މިވަގުތު ރާއްޖޭގައި ގައުމީ އެއްބައިވަންތަ ސަރުކާރެއް އުފެދުން މުހިންމީ

ވަގުތާއި ޙާލަތަށް ބަލައި ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްވުރެ މިވަގުތު ރައްޔިތުންނަށާއި ގައުމަށް ފައިދާ ބޮޑީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުން ކަމުގައި ދެކޭ މީހުން ވަރަށް ގިނައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ގައުމީ އެއްބައި ވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށްޓަކާ ފެންނަ ނުފެންނަ ވޯޓަކަށްގޮސް ފައިސާ ޕްރިންޓްކޮށްގެން ރައްޔަތުންނަށް ފޫނުބެއްދޭވަރުގެ ބޮޑު ޚަރަދެއް ކުރާކަށް ނުޖެހެއެވެ. ރައްޔަތުން އަތާއި އަނގަޔާއި ދިމާނުވެ މިތިބި ދަނޑިވަޅުގައި އެފަދަ ޚަރަދެއް ރައްޔަތުންގެ ޖީބުން ކުރުމަކީ ހެޔޮވާވަރުގެ ކަމެއްވެސް ނޫންތާއެވެ. ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާ ލުމަށްޓަކާ ގާނޫނީ އެއްވެސް ހުރަހެއް […]
ޒުވާނުން މަސްތުވާ ތަކެތީގެ މަޅީގައި ޖެހެނީ ކީއްވެ!

ޒުވާނުން މަސްތުވާތަކެތީގެ މަޅީގައި ޖެހެނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެދޯހަޅި ކަމުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ ގިނަ ޒުވާނުންނަކީ ނަފުސާނީ ބަލި ހުންނަ ޒުވާނުން ކަމުގައި މިވަނީ ވެފައެވެ. މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި ޖަލަށް ލެވޭ ޒުވާނުން މިނިވަންވެ މުޖުތަމަޢަށް ނުކުތުމަށްފަހު ވަޒީފާ ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ. އެހެނަސް ޕޮލިސް ރިޕޯޓު ހޯދަން ޖެހުމާއި އަދި އެރިޕޯޓު ލިބޭއިރު އޭގައި ލިޔެފައިވާ ގޮތަކުން އެއްވެސް ތަނަކުން ވަޒީފާއެއް ނުދެއެވެ. ކުރިންވެސް ދެންނެވިފައި ވާފަދައިން ގިނަ ޒުވާނުންގެ ކިބައިގާ ނަފުސާނީ ނިކަމެތިކަން ހުރުމާއެކު ވަޒީފާ […]
ގޭންގް ތަކުގެ ނުރައްކަލުން ޒުވާނުން ސަލާމަތް ސަލާމަތް ކުރެވެން ޖެހޭ

ބައެއް ޒުވާނުންގެ ދެމެދުގައި އުފެދޭ ހިތްހަމަނުޖެހުގެ މައްސަލަ ތަކާއި ގުޅިގެން ކޮންމެވެސް ގޭންގެ މެދުވެރިކޮށް ނިރުބަވެރި ޙަމަލާ ދޭނޭ ކަމުގެ އިންޒާރުތައް ބައެއް ޒުވާނުންނަށް ލިބެމުން ދާކަމަށް ޒުވާނަކު ބުނެފިއެވެ. ނަން ހާމަކުރަން ބޭނުން ނުވާ ޒުވާނަކު ކިޔައިދިން ގޮތުގައި އެ ޒުވާއާއި އެޒުވާނާގެ އާއިލީ ރަޙުމަތްތެރިކަން އޮންނަ އެހެން ޒުވާނަކާއި ދެމެދު ޖެހުނު ފައިސާގެ މައްސަލަ އަކާއި ގުޅިގެން އެ ޒުވާނާގެ ޢާއިލީ ރަޙުމަތްތެރިޔާ ގޭންގެއްގެ ނަން ބުނުމަށްފަހު އެގޭންގް މެދުވެރިކޮށް ނިރުބަވެރި ޙަމަލާއެއް […]
ޕްރައިމަރީއަށްފަހު އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ ވެރިކަން ގެއްލޭނެ

އެމްޑީޕީގެ ޕްރައިމަރީއަށްފަހު ދެރައީސުން އެއްގަލަކަށް އަރާވަޑައި ނުގެންފިނަމަ 2023ގެ ރިޔާސީ އިބްތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވާނޭކަމަށް ގިނަބަޔަކު ދެކެއެވެ. 2023 ގެ ރިޔާސީ އިންތީޚާބުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގިނަ ކަމާއެކު އެމްޑީޕީ ގެ ޕްރައިމަރީ ކާމިިޔާބު ކުރައްވާ ބޭފުޅެއްގެ ފަހަތްޕުޅަށް ޕްރައިމަރީއިން ފެއިލްވާ ރައީސަކު އަރާ ވަޑައިނުގެންފިނަމަ އެމްޑީޕީ އަށް ވެރިކަން ގެއްލިގެން ދިއުން ވަރަށްގާތެވެ. އެގޮތަކީ ރިޔާސީއިންތިޚާބުގައި ދެރައީސުން ގިނިކަޏާ ނުކުމެ ވަޑައި ގެންފިނަމަ އެމްޑީޕީ […]
ހުޅުމާލޭގެ ދެވަނަފިޔަވަހީގެ މަގުތަކުގައި އަލިކަމެއް ނެތުމުން ވަރަށް ބިރުބޮޑު

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރުކުރާ މަގުތަކުގައި އަލިކަމެއް ނެތެވެ. އަދި އެމަގުތަކުގެ ބައެއް ހިސާބުތަކުގައި ދުވާރު ހެދިފައި ނެތުމުން އަނދިރި މަގުތަކުގައި ވެހިކަލް ދުއްވާއިރު ކަޅު ހެދުންލައިގެން މަގުމެދުން ހިނގުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުވަމުން އަންނައިރު މަގުތަށް އެހާ އަނދިރި ވުމަކީ އެކްސިޑެންޓް ތަކަށް މަގުފަހިވެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ދެކޭތީ ސަމާލުކަމަށްޓަކާ ދަންނަވަން ހިތަށް އެރީއެވެ. އިހަށްރެއަކު އަހުރެން ހުޅުމާލެ ފޭސް 1 […]
ގައުމިއްޔަތުގެ ރޫހެއްނެތް!

ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތް ތަކުގައި ގައުމިއްޔަތުގެ ރޫޙެއްނެތެވެ. ބޮޑު ތިލަދުންމަތީ އުތުރު ބިތުގެ އުތީމުގައި މިފަހުން ބޭއްވި ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވި އެރަށަށް އުފަން ތިން ބަތަލުންނާއި ދަނޑެހެލުގެ ޒިކުރާ އާކުރުމުގެ އިޙުތިފާލް ތަކުގައި ގައުމީ ރޫޙު ނެތުމަކީ އެތާރީޚީ ހަނދާންތަށް މިގައުމުން ނެތެމުން ފޮހެވެމުން އުވެމުން ދާކަމުގެ ނިޝާނެކެވެ. ގައުމީ ދުވަހުގެ ޖަލްސާ އާއި ރައީސް ގެ ދެކަނބަލުންގެ މުޅި ދަތުތުރުފުޚުގެ ފޯކަސް ހުރީ ދެވެނަ […]
ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްގެން އޭގެންވެސް ކުރަނީ ހަމަ އިސްރާފް

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަސަރުކާރަކީ ރާއްޖޭގައި މިހާތަނަށް އެންމެގިނަ ސިޔާސީ މަގާމް އުފެއްދި އަދި އެންމެ މަތިބަރު ސަރުކާރެވެ. އަދި މިވަރުން ވެސް ފުދުނީއެއް ނޫނެވެ. ވެރިކަމުގެ ލައްޒާތާއި ޖާހަތަށްޓަކާ އެންމެ ފަހު ވަގުތު، ރައްޔަތުން ހެޔޮވެރިކަމެއް ކަށަވަރު ކުރުމަށްޓަކައި ދީފައިވާ މަޖިލިސް މެޖޯރިޓީ ބޭނުންކޮށްގެން ކަނޑައާޅާދީފައިވާ ބަޖެޓް ހުސްވެފައި ވަނިކޮށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްލެއްވީއެވެ. ރައްޔިތުންގެ ޙާލަކީ ކޮބައިތޯވެސް ބައްލަވާ ނުލައްވާ ހުރިހާ ކުޅިބައެއްވެސް ރާއްވަމުން ގެންދަވާކަމަށް ދެންނެވެން އޮތީ ދެވަނަ ދައުރެއްގެ ދަހިވެތިކަމެވެ. އެގޮތުން ހަމަ އަދިވެސް އެގެންދަވަނީ އިތުތުރު ސިޔާސީ މަގާމުތައް އުފައްދަމުންނެވެ. ހަމަ […]
ނިޒާމު ބަދަލު ކުރަން ވީ ވަޢުދު ދެކޮނޑުގައި ތިއްބެވި މަލާއިކަތުންގެ ފަތުގައިވެސް ލިއެވިފާ ވާނެ!

ކޯލިޝަންގެ މެނިފެސްޓޯގައި ނިޒާމު ބަދަލު ކުރަން ވަޢުދުވެފައި ނުވިޔަސް ނިޒާމު ބަދަލުކުރަން ރައީސް އިބޫ އަންނިގެ އަރިހުގައި ވަޢުދު ވެފައި ވާ އެއްބަސް ވުންމާތްރަސްކަލާންގެ އިންސާނާގެ ދެކޮނޑުގައި ލައްވާފައިވާ ދެމަލާއިކަތުންގެ ފަތުގައިވެސް ލިއުއްވާފައި ވާނެއެވެ. މާތް ﷲ ގަންދީ ރައްޔިތުންގެ ކުރިމަތީގައި ކުރެއްވި ހުވަޔަށް އިޚުލާސްތެރި ނުވި އިންސާނަކު ރައްޔިތުންގެ ކުރިމަތީ ގައި ކޮންމެފަދަ އިތުރުފުޅެއް ވެސް ހައްދަވާފާނެ ކަމީ ޢަޖާއިބު ވާންޖެހޭވަރުގެ ކަމެއް ނޫނެވެ. 2012 ގެ ފަހުން ރާއްޖޭގައި މަރާލެވުނު މީހުންނާއި ގެއްލިފައިވާ މީހުންގެ ޢާއިލާތަކަށް އިންޞާފު ހޯއްދަވައި ދެއްވާނޭ […]
މިގައުމު ޚަޒާނާ ހުސްވެ އިވެނީ ވަކިލާރި ގުނާއަޑު – ބޮންޑޭ

މިގައުމުގެ ޚަޒާނާހުސްވެ މިހާރު އިވެނީ ވަކިލާރި ގުނާއަޑުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރު ބޮންޑެ ވިދާޅުވެއްޖެއެވެ. އަޖައިބެއް ނުވާނެތޯ މިސަރުކާރުގެ އެންމެ ބޮޑު ބައިވެރިޔާ ގާސިމް އިބްރާހީމް ބޭންކުރަޕްޓްވެފައި ވާއިރު އެވިޔާފާރިވެރިޔާއަށް ދޮޅުމިއަން ޑޮލަރުގެ ލޯނެއް ދެވޭނޭ ފަދަ ވެސް ނެތް ކަމަށާއި އިވެނީ ޚަޒާނާގެ ފޫ ތަޅުވާ އަޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު ބޮންޑޭ ވިދާޅުވުމުން ކަމުގެ ސީރިއަސްކަން އެނގިގެން ހިގައްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅަމުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. ބޮންޑޭ ވިދާޅުވީ މަޝްހޫރު ވިޔާފާރި ވެރިޔާ މަހުޖަނު ގާސިމްއަކީ […]
މިފްކޯއިން މަސްކިރާ އިތުރު 3 ބޯޓް ގަނެފި

މިފްކޯއިން މަސްގަތުމުގެ ގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން އިތުރު 3 މަސްބޯޓް ގަނެފިކަމަށް އެކުންފުނިން ބުނެފިއެވެ. މިފުކޯއިން ބުނީ މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން އަބަދުވެސް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިތިން މަސްބޯޓަކީ ވެސް މިފްކޯއަށް މަސްގަތުމުގެ ގާބިލްކަން އިތުރުކޮށް ކެޕޭސިޓީ ފުޅާކުރުމަށްޓަކާ ގަތް 3 މަސްބޯޓު ކަމަށްވެސް އެކުންފުނިން ބުންޏެވެ. މިހާރު ކުރިއަށް ދަނީ މި މަސްބޯޓްގެ ރަޖިސްޓްރީ ކުރުމުގެ […]