މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިއްޖެ

ވެލާނާގޭ އަލްމަރުޙޫމް އިބްރާހިމް ނާޞިރުގެ ސަރުކާރަށްފަހު ރާއްޖޭގައި އުފެދުނު އެއްވެސް ސަރުކާރަކަށް ރާއްޖޭގެ ރަށްތަކުގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށް ނުދެވޭކަމަށް ބުނެ ގިނަޢަދަދެއްގެ ރައްޔިތުން ދަނީ މިހާރު ޝަކުވާ ކުރަމުންނެވެ. 1950 ހުން ފެށިގެން 1979 އަކާ ދެމެދު ރާއްޖޭގެ ސްކޫލް މަދުރާސާ ތައް ބިނާކުރެވިފައިވަނީ އިނގިލިން ގުނާލެވޭފަދަ މަދު މިންވަރަކަށެވެ. އެހެންކަމުން ރާއްޖޭގެ އޭރުގެ އާބާދީ ކުޑަކަމާއި ސެކަންޑްރީ ތަޢުލީމަށް ބެލެނިވެރިންގެ ހޭލުތެރިކަން ކުޑަކަމާއި އަދި އެފެންވަރުގެ ސްކޫލްތަށް މަދުކަމުން […]
ހުޅުމާލޭ ބީއެމްއެލް އޭޓީއެމް އެއަރކޯންހަލާކު ވެފައި ހުންނަތާ އެތައްދުވަހެއް

ބޭންކޮއޮފް މޯލްޑިވްސްގެ ހުޅުމާލޭ ބްރާންޗާއި ޖެހިގެން ހުރި އޭޓީއެމްގެ އެއަރ ކޯނު ހަލާކުވެފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެންމެ ބޮޑު މާލީ މަންފާ ލިބޭ ކުންފުނި ބީއެމްއެލް އިން ހުޅުމާލެ ސިޓީގައި އަޅާދީފައިވަނީ އެންމެ 3 އޭޓީއެމް އެވެ. ދުވަހެއް ދުވަހެއް އާބާދީ ބޮޑުވަމުން އަންނަ ހުޅުމާލޭ ގައި އަޅާދީފައިވާ 3 އޭޓީއެމްގައި ދިވެހި ރުފިޔާ ޖަމާކުރުމަށް ބަހައްޓާފައި ވަނީ 07 މެޝިނެވެ. އެއީ ޑޮލަރު ނަގާ ޖަމާކުރާ މެޝިނަކާއިއެކު ގައެވެ. ބޭންެކްއޮފް މޯޑިވްސް ފަދަ ބޮޑު ޢާމްދަނީއެއް ލިބޭ ކުންފުންޏަކުން […]
މުސާރައިގެފައިސާ ހޯދާނެގޮތެއް ވިސްނާފައެއް ނެތް

ސިވިލްސާވިސްގެ ބައެއް މުވައްޒަފުންނަށް ސަރުކާރުން ބޮޑުކޮށްދިން މުސާރައިގެ ފައިސާ ދައުލަތަށް ހޯދާނެ ގޮތެއް ވިސްނާ ވަޑައިގެންފައި ނުވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.އެހެނަސް މިނިސްޓަރު ވިދާޅުވީ ބޮޑުކުރެއްވި މުސާރަ ދެއްވަނީ ބަޖެޓްގައި ހިމަނައިގެން ކަމަށެވެ. މިއަހުރު ނިމޭއިރު ބޮޑުކޮށްދެއްވި މުސާރަ 375 މިލިއަނަށް އަރާނެއެވެ. މިފައިސާ އަކީ ކިހިނެއް ހޯދަން ބަޖެޓަށް އިތުރުކުރި ފައިސާއެއްކަމެއް ވިދާޅެއް ނުވެވުނެވެ.ބަޖެޓްގައި ހިމަނައިގެން ކުރާޚަރަދަކީ އެފައިސާ ދައުލަތުގެ އާމްދަނީގެ ތެރެއަށް ވަންނާނެ މަގެއް ހޯދަން ނުޖެހޭ ފައިސާކަމަށްވެސް ވެދާނެތާއެވެ. މިހާރު މާލިއްޔަތުގެ ގާނޫނަށްވެސް ޢަމަލު ނުކޮށް ދައުލަތް […]
ސްޓިކާ ނުޖެހުންވެސް އެއީ ޙައްލެއްނޫން

ގޯޅިގޯޅީގެ ކަންމަތީގައި ކާރާވޭން ޕާކުކުރުމުގެ ސަބަބުން ނުރައްކާތެރި އެކްސީޑެންޓް ހިނގުމުގެ ފުރުޞަތު ވަރަށްބޮޑެވެ. ފަރުދީ ޒިންމާ ނަގަން ދަސްކުރާނީ ކޮންމެވެސް ވަރެއްގެ ގެއްލުމެއް އެމީހާވެސް ތަޙައްމަލު ކުރަން ދަސްކޮށްދީގެނެވެ. ހުޅުމާލެއަކީ އާބާދީބޮޑު ގިނަޢަދަދެއްގެ ވެހިކަލް ހަމައެއް ލަމައެއްނެތި އެޖެހުނުތަނެއްގައި ޕާކުކުރަމުންއަންނަ ތަނަކަށް ވެއްޖެއެވެ. ބައިސްލް ޕާކިންގައި ދިހަބާރަ ދުވަސްވަންދެން ކާރުތަކެއް ޕާކު ކޮށްފައި ހުންނަތަން އެބަފެނެއެވެ. އެހެނަސް މިކަންކަން ފެންނަން ޖެހޭ މުސާރަދީފާ ތިބޭ ބަޔަކަށް މިތަންތަން ފެންނަ ކަމަކަށް ނުވެއެވެ. އަޅާލާނެ ބަޔަކު ނެތި މާލޭގައި ވީހެން އެމީހަކާއި އެމީހަކު އުޅެން ދޫކޮށްލެވިފާވުމުން ވެހިކަލް ދުއްވާ ފަރާތްތަކުންވެސް ގާނޫނާއި ގަވާޢިދު […]
ވަގޭވަގޭ ގޮވައި ވަގުހިފަން އައި މީހުންވެސް ކުރީ ވައްކަން!

ކޯވިޑް 19 އާއި ވިދިގެން ރައްޔިތުންނަށް ސިއްޙީ ފަރުވާދިނުމަށް ސަރުކާރުން ރާއްޖެއަށް ގެންނަން އުޅުނު ވެންޓީލޭޓަރު ތަކުގެ ތެރެއިން 60 ވެންޓިލޭޓަރަށް ވީ ނުވީއެއްނޭގި ކޯވިޑްގެ ޢާލަމީ ވަބާ ވެސް ނިމިގެން ހިނގައްޖެއެވެ. އަދިވެސް އެ ވެންޓީލޭޓަރ ތަކަށްވީ ގޮތެއް ނޭގުނެވެ. ކުރީ ސަރުކާރުގެ ވައްކަމުގެ ވާހަކަ ވަގޭވަގޭ ގޮވައި ވައްކަން ނުކޮށް ވަގުހިފަން އައިމީހުން ދައުލަތާއި ޙަވާލުވެ ވައްކަން ޖެހީ މިކުހަށެވެ. މިފަދަ ބޮޑެތި ޚިޔާނާތުގެ ޢަމަލުތައް ނުބަލާ އޮއްބާލުމަކީ ވަރަށް ދަށުޖަރައިގެ […]
ކުރިއަށް ދިވެހި ގައުމު : 2023 ގެ ވޯޓަށް ސަމާލުވޭ!

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑި ޑޭޓުންގެ ތެރެއިން އެންމެ ރަގަޅު މެނިފެސްޓޯއެއް ހުށަހަޅުވާ އެންމެ ލަފާދާރު ބޭފުޅަކަށް ވޯޓު ދިނުމަކީ ގައުމުގެ ކަރާމަތާއި މިނިވަން ކަން ޙިމާޔަށް ކުރުމަށް ދެންވެސް ދޭންވީ ވޯޓެއް ކަން ޔަގީނެވެ. ރައްޔިތުން ގެ ޖީބަށް ޙަލާލުގޮތުގައި ތިޔާގިކަން ކަށަވަރު ކޮށްދެވޭނެސަރުކާރެއް އެކުލަވާލެވެން ޖެހެއެވެ. އެނޫންނަމަ ހުރިހާ ގެއްލުމެއް ތަޙަންމަލް ކުރަން ޖެހޭނީ ހަމަ ރައްޔިތުންނަށެވެ. މިހާރުވެސް ވަމުންދަނީ އެހެނެވެ. ރައްޔަތުމީހާއަތުން ނެގޭވާރުތައް ގިނަކޮށް ރައްޔަތުންގެ ޚާދިމު މީހާ (ވެރިޔާ) އުފަލުގައި އުދުހި މަޖާނަގަމުން ދިއުމެވެ. މިފަހަރުވެސް 2023 ރިޔާސީ އިންތިޚާބުގެ ބައިވެރިންގެ […]
މިސަރުކާރު ވެރިކަމަށް އައުމަށްވީ ވަޢުދު ތައް ފުއްދަވާ ދެއްވާށެވެ

ނިމިދިޔަ ވެރިކަމުގެ ތެރޭގައި ހިނގާފައިވާ ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ޢަދުލުއިންޞާފު ގާއިމްކޮށް ރައްޔިތުންނަށް ހަމަ ހަމަ ކަމާއެކު އިންޞާފު ހޯދައިދޭނޭ ކަމަށް ބުނެ ވީ ވަޢުދު ނުފުއްދަވާ ބަޔަކަށް ނުވަތަ ބޭފުޅަ ދެވަނަ ދައުރެއް ނުދެވޭނޭ ކަމަށް ގިނަ ރައްޔިތުން އެދަނީ ބުނަމުންނެވެ. ގައުމުގެ ކަރާމަތާ އިސްތިގްލާލު ރައްކާތެރިކޮށް ގައުމުގެ ހަމަޖެހުން ގާއިމްކުރުމާއިއެކު ރައްޔިތުންގެ ޖީބަށް ލުއިވާނެ ވަސީލަތްތައް ގާއިމްކޮށް ކޮށް ނުދެވޭ ފަރާތަކާއި ގައުމު ހުންގާނު އަމުދުން ދެވަނަ ދައުރަކަށް ޙަވާލު ނުކުރެވޭނޭ ކަމަށް ރައްޔިތުން […]
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ

ޚިޔާލު ފާޅުކުރުމުގެ މިނިވންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްގަށް އެކިސަރުކާ ތަކުން ހުރަސް އަޅަނީ ކީއްވެހެއްޔެވެ. ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނުނެއްގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާޙައްގެކެވެ. މީހެއްގެ ނުވަތަ ބައެއްގެ ހެޔޮފުޅުކަމުން ލިބޭދެވޭ އެއްޗެއް ނޫނެވެ. އެމްޑީޕީ ގެ ބަހުރުވައިންނަމަ ބޭނުން ތަނެއްގައި ބޭނުންގަޑިޔަކު ފުލުހުންގެ ހުއްދައެއް ހޯދުމެއްނެތި ޖެއްސޭނެއެވެ. އާއެކެވެ. ގާނޫނު ބުނަނީ އެހެންކަމަށް އެމްޑީޕީން މާނަކޮށް އެކަން އެގޮތައްވަނީ ކޮށްފައެވެ. ސުވާލަކީ އެމްޑީޕީގެ ސަރުކާރެއްގައި އެކަން އެގޮތައް ތަށްމިނަށް ނުބޭއްވެނީ ކީއްވެހެއްޔެވެ؟ ކަނޑައެޅިގެން ނޫސްވެރީންނަށްވެސް ފުލުހުން ޙަމަލާދޭތަން އެބަފެނެއެވެ. […]
އިންސާނަކަށް ވީތީ ދިރިހުރުމަށް ބޭނުންވާ އަސާސީ ޙައްގުތަށް ކަށަވަރުކޮށްދޭން ޖެހޭނެ

ރައްޔިތު މީހާގެ ދިރިއުޅުމުގެ ޙާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ދެރަވަމުންނެވެ. އިންސާނަކަށް ވީތީ ދިރިހުރުމަށްޓަކައި ބޭނުންވާ އަސާސީ ޙައްގުތަށް ރައްޔިތު މީހާއަށް ކަށަވަރު ކޮށްދިނުމަކީ އެ އޮންނަ ސަރުކާރެއްގެޒިންމާއެކެވެ. އިންސާނަކަށް ވީތީ ރައްޔިތު މީހާ ދިރިހުރުމަށްޓަކާ ބޭނުންވާ އަސާސީ ބާވަތްތަކުން އިތުރަށް ޓެކްސް ނަގަން ސަރުކާރުން ނިންމުމާއި ގުޅިގެންވިޔާފާރި ވެރިން ތަކެތީގެ އަގުބޮޑު ކޮށްފިއެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދަނީ ރައްޔިތުމީހާ އަށްލިބޭ އުޖޫރައިންނެވެ. ބާޒާރުގެ ތަކެތީގެ އަގު 2018 ވަނައަހަރަށްވުރެ 2023 ވަނައަހަރާ ހަމަށް އާދެވުނު އިރު ރައްޔިތުމީހާއަށް […]
ކުޑައިރުއްސުރެ އެކުގައި އުޅުނު އެންމެގާތް އެކުވެރިޔާއަށް ބޮޑުތަނުން ޚިޔާނާތެރިވި މީހަކު ވެރިކަމަށް ގެންނަން އުޅުމަކީ އަމިއްލައަށް ދަންޖެހުން

ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ އެންމެގާތް ކުޑައިރުއްސެ އެކުގައި އުޅުއްވި ރަޙުމަތްތެރިޔާ ޅ.ހިންނަވަރު އިބްރާހިމް މުޙައްމަދު ޞާލިޙަކީ މަކަރާއިޙީލަތުންފުރިގެންވާ އަނިޔާވެރިއެކޭ ދެންނެވިދާނެއެވެ. އިބްރާހިމް މުޙައްމަދު ޞާލިހުގެ އަނބިކަބަލުން ނަކީ މުޙައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ސިއްކަ ފަޒުނާއެވެ. އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) އަކީ މުޙައްމަދު ނަޝީދު (އަންނި) ގެ ޖިގްރީދޯސްތުއެވެ. ސިޔާސީ ދާއިރާއަށް ލޯހުޅުވާލަ ދެއްވި އެންމެ އިތުބާރުކުރި އިންސާނާއެވެ. އެއްތަށިން ކައި ބޮއި އުޅުނު ޅިޔަނުވެސް މެއެވެ. އެހެނަމަވެސް ވެރިކަމުގެ ލައްޒަތާއި ޖާހަތުގެ ދަހިވެތި ކަމުގައި ރައީސް އިބޫ އެވަނީ ކާންދިން އަތުގައި ދަތް އަޅާ އެމީހާގެ ކަރަށް ފައިންވެސް […]