އެއުޅުއްވަނީ ދެވަނަ ދައުރެއް ބޭނުންފުޅުވެގެން އުޅުއްވަން   ޖެހޭގޮތަކަށް ނޫން - ބޮނޑޭ

Loading

Facebook
Twitter
WhatsApp

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެ އުޅުއްވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންފުޅުވެގެން އުޅުއްވަން ޖެހޭނެ ގޮތަކަށް ނޫންކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) 

ވިދާޅު ވެއްޖެއެވެ.

    އެމަނިކުފާނު މިހެން ވިދާޅުވީ ކްލަބްހައުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސްކަމާއި އެމަނިކުފާނަކީ ރާއްޖޭގެ ގިނަބައެއްގެ ރުހުމާއި ލޯތްބާ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން، އަދި އެމްޑީޕީގެ ގްރާސްރޫޓްގައި ހިމެނޭ ގިނަ މެންބަރުންތަކެއް އެމަނިކުފާނުގެ ފަހަތްޕުޅުގައިވެސް ތިބޭނެކަން ރައީސުލް ޖުމްހޫރިއްޔާ އަށް އެނގިވަޑައި ގަންނަވާނެ ކަމުގައި ބޮންޑޭ ވިދާޅުވިއެވެ. 

އެހެން ކަމުން ރައީސުލް ޖުމަހޫރިއްޔާ އެމްޑީޕީގެ ތެރެއިން ދެވަނަ ދައުރަކަށް ކުރިމަތި ލައްވަން ބޭނުންފުޅުނަމަ، އެންމެ ރިވެތި ގޮތަކަށް ވާނީ ރައީސް ނަޝީދާއި ކަންކަން ޙިއްސާކުރައްވާ ދެބޭފުޅުން ގުޅިވަޑައިގެން މަޝްވަރާ ކުރައްވައިގެން ކަމަށްވާއިރު، އޭގެ ބަދަލުގައި ރޮޒޭނާއާއި އެފަދަ ޙަޔާކުޑަ ދެތިންމީހަކު ނެރެގެން ރައީސް ނަޝީދުގެ އަބުރުކަތިލައްވާ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުން ބޭރުކުރެއްވުމަށް އުޅުއްވުމަކީ ދެރަވަރު ހަޑި މުޑުދާރުކަމެއް ކަމަށެވެ.

     ބޮންޑޭ އިތުރަށް ވިދާޅިވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ރައީސް ނަޝީދު ބޭރުކުރަން ރައީސުލް ޖުމްހޫރިއްޔާ އަށް ވަފާތެރިކަމަށް ހެދިގެން އެމެންބަރުން ކުރައްވާމަސައްކަތަކީ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ކަންކަން ފޮރުވުމާއި އެވެރިން ކުރާވައްކަން މެކުހަށްޖެހުން ކަމުގައެވެ. 

ރާއީސްގެ އިސްތަށިފުޅަށް ސަވާރުވެ އެވެރިންގެ ޢާއިލާތަކަށް ބޭރުގެ އެންބަސީތަކުން ވަޒީފާ ހޯދާ ލައްކަ ދެލައްކަ އިން ފައިސާ ނެގުމާއި ސަރުކާރުގެ ވަޒީފާތަށް ހޯދުމެވެ. އަދި މީގެ އިތުރުން ސަރުކާރުންހިންގާ މަޝްރޫޢުތައް ނުސީކޮށް އަތުލާ ކޮރަޕްޝަނާ ފަސާދައިގެ ނެޓްވޯކެއް އުފެއްދުމެވެ. މިކަންކަމަކީ އެމްޑީޕީގެ އަސާސްއާއި ދެކޮޅު އަދި ޕާޓީދެކެ ލޯބިވާ މެމްބަރުން ދެކޮޅުހަދާ ކަންކަމެވެ. އެމްއެމްޕީއަރސީގެ ބޮޑު ޚިޔާނާތް ބަލައި ގެއްލުނު ފައިސާހޯދަދޭން ވަޢުދުވެގެން ވެރިކަމަށް ވެޑުވުމަށްފަހު އެފަދަ ވަޢުދުތަކަށް އެއްވެސް ފަރުވާލެއް ނުދީ ވައްކަން އިތުރުކުރީ ކަމުގައެވެ. 

މިފަދަ ވައްކަމާއި ފަސާދައަށް ރައީސް ނަޝީދު އާއި އެމަނިކުފާނުގެ އެމްޑީޕީ ސަޕޯޓަރުން އޯކޭއެއް ނުވާނެކަމަށެވެ. މަޖިލީހުން ނަޝީދު ބޭރުކުރަން އެ އުޅެނީ މިކަން ކަން ސިއްރު ކުރެވޭނޭ މަގު ތަނަވަސް ކުރުމަށްޓަކައެވެ.

     ރާއީސުލް ޖުމްހޫރިއާއަށް އެމަގާމު ލިބުނު ގޮތާއިމެދު އެއްވެސް މިންވަރަކަށް ރައީސްސާލިޙު ވިސްނާނުލައްވާތީ ޢަޖާއިބުވެއެވެ. ރައީސުލް ޖުމުހޫރިއްޔާ އަށް ރައީސް ނަޝީދު އާ ”ލެޑިގަނެގެން“ ވާނެ އެއްވެސް ފައިދާއެއް ނެތްކަން ޚުދު އިބޫއަށް ވިސްނިވަޑައި ނުގަތުމަކީ ވެރިކަމުގެ ލައްޒަތާ ޖާހަތަށްޓަކާ އެމަނިކުފާނު ފެން ބޮވައިގެންފައިވާ މިންވަރު ހާމަވެގެންދާ ސަބަބެއް ކަމުގައި މެނުވީ ނުވާނެއެވެ. ބޮންޑެ ކިޔައިދެއްވިއެވެ.

     ރައީސުލް ޖުމަހޫރިއްގެ އަރިހުގައި މެހިތަކެއްހެން އެނބުރެމުން އެދާ މެންބަރުން ނަކީ އިޚުލާސް ތެރިކަމުގެ ކުނޑިފުކެއްހާ މިންވަރުވެސް ނެތް އަމިއްލަ އެދުމުން ފޯވެފައިވާ ޣައްދާރުންކަން ރައީސުލް ޖުމްހޫތިއްޔްއަށް އެނގިވަޑައި ނުގަތުމަކީ އެމަނިކުފާނު ވެރިކަމަށް ދަހިވެތިވެފައިވާ މިންވަރު ހާމަވެގެންދާ ރަމްޒެއްކަމަށެވެ.

     ރައީސް ޞާލިހަށް ދެންވެސް އުޖާލާ މުސްތަގްބަލެއް އޮތީ ރައީސް ނަޝީދާއި ގުޅިވަޑައިގެން މިހާރު އުފެދެމުން އަންނަ ފިތުނަތަކުން ދުރުހެލި ވެވިގެންކަމާއި މެދު ޝައެްކެއްނެތެވެ. ރައީސް ނަޝީދުއާއި ”ލެޑިގަނެގެން“ ރައީސުލް ޖުމްގޫރިއްޔާއަށް ވާނޭ އެއްވެސް މަންފާއެއް ނުއޮންނާނޭ މިބުނަނީ ޙަގީގަތަށެވެ.

މިހާރުވެސް ލިބިފައިވާ ތާއީދެއްވެސް ދާނީ ފަނޑުވަމުންނެވެ. ރައީސް ނަޝީގެ އަގުވައްޓާލަން މަސައްކަތް ކުރާ ވަރަކަށް ރައްޔިތުންގެ މެދުގައި އިބޫއަށް އޮތް ތާއީދު ދާނީ ގެއްލެމުންކަމުގައި ބޮންޑެ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް