ހުޅުމާލޭ ބީއެމްއެލް އޭޓީއެމް އެއަރކޯންހަލާކު ވެފައި ހުންނަތާ އެތައްދުވަހެއް

Loading

Facebook
Twitter
WhatsApp

ބޭންކޮއޮފް މޯލްޑިވްސްގެ ހުޅުމާލޭ ބްރާންޗާއި ޖެހިގެން ހުރި އޭޓީއެމްގެ އެއަރ ކޯނު ހަލާކުވެފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެންމެ ބޮޑު މާލީ މަންފާ ލިބޭ ކުންފުނި ބީއެމްއެލް އިން ހުޅުމާލެ ސިޓީގައި އަޅާދީފައިވަނީ އެންމެ 3 އޭޓީއެމް އެވެ.

     ދުވަހެއް ދުވަހެއް އާބާދީ ބޮޑުވަމުން އަންނަ ހުޅުމާލޭ ގައި އަޅާދީފައިވާ 3 އޭޓީއެމްގައި ދިވެހި ރުފިޔާ ޖަމާކުރުމަށް ބަހައްޓާފައި ވަނީ 07 މެޝިނެވެ. އެއީ ޑޮލަރު ނަގާ ޖަމާކުރާ މެޝިނަކާއިއެކު ގައެވެ.

      ބޭންެކްއޮފް މޯޑިވްސް ފަދަ ބޮޑު ޢާމްދަނީއެއް ލިބޭ ކުންފުންޏަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކާ ގާއިމް ކޮށްދީފައި ހުންނަ އޭޓީއެމްތަކުގެ އެއަރ ކޯން މަރާމާތު ނުކޮށް ހުރުމުން އޭޓީ އެމް ތަކަށް ފައިސާ ނަގާ ޖަމަޢަ ކުރަން ވަންނަ ކަސްޓަމަރުން ހޫނު ގަދަ އެ އޭޓީއެމް ތެރޭގައި މަޑުކޮށްލެވޭ ވަރަށް ވުރެ ހޫނު ގަދައެވެ.

     އަނެއްކޮޅުން ރާއްޖެއަށް ހޫނުގަދަ ދުވަސްތަކަކާއި ކުރިމަތިލާން ޖެފައިވާއިރުމިދަނޑިވަޅު އޭޓީއެމް ގެ އެއަރކޯން ސާވިސްކޮށް މަރާމާތުނުކޮށް ބެހެއްޓުމަކީ ކަސްޓަމަރުންގެ އަގުވަޒަން ނުކުރުމެވެ.

އޭޓީއެމްގެ ތެރެއަށް ވަދެވެނީ އޭޓީއެމް ގެ ބޭރުގައި ގަދަ އަވީ ގައި އެތަށް އިރަކު ތިބުން މަށްފަހު ކިއޫ ތަރުތީބުންނެވެ. ދޮޅުލައްކައެއްހާ ރައްޔިތުން ދިއުޅޭ ހުޅުމާލެ އަށް ބޭންކްއޮފް މޯލްޑިވުސް އިން ފައިސާ ނަގާޖަމާ ކުރުމުގެ ޚިދުމަތް ދިނުމަށް ބަހައްޓާފައި ހުރި އޭޓީއެމް ތަކުން ފައިސާގެ މުޢާމަލާތް ކުރަމަކީ ދަތިއުނދަގޫ ކަމެކެވެ. 

    އޭޓީއެމް ތަކުން ފައިސާ ހުސްވެ ކިއޫ ދިގުވަމުން އަންނައިރު ބޭންކް އޮފް މޯލްޑިވްސް އިން މާބޮޑު ސަމާލުކަމެއް ނުދޭވާހަކަ ކިއުގާތިބެ ދައްކާމީހުން ވަރަށް ގިނައެވެ. ރައްޔަތުންގެ ބޭންކު އަހަރެންގެ ބޭންކްފަދަ ފާހަގަ ކުރެވޭ ބަސްތަކުން އިޝްތިހާރު ކުރައްވާއިރު ކަސްޓަމަރުން މިފަދައިން ނިކަމެތި ކޮށްގެން ނުވާނެއެވެ.

    ކަން މިހެން ހުރުމާއިއެކު އޭޓީއެމް ގެ އެއަރކޯން މަރާމާތުކޮށް ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށް ކޮށް ދިނުމަށް ގޮވާލަމެވެ. 

އަދި އޭޓީ އެމްތަކުގައި ހުންނަ ފައިސާ ނަގާ ޖަމަޢަ ކުރާ މެޝީންތަކުގެ ޢުމުރު ވެސް އެއަރކޯން ސަލާމަތުން ހުރުމުން ދިގުވާނެނޫންތޯއެވެ. އެތަނަށް ވަންނަ މީހާ ފެންވެރިފާ ހުންނަވަރަށް ދާހިއްލޭއިރު އެ މެޝިންތަކުގެ ޙާލު ބުނޭދޭކަށް އަޅުގަނޑަކަށް ނޭގެއެވެ. ބޭންކަށް އެފަދަ ބޮޑުފައިދާ ލިބޭއިރު މިފަދަ ތަންތަން ދުވާލަކު އެއްފަހަރު ނަމަވެސް ސުޕަވައިޒް ކޮށްލެވޭވަރުގެ މީހުން ތިބެންޖެހޭނެކަމަށް ދެކެމެވެ. އަހަރެންގެ ބޭންކްވީމާ އަވަސް ޙައްލަކަށް އެދެމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް