ހުވަދޫއަތޮޅު އުތުރުބުރީގެ ބައެއްރަށްތަކުގެ ބިންގަނޑަށް ރޭގައި ލޮޅުންތަކެއް އެރި

Loading

Facebook
Twitter
WhatsApp


      ހުވަދޫއަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކުގެ ރޭ އިރާކޮޅުގެ ވަގުތެއްގަ ބިންގަނޑަށް ލޮޅުންތަކެއް އައިކަމުގެ ރިޕޯޓްތަށް ލިބިފައިވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

     މޯލްޑިވްސް މެޓްއޮރޮލިޖަކަލް ސާރވިސް އިން މައުލޫމާތު ލިބިފައިވާގޮތުގައި ރޭއިރާކޮޅުގެ ވަގުތެއްގައި ގއ.ގެ ބައެެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުން އައިކަމުގެ ރިޕޯޓް ލިބިފާވެއެވެ.

     އެގޮތުން ގދ.އަތޮޅު ކާނޑެއްދޫގައި ގާއިމް ކުރެވިފައިވާ ބިންހެލުންެރެކޯޑު ކުރާ މީޓަރަށް ރޭ 12.11 ހާއިރު ބިންގަނޑަށް ލޮޅުމެއްގެ އަސަރު ކޮށްފައިވާކަމަށް ރެކޯޑު ކުރެވިފަކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރިއެވެ.

     މެޓްއޮފީހުން ހާމަ ކުރެއްވި ގޮތުގައި މިލޮޅުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނޭ ކަމަށް ލަފާކުރެވިފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް