މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިއްޖެ

Loading

Facebook
Twitter
WhatsApp

       ވެލާނާގޭ އަލްމަރުޙޫމް އިބްރާހިމް ނާޞިރުގެ ސަރުކާރަށްފަހު ރާއްޖޭގައި އުފެދުނު އެއްވެސް ސަރުކާރަކަށް ރާއްޖޭގެ ރަށްތަކުގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށް ނުދެވޭކަމަށް ބުނެ ގިނަޢަދަދެއްގެ ރައްޔިތުން ދަނީ  މިހާރު ޝަކުވާ ކުރަމުންނެވެ.

1950 ހުން ފެށިގެން 1979 އަކާ ދެމެދު ރާއްޖޭގެ ސްކޫލް މަދުރާސާ ތައް ބިނާކުރެވިފައިވަނީ އިނގިލިން ގުނާލެވޭފަދަ މަދު މިންވަރަކަށެވެ. އެހެންކަމުން ރާއްޖޭގެ އޭރުގެ އާބާދީ ކުޑަކަމާއި ސެކަންޑްރީ ތަޢުލީމަށް ބެލެނިވެރިންގެ ހޭލުތެރިކަން ކުޑަކަމާއި އަދި އެފެންވަރުގެ ސްކޫލްތަށް މަދުކަމުން ކިޔަވާ ކުދިންވެސް ނުހަނު މަދެވެ .

ރާއްޖެ ޢިލްމީގޮތުން ލޯހުޅުވާލަ ދެއްވީ ރައީސް މައުމޫނު ކަމާއިމެދު ދެބަސަވެވޭކަށް ނެތެވެ. މަރުޙޫމް އިބްރާހިމް ނާޞިރު އަޅުއްވާދެއްވި ތަޢުލީމީ ބިންގަލުގެ މަތީގައޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ.

ރާއްޖޭގެ އޭރުގެ ޖަނަރޭޝަނަށްފަހު ޖެހިގެން އައި ޖަނަރޭޝަނަށް ޚާރާބުގެ މަގު ހިފާފައި ވަނީ މަރުޙޫމް ނާޞިރު އަޅުއްވާދެއްވި ބިންގާ ކައްޗަށް އެޅުއްވިގެން ކަމަށް ބުނަން ވަރަށް އުނދަގުލެވެ. އެހެނީ ދިވެހިރާއްޖޭގެ މިނިވަންވީފަހުން ރޭވުންތެރިކަމާއި އެކު ގައުމުގެ އަމިއްލަވަންތަކަން ރާއްވާލެއްވިލެއް ފުރިހަމަކަމުންނެވެ.

ކޮންމެއަކަސް އުފުދެމުން އަންނަ ޖަނަރޭޝަނަކަށްފަހު ޖަނަރޭޝަނެއް އުފެދެމުން އަންނަނީ ނުރައްކާތެރި ކަމުގެ ރަނގަބީލް ޖަހަމުންނެވެ. އެއީ ތަޢުލީމީ މަންހަޖުގެ ސަބަބުން ވާކަމެއްތޯ ނޫންނަމަ މުދައްރިސުންގެ ޢިލްމީ ގާބިލް ކަން ނެތުމުންތޯ ނުވަތަ ތަފާތު ދީންތަކުގެ މުދައްރިސުން ކިޔަވައި ދެއްވާތީ ތޯ މިވަނީ ސުވާލު އުފެދިފައެވެ.

ރާއްޖޭގެ މަގުމަތީގެ އަމާންކަމާ ރައްކާތެރި ކަމަށް ނަޒަރު ހިންގާލާއިރު ރާއްޖޭގެ ސްކޫލްތަކުން ފާސްނުވެގެން ކަނޑާލެވޭ ޒުވާނުންގެ ދައުރު ނުހަނު ފުޅާވެގެން ހިގައްޖެއެވެ. މިފަދަ ޒުވާނުން ދެވަނަ ވިސްނުމަކަށް ގޮސް ޖަމާޢަތުގެ އުޞޫތަކާއި ދެކޮޅުވެ އެހެންގޮތަކަށް އުޅެމުން އެދަނީ ކޮންމެވެސް ބައެއްގެ އިހުމާލުން ކަމަށްނުވެ ނުދާނެއެވެ. އެހެނަސް ގިނަބަޔަކު ކުށްވެރި ކުރަނީ ބެލެނިވެރިންނެވެ. ބެލެނިވެރިން ކުށްވެރި ކުރަނީ ޓީޗަރުންނެވެ.

ޮންމެއަކަށް ސްކޫލެއްގެ 10ވަނަ ގްރޭޑާ ހަމަޔަށް ކިޔަވަމުން އަންނަ ކޮންމެ ކުއްޖަކީ 18އަހަރު ނުފުރޭ ކުޑަކުއްޖެކެވެ. އެހެންކަމުން ގްރޭޑް  1 ކުންފެށިގެން 12 ވަނަ ގްރޭޑާހަމަޔަށް ކިޔަވާއެއްވެސް ދަރިވަރަކު އެކަނި ސްކޫލަށް ގޮސް އައިސްވެ އުޅުމާއި ރޭގަނޑުގެ ވަގުތު ތަކުގައި ދަރިވަރުން ބޭރުތެރޭގައި ރައްޓެހީންނާއެކު އެއުޅޭ އުޅުމުގެ އަސްލު ވާރިސުންނަކީ މައިންބަފައިންނާއި ބެލެނިވެރީންނޭ ބުނެވިދާނެއެވެ.

އެހެނަސް ސްކޫލުގެ އެކިއެކު ޕްރޮގްރާމްތައް ރާއްޖޭގައި ރޭވިފާވާގޮތުން އެކުދިން ރޭގަނޑުގެ ވަގުތުތަކުގައި ސްކޫލްއަށް ގެންދިއުމާއި ކުޅިވަރު ޕްރޮގްރާމްތައް ރޭވުމާއި މިއީ ދުނިޔޭގެ އެހެންގައުމުތަކުގައި ކަންތައްކުރާގޮތެއް ނޫންކަން ދިވެހި ސަރުކާރުތަކަށްވެސް އެނގޭނެއެވެ. ސުވާލަކީ ހަމަ މިނޫންގޮތެއް ނެތީތޯއެވެ؟

މިހެން ދިމާވުމުން ޒުވާނުންގެ އަޚުލާގު ގޯސްވަމުންދަނީ ބަލަބަލާ ތިއްބައެވެ. އެކުދީން މޮނިޓަރ ކުރެވޭނެގޮތެއް ނޯވެއެވެ.

މައިންބަފައިންނަށް އިޙުތިރާމު ނުކުރާ ފަދައިން ދަރިވަރު މުދައްރިސުން ނަށްވެސް މިހާރަކު އިޙުތިރާމް ކުރުމެއް ނެތެވެ. ދަރިވަރުންގެ އަޚުލާގު ގެއްލި މުޖުތަމަޢު ފަސާދަވެ މިވަނީ ނިމިފައެވެ.

ޒިންމާނަގާ އެއްވެސް ފަރާތެއް ނެތެވެ. ރޭވިފައިވާ މި ނުބައި ސިސްޓަމުގެ ތެރެއިން ބެލިވެރިންނާ މައިންބައިންނަށްވެސް  ދަރިފުޅު ބޮޑުވެއްޖެކަމަށް މާއަވަހަށް ގަބޫލު ކުރެނީ ކަން ނޭނގެއެވެ!

ހަސަން ޝިފާޢު (އަސްލު ނަމެއް ނޫން) ތަޢުލީމު ޙާސިލްކުރަމުން ދިޔައީ މަޖީދިއްޔާ ސްކޫލުގައެވެ. މަންމައާއި ބައްޕަ އުޅުއްވަނީ ވަޒީފާގައެވެ. އެހެންކަމުން ގްރޭޑް ނިމުނުތަނާހެން ހަސަން ގިނަފަހަރު ގެއަށް އަންނަން ޖެހެނީ އެކަންޏެވެ. އެގޭގައި ރަށުންއައިސް ތިބި ދެމަފިރިއަކު ބަހާލައިގެން ހަސަން ސްކޫލަށް ގެންގޮސް ގެނެސް ދެއެވެ.

މި ކަންވެސް މާގިނަދުވަހަކު ދެމިއެއް ނުއޮތެވެ. އެދެމަފިރިން ރަށަށް ބަދަލުވާން ޖެހުނީއެވެ. އެހެންކަމުން ހަސަނު އެކަނި ޕޭރެންޓަކާނުލާ ސްކޫލަށް ގޮސް އައިސް އުޅެން ފަށައިފިއެވެ. މައިންބަފައިންނަށް ހަސަނު ބޮޑުވީތާއެވެ.

މިހެން އުޅެނިކޮށް ހަސަނު ޝޭޚަކާއިއެކު ކޮފީއަށް ދިއުމާއި ނަމާދަށާއި ދާންފަށައިފިއެވެ. މައިންބަފައިންނަށް އެކަން ވަރަށް ސާފުކޮށް އެނގެއެވެ.

 ހަސަނުގެ މަންމަ ބުންޏެވެ. ހަސަނު ބައްޕާއެވެ. ހަސަނު ސްކޫލަށް ދިއުން އެބަމަދުވެއެވެ ކިޔެވުމަށް ފަރުވާކުޑަ ކުރާކަމުގެ އިޙުސާސެއް ވާތީ ބުނެލީއެވެ. ހަސަނުގެ ބައްޕަ ބުނުއްވިއެވެ. އޭނާ ވަގުތު އެ ހޭދަކުރަނީ ޝޭޚަކާއި އެކުނު، ރަނގަޅުވާނެ ގޯސްމަގަކުން ނުދާނެކަމަށް ބުނެލިއެވެ. 

     މިހެން ކިޔަކިޔާ ތިއްބާ 9 ވަނަގްރޭޑުން ފާސް ނުވެގެން ޙަސަނު ސްކޫލުން ކަނޑާލައިފިއެވެ. އަސްތާއެވެ!

މަންމައާއި ބައްޕަ ދެފައިތަޅާރޯން ފެށިއެވެ. އެއްކަލަ ޝޭޚުވެސް އޭގެ ފަހަކުން ނުފެނެއެވެ. ހަސަނު އެ އުޅުނުގޮތަކަށް އުޅެމުންދިޔައެވެ. ބައެއްރޭރޭ ނިދަން ގެއަށް އަންނަނީ ވަރަށް ދަންވާފަހުންނެވެ. މިކަމާއި މަންންމައާއި ބައްޕަ ކަންބޮޑުވެ ހަސަނާއި ސުވާލު ކުރަމުންދިޔައެވެ. ހަސަނު އެއްވެސް ޖަވާބެއް ނުދެއެވެ.

އެއްރޭ ދަންވަރު ފުލުސްއޮފީހުން ގުޅިއެވެ. ހަސަނުގެ މަންމަ ފޯނު ނެގިއެވެ. ފުލުސްއޮފީހުން ބުންޏެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހަސަނު ފުލުސްއޮފީހުގެ ބެލުމުގެ ދަށުގައި އެބައިނެވެ. ޙަސަނުގެ މަންމަ ހަސަނުގެ ބައްޕަ ހޮނުގުގްރީގައި ނިދާފައިއޮއްވާ ހަޅޭލަވައިގަތެވެ. ދެމަފިރިން ނިދިން މަޙުރޫމްވެގެން ވީދެރައިން އެފެށީރޯށެވެ.

 މިކަހަލަ އެތައްކުދީން ޖަމާޢަތުގެ ތެރެއަށް ދޫވެ ގޭންގު ތަކުގެ ޝިކާރައިން ނަށް މިވަނީ ވެފައެވެ. މަގުމަތީގައި ކަތިވަޅި ހިފައިގެން ދުވެ މީހުން ކަތިލަމުން ދަނީއެވެ. ފެންނަ ބަޔަކު އަދި މަނާކުރާނެ ބަޔަކު ނެތެވެ. ފިހާރަތަކުންނާއި ގޭގެއިން ރޯމާދުވާލުގައިވެސް ވައްކަން ކުރަނީއެވެ.

ުޅިރަށުގައި ކެމަރާއެވެ. ނުވިތާކަށް ބޮޑީ ކެމެރާއެވެ. ކާރެއް ޓެކްސިއެއްގައި ވިއްޔާ ކެމެރާއާއި އަޑު ރެކޯޑިންއެވެ. ރައްޔަތުންގެ ސަލާމަތައްޓަކައި ސިކުއިރިޓީ ބަލަހައްޓަން ދެބަނޑަށް ކާންދީފާއި ބޯންދީފައި ގާނޫނުން މަތިކޮށްފައިވާ އެތައްބަޔަކު އެބަތިބިމެއެވެ. އިންޓީރިއަރ ގަދަ ދީނީ ޝޭޚެއްވެސް އެބަހުށްޓެވެ. ވާކަމެއް ޙަރާމެވެ.

މީހުން ގެއްލެނީއެވެ. ބޮޑު އަގުދީގެން ގަނެ ހަރުކުރި ކެމެރާތަކަކަށް ނާއަރައެވެ. މަގުތަކުގައި ހިތުހުރި ތަނެއްގައި ޕާކު ކުރަނީއެވެ. ތަންތަނުގައި ޕާކްކޮށްފައި ހުންނަ ލޮރީތަކުގެ ބެޓެރި ހެދުނުވާއިރަކު ނުހުރެއެވެ.

ސައިލެންސަރުގެ އަޑު ހޮނުގުގުރީގެ އަޑު ނެރެގެން މަގުތަކުގައި ދަންވަރު ދުއްވަނީއެވެ. ޒުވާނުންގެ އަޚުލާގު އުޑަށް އުފުލިއްޖެ ކަހަލައެވެ. ގައުމުގެ މަގުތަކާ ޕާކުތަކުގެ އަމާންކަމާއި ރައްކާތެރިކަން ގެއްލި ނިމިއްޖެއެވެ. މަގުމަތީ ބޮއިގެން އޮރިޔާމުންވެސް ދެމެނީއެވެ. ބަލަހައްޓާނެ ފަރާތެއް ނެތްކަހަލައެވެ.

ކޮންމެ ސަރުކާރެއް އަޔަސް ވާކަމެއް ހަތްޙަރާމުން ޙަރާމުން ޙަރާމެވެ. އެގޮތުންވެސް މިއީ އެންމެ ނުކުޅެދުންތެރި ސަރުކާރޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

Loading

2 Responses

  1. Liyun varah furihama eve namaves aakhirugai vakibaehge bolah mulhi ethi kandaali thanun mulhi ethi goas v eve liyun dhiguveema 2 part eh genes dhin nama ves ok eve.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް