާޖް ލިބޭގޮތަށް ގާނޫނުވެސް ފާސްކޮށްފިއެވެ.
ރެޒޯޓް ތަކުގެ މުޒަފުން އަނބިދަރީންގެ ގާތުގައި ނިދަން ދެވޭގޮތް ނުވިޔަސް ފެރީ ނިޒާމެއްވެސް ވެސް އެވަނީ އިފްތިތާޙު ކޮށްފައެވެ. އަދި ރެޒޯޓް މުވައްޒިފުން މިހާރު މަސައްކަތް ނިންމާފައި އަނބިދަރީން ކައިރިއަށް ނިދަން ދެވޭކަމަށްވެސް ބުނެފިއެވެ. ތެދުދޮގު އެނގޭނީ އެފަދަ މުވައްޒިކަށްތާއެވެ؟ ސިޔާސީގޮތުން އެމީހަކު ގަބޫލުކުރާބަޔަކު އެދޮގުވެސް ތެދުކަމުގައި ގަބޫލު ކޮށްފިއެވެ.
ގާނޫނު ހަދާ މަޖިލީހުން ރައްޔިތުންނަށް ފައިދާ ކުރަނިވި ގާނޫނުތަކެއް ވެސް ހަދައިދީފިއެވެ. އަދި އެގާނޫނުތައް އެވަނީ ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ދައުލަތުގެ ގެޒެޓްގައި ޝާއިޢުވެސް ކުރައްވާފައެވެ. އެހިސާބުން އެ ނިމުނީތާއެވެ؟އިސްވެ ދެންނެވުނު ގަވާއިދު ތަކާ ގާނޫނު ތަކުން ވަޒީފާ އަދާކުރާފަރާތަކަށް ލިބެންޖެހޭ އެންމެ ކުޑަ އުޖޫރައާ ސަރވިސް ޗާޖް ދޭންޖެހިފައި ތިބި ބަޔަކީ ފައިސާވެރީންނެވެ.
ބުނެވޭ ގޮތުގައި ރައްޖޭގައި އުފެދެނީ”އޮލިގާކީ” ވެރިކަމެވެ. އޮލިގާކީ ވެރިކަމަކީ މަހުޖަނުން ކެންޕޭނަށް ޚަރަދު ކޮށްގެން ހޯދައިދޭ ވެރިކަމަށް ކިޔާނަމެކެވެ. އަދި ވެރިކަން ބަދަލުކުރުމަށް ބައިވެރި ނުވާ މަހުޖަނުންވެސް ވެރިކަމުގެ ފަރާތަށައި އިދިކޮޅު ޕާޓީއަށްވެސް އިންވެސްޓްކުރާ ސިސްޓަމެއްވެސް މެއެވެ. މަހުޖަނުން ކެންޕޭނަށް ޚަރަދު ކޮށްދެނީ ޚަރަދު ކުރާފައިސާ އަނބުރާ އަތުލާގޮތަކަށް ނޫނެވެ. މަހުޖަނުން ސަރުކާރު ބޭނުން ކުރަނީ އެފަރާތްތަކުން ކުރަންބޭނުންވާހާ ކޮންމެ ކަމެއް ކުރުމަށްޓަކާ ޖަހައިދޭ ރަބަރ ސްޓޭމްޕެއްގެ ގޮތުގައެވެ. އެހެން ކަމުން ސަރުކާރުން ރައްޔިތުންނަށް ހަދައިދޭ މިދެންނެވި ފަދަ ގާނޫނާ ގަވާޢިދުތައް ތަންފީޒު ވޭތޯ ނުވަތަ ވަޒީފާ އަދާކުރާފަރާތްތަކަށް ލިބެންޖެހޭ ޙައްގު ފުރިހަމައަށް ލިބޭތޯ ބަލަންޖެހޭ ވެރިން ތިއްބަވަނީ ކަނު ބަނދެވިފައެވެ.
ކަން މިހެން ހުރިއިރު ސަރުކާރުގެ ވެރިން އެކި އެކި ސިޔާސީ ޕޯޑިއަމް ތަކުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ވަޒީފާއަދާކުރާ ފަރާތަކަށް މިނިމަމް ވޭޖެއް ކަނޑައެޅި ވާހަކަޔާއި ކުންފުނިތަކުން ސާރވިސް ޗާޖް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާފައިވާ ކަމަށާއި ރިޒޯޓްތަކުގެ މުވައްޒަފުން ނިދަން އަނބިދަރީންގެ ގާތަށް ދިއުމަށްޓަކާ ފެރީނިޒާމެއް ގާއިމް ކޮށްދެއްވާފައި ވާނެކަމަށް ވިދާޅުވަމުން ގެންދަވާއިރު އެވިދާޅުވާ ޙައްގުތަށް ލިބެންޖެހޭ ފަރާތްތަކަށް ނުލިބޭކަމާއި އެދައްކަވާ އެވާހަކަފުޅު އަޑުއަހަން އެފަރާތަކުން ތިބޭނެ ކަން ވެރީންނަށް އެނގިވަޑައި ނުގަންނަވަނީ ބާވައެވެ؟
ރައްޔިތުންގެ ކުރިމަތީގައި އެފަދަ ވާހަކައެއް ވިދާޅުވުމުގެ ކުރިން ހެދިފައިވާ ގާނޫނުތަކާއި ގަވާޢިދުތައް ތަންފީޒުވޭތޯއާއި ރައްޔިތުންނަށް އެގާނޫނު ތަކުން ކަނޑައެޅިފައިވާ ޙައްގުތަށް ފުރިހަމައަށް ލިބޭތޯ ބެއްލެވުން ކީއްތޯއެވެ!
ރިޒޯޓްތަކުގައި ވަޒީއަދާކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ މީހަކު އަސަރާއެކު ކިޔައިދިނެވެ. މިސަރުކާރު ގެނައުމަށްޓަކާ ރިޒޯޓުތަކުގެ މުވައްޒަފުން ވަނީ ވަރަށްބުރަ މަސައްކަތްތަކެއްކޮށްފައެވެ. އެހެނަސް ވެރިކަން ލިބުމުން ރިޒޯޓްތަކުގެ މުވައްޒަފުނަށް ދިނީ ދޯކާއެވެ. ދާދި ފަހުން ރިޒޯތަކުގެ މުވައްޒަފުންނަށް ލިބެންޖެހޭ ސާރވިސްޗާޖާ ކަނޑައެޅިފައިވާ މިނިމަމް ވޭޖް ތަންފީޒުވަމުން ނުދާތީ ރިޒޯޓް ތަކުގެ މުވައްޒަފުން ވަނީ ހަޅުތާލުވެސް ކޮށްފައެވެ.
ރިޒޯޓްތަކުގައި މަސަތްކަތް ކުރާ ދިވެހި މުވައްޒަފުން ކުރީ މި ދެންނެވި ހަޅުތާލަށްފަހު ބޮޑުމުސާރައާއި ސާރވިސްޗާޖް ލިބެންފެށީ ރިޒޯޓްތަކުގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ކަމުގައި އަޙުމަދު ބުންޏެވެ.
އެމްޑީޕީ ކޮންގްރެސްގައި ވާހަކަ ފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅު ވިއެވެ. މިސަރުކާރުން މިނިމަމް ވޭޖްވެސް ކަނޑައޅައިފީމެވެ. ކުންފުނި ތަކުގެ މުވައްޒަފުންނަށް ސާވިސްޗާޖް ލިބޭނެގޮތް މިސަރުކާރުން ހަދާއި ދީފީމެވެ. އަދި ރިޒޯޓްތަކުގެ މުވައްޒަފުން ވަޒީފާ ނިންމާ އަނބިދަރިންގެ ގާތުގައި ނިދަން ދިއުމަށްޓަކާ ފެރީނިޒާމެއްވެސް ވާނީ ގާއިމް ކޮށްދީފައެވެ. ރަނގަޅުތާއެވެ؟
އަހުމަދު ބުނީ ރައީސް ނަޝީދުފަދަ ބޭފުޅަކު މިފަދަ ވާހަކަ ފުޅެއް ދެއްކެވުމުގެ ކުރިން އެވިދާޅުވި ފަދަ އެއްވެސް ޙައްގެއް ރިޒޯޓްތަކުގެ މުވައްޒަފުންނަށް ލިބެމުންދޭތޯ ނުބައްލަވާއި އިތުރުފުޅުހެއްދެވުމަކީ ރެޒޯޓް ތަކުގެ ދިވެހި މުވައްޒަފުންނަށް ކުރެއްވި މަލާމާތެއް ކަމަށް ދެކެމެވެ. ތެދުފުޅެކެވެ ކަރުދާހުގައި އެވާހަކަތައް ކަޅާހުދުން ލިޔެފައި އެބަހުއްޓޭ ބުނާއަޑު އަހަމެވެ.
ސަރުކާރުގެ އިސް ވެރިޔަކު ކަމުގެ ޙަގީގަތް ނުބައްލަވާ މިފަދަ ވާހަކަފުޅެއް ދެއްކެވުމުން މިސަރުކާރުގެ އިޚުލާސްތެރި ނިޔަތެއް ނެތްކަންވަރަށް ރަގަޅަށް ސާފުވެއްޖެކ ަމަށްވެސް އަޙުމަދު ބުންޏެވެ. ސަރުކާރުގެ އިސްވެރިން އެއަރކޯނު ކޮޓަރީގައި އަނބިދަރީންގެ ގާތުގައި މަދިރިދުންދަނދި ނުޖައްސަވާއަވަހާރަފުޅު ލައްޕަވާއިރު ރިޒޯޓް ތަކުގެ މުވައްޒަފުންގެ އިޙުސާސް ތަށް އެނގިވަޑައި ނުގަންނަވަނީ އެއްވެސް ރަޙުމެއްނެތީމަ ނޫންތޯ އަޙުމަދު ވަނީ ހިތްދަތިކަމާއި އެކު ސުވާލު ކޮށްފައެވެ.
މިހާރުވެސް ރިޒޯޓަކުގައި ދިވެހި މުވައްޒަފުން ނިދަނީ 4 ބަންކްބެޑް ހުންނަ ކޮޓަރީގައެވެ. 4 މީހުން ބޭނުންކުރަން ހުންނަނީ އެންމެފާޚާނާއެކެވެ. ފަންކާގަނޑުގިނަފަހަރު ހަލާކުވެފާ، މިކަން ނުބައްލަވާ ރެޒޯޓްތަކުގެ މުވައްޒަފުންގެ ޙައްގުތަކާއި މެދު މިސަރުކާރުން ވަަރަށް ބޮޑަށް އިހުމާލުވެއްޖެ ކަމުގައިވެސް އަޙުމަދު ފާހަގަ ކުރިއެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
2 Responses
Mihaaruves resort thakugai ginaee India meehunge Bangladesh meehunaa Lanka meehun gaanoonuga bunefa obaiyy 75%dhivehinnashey ekam 5% dhivehin ves noolhe Gina resort thakugai. Misaalakah the residence Maldives Dhigurah ethaa 4% dhivehin ves noolhe dhen koba gaanoonu.konme meehaku ves anga aruvaane vaakameh neh ehkamehves
ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމަވީމާ ދެން ވެރިންގެ ބޭނުންކެނޑުނީއެވެ. ވެރިންތިބެނީ ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދިނުމަށެވެ. 80 ގެ ފަހުކޮޅުގެ އަހަރުތަކުގައި ސަރުކާރުގެ އޮފީހަކަށް ރާއްޖެތެރެއަށް ނިސްބަތް ކުރެވޭ ބޭކަލަކު ކޮންމެވެސް ކަމަކު ދިއައެވެ. އެ މައްސަލަ ނެގި ސެކްރެޓަކީ މައްސަލަޔާގެން ވެރިއެއްގެ އަރިހަށް ގޮސް ދެންނެވުމުން އެމީހާގަތުގައި 3 ދުވަސް ފަހުން އަންނަން ބުނާށޭ ވިދާޅުވިއެވެ. ސެކްރެޓަރީއަށް ލިބުނު ހައިރާން ކަމާއެކު މިއީ މިހާރުން މިހާރަށްވެސް ނިންމާލަދެވިދާނެކަމެކޭ ދެންނެވިއެވެ. ޖަވާބުގައި ވެރިޔާ ވިދާޅުވީ އޭރުން މިއޮފީހުގެ ހައިބަތު އޭނާގެ ކުރިމަތީގައި ކުޑަވެދާނެއެވެ. ހަމައެބޭފުޅާގެ އަރިހަށް އެހެންދުވަހަކު ފުރިހަމަނުކުރެވި އަދި ފުރިހަމަ ކުރަންވެސް ދުވަސްނަގާފާނެ މައްސަލައެއް ގެންދިއުމުން ވިދާޅުވި ތިޔަކަންތައް މިހާރުން މިހާރަށް ނިންމާލާށެވެ. އޭނާގެ ބައްޕައާއި ކާފަވެސް އަހަރެން ވަރަށްރަނގަޅަށް ދަންނަމެވެ. ތީގައި ގޯހެއް ނޯންނާނެއެވެ. މިހާރުވެސް ވިސްނުން ހުރީ ހަމަ މިކަހަލަ ގޮތަކަށް ނޫން ހެއްޔެވެ ؟