ޢިއްޒަތްތެރި ރައީސެވެ! ރައްޔިތުންގެ އަތުންނަގާ ވާރު އިތުރުވެ ދަރާވިކިއްޖެއެވެ.

Loading

Facebook
Twitter
WhatsApp

ބާއްޖަވެރި ދުވަހަކަށް އެދި ވެދުން އަރިސްކޮށް ދަންނަވަމެވެ.

ދައުލަތުގެ މާލީ ތަނަވަސްކަމާއި ފުދުންތެރިކަން އިތުރުވެ، ރާއްޖެ ވިޔަވެތިވެ ދިރިއުޅުން ޖަޒީރާވެ، ބާއްޖަވެރި ތަނަވަސް ދިރިއުޅުމެއް ލިބުމަކީ ކޮންމެ ރައަޔިތަކަށް ލިބެންޖެހޭ ޙައްގެއްކަން ލިޔެވިގެން ވަނީ ފޮތުގައެވެ. ސުވާލަކީ އެވިދާޅުވި ދިރިއުޅުމުގެ ނަޞީބަށް ރައްޔިތުން އުންމީދު ކޮށްގެން ތިބެންވީ ކިހާދުވަހެއް ވަންދެން ތޯއެވެ؟

ރާއްޖެއަކީ އާބާދީ ގައި ކުދިބޮޑު، އަންހެން، ފިރިހެން، އަދި މުސްކުޅިންގެ 4 ލައްކައެއްހާ މީހުން ކިރިޔާ ހަމަވާ ބައެއް ދިރިއުޅޭ ގައުމެއް ނޫންތޯއެވެ؟ ބޭރުގެ ބޮދު އިންޓަރނޭޝަނަލް ކުންފުޏަކަށްވުރެ މީހުން މަދު ގައުމެއް ނޫންތޯއެވެ؟ ޢިއްޒަތްތެރި ރައީސެވެ! ބުއްދި އިސްކުރައްވައި ވިސްނަވާލައްވައިފި ނަމަ އެނގިވަޑައި ގައުމެއް ހިންގުމަށް މާބޮޑު ހާސްކަމަކާއި ލިބޭ އެއްޗަކުން ފޫނުބެއްދިގެން އެވާހަކަ ދައްކަވައި އިތުރަށް ރައްޔަތުން އަތުން ވާރު ނަންގަވަން ނިންމެވިއިރު މިއީ ކިހާވަރެއްގެ ގައުމެއްތޯއެވެ؟ ކިތެއް މީހުންގެ އާބާދީއެއްތޯއެވެ؟

މި ގައުމަކީ އިންޓަރނޭޝަނަލް ވިޔާފާރި ކުންފުންޏެއްގައިމުވައްޒަފުންގެ ތިބޭ މިންވަރަށް ވުރެވެސް ކުޑަ އާބާދީއެއެކަން މަނިކުފާނަށް އެނގިވަޑައި ގަންނަވާނެއެވެ. ވަޒީފާއަދާ ކުރެވޭ ދޮޅުލައްކަ އެއްހާ މީހުންވެސް ނެތޭ ނެެތެއް ނޫންތޯއެވެ. ގައުމަށް ވަންނަ ޑޮލަރު ބޮލެއްގެ ނިސްބަތުން ބައްލަވާލިޔަސް މުއްސަދިކަން ހާމަވެގެންދާނެ ނޫންތޯއެވެ؟ 2008 ގައި އަޅުގަނޑުމެން ބުނަމުން ދިޔައީ ލެޕްޓޮޕަކާއި އުއްޗު ގެންގުޅުއްވާ 10 ރެސޯޓުގެ އިންކަމްއިން މި ގައުމު ހިންގޭނޭ ވާހަކަ ނޫންތޯއެވެ؟ 

މިވީ ނުވަތަ މިވަނީ ކީއްތޯއެވެ. ކުރީގެ ސަރުކާރުގެ މަތިބަރުކަމުންވެސް ކަންބޮޑުވެ މަތި ލުއި ޚަރަދު ކުޑަ ސަރުކާރެއް ހޯދެއްވައި ރައްޔަތުންނަށް ފަހިގޮތްތައް ހޯދަދެއްވަންވެސް ވަކާލާތު ކުރެއްވީމެއް ނޫންތޯއެވެ؟ މިހާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ސަރުކާރުގެ ބޭނުން ނޫން ޚަރަދުތަކުގެ ހިސާބު ކިތާބު ފެނިވަޑައި ގަންނަވާނެކަމަށް ޔަގީންކުރެވެއެވެ.

ތިބި ރައްޔަތުން ކޮޅެއްގެ ބޭނުން ހިފޭނީވެސް ރައްޔިތުން ލައްވާ މަސައްކަތް ކުރުވައިގެން ނޫންތޯއެވެ. 2018 ގައި ވަޢުދުވެ ވަޑައިގެންނެވި ރައްޔިތުންނަށް ޖަޒީރާ ވަންތަ ދިރިއުޅުމެއް ލިބޭނީވެސް ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސް ކޮށް ދެއްވި މިންވަރަކުން ނޫންތޯއެވެ.ރައްޔިތުންނަކީ ދައުލަތަށް ވާރުދޭން ހަމަ އެކަނި ތިބޭ ބަޔަކަށް ވެއްޖެ ނަމަ ދިރިއުޅުން ޖަޒީރާ ވާނީވެސް ކިހިނަކުންތޯއެވެ؟

      ޢިއްޒަތްތެރި ރައީސެވެ. ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ފައިދާތައް ޑޮލަރަށްވެގެން އޭގެން ބޮޑުބައި ގައުމުން ބޭރުވެދާ މަންޒަރު މަނިކުފާނަށް ފެނިވަޑައި ނުގަންނަވާތޯއެވެ.ރާއްޖެ ވިއަވެތިވެ، ރައްޔިތުންގެ ދިރިއުޅުން ޖަޒީރާވުމުގެ ހުވަފެނީ ވަޢުދު ޙަގީގަތަކަށް ވުމަކީ އަބަދުވެސް ރައްޔިތުންގެ އުންމީދެކެވެ. އެހެންކަމުން މިނިކުފާނު ދެއްކެވި ހުވަފެން ޖަޒީރާރާއްޖެ ޙަގީގަތަކަށް ހައްދަވައި ދެއްވާށެވެ. އަޅުގަނޑު ފަދައިން ގިނަ ރައްޔަތުން މިއުޅެނީ އަނގަޔާއި އަތާދިމާނުވާފަދަ ނިކަމެތި ޙާލެއްގައެވެ. މިދެންނެވީ ހަމަ ތެދެކެވެ.

      ގައުމެއްގެ އެންމެ މުހިންމު ރައުސްމާލަކީ އެގައުމެއްގެ ރައްޔިތުންނެވެ. ގައުމެއް ތަރައްގީ ވެދާނީ ރައްޔިތުމީހާ އަކީ ތަރައްގީގެ ބަހާ ކަމަށް ވުމުންނެވެ. ރައްޔިތުމީހާ ތަރައްގީވަނީ ރައްޔިތުމީހާ އަމިއްލަ ބޯހިޔާވަހިކަމުގައި އެއްވެސްމީހަކަށް ނުދަރާ ޙަލާލު މަސައްކަތުން ކައިބޮއި އަމިއްލަ ފައިމައްޗަށް ތެދުވެ،ސަލާން ނުޖަހާ ފުދުންތެރިކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސް ވުމުންނޫންތޯއެވެ؟

      ކުުރިން ދެންނެވިފައިވާ ފަދައިން  ރާއްޖެއަކީ ނިސްބަތުން ނުހަނު މީސްކޮޅު މަދު ކުޑަ ކުޑަ އާބާދީއެއްގެ މައްޗަށް ބިނާވެގެންވާ ޖަޒީރާ ވަންތަ ގައުމެކެވެ. ގައުމެއްގެ ނަން ދެވިފައި ވީނަމަވެސް ބައިނަލް އަގްވާ ސިޓީއެއްގެ %2 ޕަސެންޓް ވެސް އާބާދީގައި ހިމެނިފައި ނުވާ ގައުމެކެވެ. މިގައުމަކީ ދުނިޔޭގެ ނިސްބަތުން އެންމެ ތަނަވަސް ވާންޖެހޭ ގައުމުކަށް ވާއިރު، ގައުމުގެ ތަރައްގީ ގުނަކުރަން ނޭނގޭ ބަޔަކު ގައުމު ހިންގަން މަތިކުރެވިފައި ވުމުގެ ސަބަބުން ގައުމުގެ އިގްތިޞާދި ދުވެލި މިވަނީ އަޑިގަނޑަކަށް ވެއްޓި އަރައި ނުގަނެވޭފަދަ ދަށުދަރަޖައަކަށް ވެއްޓިފައެވެ. 

މިނިކަމެތި ޙާލު ރައްޔަތުންނަށް ދިމާވުމުގައި ގިނަގުނަ ސަބަބު ތަކެއް ނެތިއެއް ނުދާނެތާއެވެ.

     އެގޮތުން މިދައުލަތް ހިންގުމަށް އިސްކުރެވިފައިތިބި ފަރާތް ތަކުގެ އިޚުލާސްތެރި ކަމެއް ނެތުމާއި، ބަޔަކު ވައްކަންކޮށް ގައުމު ދަރުވަމުން ދާތީވެ އެކަން ހުށްޓުވައި ކޮށްފައިވާ ވައްކަން ތަޙުގީގުކޮށް ރިކަވަރ ކޮށްދޭން ހުވާކުރުމަށްފަހު ވެރިކަމަށް އިސްވެވަޑައިގެން، މަނިކުފާނުގެ ސަރުކާރުން އިތުރަށް ބޮޑެތި ވައްކަންތައް ކުރުމާއި ރިޝްވަތުގެ ވަބާ ފަތުރަމުން ދިއުމާއި ރައްޔިތުންގެ މެދުގައި ދެމިއޮންނާންޖެހޭ އެކުވެރިކަމާ އެއްބައެއް ވަންތަކަމުގެ ސިފަ އަށަގެންފައި ނުވުމާއި، ޢަދުލު އިންޞާފު ނެތުންފަދަ ސުންޕާ އެތައްކަމެއް ހިމެނި ހިނގަމުން މިދަނީ ނޫންތޯއެވެ؟ މަނިކުފާނުގެ ޕާޓީގެ ޙާލަތައް ބައްލަވާލިޔަސް މިޙަގީގަތް ހާމަވެގެން އެބަ ދެއެވެ. މިހާވަރަށް އެމްޑީޕީގެ ހިތާއި ހިތުގެ ގުޅުމަށް ބުރޫއަރައިފާވާ ދުވަހެއް އަދި ނުދެކެމެވެ.

    ރައްޔިތު މީހާ އަމިއްލަ ފައިމައްޗަށް ތެދުވިޔަނުދީ ދައުލަތަށް ލިބޭ އާމްދަނީ ނުފޫޒުގަދަ ބައެއްގެ މުށުތެރޭގައި ދެމެމުން އަންނަތާ އެތަށްޒަމާން މާޒީވެ ހިގައްޖެއެވެ. 

ދައުލަތުގެ ހުރިބާރުތައް ވެރިމީހާގެ މުށުތެރެއިން ނައްޓުވާ ރައްޔިތުން ބާރު ވެރިކުރުމަށް މިސަރުކާރުން މަސައްކަތް ފެށްޓެވިކަމަށް ވިދާޅުވިނަމަވެސް އެކަން އޮތީ އެހެނަކުން ނޫންކަން މަނިކުފާނަށް މާރަނގަޅަށްވެސް އެނގިވަޑައި ގަންނަވާނެއެވެ. ނިމިދިޔަ ވެރިކަމުގެ ތެރެއިންވެސް ރައްޔިތުން ވަނީ މިކަން ތަޖްރިބާ ކޮށްފައެވެ. އެހެން ކަމުން 2023 ގެ ކުރިން ރާއްޖޭގައި ހެދިފައިވާ ލާމަރުކަޒީގާނޫނުގެ ބާރުވެރިކަން ކައުންސިތަކަށް ދެއްވަވައި އެބާރުތައް އަނބުރާ އަތުނުލެވޭނެ ގޮތަށް ހަމަޖައްސަވައި ދެއްވުމަކީ މިސަރުކާރުގެ އިޚުލާސްތެރިކަން ހުރިވަރު ރައްޔިޔުންނަށް ހާމަކޮށްދެވި ރައްޔަތުންބަލައިގަންނާނެ ކަމެއް ކަމުގައި ދެކެމެވެ.

     ނިމިދިޔަ އެކި އެކި ވެރިކަމުގެ ތެރެއިން ދައުލަތަށް ގެއްލިގެން ގޮސްފައިވާ އެތަށް ބިލިޔަން ރުފިޔާ ހޯދުމުގެ އެއްވެސް މަސައްކަތެއް ކަމާއި ބެހޭ އިދާރާތަކުން ނުކުރައްވާ ހިނދު އިންޞާފު އެދި އެދި އެތައްހާސް ރައްޔިތުން ތިބި ހިނދު އެކިނަންނަމުގައި އެކި ފާޑުފާޑުގެ ކޮމިޝަންތައް އުފައްދަވައިއެކޮމިޝަންތަކުގެ މުވައްޒަފުންނަށް މިލިއަނުން މުސާރަ ދެމުން ދާކަމީ ދައުލަތަށް ލިބޭ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް މެނުވީ ނުވާނެނޫންތޯއެވެ؟ ރައްޔިތުންގެ އަތުން ނެގޭ ވާރު އަނެއްކާވެސް ތި އިތުރު ކޮށްލައްވަނީއެވެ. ބައިނަލް އަގްވާމީ މާލީ އިދާރާތަކުންނާއި އެއްޗެއް ދީފާނެ ކޮންމެ ފަރާތަކުންވެސް ދައުލަތަށް ލިބިގަންނަ ދަަރަނިތައް މިދަނީ އަތްނުފޯރާވަރަށް މައްޗަކަށް ނޫންތޯއެވެ. ސަރުކާރަކަށް ގެއްލުމެއްނުވާނެއެވެ. 5 އަހަރު ނިންމާލެވުނީމާ ސަރުކާރު ނިމުނީއެވެ. ދައުލަތް ދެމިއޮންނާނެއެވެ. ދައުލަތަކީ އެތަނެއްގައި އުޅޭބަޔަކާއި އެމީހުންގެ މުދަލެވެ. ސަރުކާރުގެ މުއްދަތު ނިމުމުން ދައުލަތުން ވައްކަން ކުރި މިސަރުކާރުގެ ވެރީންވެސް އެންމެންހެން ފިލާނެއެވެ. ދެންހަމަ މިފަހަރު މިދިމާވިގޮތަށް ދައުލަތުން ފޭރުނު އެއްވެސް ފައިސާއެއް މުދަލެއް އަންބުރާ ރައްޔަތުން ހޯދައެއް ނުދޭނެއެވެ.

އިއްޒަތްތެރި ރައީސްއެވެ. މިދެންނެވި ސަގާފަތް ބަދަލުކޮށްލަދެއްވާށެވެ. އެގޮތުން މިނިކުފާނަށް މުހިންމީ ދެވަނަ ދައުރަކަށް މަނިކުފާނު ރައީސްކަމަށް ހޮވުންކަމުގައި ދެކެވަޑައި ނުގެންނެވުމަށް ދެންނެވީމެވެ. މުހިންމީ ގައުމެވެ.

  

Loading

5 Responses

  1. ޑިމޮކްރެސީ ދެމިއޮތްހާ ހިނދަކު މި ގައުމު ބަނޑަށްޖެހުމުގެ ޙާލަތު ހައްތާވެސް ދާނީ ނުރައްކާ ވަމުންނެވެ. އަބަދުވެސް އުފެދޭނީ މަތި ބަރު ސަރުކާރު ތަކެވެ. ބަލަދު އަރާފައިތިބޭ ބަޔަކުފަދަ ޕާރޓީގެ ކުދިންކޮޅު ދާނީ ގިނަވަމުންނެވެ. ޕަރޓީ ބަރުވެރިކުރުމަށްޓަކައި ޕާރޓީގެކުދިންކުރާ ނުރަނގަޅުކަންތަކާއި ވައްކަމަށްވެސް ޖެހޭނީ ލޯމަރާށެވެ. އެހެންނޫނީ ޕާރޓީއެއް ނޯންނާނެއެވެ. ޕާރޓީ ނެތިއްޔާ ވެރިކަމެއްވެސް ނޯންނާނެއެވެ. ފަހަލަ ސައީދު ތިޔަ ކުރައްވާ މަސައްކަތުގައި މާތް ﷲ ބާއްޖަވެރިކަން ލައްވާށިއެވެ. އާމީން..

  2. ޑިމޮކްރެސީ ދެމިއޮތްހާ ހިނދަކު މި ގައުމު ބަނޑަށްޖެހުމުގެ ޙާލަތު ހައްތާވެސް ދާނީ ނުރައްކާ ވަމުންނެވެ. އަބަދުވެސް އުފެދޭނީ މަތި ބަރު ސަރުކާރު ތަކެވެ. ބަލަދު އަރާފައިތިބޭ ބަޔަކުފަދަ ޕާރޓީގެ ކުދިންކޮޅު ދާނީ ގިނަވަމުންނެވެ. ޕާރޓީ ބާރުވެރިކުރުމަށްޓަކައި ޕާރޓީގެކުދިންކުރާ ނުރަނގަޅުކަންތަކާއި ވައްކަމަށްވެސް ޖެހޭނީ ލޯމަރާށެވެ. އެހެންނޫނީ ޕާރޓީއެއް ނޯންނާނެއެވެ. ޕާރޓީ ނެތިއްޔާ ވެރިކަމެއްވެސް ނޯންނާނެއެވެ. ފަހަލަ ސައީދު ތިޔަ ކުރައްވާ މަސައްކަތުގައި މާތް ﷲ ބާއްޖަވެރިކަން ލައްވާށިއެވެ. އާމީން..

  3. ރައީސް ވިދާޅުވީ 5 އަހަރުގެ ދައުރެއްވެސް މާ ގިނަކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ވިސްނުމަކާއި ފިކުރެއް ހުރީ 2ވަނަ ދައުރެއްގެ ވެރިކަން ހޯދޭނެ ހުރިހާގޮތަކަށެވެ. އެހިސާބުން އަސްލު ގޯސްމިވަނީ. ދެން ޖެހެނީ ދެވަނަ ދައުރަކަށް ވެރިކަން ކުރެވޭނެ ހުރިހާގޮތެއް ހޯދުނު ގޮތަކުން ހޯދާށެވެ. ހަލާލެއް ޙަރަމެއް، ޙައްގާއި އިންސާފަށް ބެލުމެއްވެސް ނެތީއެވެ، ޢަދުލު އިންސާފު ވެއްޔާ މޮޑެލައިފަވެސް މެއެވެ. އަދި ޢިލްމުވެރިންގެ ނަމުގއި އުޅޭ 3 މީހަކަށްވެސް ދުނިޔެވީ މްނަފާ ނުކިއްސަރުން ހޯދަދީ އެމީހުން ލައްވާވެސް ބޭއިންސާފައި ޙަރާމް ޖަރީމާތައް ހިންގާއިރު ސާބަސްދީ ރަސޫލާ ކުރެއްވި ކަހަލަ ހެޔޮވެރިކަމެއްގެ ސިފަ ރައީސް ގައިގާހުރުމުން ދެވަނަ ދައުރެއް ދޭން ކޮންމެހެން ޖެހޭކަމަށް ވަކާލާތު ކުރުވަނީއެވެ. ހަމަ ހުރިހާވެސް ގޯހަކީ ދެވަނަ ދައުރެއްގެ ދަހިވެތި ކަމެވެ. އަނޫންނަމަ ވަކިމީހެއްގެ ކަނދުރާއަކަށް ނުވަބަލައި ގާނޫނު ތަންފީޒް ކުރާނެއެވެ. ގައުމުގައި ޢަދުލު އިންސާފު ގާއިމު ކުރެއްވޭނެއެވެ. ދޮގާއި މަކަރާއި ޙީލަތުންނަމަވެސް 2 ވަނަ ދައުރެއް ބޭނުމެއް ނުވާނެއެވެ. އިއްޒަތްތެރި ރައީސްއަށްވެސް އެމަނިކުފާނަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭ ވަރު ކަންތައް މިހާރު ޔަގީނުންވެސް އެނގިވަޑައި ގަންނަވާނެ ނޫންތޯއެވެ.

  4. މިގައުމަށް ގެނެވުނު މިޑިމޮކްރެސީ ދިވެހިން ކިޔާނަމަ (ދިމާކުރާ-ސީ) މިވީ ބޮދު #ބަލާވެރިކަމެއް ކަމަށެވެ. ލިވާތު ޚާނާގެ ބޮހަށްވެސް 3 މަސްދުވަހުގެ ގޭގައި ތެޔޮދަމަން ހުރުމުގެ ހުކުމެކެވެ. ތައުބާވީ އެ ފާޚިޝު ޢަމަލު ދިފާޢުކުރި އެނާގެ ބޭބެ ލައިދިން ތައުބާއަކުންނެވެ. ޙާލަތަކީ ތިއީއެވެ. ހިތާމަޔަކީ މަދު ޢިލްމުވެރިންކޮޅެއްވެސް ތި ޖަރީމާތަކުގައި ބައިވެރިވެ ދޮލަނގުން ކާތީއެވެ. ސަހަރޯއޭ ހިތައް އަރައެވެ.

  5. ވާރު ބޮޑުނުކޮށް މަތިބަރު ސަރުކާރުގެ ސިޔާސީ ވެރީން އެގޮތަށް އުފަލުގައި ބިރެއްނެތި މަޖާކޮށް ލިވާތުކޮށް އުޅޭނީ ކިހިނެއްތޯއެވެ. ބޭނުމެއް ނެތް މަގާމުތައް އުފަށްދައިފާ ބޮޑެތީ ޢާއިލާތަކުގެ މީހުން އެމްޑީޕީއަށް ސޮއިކުރުވައި އެ ޢާއިލާއެއްގެ ކޮންމެ ދެމީހަކަށް ސިޔާސީ މަގާމެއް ދީގެން ބޭރުގައުމުތަކުގައި އުފަލާއި މަޖަލުގައި އުޅެވޭނީ ނަގާ ވާރު ބޮޑުކޮށްގެން ނޫނެތޯއެވެ. ޓީގީއެސްޓީ އާއި ޖީއެސްޓީ ބޮޑުކޮށް ކުންފުނިތަކާއި ވެހިކަލްތައް ޖޫރިމަނާކޮށް ހަމަ ހަބޭސް ނޫންތޯއެވެ. ހެޔޮވެރިކަމެއް ޢަލުވެރި ވެރިކަމެއް ދައްކަދޭންބުނެފާ ރަނގަޅަށް ރައްޔަތުންނަށް ދޯކާދީފިތާއެވެ. ދެންވެސް ހަދާހާ ދޮގުތައް ގަބޫލުކޮށް ވޯޓް ނުދީބަލާށެވެ. އެމްޑީޕީ އަކީ މިހާރު “ މޯލްޑިވްސް ޑަސްޓްބިން ޕާޓީ“ ކަން އެނގެނެވެއެޖެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް