އައްޑޫއަތޮޅު ހިތަދޫގައި ފެރީ ޓާމިނަލެއް  ނެތި ދަތުރުވެރިން އަތްވާ ވާރޭގައި

Maldives News

    އައްޑޫސިޓީގެ ހިތަދޫގައި ފެރީޓާމިނަލެއް ނެތުމުގެ ސަބަބުން ދަތުރުވެރިން އަތްވާވާރޭގައި ތިބެން ޖެހޭތީ ހިތަދޫ ރައްޔިތުން އެމްޓީސީސީގެ މަށްޗަށް ނުރުހުން ފާޅުކުރަމުން ދާތާ ދުވަސްތަކެއް ވެއްޖެއެވެ.      ހިތަދޫއަކީ އައްޑޫސިޓީގެ އެންމެ މީހުންގިނަ އަވަށް ކަމަށް ވީހިނދު، ހިތަދޫގައި ފެރީޓާމިނަލެއް ގާއިމުނުކޮށް ކުދި އަވަށް ތަކުގައި ފެރީޓާމިނަލް ގާއިމް ކުރެވިފައި އެވަނީ ކޮން ކަހަލަ ދަތިތަކެއް ކުރިމަތިވެގެންތޯ ނުވަތަ ކޮންފަދަ ނުފޫޒާއިބާރެއްގެ ދަށުންތޯ ސުވާލު އުފައްދައެވެ. ހިތަދޫގެ ފެރީ ބަނދަރުކުރާ ހިސާބާއި ކައިރީގައި އެއްވެސް […]

ހުޅުމާލޭ މަސްވެރީންގެ ޖެޓީއިން މަސްވެރީންނަށް ޚާއްޞަ ރޭޓެއްގައި ތެޔޮ ވިއްކަން ފަށައިފި

Maldives News

    ހުޅުމާލޭ މަސްވެރީންގެ ޖެޓީ އިން ޚާއްޞަރޭޓެއްގައި ތެޔޮގަންނަން ލިބޭނޭ އިންތިޒާމް ފިއުލް ސަޕްލައި މޯލްޑިވުސްއިން ހަމަޖައްސައިފިއެވެ. މިބަދަލާއެކު މާލޭ ސަރަޙަދުން މަސްވެތިން ގަންނަތެލުގެ އަގުވެސް ހެޔޮވެގެން ދާނޭ ކަމަށް އެފް.އެސް.އެމުން ހާމަކުރައްވައެވެ.      ހުޅުމާލޭ މަސްވެރީންގެ ޖެޓީން މިހާތަނަށް މަސްވެރީންނަށް ތެޔޮ ފޯރުކޮށްދެމުން އައިސްފައި ވަނީ އެންސިސް ފިޝަރީޒުގެ ފަރާތުންނެވެ. ހުޅުމާލޭގައި ހުންނަ އެންސިސްގެ ތެޔޮމަރުކަޒު ހިންގުން މިހާރުވަނީ އެފް އެސް އެމް.އާއި ހަވާލު ވެފައެވެ. ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ ތެޔޮމަރުކަޒު ހިންގުމާއި ފިއުލްސަޕްލައި މޯލްޑިވުސް އާއި ޙަވާލު […]

އެއުޅުއްވަނީ ދެވަނަ ދައުރެއް ބޭނުންފުޅުވެގެން އުޅުއްވަން   ޖެހޭގޮތަކަށް ނޫން – ބޮނޑޭ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެ އުޅުއްވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންފުޅުވެގެން އުޅުއްވަން ޖެހޭނެ ގޮތަކަށް ނޫންކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)  ވިދާޅު ވެއްޖެއެވެ.     އެމަނިކުފާނު މިހެން ވިދާޅުވީ ކްލަބްހައުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސްކަމާއި އެމަނިކުފާނަކީ ރާއްޖޭގެ ގިނަބައެއްގެ ރުހުމާއި ލޯތްބާ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން، އަދި އެމްޑީޕީގެ ގްރާސްރޫޓްގައި ހިމެނޭ ގިނަ މެންބަރުންތަކެއް އެމަނިކުފާނުގެ ފަހަތްޕުޅުގައިވެސް ތިބޭނެކަން […]

  ހުކުރުން ފައިބައިގެން ހިޔާ ޓަވަރުގެ އެޕާޓް މެންޓަކަށް އަރާލަން ދިއައިމާ ފެނުނީ ޙައިރާން ކުރުވަނިވި މަންޒަރެކެވެ.

އިއްޔެ  ހުކުރުން ފައިބައިގެން ހިޔާ ޓަވަރުގެ އެޕާޓް މެންޓަކަށް އަރާލަން ދިއައިމެވެ. ފެނުނީ ޙައިރާން ކުރުވަނިވި މަންޒަރެކެވެ. ހިޔާ ޓަވަރުގެ އެޕާޓްމަންޓް ތަކަށް އަރާފައިބަން ހުންނަނީ 4 ލިފްޓެވެ. މި ލިފްޓް ތަކުގެ ތެރޭގައި ބައެއް އެޕާޓްމަންޓް ތަކަށް ދަތުރުނުކުރާ ލިފްޓްތަށްވެސް ހުރުމާއިއެކު ވަކި ލިފްޓެއް ލިބެބްދެން ޖެހޭނީ މަޑުކުރާށެވެ.    24 ބުރީގެމަށްޗަށް އެކުލެވިފައިވާ ހިޔާޓަވަރެއްގައި ގާތްގަނޑަކަށް 2500 މީހުން ދިރިއުޅެއެވެ. އެހެން ކަމުން ހުކުރުން ފައިބައިގެން އަންނަމީހުން އެޕާރޓްމަންޓް ތަކަށް އެރުމަށްޓަކާ ބޮޑު ކިޔޫއެއްހަދަން ޖެހެއެވެ. އެގޮތުން ކިޔޫގައި 15މިނިޓާއި 20 މިނިޓާއި ދެމެދުގެ ވަގުތެއް ހޭދަ ކުރަން ޖެހެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. […]

މަސްތުވާތަކެއްޗާއި ގުޅުންހުރިކަމަށް ބެލެވޭ ހަ މީހަކު ފުލުހުންގެ ބެލުމުގެދަށަށް

  މާލޭސަރަޙައްދުން އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުންއިތްކަމަށް ބެލެވޭ ހަ މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.  ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން މާލޭސަރަހަޢްދުގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެރޭ އަތުލައިގެންފައިވާ 13.56 ކިލޯގެ މަސްތުވާ ތަކެއްޗާއިއެކު 644.000ރ (ހަލައްކަ ސާޅީސް ހަތަރުހާސްރުފިޔާ) ވެސް ވަނީ އަތުލައިގެންފައެވެ. ބެލެވޭގޮތުގައި މިފައިސާއަކި ޑްރަގް ވިއްކައިގެން ހޯދާފައިވާ ފައިސާއެވެ. މި މައްސަލައާއި ގުޅުން ހުރިކަމަށް ބެލޭވޭ ގިނަބަޔަކު ވަނީ އަތުލައިގެންފައެވެ.  މި އެންމެންގެ ބަންދަށް ވެސް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.     ފުލުހުންގެ އޮފީހުން މަޢުލޫމަތު ލިބިފައިވާގޮތުގައު މިތަކެތި އަތުލައިގެން ފައި ވަނީ […]

ޝިމާޒް އަށް ރޭ މަގުމަތީން ޙަމަލަދީފި

ރައީސް މައުމޫންގެ އެމް.އާރު.އެމް.ގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރަމުންދާ ޝިމާޒަށް ރޭ ހަމަލާއެއް ދީފިއެވެ. ޝިމާޒްއަށް އަމާޒުކޮށް މި ޙަމަލާދީނީ ރޭ 9.30 އެހާކަންހާއިރު ޝިމާޒު ގެއިން ނުކުމެގެން ގޮސް ސައިކަލަށް އެރިވަގުތުގައެވެ. 3 މީހަކު އައިސް ޝިމާޒު ހިފަހެއްޓުމަށް ފަހު އަތުން ހަށިގަޑުގެ އެތަން މިތަނަށް ޙަމަލާ ދިން ކަމަށާއި ޝިމާޒު އެމީހުންގެ ޙަމަލާއިން ރެކިގެން ދުވަމުންގޮސް ހަނިގޯޅިއަކަށް ވަދެ ފިލީ ކަމަށް ޝިމާޒު ކިޔަދީނެވެ.  މިޙަމަލާ ސިފަކުރައްވަމުން ޝިމާޒު ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓަރ ނަޙުލާގެ އަޑީގައި އިންނަވައިގެން ދިން […]

ބައެއް ގޭންގްތައް ތޫނު ހަތިޔާރާއެކު މާލޭގެ މަގުތަކަށް ރޭގަނޑު ނުކުމެއުޅޭ – އިމްރާން

ބައެއްގޭންގްތަކަށް ނިސްބަތްވާ ޒުވާނުން ވަޅިއާއި  ކަޓަރުފަދަ ތޫނުހަތިޔާރާއިއެކު މާލޭގެ މަގުތަކަށް ރޭގަނޑު ނުކުމެ ޙަރަކާތް ތެރިވަމުންއެބަދާކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާލުވެއްޖެއެވެ.       މާލޭގެ ގޭންގެއް ދެބައިވެ އެ ދެބައިމީހުންގެ ދެމެދުގައި  ނިރުބަވެރި ޙަމަލާތަކެއް ބަދަލުކޮށްފާނޭ ކަމުގެ ބިރު އެބައޮތްކަމަށް  ދޭހަވާފަދަ ޢިބާރާތަކުން ދާޚިލީވަޒީރުއިމްރާން މިވަނީ ވިދާޅުވެފައވެ.     އެމަނިކުފާނު މިމޭރުމުން ވާހަކަފުޅުދެއްކެވީ ފުލުހުންނާއި ސިފައިން ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް ރާއްޖޭގައި މިހާރު ހިންގަމުންދާ އޮޕަރޭޝަނާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށްޓަކާ ދެދުވަހެއްގެ ކުރީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރިސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.       އިމްރާން ވިދާޅުވިގޮތުގައި ދެބައިވެފައިވާ […]

ގޭންގް ތަކުގައި ފުލުހުންނަށް އަތްލެވޭ ވަރަށްވުރެ ނުފޫޒާ ބާރު ގަދަ – ސީޕީ

 ގޭންގް ތަކުގައި ފުލުހުންނަށް އަތްލެވޭ ވަރަށްވުރެ ނުފޫޒާއިބާރު ގަދަ ބަޔަކު އެބައުޅޭ ކަމަށް ކޮމިޝަނަރއޮފް ވިދާޅުވެއްޖެއެވެ.     ގޭންގް ތަކުގައި މަސްތުވާތަކެތީގެ ވިޔާފާރި ކޮށް މުއްސަނދި ވެފައި ތިބި ބަޔަކު އެބައުޅޭ ކަމަށާއި އެބައިހުންގެ ގައިގާ ފުލުހުހުންނަށް އަތްލެވޭވަރަށްވުރެ އެބައިމީހުންގެ ނުފޫޒާ ބާރު މާގަދަ ކަމަށް ކޮމިޝަނަރ އޮފްޕޮލިސް ވިދާޅުވެއްޖެއެވެ. މިއީ ވަރަށް ބިރުވެރި ސްޓޭޓްމަންޓް އެކެވެ. އެހެނީ ޢަމަން ބަލަހަށްޓަން އޮތް ބާރަށްވެސް ގޮންޖެހޭވަރުގެ ނުރައްކާތެރި ގޭންގުތަކެއް އުފެދި މިދަރަޖައަށް އައުމަކީ އަދި ޚޮދު ސީޕީ މިފަދަ ސްޓޭޓްމަންޓެއް […]

މާންދޫ މަސްފެކްޓަރީން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި 

ލ.މާންދޫގައި ހުންނަ ޖޭޕީ ލީޑަރ ވިލާ ގާސިމް އިބުރާހިމްގެ ހޮރައިޒަން ފިޝަރީޒަށް މަސްވެރިން ކިރާފައިވާ މަހަށް ލިބެންޖެހޭ ފައިސާ މިއަދު އެކުންފުނީގެ ފަރާތުން ކެޔޮޅުންގެ އެކައުންޓްތަކަށް ޖަމާކުރަން ފަށާފައިވާކަމަށް މަސްވެރިންބުނެފިއެވެ.      މަސްކުރުވާގައި ނުދީ ހުރި ފައިސާތައް އެކުންފުނީގެ ފަރާތުން ކެޔޮޅުން ގެ އެކައުންޓް ތަކަށް ޖަމާކުރަން ފަށާފައި މިވަނީ މަސްވެރިން އެކުންފުންޏަށް ކިރާފައިވާމަހަށް ލިބެންޖެހޭ ފައިސާ ނުލިބި މަހަކަށްވުރެ ގިނަދުވަސްވެ މަސްވެރިންނަށް ދަތިބޮޑުވުމާއި ގުޅިގެން މީގެ ދެދުވަސް ކުރިން އެކުންފުނީގެ ކުރިމަށްޗަށް އެއްވެ މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ފައިސާނުލިބެނީސް ހުއްޓާނުލާނޭ ކަމަށް ބުނުމާ ގުޅިގެންކަމަށް މަސްވެރިން […]

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުން ފެނާއި ކަރަންޓް ނެތި 

     ހުޅުމާލެ ފޭސް 2 ގެ ޓަވަރުތަކުން ފެނާއި ކަރަންޓް ކެނޑި އެޕާޓްމެން ތަކުގެތެރޭގައި ދިރިއުޅޭ މީހުން ބޭރަށް ނުދެވި ހެނދުނު 11 ޖެހީއްސުރެ ތާށިވެއްޖެއެވެ. އެޕާޓްމެންޓްތަކުގެ ރައްޔިތުންގެ ތެރެއިން ހެނދުނު ވަޒީފާތަކަށްދިޔަމ ީހުންވަޒީފާ ނިމިގެން އެބުރި އައިސް އެޕާޓް މަންޓްތަކަށް ނޭރި ތިބީ މަގުމަތީގައެވެ.      ސްޓެލްކޯއިން ބުނީ ހޫޅުމާލެ ފޭސް 2 ކަށް ލާފައިވާ މައި ކަރަންޓް ކޭބަލް ބުރިވެފައިވާތީ އެކޭބަލްއެޅުމުގެ މަސައްކަތްމިހާރު ކުރަމުންދާ ކަމުގައެވެ. އަދި މިކަމަށްހޭދަވާނެ ވަގުތުވެސް ބުނަން ނޭނގޭ ކަމުގައެވެ. ކަރަންޓް ކޭބަލް ބުރިވެފައި ވަނީ އެޗްޑީސީއިން މަގުމަތި ކޮނުމުގެ ހުއްދަދީފައިވާ ފަރާތަކުން ބަލަންވާވަރަށް ނުބަލާ މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށްވެއެވެ. […]