ހުޅުމާލޭގައި އޭޓީ އެމްގެ ޚިދުމަތް ފުޅާނުކުރަނީ ކީއްވެ؟ 

Loading

Facebook
Twitter
WhatsApp


     ސަރުކާރުތަކުން މުޅި ރާއްޖެ ކަހާލައިގެން މީހުންގެނެސް ހުޅުމާލެ ވެސް ތޮއްޖައްސައިފިއެވެ. ބޭންކްއޮފް މޯލްޑިވް އެކަން ނޭނގެނީ އެތަން ހިންގަން ތިބިވެރީން ބޯގަމާރު ވީމާތޯއެވެ؟ ހުޅުމާލެސިޓީގައި ދޮޅުލައްކައެއްހާ ދިވެހިން ވަޒަންވެރި ކުރުވާފައި ވާއިރު އޭގެ އިތުރުން ލައްކައެއްހާ ބިދޭސީން ވެސް ހުޅުމާލޭގައި ދިރި އުޅެމުން އެބަދެއެވެ.

މިހުރިހާ ފަރާތްތަކަށް ބޭންކިންގެ ޚިދުމަތް ދިނުމަށް ހުޅުމާލެ ސީޓީގައި ބަހައްޓާފައިވާ 3 އޭޓީ.އެމް ގައި ވަނީ ދިވެހި ރުފިޔާ ނެގޭ 6 މެޝިނެވެ. ހުޅުމާލޭގައި މީގެ އަހަރުތަކެއް ކުރިން މިދެންނެވި 6 މެޝިން ބެހެއްޓިފަހުން ހުޅުމާލެސިޓީ ތިންބުރަށް މީހުން ވަޒަންވެރި ކުރުވައިފިއެވެ. އެހެނަސް ބޭންކްއޮފް މޯލްޑިވްސްގެ ވެރިންނަށް ހުޅުމާލެ ސީޓީގެ ރައްޔިތުން އޭޓީއެމްތަކުން ފައިސާ ނެގުމަށްޓަކާ އޭޓީއެމް ތަކުގެ ކައިރީގައި ދަމާލެވިފައިވާ ދިގު ކިޔޫތަކާއި އުޅޭ ޙާލު ނުފެނެއެވެ. ފެންނަ ނަމަ ރައްޔިތުން ނަށް އޭޓީ އެމް ތަކުން ދެވޭ ޚިދުމަތްތައް އިތުރަށް އެތަނަށް ސަކާވަރަށް ފުޅާކުރީސްތާއެވެ. 

އޭޓީ އެމްތަކުގައި ބެހެއްޓިފައިވާ މެޝީންތަކުން ވަގުތީގޮތުން ޚިދުމަތް މެދުކެނޑިފައި ނުހުންނަފަހަރެއް ދަނީ ވަރަށް މަދުންނެވެ.ބ ުރަމަސައްކަތް ކޮށްގެން ހޯދާ ފައިސާކޮޅު ނަގަން ގޮސް އޭޓީ އެމް ތަކުގެ ކައިރީގައި ސަލާންޖަހަން އަގުހުރި އެތަކެއް ވަގުތު ބޭކާރު ކުރަން ޖެހުމަކީ ބޭންކް އޮފްމޯލްޑިވްސްގެ ވެރިންގެ ހިތްތަކަށް ލިބޭ އުފަލެއްބާއެވެ. ނޫނީ ކުރާ ޖެއްސުމެއް ބާވައެވެ. ނޫނީ ހުޅުމާލެސިޓީއިން އޭޓީއެމް ބަހައްޓާނެ ބިން ނުލިބިގެން ހެއްޔެވެ. މިފަދަ ބޮޑު އާބާދީއަކަށް އޭޓީއެމްގެ ޚިދުމަތްދޭ މިހާމަދު މެޝީންތަކެއް ހުރި އިރު އެ މެޝީންތަކަށް އަޅަފައިސާ އަވަހަށް ހުސްވާނޭ ކަން ބޭންކަށް ނޭނގުމަކީ ޒިންމާދާރު ކުޑަކަން ވަރަށް ހާމަކޮށްދޭ ކަމެކެވެ.

      ހުސްވިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ހުޅުމާލެސިޓީގެ އޭޓީ އެމް މެޝީންތަކުގައި ފައިސާނެތިގެން ގިނަބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިވެ ކިޔޫތަކުގައި ގިނައިރުތަކެއް ހޭދަ ކުރަން ޖެހިފައެވެ. ހުޅުމާލެ ސިޓީއަށް ހިޖުރަކުރާމީހުން ވެސް އަންނަނީ އަދިވެސް އިތުރުވަމުންނެވެ. މާލޭގައި ދިރި އުމަޅުމަކީ މާލޭގެ ވަޒަންވެެރީންނަށް ކުރިމަތިވެފައިވާ މުޞީބާތެއް ކަމަށް ބުނާމީހުން ގިނަވެ ނޭވާނުލެވި ގެދޮރު ކުއްޔަށް ދިނުމަށްފަހު ވަގުތީގޮތުން ހުޅުމާއަށް ބަދަލުވާ މާލޭގެ ވަޒަން ވެރީންވެސް ދަނީ ގިނަވަމުންނެވެ. ކަން މިހެން ހުރިނަމަވެސް ބޭންކް އޮފްމޯލްޑިވްސް ހުޅުމާލެއަށް ފޯރު ކޮށް ދެމުން ގެންދާ އޭޓީއެމް ޚިދުމަތްތަކަށް ކުރިއެރުން އަންނަ މަންޒަރެއް ނުފެނެއެވެ. މިއީ ހުޅުމާލޭ ސިޓީގައި ދިރިއުޅޭ މީހުންގެ ވަރަށްބޮޑު ޝަކުވާއެކެވެ.

  އެ އޭޓީއެމް ތަކުން ޚިދުމަތް ހޯދާ މީހުން އިތުރުވެ އޭޓީއެމްތަކުގެ ކައިރި އަބަދުމެ އޮންނަނީ ތޮއްޖެހިފައެވެ. އާބާދީ އިތުރުވަމުން ގޮސް ހުޅުމާލޭގެ މަގުތަކުގެ އަމާންކަންވެސް މިހާރު މިދާނިދަނީ ގެއްލެމުންނެވެ. ބަންދު ދުވަސް ތަކުގައި އޭޓީއެމް ތަކުން ފައިސާ ނަގާ މީހުން އާދަޔާޚިލާފަށް ގިނައެވެ. އެހެން ކަމުން އެންމެބޮޑު ޝަކުވާއަކީ އޭޓީއެމް މެޝީންތަކުން ވަރަށް އަވަހަށް ފައިސާ ހުސްވާކަމެވެ.

އޭޓީއެ ކައިރީގައި ކިޔޫ ދިގުވެ މީހުންގެ ރުޅި ކޮންޓްރޯލް ނުވާހިސާބަށް ދާފަހުން ނޫނީ، މެޝީންތަކަށް ފައިސާ އެޅޭ ކަމަކަށް ނުވެއެވެ. މީދެންހަމަ އަސްލުވެސް ބޮޑުވަރެއް ތާއެވެ. ރާޖޭގެ އެންމެންގެ ބޭންކުން ރައްޔިތުންނާއިމެދު މިހާ އިހާނެތި ކޮށް ކަން ކުރުމަކީ އެއްވެސް ކަސްޓަމަރަކު ރުހޭނެ ގޮތެއް ނޫންކަން ބީ.އެމް.އެލް.ގެ ވެރީންނަށް އެގެންޖެހޭނެއެވެ. ސަރުކާރުންވެސް ރައްޔަތުން ގަނޑަތަޅުވާކަށް ބޭނުމެއް ނުވާނެނޫންތޯއެވެ؟

      ކާރޑުން ވިޔާފާރި ކުރެވެން ހުއްޓަސް އޭޓީ އެމް ތަކުން ނަގުދު ފައިސާ ނަގަން ދާމީހުން ހަމ މަދެއްނުވެއެވެ.

      ދުނިޔޭގެ އެންމެ މީހުންގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އިންޑިއާފަދަ ގައުމުތަކުގައި ވެސް އޭޓީއެމް ތަކުން ޚިދުމަތް ހޯދާމީހުން ކިޔޫ މިވަރަށް ހަދާފައި އޮންނަތަނެއް ނުފެނެއެވެ. އެހެން ނަމަވެސް އާބާދިގައި ބައިމިލިއަން ހަމަނުވާ މިގައުމުގެ ރައްޔިތުން އޭޓީއެމް ތަކުގެ ޚިދުމަތް ލިބިގަންނަން މިޖެހެނީ އަގުހުރި އެތަކެއް ވަގުތު އެކަމަށް ގުރުބާން ކޮށް ރުޅިގަދަވާފަހުންނެވެ. މިއީ ހަމަ މިދެންނެވި ކިއޫތަކުގައި ތިބޭ ކަސްޓަމަރުންގެ ޝަކުވާތަކެވެ. ބޭންކުގެ ވެރިޔަކާހަމަޔަށް މިޚަބަރު ފޯރުވާނެ ކަމަށް ހީކުރަމެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް