ބައެއް ޒުވާނުންގެ ދެމެދުގައި އުފެދޭ ހިތްހަމަނުޖެހުގެ މައްސަލަ ތަކާއި ގުޅިގެން ކޮންމެވެސް ގޭންގެ މެދުވެރިކޮށް ނިރުބަވެރި ޙަމަލާ ދޭނޭ ކަމުގެ އިންޒާރުތައް ބައެއް ޒުވާނުންނަށް ލިބެމުން ދާކަމަށް ޒުވާނަކު ބުނެފިއެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ޒުވާނަކު ކިޔައިދިން ގޮތުގައި އެ ޒުވާއާއި އެޒުވާނާގެ އާއިލީ ރަޙުމަތްތެރިކަން އޮންނަ އެހެން ޒުވާނަކާއި ދެމެދު ޖެހުނު ފައިސާގެ މައްސަލަ އަކާއި ގުޅިގެން އެ ޒުވާނާގެ ޢާއިލީ ރަޙުމަތްތެރިޔާ ގޭންގެއްގެ ނަން ބުނުމަށްފަހު އެގޭންގް މެދުވެރިކޮށް ނިރުބަވެރި ޙަމަލާއެއް ދޭނެ ކަމުގެ ބިރުވެރި އިންޒާރުތައް ލިބެމުންދާ ކަމަށް އެ ޒުވާނާ ބުނުއްވިއެވެ.

މިޒުވާނާ އެ ބިރުވެރި ޙަމަލާގެ އިންޒާ ދޭ ފަރާތުގެ މަޢުލޫމާތު ހާމަކޮށްދެމުން ބުނީ ޒަމާނުއްސުރެ ޢާއިލީ ރަޙުމަތް ތެރިކަން އޮންނަ އެ ޒުވާނާ އޭނާގެ އަތުން މަސްނިމުމުން ދޭނެ ކަމަށް ބުނެ އަތުލި 1500 ރުފިޔާ މަސް ނިމުމުން އޭނާގެ އެކައުންޓަށް އެހެން ޒުވާކު މެދުވެރިކޮށް ޖަމާކޮށް ދިންކަމަށެވެ.
ދުވަހެއްގެ މެންދުރުފަހުން މިޒުވާނާގެ ޢާއިލީ ރަޙުމަތްތެތިޔާ އެހެން މީހަކު މެދުވެރިކޮށް ޖަމާކުރި 1500 ރުފިޔާ އަނބުރާ ޢާއިލީ އޭނާގެ އެހެން ރަޙުމަތް ތެރިޔަކަށް ދިނުމަށް ފޯނުން ގުޅާފައި ބުންޏެވެ. އިންޒާރު ލިބެމުންދާ ޒުވާނާ ޖަވާބުގައި ބުނީ އެފައިސާއަކީ އަހުރެންގެ އަތުން ޢާއިލީ ރަޙުމަތްތެރިޔާ މަސްނިމުން އަދާކޮށްދޭނެކަމަށް ބުނި ފައިސާކަމަށް ނިންމައި އެފައިސާ ބޭނުން ކުރެވިއްޖެ ކަމަށް އާޢިލީ ރަޙުމަތް ތެރިޔާގެ ގާތުގައި އިންޒާރު ލިބެމުން އަންނަ ޒުވާނާ ބުނިކަމަށެވެ.
ކޮންމެއަކަސް އާޢިލީ ރަޙުމަތް ތެރިޔާ އިންޒާލިބޭ ޒުވާނާ އަށް ދޭންޖެހޭ 1500 ރުފިޔާ ދިނުމަށްފަހު ނޫނީ ޖަމާކުރި ފައިސާ ދެވެން ނެތް ކަމަށް ބުނި ވަގުތުން ފެށިގެން އާއިލީ ރަޙުމަތްތެރިޔާ އަންނަނީ ބިރުދައްކަމުންނެވެ.
އިންޒާރު ދޭ ޒުވާނާ ބިރުދެއްކުމުގެ ގޮތުން ބުނަމުން ދަނީ އިންޒާރު ލިބޭ ރަޙުމަތް ތެރިޔާގެ މަންމަ އަށް އަނިޔާ ކުރާނޭ ކަމަށާއި އަދި އިންޒާރު ލިބޭ ޒުވާނާ އަށް ގޭންގެއްގެ ނަން ބުނުމަށްފަހު މަގުމަތިން ފެނިއްޖެ ނަމަ ތަޅާލާނެ ކަމުގައެވެ.
ކަންމިހެން ހުރުމާއެކު އިންޒާރު ލިބޭ ޒުވާނާ މިވަގުތު ހުރީ އަމިއްލަ ފުރާނައިގެ ދިފާޢުގައި އަމިއްލައަށް ގޭގައި ބަންދު ވެގެންނެވެ. އިންޒާރު ދެމުން ގެންދާ ޒުވާނާ އިހަށްރޭ ދަންވަރުގެ ވަގުތެއްގައި އިންޒާރު ލިބޭ ޒުވާނާ ދިރިއުޅޭ އެޕާޓުމެންޓްގެ ދޮރުތަޅާ ދޮރުހުޅުވުމަށް އިންޒާރު ދެމުން ދިޔަ ވަގުތު އިންޒާލިބޭ ޒުވާ ފުލުހުންގެ މަދަދަށް އެދި ފުލުހުންގެ އޮފީހާއި ވާހަކަ ދެއްކުމާއި ވިދިގެން10 މިނިޓްގެ ތެރޭގައި އެތަނަށް އެޓެންޑުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު ފުލުސް އޮފީހަށް ޙާޒިރުވެ ކޮމްޕްލޭން ނޯޓު ކުރުމަށް ބުނިކަމަށް ވެއެވެ.
ކަން މިހެން ހުރިއިރު ރައްޔިތުންގެ ތެރެއިން ބައެއްމީހުނަށް ލިބެމުން އަންނަ މިފަދަ ނިރުބަވެރި އިންޒާރުތަކާއި މެދު މިސަރުކާރަށް ވަނީ ފިޔަވަޅު އެޅޭނެ ގޮތް ނުވެފައެވެ. ވަރަށް ހިތާމަވެރި ނިކަމެތި ކަމެކެވެ. ނަމަވެސް ކުރެވޭނެ މާބޮޑުކަމެއް ނެތްކަމަށް ބުނެއެވެ.
ލޮބުވެތި ރައްޔިތުންނޭ! މާލޭ ސަރަޙައްދުގެ ގިނަ މަގުތަށް ވަނީ ނުހަނު އަނދިރި ނާމާން މަގުތަކެއް ގެ ގޮތުގައި ވެފައެވެ.
މިހާރަކަށް އައިސް ޒުވާނުން ގެއްލެމުން އެދަނީ ބިރުވެރި މިންވަރަކަށެވެ. މިގޮތުން ގެއްލޭ ޒުވާނަކު ދިރިހުއްޓާ ފެންނަނީ މަދުފަހަރަކު ކަން ފާހަގަ ކުރަމެވެ.
ލޮބުވެތި އަޚުންނޭ!
ރައްޔިތުންގެ ތެރެއިން ބައެއް މީހުނަށް ލިބެމުން އަންނަ މިފަދަ ނިރުބަވެރި އިންޒާރުތަށް ހުއްޓުވުމުގެ ގާބިލް ކަން މިސަރުކާރުގައި ހުރިނަމަވެސް މިކަން ކަން ހުއްޓުވުމަށް މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ.
ލޮބުވެތި އަޚުންނޭ! ފެންނަމުން މިދާ ކަންކަމުގެ މައްޗަށް ވިސްނާ ފިކުރު ހިންގާލާއިރު ގޭންގް މާރާރީތައް ނިމުމަކަށް ގެނައުމަށްޓަކާ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެއްގަލަކަށް އަރާ ގައުމު ދިފާޢުކުރަން ނުކުންނަން ޖެހޭމިންވަރަށް ގޭންގްތަކުގެ ނުރައްކާ އެވަނީ ބޮޑުވެފައެވެ.
ލޮބުވެތި ރައްޔިތުންނޭވެ!
ގައުމެއްގެ ހަމަޖެހުމާ ކަރާމަތާއި ޝަރާފަތު ރައްކާތެރިކޮށް ދެމެހެއްޓުމަކީ ސަރުކާރުގެ ޒިންމާއަކަށް ވީހިނދު 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގޭންގް މާރާމާރީ ތަކާއި ގަތުލު ޢާންމުތައް އެދަނީ ބިރުގަންނަން ޖެހޭ މިންވަރަށް އިތުރުވަމުންނެވެ.
މަގުމަތީގައި އެންމެންގެ ކުރިމަތީގައި ޒުވާނުން ކަތިލަމުން އަންނައިރު ހެކިބަސް ދިނުމަށް ބިރުވެތި ވާ މިންވަރަށް ގޭންގް ތަކުގެ ބާރާ ނުފޫޒު ވަނީ ގަދަކޮށްފައެވެ.
ހިންދީ އަނިޔާވެރި ފިލްމުތަކުން އެ ފެންނަ މިންވަރަށް ރާއްޖޭގައި މިވަނީ ގޭންގް ކުށްތަށް އިތުރުވެފައެވެ. ގިނަ މަންމައިންނަށް އެވަނީ ރޭނގަޑުގެ އަރާމްނިދި ނުލިބިފައެއެވެ. ދަރިފުޅު ސަލާމަތުން އެނބުރި ގެއަށް އާދެވެންދެން މަންމައިން އެތިބެނީ ނު ނުދިފައެވެ. އަވަސް ޙައްލެއް ފެނިދާނެ އުންމީދުގެއްލި ބޮޑު ހާސްކަމެއްގެ ތެރޭގައެވެ.
ލޮބުވެތި އަޚުންނޭ!
ރައްޔިތުން ސަރުކާރެއް އެކުލަވާލުމުގެ ބޭނުމަކީ ރައްޔިތުންގެ ފުރާނަ ރައްކާތެރި ކޮށް ދިނުމާއި ގައުމުގެ ވެށި އަމާން ކޮށް މިނިވަން ކަމާއިއެކު ބިރުފަހަނައަޅާ އަމާންދިރިއުޅެވޭނޭ މަގުތަށް އާރާސްތު ކުރުމަށްޓަކައެވެެ.
ކަން މިހެން ހުރިނަމަވެސް ބައެއް ޒުވާނުންނަށް ލިބެމުންދާ ނިރުބަވެރި އިންޒާރުތަކާއި ގޭންގް ތަކަށް ވަންނަ ޒުވާނުން ދުވަހެއް ދުވަހެއް އިތުރުވުމާއި ޓެރަރިސްޓް ޙަމަލާތައް ދިނުމުގެ ބިރުވެރި އިންޒާރު ތައް އެދަނީ ޢާންމުވަމުންނެވެ.
މިފަދަ ނިރުބަވެރި ޙަމަލާތައް ދިނުމަށް ފަހު އެޙަމަލާގެ ޒިންމާ އުފުލާނޭކަމަށް ގޭންގްތަކުން ބުނާ ހިސާބަށް ގައުމު އަމަން ގެއްލި ކަންކަން ކުރިއަށް ގޮސްފައި ވާކަން ހިތާމަޔާއި މޮޅިވެރިކަމާ އެކު ފާހަގަކުރަމެވެ.
ރާއްޖޭގައި މިހާރު އުފެދިފައިވާ ގޭންގް ތަކުގެ ނުރައްކަލުން ލޭއޮހުރުވުމަކާއި ނުލާ މިގައު ދެން ސަލާމަތް ކުރެވެނެހެނެއް ހިޔެއްނުވެއެވެ. އެއީ ހަރުކަށިފިކުރު ގޭންގެ ތަކުގައި ޢާންމުވެ ބޭރުގެ ތެރަރިސްޓް ޖަމާޢަތްތަކުގެ މަދަދާއި ފައިސާގެ އެހީތަށް ރާއްޖޭގެ ބައެއް ގޭންގް ތަކަށް ދަނީ ލިބެމުންކަމަށް ބުނެވޭތީއެވެ.
އެހެންކަމާއިއެކު ރާއްޖޭގެ ސިޔާސީ އިސް ބައެއްފަރާތަކުން ގޭންގްތަކަށް ފައިސާދީގެން ނުރައްކާތެރި އެތަށްކަމެއް ހިންގައި ޒުވާނުން ވަގަށް ނަގާ ކަރުބުރި ކޮށް ހަދަމުން ދާއިރު ރައްޔިތުން މަޑުން ތިބުމަކީ ތިމާއާއި ތިމާގެ ޢާއިލާ ނުރައްކަލުގެ ތެރެއަށް ގަންބާލުންފަދަ ކަމަކަށް މެނުވީ ނުވާނެނޫންތޯއެވެ؟
ލޮބުވެތި އަޚުންނޭވެ!
މިރާއްޖޭގައި އުފެދިފައިވާ ގެންގްތަކުގެ ޢަދަދާއި ގެންގް ތަކުގައި ޙަރަކާތްތެރިވާ ޒުވާނުންގެ މަޢުލޫމާތާއި އެބައިމީހުން އުޅޭތަންތަނާއި މިހެންގޮސް މިފަދަ ގިނަ ޖާސޫސީ އެތަށް މަޢުލޫމަތުތައް މިރާއްޖޭގެ ފުލުހުންގެ މުއައްސަސާގައި ވަނީ ރެކޯޑު ކުރެވިފާކަން ޔަގީނެވެ.
އެހެނަސް ބާރުގަދަ ބައެއް ސިޔާސީޕާޓީ ތަކުގެ ދައުރު މިފަދަ ގޭންގް ތަކުގައި އޮތުމާއި ގުޅިގެން ފުލުހުންނަށް އެވަނީ މިކަންކަން ޙައްލު ކުރުމަށް ނުކުޅެދިފައިކަން ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުތަކުން މޭރުންވާކަން ހިތާމަޔާއެކު ކުރިންވެސް ވާނީ ދެންނެވިފައެވެ. އަވަސް ޙައްލެއް ބޭނުމެވެ.
One Response
Cobaa bilukolhu eyrun yaqeenvaanee