މިސްކިތްތަކުގެ އަޑު ކަނޑުވާލުމަކީ އިސްލާމްދީނުގެ އަޑު ކަނޑުވާލުމުގެ ފެށުން

Loading

Facebook
Twitter
WhatsApp

   ނަމާދަކީ އިސްލާމް ދީނުގެ ތަނބުކަމަށް ވާއިރު އިސްލާމީގައުމެއްގައި ދިރިއުޅޭ މުސްލިމުން ސިއްރިޔާތުގައި ނަމާދުކުރަން ޖެހުމަކީ އިސްލާމްދީނުގެ އަޑު ކަނޑުވާލުމުގެ ފެށުން ކަމުގައި މެނުވީ ނުވާނެއެވެ. މިއީ ގިނަ ދިވެހީން މިކަން ދެކޭގޮތެވެ. ދިވެހިރާއްޖެއަކީ ދިވެހީންގެ ނަސީބު ރަަނގަޅުކަމުން ސައްތައިން ސައެްތަ އިސްލާމީ ގައުމެކެވެ.

މިސްކިތްތަކުގައި މުންނާރެއް ބިނާ ކުރެވިފައި ހުންނަނީ ބަންގި ގޮވާ އަޑު މީސްތަކުންނަށް އަޑުހަރުކޮށް އިއްވުމަށްޓަކައެވެ. ބަންގީގެ އަޑު އިވުމުން ކޮންމެ މުސްލިމަކުވެސް ނަމާދަށް ދިއުމަށްޓާކާ އެމީހަކު އެ ކުރަމުންދާ މަސައްކަތް ހުއްޓާލުމަށްފަހު ނަމާދަށް ތައްޔާރު ވުމަށެވެ.

މުންނާރު ހެދިފައިވަނީ މީސްކިތަށް ނަމާދަށް ދިއުމުގެ ދައުވަތު ދިނުމަށްޓަކައެވެ. 

ޒަމާން ބަދަލުވެ ޓެކްނީލޮޖީ ކުރިއަރަމުންދާ މިޒަމާނުގައި މުންނާރު ތަކުގައި މިހާރު ހުންނަނީ ލައުޑްސްޕީކަރު ބަހައްޓާފައެވެ.އެއީ ބަންގީގެ އަޑު ވީހާވެސް ދުރަށް ފޮނުވުމަށްޓަކާކަން ކަށަވަރެވެ. 

       ޠަބީއީ ގޮތުން ނަމާދު ކުރާ ތަން ފެނުމާއި ނަމާދު ކުރާ އަޑު އިވުމަކީ އިސާނާ އަށް އެކަމަށް ހިތް ޖެއްސުމަށްޓަކާ ނުހަނު ބޭނުންތެރި ކަމައް ކަމެކެވެ. މިހާރުވެސް ރައްޔިތިންގެ ތެރޭގައި ނަމާދު ކުރާ މީހުން ނުހަނު ގިނައެވެ. މުސްލިމް އުންމަތަކަށް ވާއިރު މި އުންމަތުގެ ތެރޭގައި ނަމާދު ނުކުރާމީހުން ގިނަވުމަކީ ޖަމާޢަތުގެ ތެރެއިން އިސްލާމްދީނާއި ކުރިއަރާ ދިއުމަށް އެޅިގެންދާ ހުރަހަކަށް ވާނެއެވެ.

     ނަމާދަކީ ޖަމާޢަތުގެ ތެރޭގައި ދީން ރައްކާތެރި ކުރުމަށްޓަކާ އަދާކުރަންޖެހޭ އެންމެ މާތް ފަރުޟެވެ. މިފަރުޟަށް އިންސާނުން ބަހައްޓަންޖެހޭ ލޯތްބާއި އިޙުތިރާމް ގެއްލިގެންދާ ފަދަ ކަމެއް ސަރުކާރުން ކުރުމަކީ އިސްލާމްދީން މިގައުމުން ނައްތާލުމަށްޓަކާ ކުރާކަމެއްކަމުގައި މެނުވީ ނުވާނެއެވެ.

    އިސްލާމިކް މިނިސްޓަރ އެހުންނެވީ ކޮންމެވެސް ވަރެއްގެ ހަރުކަށި ނުވަތު ފިކުރެއްގައި ތޯއެވެ. ނުވަތަ މިނިސްޓަރަކީ ހަރުކަށި މީހެއް ނޫންކަން ދެއްކުމަށްޓަކައި ނަމާދަށްގޮވުމުން ޖަމާޢަތައްވެސް ނުދާންވީތޯއެވެ. އަދި ބަޔަކު އެދޭތީވެ އިސްލާމިކު މިނިސްޓްރީން ބަންގިގެ އަޑާއި މިސްކިަތްކުން ގުރުއާން ކިޔަވާއަޑުވެސް ކަނޑާލަައްވަން ވީތޯއެވެ؟ 

އިސްލާމިކް މިނިސްޓަރަކީ ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ޢަދާލަތު ޕާޓީ އުފެއްދި ބޭފުޅުންގެ ތެރޭގައި މިކިޔާ ”ހަރުކަށި“ ފިކުރު ގަބޫލުކުރާ އެތައްބަޔަކު ހިމެނެއެވެ. އަސްލު ހަރުކަށި ފިކުރޭ މިކިޔާ ފިކުރަކީ އިސްޔލާމް ދީން ނައްތާލުމުގެފުރަތަމަ ފިޔަވައްސެވެ.

އެހެންކަމުން މިސްކިތްތަކުގެ އަޑުކަނޑުވާލަން އިސްލާމިކް މިނިސްޓަރ އަންގަވާފައި ވާނަމަ އެމަނިކުފާނަކީ އިސްލާމްދީނުގެ ޢަދާވާތް ތެރިއެއްކަމުގައި ގަބޫލު ކުރުމުގެ ޖާގައެބައޮތެވެ.

 އެމް.ޑީ.ޕީ. ވެރިކަމަށް އަތުވެއްޖެ ނަމަ މިސްކިތްތަކުން ބަންގި ނުގޮވާނެ ކަމަށް ބުނެ އެތައްބަޔަކު ވަނީ މާކުރިން ވެސް އެޕާޓީ ވެރިކަމަށް އަޔަނުދިނުމަށްޓަކާ ރައްޔިތުންގެ ވިސްނުން ބަދަލު ކުރުމަށް ގިނަގުނަ މަސައްކަތް ތަކެއް ކޮށްފައެވެ.

އެހެން ކަމާއެކު ކޯލިޝަނެއްގެ ތެރެއިން މިވެރިކަމުގެ ތެރެއަށް ވަދެ ޢަދާލަތު ޕާޓީޢިން އެދަނީ އަންނަން އޮތް 2023 އެމް.ޑީ.ޕީއަށް ގެއްލުވާލެވޭނެ މަގު ކޮށަމުން ކަމަށް އެމްޑީޕީގެ ގިނަ ބަޔަކު ދެކެއެވެ. މައްސަލައަކީ އެމް.ޑީ.ޕީ.އަށް ވެރިކަން ގެއްލިދިއުމެއް ނޫނެވެ. ޙަގީގީ މައްސަލައަކީ ރައްޖެއިން އިސްލާމްދީން ފޮހެލުމަށް މަސައްކަތް ކުރާކަމުގެ ޝަކުވާ ރައްޔަތުން އެޕާޓީގެ ބޮލުގައި އަޅުވަމުންދާ ކަމެވެ.

 މިސްކިތްތަކުގެ އަޑު ބޭރަށް ނުއިވޭގޮތަށް ހަދަން އުޅޭވާހަކައަކީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކައެކެވެ. މިވާހަކައަކީ ސައްޙަ ވާހަކައެއްކަމެއް އަދި ޔަގީނެއްނުވެއެވެ. ނަމަވެސް އެފަދަ ލިޔުން މިނިސްޓްރީއިން ނެރެފައިވާކަމުގައި ލިޔުން މީޑިއާގައި ދައުރުވެއްޖެއެވެ. މިސްކިތްތަކުގެ އަޑުކަނޑުވާލަން އުޅޭ ވާހަކަ އަކީ ގައުމީ މަސްލަޙަތާ ގުޅިފައިވާ ވާހަކައަކަށް ވާތީ މިވާހަކަ ސޯޝަލް މީޑިޔާގައި ފަތުރަމުން އެދަނީ ސަރުކާރާއި އިސްލާމިކް މިނިސްޓްރީ ބަދުނާމްކުރުމުގެ ނިޔަތުގައިކަމަށްވެސް ވެދާނެއެވެ. 

އެވާހަކަ ތަކަކީ ދޮގުވޭހަކަ ތަކެއްކަމުގައި ވާނަމަ ނުވަތަ ސަރުކާރު ބަދުނާމްކޮށް ގައުމުގެ މަސްލަޙަތު ގެއްލިދާފަދަ ދޮގުވާހަކަ ފަތުރާނަމަ އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ދެކެމެވެ.

Loading

One Response

  1. ބަންގީގެ އަޑާއި ނަމާދުގެ އަޑަށްވުރެ ހިތްގައިމު އަޑެއް ނާހާކަމަށް ބައެއް ޣައިރު މުސްލިމުން ބުނާއިރު، ދިވެހިރާއްޖޭގައި އެއާއި އިދި ވާހަކަ ދައްކާ މީހުނަށް ވުރެ ހަރުކަށި ފިކުރުގެ މީހުންނަކީ ކޮބައިތޯ؟ އަދި އެފަދަ މީހުންނަކީ މުސްލިމުންކަމާ މެދު ސުވާލު ނޫފެދޭތޯ؟ އެފަދަ ފިކުރުގެ މީހުނަށް ވުރެ އިންސާނިއްޔަތަށް ގެއްލުން ދިން ބަޔަކު ދުނިޔޭގެ ތާރީޚް ދެކެފައި ވޭތޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް