ކުޑަކުދީންގެ މައްސަލަ ތައް ބޮއްސުން ލައި ދިޔައީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން

Facebook
Twitter
WhatsApp
3384008F-FC1B-4929-81DF-4AF2F3E69C6A

    ރާއްޖޭގެ ކުޑަކުދީން މައްސަލަތައް ބޮއްސުން ލުމުގެ ކުރިން ބޮއްސުން ލިޔަ ނުދިނުމަށްޓަކާ އެއްވެސް މަސައްކަތެއް ނުކޮށް ތިބުމުގެ ސަބަބުން މިޖެނަރޭޝަނަށް ނިސްބަތްވާ ހުރިހާކުޑަކުދީންގެ މައްސަލަތައް ބޮއްސުންލައި ނިމިއްޖެއެވެ.

ރާއްޖޭގައި މިހާރު މަދުރަސާތަކުން ތަޢްލީމު ޙާޞިލް ކުރާ ދަރިވަރުންގެ ތެރޭގައި ވަނީ ލަދުވެތިކަމާ އަޚުލާގީ ސިފަތަށް ނެތިގޮސްފައެވެ. އެހެންކަމާއެކު މިޖެނަރޭޝަނަށް ނިސްވާކުދީންގެ މައްސަލަތައް ޙައްލު ކުރެވޭވަރުގެ އެއްވެސް ގާބިލްކަމެއް މިސަރުކާރަކު ނެތެވެ.

     ކުޑަކުދީންނަކީ ގައުމުގެ މާދަމާގެ މުސްތަގްބަލް ކަން ދެކެ ދެނެތިބެ މާދަމާގެ މުސްތަގްބަލް ފުނޑާލުމުގެ ޒިންމާ ޖުމްލަގޮތެއްގައި ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން ނަގަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.

ރާއްޖޭގެ މަދުރަސާތަކުގެ މުދައްރިސުންނާއި ގައުމުގެ ގިނަ މައިންބަފައިންގެ ކިބައިގާ ރަނގަޅު އެވެސް ސިފައެއް އަށަގެނުވިފައި ނުވާއިރު ކުޑަކުދީންގެ ކަންކަން ބޮއްސުން ނުލާނެ ގޮތެއް އޮންނާނެ ތޯއެވެ. މުދައްރިސް ބައްލަވަނީ ކިޔަވައިދޭ ދަރިވަރުގެ ގަޔަށް އިއްފަތް ފޭރިގަނެވޭތޯއެވެ. ގިނަ މައިންބަފައިންގެ މެދުގައިވެސް އަރާރުންވުމާއި ތަޅާފޮޅުމެވެ.

ކޮންމެ ކުޑަކުއްޖެއްގެ އަތަށް ނެޓަށް ވަދެވޭ ފޯނެއްދީގެން ޔޫ.ޓިއުބުގައި ހުންނަ ޢުމުރާ ނުގުޅޭ ތަކެތި ބައްލުވައި ހަމަ އެފަދަ ގޭމްތަށް ކުޅުވަނީއެވެ. ކުޑަކުދީންނާއެކު މައިންބަފައިން އެކުދިންނާއި ނުގުޅޭ ޑުރާމާތައް ބަލަނީއެވެ. މުދައްރިސުންނާ ބެލެނިވެރީންގެ މެދުގައި އަޚުލާގުގެ ކަންފުޅެއްވެސް މިހާރަކު ނެތެވެ.

ސްކޫލް ތަކުގެ ތެރޭގައި ގޭންގް ތައް އުފެދިއްޖެއެވެ. މިކަން ކަން އެނގެނީ ސްކޫތަކުގެ ތެރޭގައި މިފަދަ ކަންކަން ހިނގާތާ އެތަށްކެއް ދުވަހެއް ފަހުންނެވެ. ސްކޫލްތަކުގައި ލީޑިން ޓީޗަރުންނާއި މުދައްރިސުންނާއި ހެޑްމާސްޓަރުންނާއި ޕްރިންސިޕަލުން މިހެންގޮސް ނަންހުސްކޮށް މުވައްޒަފުން ތިބެއެވެ. ސްކޫލްތަކުގެ ފާޚާނާ ތަކުގައި ދަރިވަރުން މަސްތުވާތަކެތި ބޭނުންކޮށް މާރާމާރީ ހިންގާ ކަޓަރުއަޅާގޮސް ހައްދުން ބޭރުވެއްޖެއެވެ. 

ސަކޫލް ތައްހިންގަން ބީތާއިން ލިޔަސް މިވަރުވާނެއޭ ހިތައްއަރައެވެ. ބޮޑެތިވަމުން އަންނަ މިޖެނަރޭޝަންގެ މާދަމާގެ މުސްތަގްބަލް ވަނީ ވީރާނާ ކޮށްލާފައެވެ. ބޮއްސުންލާމިވަނީ ނިމިފައެވެ. މިވަރަށް ބޮއްސުން ލުމުގެ ކުރިން ކުރަން ޖެހިފައިވާ އެއްވެސް ނުކުރިއެވެ. ކުޑަކުދީންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް ތިބީ އެއްފުރާޅެއްގެ ދަށަކު ނޫނުނެވެ. އެތައް ފުރާޅެއްގެ ދަށުގައެވެ. އެއްފުރާޅެއްގެ 

ދަށަށް ދާ މައްސަލަ އަށްވާގޮތެއް އަނެެއްފުރާޅުގެ ދަށުގައި ވާ ފަރާތަކަށް އިނގޭކަމަކަށް ނުވެއެވެ. އަޅުގަޑަށް ހީކުރެވުނީ މިނިސްޓަރ ސިދާތާ ވަކިކޮށްލުމުން ވަރަށް ބޮޑަށް ކުޑަކުދީންގެ ކަންތައް ޙައްލުވީކަމަށެވެ. ވަނީވެސް އެހެންނޫންތޯއެވެ. އޭނާ ވަކިނުކުރެވިގެން އެއޮށްޖެއްސި ސިޔާސީ ގޭމުތަށް ދުށީމު ނޫންތޯއެވެ!

 ކޮންމެއަކަސް މި ޖީލު ހަމަ ރަނގަޅަށްވެސް ފަނާ ކޮށްލައިފިއެވެ. އެހެން ކަމުން މި ޖީލަށް ނިސްބަތްވާ އެއްވެސް ކުއްޖަކު ރަނގަޅު ކުރުމަށް ދެން ކުރެވޭނެ އިތުރު މާބޮޑު  ކަމެއް ނެތެވެ.

އެންމެހާ ބިންގަލެއް އެޅީ ކަތިކޮށެވެ. އަނެއްކާވެސް ސީދާ ބިންގަލެއް އެޅޭތޯ ބައްލަންވީއެވެ. މުޅި ގައުމުގައިހެން ވެސް އަޚުލާގެއް ސުލޫކެއް ނެތެވެ. ވާނީވެސް އހެންތާއެވެ. ވެރީންގެ ކިބައިގާ އެގޮތް ނެތުނީމާ ނަތީޖާ ދައްކާނީ މިގޮތަށެވެ. ދިވެހިވަންތާ ރީވެތި އާދަ ކާދައެއް ފޮލޯކުރާނެ ފަރާތެއް ނެތި ގައުމު ބޮލުރޮދި ކެނޑިއްޖެއެވެ.

މުޅި ގައުމުގެ މާދަމާގެ މުސްތަގްބަލް، ކިސަޑުގައި މޮޑެވިއްޖެއެވެ. ގިނަ ޒުވާނުން އެއްތަންވެ ވާހަކަ ދައްކާލާއަޑު އަހާލަ ބަލާށެވެ. ލަދުން ބޯފަޅައިގެން ދާނެއެވެ. ވަސްދުވާހާ ކުނިފުޅަ ގޮވަނީ އެވެ. އެއްވެސް މީހެއްގެ އަބުރެއް އިއްޒަތެއް ނެތެވެ. ހަމަގައިމުވެސް މިއަކީއެޒުވާނުން އުފެއްދެވި އިރު ވެފައިހުރި ގޮތްތަކެއް ނޫނެވެ. އެއީ އެޒުވާނުގެ ކަންކަން އިސްކޮށްފާ ތިބޭ ވެރީންނާއި، ބެލެނިވެރީންނާއި، އުސްތާޒުން އެއުރެންނަށް ދެއްކެވި ނަމޫނާގެ ނަތީޖާއެވެ.

ތަރުބިއްޔަތެއް ނެތެވެ. އަޚުލާގެއް ނެތެވެ. ސަކޫލް ތަކަކީ ދަރިވަރުގެ ދެވަނަ މަދުރަސާކަމަށް ބުނެއުޅެއެވެ. ފުރަތަމަ މަދަރާސާއަކީ މަންމަ ކަމުގައެވެ. ހަމަ ގައިމުވެސް މިހާރަކު ގިނަ މައިންނަކަށް އެދަރީންނާ އަޅާލާކަށް ވަގުތެއް ނުލިނެއެވެ. އެހެން ކަމުން ގައުމުގެ މާދަމާގެ މުސްތަގްބަލް ބިނާކުރާނެ ދެފަރާތަކީ މައިންބަފައިންނާއި މުދައްރިސުން ކަމަށް ވީހިނދު މިދެންނެވި ދެފަރާތުގައި ހިމެނިފައި ނުވާ ތަރުބިއްޔަތެއް ނުވަތަ އަޚުލާގެއް އެދަރިވަރުންކަށް ނުލިބޭނީ ކޮންގޮތަކުން ތޯއެވެ؟

ގިނަ މީހުން ދަރިން ބޮޑެތިކުރަނީ ޙަރާމްއެއް ޙަލާލެއް ބެލުމެއް ނެތިއެވެ. ދަރިންބިޑެތިވަމުން އަންނައިރު އެކުދީންގެ މައިންބަފައިންގެ ފުށުންނާއި އުޅެބޮޑުވި ވެށިން މެނުވީ ތަރުބިއްޔަތު ލިބޭނެ އެހެން ގޮތެެއް ނޯންނާނެކަން ޔަގީނެވެ.

މައިންބަފައިން ނަމާދު ނުކުރާނަމަ ދަރިން ނަމާދު ކުރާނެ ތޯއެވެ. މުދައްރިސުން ދަރިވަރުންނަށް ނަމާދު މަޢުރިފާ ކޮށްނުދޭނަމަ ނަމާދު ކުރުމުގެ ޝައުގެއް ދަރިވަރުގެ ކިބައިގާ އަށައެއް ނުގަންނާނެއެވެ. ނަމާދަކީ އިސްލާމް ދީނުގެ ތަނބު ކަމުގައިވާއިރު ތަނބު ނެތި ގެއެއް އެޅޭނެ އެއްވެސްގޮތެއް އޮންނާނެތޯއެވެ؟

ކުޑަކުދިންގެ ކަންކަން މިރާއްޖޭގައި މިވަނީ ހަމަ ރަނގަޅަށް ވެސް ބޮއްސުން ލާފައެވެ. ބޮއްސުން ލުމުގެ ކުރިން ދެން ކުރާނޭ އިތުކަމެއް ނެތެވެ. ގަވާޢިދާއި ގާނޫތައް ބަދަލުކުރިއަސް ތަންފީޒު ނުކުރާ ނަމަ ވާނެއެއްވެސް ފައިދާއެއް ނުކުންނާނޭ އެއްވެސް ރަނގަޅު ނަތީޖާ އެއް އޮންނާނެތޯއެވެ. މިހާރަކަށް އައިސް ގައުމުގާ އެންމެ ފެންވަރު ރަނގަޅަށް ވިސްނުންތެރި ކަމާއިއެކު ކުރެވޭ ކަމަކީ ދުއްވާ އުޅަނދުފަހަރުގައި ސްޓިކާރ ޖެހުމެވެ. ސަރުކާރުން ކަމެއް ކުރަން ބޭނުންނަމަ ކުރެވިދާނެކަން އެބަދައްވެސް ލައެވެ. 

ޖުރިމާނާ ސްޓިކާ އެޖަހާފަދަ ވިސްނުންތެރި މުރާލިގޮތަކަށް މިކަންކަންވެސް ހިންގާލެވޭނެ ނަމަ މިފަދަ ގައުމު ފަނާކުރަނިވި ކަންތައްތަކަށް ޙައްލެއް ހޯދިދާނޭވެސް ހިތައް އަރައެވެ. 

ޗިލްޑްރަންސް އެމްބަޑްސް އޮފީހެއް ގާއިމް ކުރެވުނުއިރު ރާއްޖޭގެ ކުޑަކުދީން މުޅި ދިރިއުޅުން އެވަނީ ބަނގުރޫޓް ވެފައެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތަށް ފުނި ޖެހި ހަދާނެ ގޮތް ހުސްވެފައެވެ. ކުޑަކުދިންނާއި ގުޅޭ ކަންކަން ބަލާ ކޯޓަކާ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ޖެންޑާ މިނިސްޓްރީއިން ވަނީ ކުޑަކުދީންނާއި ގުޅޭ މައްސަލަތަކަށް ހަދާނެ ގޮތެއް ނޭނގި ކަންބޮޑުވުން ފައުޅު ކުރައްވާފައެވެ. ކުޑަކުދީންނާއި ގުޅުން ހުރި މައްސަލަތައް ދެނެގަނެވޭނެ އެއްވެސް ހަކަތައެއް ފެންމަތިވެފައެއް ނުވެއެވެ. 

ކުޑަކުދީންނާ ގުޅުން ހުރި މައްސަލަ ތަށް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު އެކަންކަން ޙައްލުކުރެވޭނެ ގޮތެއް އަދި މިހާތަނަށް ހޯދިފައެއްވެސް ނެތްކަމަށް ވެއެވެ. ކޮންމެއަކަސް ކިތަން މަހާސިންތާތަކެއް ބޭއްވިއަސް އިޚުލާސް ތެރިކަމެއް ނެތި ރަނގަޅު މުޖުތަމަޢެއް ބިނާ ކުރެވޭނެ ގޮތެއް ނުފެންނާނެއެވެ. ހުރިހާކަމެއްވެސް ވިސްނެނީ ވާނެ އެޗެއް ވާފަހުންނެވެ. ގައުމަށް އިޚުލާސްތެރިއަކުނެތި ވެރީން ތިއްބެވީ ޒީރޯ ޓޮލެރެންސް ގައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް