މަސްތުވާތަކެއްޗާއި ގުޅުންހުރިކަމަށް ބެލެވޭ ހަ މީހަކު ފުލުހުންގެ ބެލުމުގެދަށަށް

Loading

Facebook
Twitter
WhatsApp


  މާލޭސަރަޙައްދުން އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުންއިތްކަމަށް ބެލެވޭ ހަ މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

 ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން މާލޭސަރަހަޢްދުގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެރޭ އަތުލައިގެންފައިވާ 13.56 ކިލޯގެ މަސްތުވާ ތަކެއްޗާއިއެކު 644.000ރ (ހަލައްކަ ސާޅީސް ހަތަރުހާސްރުފިޔާ) ވެސް ވަނީ އަތުލައިގެންފައެވެ. ބެލެވޭގޮތުގައި މިފައިސާއަކި ޑްރަގް ވިއްކައިގެން ހޯދާފައިވާ ފައިސާއެވެ. މި މައްސަލައާއި ގުޅުން ހުރިކަމަށް ބެލޭވޭ ގިނަބަޔަކު ވަނީ އަތުލައިގެންފައެވެ. 

މި އެންމެންގެ ބަންދަށް ވެސް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.

    ފުލުހުންގެ އޮފީހުން މަޢުލޫމަތު ލިބިފައިވާގޮތުގައު މިތަކެތި އަތުލައިގެން ފައި ވަނީ މާލޭގެ 2 ގެއަކާއި ހުޅުމާލޭ ގެސްޓް ގައުސް އެއް ބަލާފާސް ކުރުމުގެ ތެރޭގައެވެ.

     ފުލުހުން ހިންގާ މިފަދަ އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާނޭ ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައްވައެވެ.  މި މައްސަލަ އާބެހޭ އިތުރު މަޢުލޫމަތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް