ހުރިހާ ކުށަކަށް ޖަލު ނޫން އެހެންގޮތެއް ހޯދަންޖެހޭ

މާޒީވެދިޔަ ޒަމާން ތަކުގައި ރާއްޖޭގައި ކުށްކުރާމީހުން ނަށް ދެވޭ އަދަބަކީ އަރުވާލުމެވެ. ކުށްކުރާމީހުން ޖަލުތަކަށް ލައިގެން ހުރިހާ ކުށެއްގެ މީހުން އެކުގައި ގެންގުޅިގެން ކުށްވެރީންނަށާއި ދައުލަތަށް ލިބެނީ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެކަން މިހާރު އެނގެން ވެއެްޖެއެވެ. ޖަލުތަކަށް އަހަރަކު އެހިންގާ ޚަރަދާއި ޖަލުތަކުގައި ޙުކުމްތަންފީޒް ކުރަމުންދާ ފަރާތްތަކުން ޖަލުތަކުގައި ތިބެގެން އެކުރާބޮޑެތި ކުށްތަކަކީ ހުއްޓުވަން ޖެހޭ ކަންކަމަށްގަބޫލުކުރަމެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް ޖަލުތަކުގައި ހިންގާ އެފަދަ ޖަރީމާތަށް ހުއްޓުވިފައެއް ނެތެވެ. އަދި ކުށްކުރާމީހުން ޖަލުތަކަށް ލައިގެން އެފަރާތްތަށް އިސްލާހުކޮށްގެން މުޖުތަމަޢަށް ނެރުމުގެ ހުނަރާއި ގާބިލްކަން ސަރުކާރު ތަކުގައި ނެތުމަކީ ކުށްކުރާ އައްޑާތަކަކަށް ޖަލުތައް ބަދަލުވެގެން […]
އުރީދޫގެ ފީފާ މުބާރާތުގައި ބައިވެރިވުމުގެ ފުރަސަތު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ނޭޝަން އިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތަށް އޮންލައިން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ރެޖިސްޓަރ ވުމަށް ޝައުގުވެރިވާ ބޭނުންވާ ކުލަބްތަކުން މި މަހުގެ 15 ގެ ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށް އެދެއެވެ. މި މުބާރާތް ފެށޭނީ މަހު 16 ގައެވެ. އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންގް ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި […]
ކުނި މެނޭޖް ނުކުރެވި ސިއްޙީ ނުރައްކަލެއްގެ ތެރެއަށް!

މާލޭސަރަޢްދުގައި އުފެދޭ ކުނި މެނޭޖް ނުކުރެވި ސިއްޙީގޮތުން މުޖްތަމަޢު އޮތީ ނުރައްކަލެއްގެ ތެރޭގައިކަން ކަށަވަރެވެ. 1992 ވަނައަހަރުން ފެށިގެން މާލޭސަރަޙައްދުގައި އުފެދޭ ކުނި ސަރުކާރަށް މެނޭޖް ނުކުރެވި މިހާތަނަށް އައިސްފައިވާއިރު ގޭގެއިން އުކާލާ ކުނި ބަހަށްޓާނެ ތަނެއް ނުވަތަ އުކާލާނެ ގޮނޑެއް ވެސް ރައްޔިތުންނަށް ދައްކަން ސަރުކާރަށް އެވަނީ ނުކުޅެދިފައެވެ. މާލޭ ސަރަޙައްދުގައި އުފެދޭ ކުނި ނައްތާލަން ހަމަޖެހިފައިވާ ތިލަފުށިން އެކުނިތައް އެރަށުގެ ފަޅުތެރެއަށް ބޭރުވެ ތިމާވެށި ޚަރާބުގެ މަގަށް ކައްސާލައިގެން އެދަނީ މާލޭސަރައްދުގައި އުފެދޭ […]
ދ.އަތޮޅު ރިބުދޫ އިން އާދަޔާ ޚިލާފު ބޮލިވަޅެއް ފެނިއްޖެ

ދ.އަތޮޅު ރިބުދޫއިން އާދަޔާޚިލާފު ބޮލިވަޅެއް ފެނިއްޖެއެވެ. ރިބުދޫ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި މި ބޮލިވަޅު ފެނުނީ އެރަށުގެ ފެނުގެ ނިޒާމު ގާއިމް ކުރުމަށްޓަކާ ހޮޅިވަޅުލުމުގެ މަސައްކަތް ކުރަމުން ދިއުމުގެ ތެރެއިންނެވެ. މި ބޮލިވަޅު ފެނިފައިވަނީ އެރަށުގެ އިރުމަތީ ފަރާތުގައި ހޮޅިވަޅުލަން ބިން ކޮންނަމުން ދިއުމުގެ ތެރޭގައެވެ. މި ބޮއްޔަކީ ރާއްޖޭގައި ފައިސާގެ ގޮތުގައި ބޮލިގެންގުޅުނު ޒަމާނުގެ ބޮއްޔެވެ. މިބޮއްޔަކީ މުޅީންވެސް (ކައުރީ ޝެލް) ބޮލިކމަށް ކައުންސިލުން ވިދާޅުވެއެވެ. ރާއްޖޭގައި ފުރަތަމަ ގައުމީ ތަރިކަ ރައްކާތެރި ކުރުމާއި […]
ގޭންގް ތަކާ ގުޅެމުންދާ ޒުވާނުން އިތުރުވަނީ ކީއްވެ! -2

https://sandhaanu.today/25334/ އާއި ގުޅޭ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ބިންގާ އަޅާފައިވަނީ ކަށްޗަށެވެ. މިއީ ވެރިކަމުގައި އޭރު ތިބިބަޔަކު ގަސްތުގައި ރާއްޖޭގެ ތަޢުލީމީ ބިންގާ އެޅިގޮތްކަމަށް ބުނެވެން އެބައޮތެވެ. އޭގެފަހުން ރާއްޖޭގެ ވެރިކަންކުރެއްވި ބޭފުޅުންވެސް ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރަމުން އައިސްފައިވަނީ އެބިންގަލުގެ މަތީގައި ކަށްޗަށެވެ. ރާއްޖޭގައި ވެރިކަން ކުރަވަމުން ގެންދެވި ބޭފުޅުން ރާއްޖޭގެ ތަޢްލީމީ މަންހަޖަށް ހޮޔޮ ބަދަލެއް ގެނެސްފައި ނުވަނީ ވެރިކަމުގެ ޖާހަތާއި ލައްޒަތަށް ޓަކައެވެ. ރާއްޖޭގެ ތަޢުލީމީޙަޔާތުގެ ޞަފުޙާތަކަށް ބަލާލުމުން ވެރިކަމުގެ ބޭނުމުގައި ގައުމުގެ ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙް ކުރުމަށް މަސައްކަތް ނުކުރާކަން […]
އަމީނީ މަގުގެ 2ވަނަ ސެގްމަންޓްގެ މަސައްކަތް ފަށްޓައިފިއެވެ

މާލޭ އަމީނީމަގު ޒަމާނީފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫގެ ތެރެއިން އެމަގުގެ 2 ވަނަ ސެގްމަންޓްގެ މަސައްކަތް ހޮނިހިރު ދުވަހު ފަށްޓައިފިއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލު ކުރެވިގެން ކުރިއަށް ގެންދާ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫގެ ތެރެއިން މުޅި މަސައްކަތް ފަރުމާ ކުރެވިފައި ވަނީ 13 ސެގްމަންޓެއްގެ މައްޗަށް ބަހާލައިގެންނެވެ. އެގޮތުން ފުރަރަމަ ސެގްމަންޓުގެ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. މިސެގްމަންޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހެންވޭރު ސަރަޙައްދުން ފެށިގެ ބޮޑުތަކުރުފާނުމަގާއި އަމީނީ މަގު […]
ވައިގެ ސަރަޙައްދުގައި ވައި ނުސާފު ވުމާއެކު ބޭރުގައި އުޅުން މަދުކުރަން އެދިއްޖެ

ރާއްޖޭގެ ސަރަޙައްދުގެ ވައި ނުސާފު ވެފައި ވާތީ ބޭރުގައި އުޅޭވަގުތު ތަކުގައި ރައްކާތެރިވެގެން އުޅުމަށް ހެލްތު ޕްރޮޓެކްޝާން އޭޖެންސީ އެޗްޕީއޭއިން އެދިއްޖެއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހުޅަގުން އިރުމަށްޗަށް ވައި ބަދަލުވަމުން ދާތީ ހިމާލިޔަން ސަރައްދުގެ ހިރަފުހާދުން ބޭއޮފްބެންގޯލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރާފައި ވާތީ ކަމަށެވެ. ވައިނުސާފުވުމުގެ އަސަރު އެންބޮޑަށް ކުރާނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅު ތަކަށް ކަމަށް ވެސް މެޓްއޮފީހުން ބުނެއެވެ. އަދި މިދެންނެވި ހިރަފުހާއި ދުމުގެ […]
ގޭންގް ތަކާއި ގުޅެމުންދާ ޒުވާނުން އިތުރުވަނީ ކީއްވެގެން؟

ރާއްޖޭގެ ސްކޫލްތަކުން ފާސްވެގެން ނުކުންނަ ކުދީންނަށް ވުރެ ފާސްނުވެ ސްކޫލްތަކުން ވަކިވާކުދީންގެ ޢަދަދު ދުވަހެއް ދުވަހެއް އިތުރުވަމުން ދާކަމީ ބެލެނިވެރީންނާއި ސްކޫލްތަކުގެ ވެރީން ސަމާލުވާން ޖެހިފައިވާ ކަމެކެވެ. ރާއްޖޭގައި އުފެދިފައިވާ ގޭންތަކުގައި ބައިވެރި ވަމުންދާ ޒުވާނުންގެ ޢަދަދު ވެސް މިދަނީ ދުވަހެއް ދުވަހެއް އިތުރުވަމަށް އަބަދު މިދާނީ އަޑުއިވެމުންނެވެ. ސްކޫލްތަކުން ފާސްނުވެގެން ކަނޑާލަން ޖެހޭ ގިނަ ޒުވާނުންނަކީ އެކުދީން ސްކޫލްތަކުގައި ކިޔަވަމުން ދިޔަ ދުވަސްވަރު ބެލެނިވެރީންނާއި، އެކުދީން ކިޔެވި ސްކޫލް ތަކުގެ މުދައްރިސުން […]
ދެ އުޅަނދެއްގައި އަލިފާން ރޯވެއްޖެ

ކޮޅުމަޑުލު ވިލުފުށީ ބަނދަރުގައި އަޅާފައި އޮތް ތޮޔޮއުފުލާ 2 އުޅަނދެއްގައި އަލިފާރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ. އިއްޔެ އިރުއޮސި 6.20ހާއިރު ހިނގި މި އަލިފާނުގެ ކާރިސާ ކޮންޓްރޯލްކުރެވުނީ ދޮޅުގަޑިއެއްހާއިރު ފަހުން ކަމަށް އެރަށުގެ އަތިރިމަތީގައި ހުރިމީހަކު ބުންޏެވެ. ޖެހިޖެހިގެން ބަނދަރުކޮށްފައިވާ މިދެދޯނީގައި ހިނގާދިޔަ މި އަލިފާނުގެ ކާރިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ. މި ދެދޯންޏަކީ ތެޔޮ އުފުލާގޮތަށް ތައްޔާރުކިށްފައިވާ ދެ އުޅަނދެވެ. ދެދޯނީގައި ހިންގި މި […]
ހުވަދޫއަތޮޅު އުތުރުބުރީގެ ބައެއްރަށްތަކުގެ ބިންގަނޑަށް ރޭގައި ލޮޅުންތަކެއް އެރި

ހުވަދޫއަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކުގެ ރޭ އިރާކޮޅުގެ ވަގުތެއްގަ ބިންގަނޑަށް ލޮޅުންތަކެއް އައިކަމުގެ ރިޕޯޓްތަށް ލިބިފައިވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ. މޯލްޑިވްސް މެޓްއޮރޮލިޖަކަލް ސާރވިސް އިން މައުލޫމާތު ލިބިފައިވާގޮތުގައި ރޭއިރާކޮޅުގެ ވަގުތެއްގައި ގއ.ގެ ބައެެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުން އައިކަމުގެ ރިޕޯޓް ލިބިފާވެއެވެ. އެގޮތުން ގދ.އަތޮޅު ކާނޑެއްދޫގައި ގާއިމް ކުރެވިފައިވާ ބިންހެލުންެރެކޯޑު ކުރާ މީޓަރަށް ރޭ 12.11 ހާއިރު ބިންގަނޑަށް ލޮޅުމެއްގެ އަސަރު ކޮށްފައިވާކަމަށް ރެކޯޑު ކުރެވިފަކަމަށް މޫސުމާއި ބެހޭ […]