އިންޞާފުގެ ދަތުރު ކުރަމުންދިޔަ  އޮޑި ބެހިއްޖެ 

Loading

Facebook
Twitter
WhatsApp


2018 ވަނަ އަހަރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މާލިމީ ކަމުގެ ދަށުން ފައްޓަން ރައްޔަތުންނަށް ވަޢުދުވެ ޢިއުލާނު ކުރެއްވި އިންޞާފުގެ ދަތުރު ކަންދިމާކުރި ގޮތުން ފެށުނީ އެމަނިކުފާނު ދެއްކެވި އެހެން މާލިމީ އަކު އެމްޑީޕީގެ އޮޑިއަށް ވެރިކޮށްގެންނެވެ. 

އެމްޑީޕީގެ ”އިންސާފުގެ ދަތުރު“ އާއި  ޙަވާލު ކުރެއްވީ މުޅިން އާ މާލިމީއެކެވެ. އާދެ! ނަޝީދުގެ ކުޑައިރުގެ ޖިގިރީ ދޯސްތް އާއި އެވެ. އާ މާލިމީގެ ނިޔަތް ރަނގަޅު ނޫން ކަމުން އޮޑިޔާއިގެން ފަޅުވެރީން (ރައްޔަތުން) ދާން ބޭނުންވި އިންޞާފުގެ މަންޒިލް އަތުނުޖެހި އެމްޑީޕީގެ އޮޑި އެވަނީ ބެހިފައެވެ. ޙާލަތު ބަދަލުވެ ކުރިން ކުރެވުނު ވަޢުދުތައްވެސް މިވަނީ ހަނދާންނެތި، އަލުން 2023 އަށް އާ ވަޢުދުތަކަކާއިގެން އަދި ބުނެވޭގޮތުގައި އެމްޑީޕީގެ ރައީސް ނަޝީދުގެ ބައިވެރިވުމެއްވެސް ނެތި މިހާރު އެއޮޑިއަށް ސަވާރުވެގެންތިބި ޕައިރޭޓުންގެ ބަޔަކާއި އެކު ”ހިންގާލަން“ ޖައްސާފައެވެ.

     އިންސާފުގެ މަގަށް ފެއްޓި ދަތުރު ދެން އަނބުރާ މިސްރާބަށް އެޅެން އޮތީ އޮޑި ޙަވާލުކުރެނު ތަޖުރިބާއެއް ނެތް މާލިމީ ބަދަލުކޮށްގެން ކަމުގައި އެޕާޓީގެ ގިނަ މެމްބަރުން ވަރަށް ފައުޅުގައި ބުނަމުން އެބަދެއެވެ. އޭގެތެރޭގައި އެމްޑީޕީގެ ވަފާތެރި ގިނަ ބޮޑުންވެސް ހިމެނެއެވެ.

މިގައުމަށް އިންޞާފު ގެނައުމަށްޓަކާ ރާއްޖޭގެ ގިރިފަޅު ތަކާއި ބިޔަ ފަރުތަކުގެ މަޢުލޫމާތު ރަނގަޅަށް އެނގޭ ދަތުރުފަތުރަށް ކުޅަދާނަ މާލިމީއަކު އެމްޑީޕީގެ އޮޑިއަށް އަރުވަން ޖެހޭކަމާއިމެދު ޝައްކެއްނެތެވެ. އޮޑީގެ މިސްރާބަށް ބަދަލެއް ގެެނެވި އަލުން ދަތުރު ކުރިއަށް ގެންދިއުމާއި މެދު ދެން ގޮތެއްނިންމޭނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ޕްރައިމަަރީއަށް ފަހުގައި ކަމަށް ބެލެވެެއެވެ.

     މިރާއްޖެއަށް އިންޞާފު ހޯދުމަށްޓަކާ، އިންޞާފަށް ހުރަސް އަޅާ ޗާޓުން ބޭރުން މިސްރާބު ނަގާ މާލިމީއަކު އެމްޑީޕީގެ އޮޑީގައި ހުންނަވައިގެން އަސްލު މަންޒިލަށް ވާޞިލްވުމަކީ ނުވާނޭ ކަމެއްކަން ގައުމާމެދު ވިސްނަވާ ކޮންމެ މީހަކަށްވެސް ގަބޫލު ކުރެވޭނެއެވެ. މަލްޓިޕާޓީ ސިސްޓަމެއް ދަށުން ރާއްޖޭގައިބާއްވަމުން ގެންދާ ރިޔާސީ އިންތިޚާބުތަށް ކާމިޔާބު ކުރުމަށްޓަކާ އިންޞާފަށް ހުރަސް އަޅާ ޕާޓީތަކުގެ އެހީތެރިކަމާއިނުލާ އިންޞާފުގެ ސީދާ މަންޒިލަށް ދާން ކޯސް ދަމާލަން ނޭނގޭ މާލިމީއަކު އެމްޑިޕީގެ އޮޑީގެ މާލިމީއަކަށް ބެހެއްޓުމަކީ ގައުމާއިރައްޔިތުނަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާ ކަމަށް ވާނެއެވެ. ގިނަބަޔަކު ދެކޭގޮތުގައި އިންސާފުގެ ދަތުރު މިގޮތަށް ފެއިލް ވުމުގައި ނަޝީދު ޒިންމާ ނަންގަވަން ޖެހޭނެއެވެ. އެހެނީ އޮޑި ޙަވާލުކުރެވުނު ކެޕްޓަނަކީ ސީދާ ނަޝީދު ބޭނުންވެގެން، އިތުބާރާއިއެކު ހަމަޖެއްސެވި އެމަނިކުފާނުގެ ކެޕްޓަނަކަށް ވާތީއެވެ.

       ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ގިނަ ޕާޓީ ތައް އޮޕަރޭޓް ކުރަނީ، ރާއްޖޭގެ ރައްޔިތުން ހޯދަން ބޭނުންވާ އިންޞާފު ގެނެވިއްޖެ ނަމަ، ސިޔާސީ މައިދާނުން ދުރުކުރެވޭނެ ފަރާތް ތަކެކެވެ. އިންސާފުގެ ކުރިމަށްޗަށް ގެންނަން ޖެހިފައި ތިބި ފަރާތްތަކެއް ކަމަށް ބުނެވޭތީއެވެ.  

       ކަން މިހެން ހުރި ނަމަވެސް ރާއްޖެ މުސްތަގުބަލް ހެޔޮގޮތުގައި ބިނާކުރުމަށް ރާއްޖޭގެ ގިނަރައްޔިތުން ބައިވެރިވެގެން އުފެއްދީ އެންމެމީހުން ގިނަ އެންމެ ބިޔަ ބޮޑު ޕާޓީގެފަރާތުން އިންޞާފުގެ ދަތުރު ފެށުމަށް ނެގި މާލިމީވަނީ އިންޞާފަށް ހުރަސްއަޅާ ކުރިން ބުނެވިދިޔަ އަމިއްލަ އެދުމުން ފުރިފައިވާ ސިޔާސީ ޕާޓީ ތަކުގެ ވަކިތައް ސަރުކާރަށް ސަލާމަތް ނުވެވޭނެވަރަށް  އަޅުވާފައެވެ.

      މިކަން ތިޔަ ބޭފުޅުން ކަށަވަރު ކުރަން ބޭނުންފުޅު ނަމަ2008 ވަނައަހަރާ ހަމަޔަށް ޖެހިލައްވާށެވެ. ރާއްޖޭގެ ރައްޔިތުންނަށް އިންޞާފު ލިބެން އޮންނާނީ ޖުޑިޝަރީ މިނިވަން ކުރެވިގެން ކަން އެންމެން ވެސް ގަބޫލު ކުރާނެއެވެ. އެހެންކަމުން 2008 ވަނައަހަރު ޖުޑިޝަރީ އިސްލާހު ކުރުމަށް އެމްޑީޕީގެ ސަރުކާރުން ގެންނަން އުޅުނު ބަދަލުތަކަށް ވެގެން ދިޔަގޮތް ހަނދުމަ ކޮށްލައްވާށެވެ. 

ސްޕްރީމް ކޯޓުގައި ތަޅުލައިގެން ފަނޑިޔާރުން އަމިއްލައަށް ސްޕްރީމް ކޯޓުގެ ބެންޗް އެކުލަވާލާ އަމިއްލައަށް އުއްތަމަ ފަނޑިޔާރު ކަނޑައަޅާ އުމުރު ދުވަހު ރިޓަޔަރ ވުމެއް ނެތް ގޮތަށް ކޯޓުތަކުގެ ފަނޑިޔާރުންގެ އައްޔަން ކުރުމާއި ވަކިކުރުމުގެ ގަވާޢިދުވެސް ބަދަލުކޮށް އެދާއިރާ ޙިޞާރުކުރީއެވެ. އޭރުވެސް ފަނޑިޔާރުން އެކަން ކުރީ ނުފޫޒު ގަދަ ސިޔާސީ ޕާޓީއެއްގެ ބެކަޕް ހޯއްދަވައި ގެންނެވެ. މިހާރުވެސް މިދެންވި ސިޔާސީ ޕާޓީ ތައް އޮތީ ސަރުކާރުން ބައިކުޅަ ބައި ލިބިގެން ދައުލަތުގެ ޢަދުލު އިންޞާފަށް ނުފޫޒުފޯރުވަމުން ގެންދާ ޙާލަތުގައެވެ. 

މިގޮތަށް ދިމާވުމުގެ އެންމެ ބޮޑު ސިއްރަކީ ސަރުކާރުގެ ހުންގާނުގައި ހުންނެވި މާލިމީގެ އިޚުލާޞްތެރިކަން ނެތުމެވެ. އަމިއްލަ އެދުމާ ޝާނާޝައުކަތުގެ މައްޗަށް ބަރޯސާ ވެފައި ވުމެވެ. ވެރިކަމުގެ ޖާހާ ލައްޒަތުގެ ފޮނި މީރުކަމަށްޓަކައެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ކިޔެނީވެސް ރައްޔިތުންނަށް އިންޞާފު ކަށަވަރު ކޮށް ދިނުމަށްޓަކައެވެ.

ވަރަށް ގިނަ ބަޔެއްގެ މަސައްކަތުން ދިވެހިރާއްޖެއަށް އުޖާލާ އަމާން  މުސަތަގުބަލެއް ހޯދުމަށް ފެށީ ދަތުރު މިވަނީ އަނެއްކާވެސް މިސްރާބު ގެއްލިފައެވެ.

Loading

2 Responses

  1. މައި ޑިއަރ ފަހަލ. އެބައިމީހުން ބުނެ ކިޔައިދޭ ވާހަކަތައް ދިރާސާ ކޮށްލައްވާށެވެ. ޖެލުގައި އެކިއެކި މައްސަލައިގާ ޝަރުޢީ ޙުކުމް ކޮށްފާތިބި ކުއްވެރިންތަކެއް ދޫކޮށްލުމުގެ މޭސްތިރިންނަކީ ތި ބުނެވިފައިވާ ކޯލިޝަން އާއި ނަޝީދު ނޫންތޯއެވެ. ރާއްޖޭގެ ޓެރަރިސްޓް ބޮޑު ވަގު އަދީބާއި ޑީލް ހެދުމަށް ތި އެންމެންވެގެން ހޭވި ހަޑީ ނަޝީދުއަށް މާރަނގަޅަށް އެނގޭނޫންތޯއެވެ. އެކުގައި ކުރެވިފައިތިބި ޖަރީމާތަކުން އެކަކަށް އަނެކަކު ދޫކޮށްލައިގެން އުޅެވެން ނެތްކަން ތިބުނާ ތަޖުރިބާނެތް ކެޕްޓަނަށް އެނގެއެވެ. ބުރޯ ފަހަލަ އެވެ.! ވިސްނާލާށެވެ. ކަލޭ ވައްކަންކޮށް ރައީސް އެއް އިންނެވި ލޯންޗެއް ގޮއްވާލަން އުޅެ ޝަރުޢީ ހުކުމެއް އައިމާ އަދީބު އެ އަރާމުކުރާހެއްނ ހުޅުމާލޭ ޕެންޓްހައުސްގައި އަރާމުކުރަން ނަޝީދު ސަޕޯޓްކޮށްގެން ގެނައި ވެރިކަމެއްގައި ހުރެވޭނީ ވަރަށް ޑީލް ހެދިގެން ނޫންތޯއެވެ. ވަރަށް ވާހަކަ މިބުނެދިނީ. ވިސްނާލައްވާށެވެ. މިހާރު ހުރި އޮޑީގެ މާލިމި މާ ކަމުދާ ވާހަކައެއް ނޫނެވެ. ނަމަވެސް ނަޝީދަށް ސަޕޯޓް ބޮޑުވެގެން ގޮސް މުޅި #ކެހިވެރިފަތިސް އޭނައާއި ޕައިރެޓުންގެ ބޮލުގައި އެޅުއްވީތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް