އައްޑޫއަތޮޅު ހިތަދޫގައި ފެރީ ޓާމިނަލެއް  ނެތި ދަތުރުވެރިން އަތްވާ ވާރޭގައި

Loading

Facebook
Twitter
WhatsApp
Maldives News

    އައްޑޫސިޓީގެ ހިތަދޫގައި ފެރީޓާމިނަލެއް ނެތުމުގެ ސަބަބުން ދަތުރުވެރިން އަތްވާވާރޭގައި ތިބެން ޖެހޭތީ ހިތަދޫ ރައްޔިތުން އެމްޓީސީސީގެ މަށްޗަށް ނުރުހުން ފާޅުކުރަމުން ދާތާ ދުވަސްތަކެއް ވެއްޖެއެވެ.

     ހިތަދޫއަކީ އައްޑޫސިޓީގެ އެންމެ މީހުންގިނަ އަވަށް ކަމަށް ވީހިނދު، ހިތަދޫގައި ފެރީޓާމިނަލެއް ގާއިމުނުކޮށް ކުދި އަވަށް ތަކުގައި ފެރީޓާމިނަލް ގާއިމް ކުރެވިފައި އެވަނީ ކޮން ކަހަލަ ދަތިތަކެއް ކުރިމަތިވެގެންތޯ ނުވަތަ ކޮންފަދަ ނުފޫޒާއިބާރެއްގެ ދަށުންތޯ ސުވާލު އުފައްދައެވެ.

ހިތަދޫގެ ފެރީ ބަނދަރުކުރާ ހިސާބާއި ކައިރީގައި އެއްވެސް ހިޔަލެއް ނެތުމުން ދަތުރުވެރީންނާއެ އެމީހުންގެ ބައެއް މުދަލާ ތަކެއްޗަށް ގެއްލުން ލިބޭތީ އެކަމާ މެދު ކަންބޮޑުވުން އެތަކެއް ޝަކުވާތަކެއް ކޮށްފިކަމަށް ބުނެއެވެ.

    މިކަމާއި ބެހޭގޮތުން އެމްޓީސީސީއާއި ގުޅާލުމުން މީޑިއާ އޮފިސަރު ފޯނު ނުނަންގަވާތީ އިތުރު މަޢުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ. ހިތަދޫގައި ފެރީޓާމިނަލެއް ނެތުމަކީ ދަތުރުވެރީންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަމަށް ހިތަދޫއިން ވާހަކަ ދެއްކެވި ފާރޫގު ބުނުއްވިއެވެ. އަދި އެޚަބަރު އެންޓީސީއަށް މީޑިއާ މެދުވެރިކޮށް ފޯރުކޮށް ދިނުމަށްވެސް އެދުނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް