އައްޑޫބަހުން ޚުޠުބާދިން އިމާމް ސަސްޕެންޑް ކުރެވޭނެ އެއްވެސް ހަމައެއް ނެތް 

Loading

Facebook
Twitter
WhatsApp


       އައްޑޫބަހުން ޙުޠުބާ ކިޔުމަކީ އެ ޚުޠުބާދިން އިމާމް ސަސްޕެންޑް ކުރަންޖެހޭ ވަރުގެ ކަމެއްކަމަށް ގަބޫލުކުރާ އެއްވެސް ދިވެހި ރައްޔިތަކާ އަދިއެއް ބައްދަލެއް ނުވެއެވެ. އައްޑޫ އިމާމް އެޚުޠުބާ ކިއުއްވީ އެޚުޠުބާ އައްޑޫބަހުން ޝަރަޙަ ކޮށް މިސްކިތުގައި ތިބިއެބްމެނަށް އެޚުތުބާގައި ބުނާ އެއްޗެއް އެނގޭގޮތަށެވެ.ޚުތުބާ އަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނޭކަމަށް ޚުޠުބާދެއްވި އިމާމް ވަނީ ވަރަށް ސަރީޙަކޮށް ވިދާޅުވެފައެވެ.

     މަލޭ ރަސްމީ ހުކުރުމިސްކިތުގައި އިނގިރޭސި ބަހުންނާ ޢަރަބި ބަހުންވެސް ޚުޠުބާ ކިޔުއްވާފައި އެބަހުށްޓެވެ. އައްޑުއަށްވީމާ ވަކިގޮތެއް މާލެއަށްވީމާ ވަކިގޮތެއް، ކަމަކުނުދެއެވެ.

ޚުތުބާގެ އަސާސްތަކުގެ ތެތޭގައި ހިމެނިގެންވާ މުއުމިންތަކުންގެ މައްޗަށް ކުރާ ދުޢާގައި ހުރިހާ މުސްލިމުން ޝާމިލް ނުކޮށްވެސް ބައެއް ޚުތުބާ ލިއުއްވާފައި ވާތީ ފުރަތަމަ އިސްމިކް މިނިސްޓަރ ސަސްޕެންޑް ކުރަން ޖެހޭއިރު އެކަން ނުކޮށް އައްޑޫބަހަކީ ދިވެހި ބަހެއްކަމަށް މުޅި ދިވެހި އުންމަތް ގަބޫލު ކުރާ ހިނދު އަށްޑޫގައި މާލޭބަސް ރަނގަޅަށް ނޭގޭމީހުންނާއި އައްޑޫބަސް ނޫން އެހެން ދިވެހިބަހެއް ނުދަންނަ އެތައްސަތޭކަ ބަންގާޅީން މިސްކިތުގައި ތިބި އިރު ޚުޠުބާ ގައި މާލޭބަހުން ބުނެފައިވާ އެއްވެސް ލަފުޒަކަށް އުނިކަމެއް ނުގެނެސް އޮޅުވާ ނުލައި އެންމެނަށް ސާފުވާ ބަހަކުން ޚުޠުބާ ދިނުމުގައި އޮތީ ކޮންމައްސަލަ އެއްތޯއެވެ؟

     އަޢްޑޫބަހުން ޚުތުބާދެއްވި އިމާމަށް އިސްލާމިކް މިސްޓަރ ސެލިއުޓު އަރުވަން ޖެހޭ އެދަޑިވަޅުގައި އެ އިމާމު ސަސްޕެންޑު ކުރުމަކީ ދިވެހިބަހަށް (އައްޑޫބަސް ނަސްލީ ތަފާތުކޮށް) އިސްލާމިކް މިނިސްޓަރ ގޮންޖައްސަވައި ގައުމުގައި ފިތުނަ އުފަށްދައި ބައިބައި ކުރުމަށް ކުރެއްވި މުޑުދާރު ޢަމަލެެކެވެ.

     އައްޑޫ އިމާމް މުޙައްމަދު ރަޝީދު އައްޑޫ ބަހުންއެ ޚުޠުބާ ދެއްވީތީ އައްޑޫގެ އެތައް ހާސް ރައްޔުތުން އެމަނިކުފާނަށް ތަޢުރީފުގެ ބަސްތައް ރައްދުކުރަމުން ދާއިރު އިސްލާމިކް މިނިސްޓަރަށް އެކަން ހަޖަމް ނުވީތޯވެސް ބައެއް މީހުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

      ޚުތުބާ ލިއުއްވާ ބޭފުޅުންވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ އަތޮޅުގެ ރައްޔިތުން ވާހަކަ ދައްކާ ބަހުރުވަ ދަސްކުރެއްވުމުގެ ބޭނުން ޖެހިއްކަމަށް ދެކެމެވެ.

އަތޮޅުތަކުގެ ބަހުރުވަޔާ އޭގެ ރާގާ ލަހުޖާ ދެމެހެއްޓުމަކީ ރާއްޖޭގެ ބަހުގެ ސަގާފަތް ރައްކާތެރި ކުރުމަށްޓަކާ ސަރުކާރުގެ ކަމާއިބެހޭ އިދާރާ ތަކުން މަސައްކަތް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި އިސްލާމިކް މިނިސްޓްރާއި އޭނާގެ ބައިވެރީން މި މަސައްކަތް ކުރައްވަނީ މާލޭގެ ދިވެހިބަސް ނޫން އެހެން އެއްވެސް ދިވެހިބަހެއް ބޭނުން ކުރިއަނުދީ ރާއްޖޭގެ ބަހުގެ ސަގާފަތް ނައްތާލުމަށް ކަމަށް އަޅުގަނޑު ދެކެމެވެ.

     ޢައްޑޫބަހުން ޚުތުބާދެއްވި އިމާމް މުޙައްމަދު ރަޝީދު ވިދާޅުވި ގޮތުގާ އިސްމިކް މިނިސްޓްރީއިން ތައްޔާރުކުރައްވާ ފޮނުއްވަމުން ގެންދަވާ ގިނަ ޚުތުބާތަކުގައި ވަރަށް ގިނަ މިސްޓޭކް ތައްހުރެއެވެ.އަދި ޚުތުބާ ތައް ދެމުން ގެންދަނީ އެ މިސްޓޭކްތަށް ރަނގަޅު ކޮށްގެން ކަމަށާއި ފޮނުވާފައި ހުންނަގޮތަށް ޚުތުބާ ދޭނަމަ ޚުތުބާ ދެވޭނީ އުނިވެފައި ހުންނަ ކަންކަން ރަނގަޅު ނުކޮށް ކަމުގައި ވެސް އިމާމް ރަޝީދު ވިދާޅުވިއެވެ.

     މީގެ އިތުރުން އަޢްޑު އަތޮޅުގައި މާލޭބަސް ފުރިހަމައަށް ނުދަންނަ މުސްކުޅި އުމުރުގެ އެތަށް ބަޔަކުވެސް އުޅޭ ކަމަށާއި މުޅި ޚުތުބާ ދެއްވީ އައްޑޫބަހުން ނޫންކަންވެސް އިމާމު ފާހަގަ ކުރެެއްވިއެވެ. އެގޮތުން ޙަދީސްތަކާއި ގުރުއާނުގެ އާޔަތް ތަކުގެ މާނަ ވިދާޅުވެފައި ވާނީ ޚުތުބާގައި ލިއުއްވާފައިވާ ގޮތަށް ކަމަށާއި އަދި ޚުތުބާ ނިންމާލާއިރު ކިޔާ ދުޢާތައްވެސް ވިދާޅުވެފައިވާނީ ޚުތުބާގައި ލިއުއްވާފައިވާ ގޮތަށް ކަންވެސް ފާހަގަ ކުރެއްވިއެވެ.

     އިމާމް ރަޝީދު ވިދާޅުވި ގޮތުގައި މާލޭބަހުގެ ތެރޭގައި އައްޑޫއަތޮޅުމީހުނަށް މައިންބަފައިންގެ ތެރޭގައި ބުނަން ލަދުގަންނަ ކިތަންމެ ބަހެއް އެކުލެވިފައި ވާކަމަށާއި ބައެއް ޚުތުބާ ތަކުގައި ހުންނަ މިފަދަ ބަސްތަށް ބައެއް ޚުތުބާ ދެމުންދާއިރު ބަދަލުނުކޮށް ކިޔަން ނުކެރޭކަމަށެވެ. އެހެން ކަމުން ޚުތުބާ ދޭންވާނީ އެބަޔަކުގެ ތެރެއިން ގިނަ ބަޔަކު ދަންނަބަހަކުންކަން އެއީ ވަރަށްސާފުކޮށް އެގެން އޮތް ކަމެއް ކަމުގައި ޝަރީފު ވިދާޅުވިއެވެ.

މިސާލަކަށް އައްޑޫ ބަހުން ﷲ އާ އެކަލާނގެ ރަސޫލާގެ ޙަދީސްތަކުގެ މާނަ ކިޔަމުންދާއިރު ގާލަ ﷲ ތަޢާލާ ނުވަތަ ގާލަ ރަސޫލު ﷲ ޞައްލަ ﷲ ޢައިހި ވަސައްލަމް ނުވަތަ ގާލަ ފިރުޢުނު މިގޮތަށް ކިއުމުން ﷲ އާ ﷲ ރަސޫލާގެ މައްޗަށް ހިތުގައިވާ ގަދަރާ ލޯބި ކުޑަވާކަމަށް ދެކި ﷲ ވަހީކުރެއްވިއެވެ. ނުވަތާ ރަސޫލާ ހަދީސް ކުރެއްވިއެވެ. މިޢިބާރާތްތަށް މިގޮތަށްބަދަލު ބަދަލު ކުރަން ޖެހެއެވެ.

ގުރުއާނުން މާނަ ކޮށްފައި އޮންނައިރު ﷲ ވިޔަސް ރަސޫލާ ވިޔަސް ފިރުޢައުނާ އެއްހަމައެއްގައި ގާލަ ބޭނުން ކުރުމަކީ އައްޑޫގެ ރައްޔިތުންނަށް ހަޖަމް ކުރެވޭނެ ކަމަކަށް ނުވާއިރު ޚުތުބާގައި މިދެންނެވިގޮތަށް ﷲ އާ ރަސޫލާގެ ބަސްފުޅު ފިރުއައުނާ އެއްހަމައެއްގައި ކިޔަން ކެރޭނީ ކިހިނެއްތޯއެވެ؟

     އަދިމުސްލިމުންގެ މައްޗަށް ދުޢާ ކުރާއިރު މުސްލިމް ނޫންގައުމުގައި ދިރިއުޅޭ މުސްލިމުން ނުހިމެނޭހެން ދުއާ ބައްޓަން ކުރުމަކީވެސް ޚުތުބާއިން ފެންނާން ހުރި ބައެއް މިސްޓޭކް ތައްކަން ރަޝީދު ފާހަގަ ކުރެއްވިއެވެ.

    ޢަޖަމީންނާ ޢަރަބީންގެ މެދުގައި ތަފާތު ކުރުމެއް ވޭހެއްޔެވެ. ޢަރަބި މުސްލިމުން ޚުތުބާ ކިޔަނީ ޢަރަބި ބަހުންނެވެ. ސިންގަޅަ މުސްލިމުން ޚުތުބާ ކިޔަނީ ސިންގަޅަ ބަހުން ކަމަށް ވާއިރު އައްޑޫމުސްލިމުން އައްޑޫބަހުން ޚުތުބާ ކިއުމުގައި އޮތީ ކޮންމައްސަލަ އެއްތޯ އަދާލަތުގެ އިސްލާމިކު މިނިސްޓަރު އަހިހުގައި އަހާލަބަލާށެވެ!

     އިމާމް ރަޝީދު ވިދާޅުވި ގޮތުގައި މާލޭބަހުގެ ތެރޭގައި އައްޑޫއަތޮޅުމީހުނަށް މައިންބަފައިންގެ ތެރޭގައި ބުނަން ލަދުގަންނަ ކިތަންމެ ބަހެއް އެކުލެވިފައި ވާކަމަށާއި ބައެއް ޚުތުބާ ތަކުގައި ހުންނަ މިފަދަ ބަސްތަށް ބައެއް ޚުތުބާ ދެމުންދާއިރު ބަދަލުނުކޮށް ކިޔަން ނުކެރޭކަމަށެވެ. އެހެން ކަމުން ޚުތުބާ ދޭންވާނީ އެބަޔަކުގެ ތެރެއިން ގިނަ ބަޔަކު ދަންނަބަހަކުންކަން އެއީ ވަރަށްސާފުކޮށް އެގެން އޮތް ކަމެއް ކަމުގައި ޝަރީފު ވިދާޅުވިއެވެ.

Loading

One Response

  1. ގިނަވާނީ އެތަނުގައި އައްޑޫ ރައްޔަތުންނެވެ. ވީއިރު ކޮބާތަ މައްސަލަޔަކީ؟ ނަސްލީ ދޯ؟ ވޯޓް ހޯދަންވީމާ ހެޔޮ އައްޑޫބަހުން ވާހަކަ ދެއްކިޔަސް. މިދެން ވަރަށް ދަށުދަރަޖައިގެ ކަމެއް. ނަޝީދު ކޮށްކޮ ނާޒިމް ފިރިހެނުންނާއި އެކު ލިވަތްކޮށް ގިރިތަކަށް ގެއްލުން ދީ އަދި އޮޑީގެ ފަށަން ދިޔައިމާވެސް އޭނާގެ ވަކީލު ކަމުގައ ހުއްދަގަނޑު ސަސްޕެންޑް ނުކުރެވުނު. ކޮބާތަ އިންސާފު؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް