މާލޭ މީހާ!؟ 

Loading

Facebook
Twitter
WhatsApp


 ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެ ތެރޭގެ ރަށެއްގެ ފިރިހެނަކު މާލެއަށް އުފަން މާލޭގެ އަންހެނަކާ ކައިވެނި ކޮށްގެން އެ ދެމަފިރިންނަށް ލިބޭދަރިން ރަޖިސްޓްރީ ކުރެވެނީ ފިރިހެން މީހާގެ ރަށުގައެވެ. އަންހެން މީހާގެ އަމިއްލަ ގެދޮރު މާލޭގައި ހުއްޓަސް އެ ދެމަފިރިންގެ ދަރީން މާލޭގައި ރަޖިސްޓްރީއެއް ނުކުރެވެއެވެ.

     1964 ވަނަ އަހަރު ކިޔަވަން މާލެ އައި ރާއްޖެތެރޭގެ ފިރިހެނަކު އޭނާގެ ކިޔެވުންނިމި މާލެއިން ވަޒީފާ ހޯދުމަށްފަހު ކައިވެނި ކުރީ އަމިއްލަ ގެދޮރުހި މާލޭ އަންހެނަކާއެވެ. އެދެމަފިރީންނަށް 9 ދަރިން ލިބުނެވެ. މިއިން އެއްވެސް ދަރިއަކު އެކުދިންގެ މަންމަގެ ގޭގައި ރަޖިސްޓްރީއެއް ނުކުރެވެއެވެ.

އެހެނަސް މިހުރިހާކުދިން އުފަންވީ ވެސް މާލެއަށެވެ. ބައްޕައަކީ އެހެން ރަށެއްގެ ފިރިހެނަކަށް ވާތީ ބައްޕަގެ އަމިއްލަ ގެއެއް ރަށުގައި ނެތަސް އެކުދިންގެ ބައްޕަ ރަޖިސްޓްރީ ކުރެވިފައިވާ ތަނެއްގައި މެނުވީ އެއިން އެއްވެސް ދަރިއަކު ރަޖިސްޓްރީ ކޮށް ނުދިނެވެ. މިދެންނެވި ދެމަފިރިން ކައިވެނި ކޮށްގެން ދިރިއުޅެ މުސްކުޅިވީ މާލޭގައެވެ. އޭނާގެ މާލޭ އަނބިމީހާގެ ގެދޮރުގައެވެ.

ކަން މިހެން ހުރިނަމަވެސް ރައީސް މައުމޫނުގެ ދަރިކަނބަލަކު ބޭރުގެ ފިރިހެނަކާ ކައިވެނި ކޮށް އެ ދެމަފިރިންނަށް ދަރީން ލިބެން ފެށުމުން މިދެންނެވި ގަވާޢިދު ބަދަލުވެ މަންމަގެ ރަށުގައި މާލޭގައި، ރާއްޖެތެރޭގެ ފިރިހެނުން (މާލޭ މީހާ) އަންހެނުންނާ ކައިވެނި ކޮށްގެން މާލެއަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރެވޭ ގޮތް ހަމަޖެހިގެން ދިޔައީއެވެ.

އެހެންކަމުން މާލޭ އުފަން މާލޭގެ އެތަކެއް ރައްޔިތުންނެއް މާލޭގައި ރަޖިސްޓްރީ ކުރެވިފައި އެވަނީ ފުރަތަމަ ރަޖިސްޓްރީ ރާއްޖެތެރޭގައި އޮތުމަށްފަހު މިދެންނެވި ގަވާޢިދަށް ޢަމަލު ކުރަން ފެށުނުފަހުންނެވެ. މިއިން ކޮންމެ ރައްޔިތަކީވެސް މާލެއަށްއުފަންވެ މާލޭގައި ދިރިއުޅެ މުޅިޢުމުރު މާލޭގައި ހޭދަކުރަމުން ދާ މާލޭގެ ރަށްވެހީންނެވެ. އެހެންގޮތަކަށް ކިޔަންޏާއި މާލޭ މީހާއެވެ.

ކަން މިހެން ހުރިނަމަވެސް މާލޭގެ ރައްޔިތުންނަށް މާލޭގެ ސަރަޙައްދުން ގޯތި ދޭން ސަރުކާރުން ހަމަޖެއްސެވުމުން މިދެންވި މާލެއަށް އުފަންވެ މާލޭގައި މުޅި ޢުމުރު ހޭދަކުރަމުދާ މާލޭގެ އަހުލުވެރިންގެ ފޯމުވެސް ސަރުކާރުން ވަނީ ބަލައި ނުގެންފައެވެ. މިފަދަ ބޭއިންސާފު އުޞޫލުތަކަށް ގޮތެއް ފޮތެއް ނުބަލާ ސަރުކާރުން ޢަމަލު ކުރަން ފެށުމަކީ ބަލައި ގަނެވޭނެ ކަންކަމެއް ނޫނެވެ. ގެވެހި މިނިސްޓަރު އަސްލަމް ހަދުމަފުޅު ބަހައްޓަވަންވީ އެއީ އެމްޑީޕީގެ ސިޔާސަތެއްވެސް ނޫންކަމާއި މިނިސްޓަރުކަމަކީ ރައްޔަތުން ހޯދައިދިން ވަޒީފާއެއް ކަމެވެ. މިސަރުކާރަކީ ހަމަ އެކަނި މާލޭ ”މީހާގެ“ ވޯޓުން ހޮވިފައިވާ ސަރުކާރެއްވެސް ނުމެ ނޫންކަމެވެ.

ބައްޕަ ނޫނީ މަންމައަކީ ”ބީރެއްޓެއް“ ސަކަށް ވިޔަސް މާލޭގައި އެކުދީންގެ މަންމައިންބަފައިންގެ ގެދޮރުހުރެ އެކުދީން މާލޭ ނޫން އެހެން ރަށެއްގައި ދުވަހަކުވެސް ދިރިއުޅެފައި ނުވާއިރު އަދި އުޅެވޭނެ ގޮތެއްވެސް ނޯންނާނެއިރު މާކުރިން ޢަމަލުކުރި ހަމައެއް ލަމައެއް ނެތް ޖަންގަލީގެ ގަވާޢިދެއްގެ ދަށުން މާލޭގެ އަހުލުވެރިން ކަނޑައެޅުމުގެ ޙައްގެއް އެމްޑީޕީގެ ރައީސް އާއި އަސްލަމް އަކަން ނޯންނާނެއެވެ. އަދި ރައީސް ސޯލިހް އަކަށްވެސް ބޮޑުވަރިހަމަގައި ހުންނެވުގެ ޙައްގެއްނެވެ.

މިއީ އެއްދިދައިގެ ދަށުގައ ގައުމީ އެއްލަވައެއް ކިޔައިގެން ދިރިއުޅޭ ވަރަށް ކުޑަކުޑަ މުޖުތަމަޢުއެކެވެ. އެގޮތުން ހިއްޕުޅާވާހާގޮތަކަށް މާލޭމީހާ ކަނޑަ އަޅައި އެހެން މީހުން ބާކީ ކުރުމަކީ މިސަރުކާރުން މާލޭގެ އުފަން އެތަކެއް ރައްޔިތުންގެ ޙައްގު ފޭރިގަނެ ހިންގަމުންދާބޮޑު ޖަރީމާއެކެވެ. 

އެއްވެސް ހަމައެއް އުޞޫލެއްނެތި ސަރުކާރަކުން ހަދާފައިވާ ގަވާއިދެއްގެ ސަބަބުން މާލެއަށް އުފަން ރައްޔިތުން (މާލޭ މީހާ) އެމީހާގެ ބައްޕަ ނުވަތަ މަންމައަކީ ފޮންނެއްކާގެ ރައްޔިތަކަށް ވިޔަސް މާލޭގައި ގެދޮރުހުރި މާލޭގެ ހަތަރު ކަށިމަތި މަންމައިންގެ ބަނޑުން މާލެއަށް އުފަންކުރި ދަރީން ރާއްޖޭގެ އެހެން ރަށްރަށުގައި ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ.

އެގޮޮތުން ސަރުކާރުން މާލޭގެ އުފަން މާލޭމީހާ ބީ-ރައްޓެހީންނަށް ހަދާލައި މަލޭގެ ސަރަހައްދުގެ ބިމުން އެފަރާތްތަކަށް ގޯތި ނުދިނުމަށް ކަނޑަ އެޅި ކަނޑަ އެޅުން ހަރުކަށި ޢބާރާތުން ކުށްވެރި ކުރަމެވެ. އަދި އެނިންމުމުގެ ބަދަލު މާލޭމީހާއާއި މާލޭމީހާގެ މައިން ބަފައިން ނިކަން ރަނގަޅަށް 2023ގައި ސަރުކާރެއް ހޮވަން ވޯޓްދޭއިރު ލިބިދިން ބޭއިންސާފަށް ވޯޓުން ޖަވާބުދޭން ޖެހޭނެއެވެ.  

މިއަދު ކިތައްމެ ފުއްޕާފައި އުޅުއްވިޔަސް ވޯޓަށް ސަލާމް ޖަހަން އެކިޔާ ޑޯޓު-ޑޯ ޖައްސާއިރު ތިބޭނީ ވަރަށް ސައިޒްގާ ކަން އަޅުގަނޑުމެން މާލޭމީހާ ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެފަދަ ލާއިންސާނީ މީހުންނަށް ދިވެހި ދައުލަތް ހިންގުމުގެ އިތުރު ޗާންސްއެއް ލިބިދެވިގެން ނުވާނެއެވެ.

  ސަރުކާރު ތަކަށްވެސް ގޯސް ހެދިދާނެއެވެ. އެހެނަސް އެއީ ސަރުކާރަށް ހެދުނުގޯހެއްކަން ބުއްދީގެ ހަމަތަކުގެ މަތީން ބައްލަވާ ރަނގަޅަށް ދިރާސާ ކޮށް ވިސްނުމަށްފަހު ހެއްދެވުނު އެގޯސް ރަނގަޅުކުރަން ޖެހޭނެތާއެވެ. މާލޭގެ ސަރަހައްދުން މާލޭގެ އުފަން ރައްޔިތުން ގޯއްޗަށް އެދުމުން ގޯއްޗަށް އެދުމުގެ ފުރުޞަތުވެސް އެވަނީ ނިގުޅައި ގެންފައެވެ. ކިހާބޮޑު ބޭއިންސާފަކާ ކިހާބޮޑު އަނިޔާއެއްތޯއެވެ؟

      އެހެންކަމާއެކު މާލޭގެ އަސްލު ރައްޔިތުންނާ މެދު ފުންކޮށް ވިސްނެވުމަށްފަހު މަލޭގެ ރައްޔިތުންގެ (މާލޭމީހާ)ގެ ޙައްގަށް އިޙުތިރާމްކޮށް އެޙައްގު ފޭރިނުގަތުމަށް ސަރުކާރަށް އިލްތިމާސް ކުރެމެވެ. 

Loading

5 Responses

  1. ވެރިކަން ލިބުނީމަ ވެރިކަމަށް އަންނަން ކުރި ވަޢުދުތައް ހަނދާންނެތި ދެއެވެ. އަދި ވެރިކަމުގައި ބެއްދުމަށް ދެވަނަދައުރެއް ބޭނުންވެގެން ތެޅިގަންނައިރު ކުރިން ވީ ވައުދުތަކަށް ވުރެ ގިނަ ވަޢުދު ވެތެވެ. ދެރައީ ރައްޔަތުމީހާވެސް ގުބޯހެއްލޭތީއެވެ. ތިބުނާ ޑޯޓުޑޯ ޖައްސަން އައީ ގެއަށް ނުވައްދާ ފައސާލަބަލާޢެވެ. ގިނަބަޔަކު އެހެން ހަދައި އެ އަޑު ސިޔާސީ ރަންޑީންތަކަށް އިވެންފެށީމާ ދޮގުހެދުން މަދުވާނެއެވެ. އަދި އެވޭ ވަޢުދު ފަތިން ގިނަ ވަޢުދުތަކެއް ދެން އަންނަ މީހަކު ފުށްދަދޭނެކަމަށްވެސް ފެނެއެވެ.

  2. އަޅުގަނޑު ދެކޭގޮތުގައި ގައުމުގެ އާބާދީ އިތުރުވެ ދިރިއުޅުމުގެ ފެންވަރާއި ވައްޓަފާޅި ބަދަލުވަމުންދާއިރު ހާލަތާގުޅޭގޮތުން އިންސާނުންހަދާ ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރަންޖެހޭނެއެވެ. މިހާރަކަށް އައިސް ރައްޔިތުން އެންމެ ކަންބޮޑުވަނީ ގޯތި ގެދޮރުގެ މައްސަލާގައެވެ. އެހެންވީމާ ސަރުކާރުން އެކަންތައް ރައްޔިތުން ބޭނުންވާގޮތަކަށް ހައްލުކޮށްދިނުން އަވަސްކުރަން ޖެހޭނެއެވެ. މިހާރު އަލަށް ހެދޭ ގާނޫނު ނުވަތަ ގަވައިދުގައި އެއްވެސް ރައްޔިތަކަށް ދެ ގޯތި ލިބިގެންނުވާނެއެވެ. ފަގީރު މީހާ އާއި މުއްސަނދިމީހާ ތަފާތުކޮށްގެންނުވާނެއެވެ. މުއްސަނދި މިހާ ބޭނުންވެއްޖެއްޔާ ބުރުބުރިއަށް މައްޗަށް ނަގައިގެން ގެ އެޅިދާނެއެވެ. ހަމައެފަދައިން ވަކި އުމުރެއް ފުރެންދެން ގޯތި ދެވިގެންވެސް ނުވާނެއެވެ. ގޯތި ވިއްކިއަސް ހިލޭ ދިނަސް އާންމު ރައްޔިތުމީހާގެ ޖީބަށް ނުކަތާ ވަރުގެ އަގެއް ކިޔައިގެންނުވާނެއެވެ. ބަންޑާރަ އެއްޗެއްސަކީ ރައްޔިތުންގެ އެންމެންގެ ހައްގެކެވެ. ހުޅުމާލެއަކަސް ކުޅުދުއްފުއްޓަކަސް ތަފާތެއް ނުކުރެވޭނެއެވެ.

    1. ދެން ތިހެން މާ ވާހަކަ ގަދަކުރަންޏާ ސޯލިޙު ދެވަނަ ދައުރަކަށް ހޮވުނީމާ މާލެ ސިޓީވެސް އެޗްޑީސީ އާއި ޙަވާލުކޮށްފާނެއެވެ. އެމްޑީޕީގެ ފުރަތަމެ ވެރިކަމުގައި ހުޅުމާލެ އެޗްޑިސީއަށް މިލްކޮށްދިނީއެވެ. 2018 ގައި ސަރުކާރު ޙަވާލުކުރީމާ ދަ ގުރޭޓަރ މާލޭ އެރިއާ އެކުގައި އެމީހުންގެ ވިޔާފާރި ކުންފުނި އެޗްޑީސާ އަށް އަގުމަގު ކުރުމެއްނެތި އެ މިލްކޮށްދިނީއެވެ. ވީމާ 2023ގައި މާލޭ ސިޓީގެ ޙާލާ މެދު ވިސްނަމާ؟

    2. މާލެ ވިޔަސް، ހުޅުމާލެ ވިޔަސް، ތިނަދޫވިޔަސް، އޮމަދޫ ވިޔަސް، ގޯތިވިއްކާ އެއްވެސް ރަށެއްގަ ގޯތި ހިލޭނުދީ، ހުރިހާރަށެއްގަވެސް ގޯތިވައްކާ. އޭރުންމުއްސަދިން ހުރިހާ ޕްރައިމް ލޮކޭގަނެލާނެ. ފަގީރުން އުޅޭނެ އެޕާޓް ހަދީމަ އެތަނައް ވަދެ އެމީހުންނައް ކުލި ދައްކާލާތިބޭނީ.

  3. މުހަންމަދު މޫސާ ވިދާޅުވެފައިވާ ފަދައިން ގެއަށް ނުވައްދާ ވޯޓުލާން ނުދިއިމާ އެވެރިންނަށް އަދި މާރަނގަޅުވާނެ. ފާރޓީގެ އިސް ސަފުން ފެންނަ މީހުންކޮޅު ލައްވާ ވޯޓު ލައްވައިގެން އަޣްލަބިއްޔަތު ހޯދަން މާފަސޭހަވާނެ. އެއީ ޑިމޮކްރެސީގެ މޮޅުކަމަކީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް