ހުޅުުމާލޭ ކެފޭތަކުގެ ދުވާރު މަތިން ގޮނޑިއާއި މޭޒުތައް ނަގަން އާބަންކޯއިން އަންގައިފި

ހުޅުުމާލޭ ބައެއް މަގުތަކުގެ ދުވާރު މަތީގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރުން އާންމުވެފައިވާތީ އެކަން ހުއްޓައިލުމަށް އާބަންކޯއިން އަންގައިފިއެވެ. އާބަންކޯއިން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި ޓޭކްއަވޭ ޝޮޕްތަކަށް އެ ކުންފުނީގެ ފަރާތުން ދީފައިވާ ހުއްދައާ ޚިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް […]

ރައީސް ނަޝީދުއަށް ތާއީދު ކުރާ މެނަބަރުން ހުށަހަޅާ ބިލްތައް ބޭރުކުރާތީ އެޕާޓީގެ މެންބަރުން ރަތަށް

     ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ މެދުގައި އުފެދިފައިވާ ދެފެކްޝަންގެ ޚިޔާލު ތަފާތުވެ ނަޝީދަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ހުށަލަޅާ ބިލްތައް މަޖިލީހުން ބޭރުކުރަމުން ދާތީ އެމްޑީގެ މެންބަރުން އިންތިހާއަށަ ކަންބޮޑުވާކަމަށް ބުނެފިއެވެ.      ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންވަނީ ދެބައިވެފައެވެ. އެއީ ރައީސް ނަޝީދަށް ތާއީދު ކުރާމެންބަރުންނާއި ރައީސް ޞާލިހަށް ތާއީދު ކުރާ މެންބަރުންނެވެ.     މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ޒުވާނުން ރަނގަޅުކޮށް ޒުވާނުންނަކީ މުޖުޖުތަމަޢަށް ފައިދާ […]

ހުޅުމާލެއިން ފުލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފުލެޓް ތަކަށް ކުލިނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ!

      ހުޅުމާލެސިޓީއިން ފުލެޓް ލިބިފައިވާ ފަރާތް ތަކުގެ ތެރެއިން ފުލެޓްތަކަށް ކުލިނުދައްކާ ފަރާތްތައް އެ ފުލެޓްތަކުން ނެރުމުގެ މަޝްވަރާތައް ކުރަމުން ދާކަމުގެ މަޢުލޫމާތު ލިބެމުން އެބަދެއެވެ. ޚަބަރު ލިބޭ ގޮތުގައި ކުލިނުދައްކާ ފަރާތްތަކުގެ މައްޗަށް މާ ދުރުނޫންމުސްތަގުބަލެއްގައި ދަޢުވާ އުފުލާނޭކަމަށް ބެލެވެއެވެ.     ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢު ތަކުގެ ތެރޭގައި ފުރަތަމަ މަޝްރޫޢުގައި ހިމެނެނީ 3ކޮޓަރީގެ ފުލެޓާއި 4 ކޮޓަރީގެ ފުލެޓެވެ. މީގެ ތެރޭގައި ހިމެނޭ 3ކޮޓަރީގެ ފުލެޓެއްގެ ކުއްޔަކީ 3500ރުފިޔާކަމަށް […]

ދައުލަތުގެ ދަރަނި އަތްނުފޯހިސާބަށް ދުއްވާލައިފި

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ހަދާނެގޮތް ހުސްވެ މިހާރު ފިހާތަށް މެދުވެރި ކޮށް ރައްޔިތުންނަށް ކޮތަޅު ވިއްކަން ފެށުމަކީ މިހާތަނަށް ރާއްޖޭގައިދައުލަތް ހިންގަދޭން އުފެއްދި އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާފަދަ ހުތުރުކަން ބޮޑު ޢަމަލެކެވެ. ރާއްޖޭގެ ރައްޔިތުން ނުހަނު ދަތި ޙާލުގައި އުޅެން ޖެހިފައިވާ މި ދަނޑިވަޅު ރައްޔިތުންނަށް ކޮތަޅުވިއްކައިގެން މިސަރުކާރުން ދައުލަތުގެ ދަރަނި ފިލުވަން އުޅުމަކީ ލަދުުގަންނަން ޖެހޭނެވަރުގެ ޢަމަލެކެވެ.  ފިހާރައިގެ ބޮސްެގެ އަތުން ދެރުފިޔާ ފިހާރައިން ވިޔާފާރި ކުރަން ދާމީހާގެ އަތުން ވެސް ދެރުފިޔާ ކޮންމެ ކޮތަޅަކުން ސަރުކާރަށް ނަގަން ނިންމެވީ ކޮންފަދަ ދިރާސާއެއް […]

 ކުށްކުރާ މީހާ ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމުން މުޖުތަމަޢަށް     ލިބޭ ގެއްލުން އަގު ކުރެވޭވަރަށްވުރެ ބޮޑު

  ކުށްކުރާ މީހާ ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަނީ އެމީހާ މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމުން މުޖުތަމައަށް ގެއްލުން ވާނެކަމަށް ޕީޖީއިން ބުނާތީ އެވެ.      ކުށް ކުރި މީހާ ކުރި ކުށާއި އެކުށުގެ ބާވަތަށް ބެއްލެވުމެއް ނެތި ފަނޑިޔާރު ކުށްކުރި ފަރާތް ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް އަމުރު ކުރައްވަނީ ޕީޖީގެ ފަރާތުން ކަނޑައަޅާފައި ހުންނަ ވަކީލު ވިދާޅުވާތީއެވެ.     ކަން މިހެން ހުރިނަމަވެސް ކުށްކުރި ފަރާތް ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމުން ޖަމާޢަތަށް ލިބޭ ގެއްލުން މާ […]

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކޮށް ދޭ ޑިޓޮކްސް ސެންޓަރުގެ ފަރުވާ ރަނގަޅެއް ނޫން

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވާން ބޭނުންވާ ޒުވާނުން އަމިއްލައަށް އެދިގެން ޑިޓޮކްސް ސެންޓަރަށް ދިއުމުން ފަރުވާ ފުރިހަމަ ނުވަނީސް ބޭރު ކޮށްލާ ކަމަށް ޒުވާނަކު ބުނެފިއެވެ. މިގޮތުން ޑިޓޮކްސް ސެންޓަރުން ފަރުވާހޯދަން އަމިއްލަ އަށް އެދިގެން ދިޔަ ޒުވާނަކު ބުނިގޮތުގައި އެތަކެއް އަހަރުވަންދެން މަސްތުވާތަކެތި ބޭނުން ކޮށް އެ ވަބާއިން ސަލާމަތް ނުވެވިގެން ޑިޓޮކްސް ފަރުވާ ދިޔަ މިޒުވާނާ އަށް ހިންމަފުށީގެ ޑިޓޮކްސް ސެންޓްތަރުން ދޭފަރުވާ ރަނގަޅުނޫން ކަމަށެވެ. 14 ދުވަހުން ސިކްގެ އަލާމާތައް ރަނގަޅު ނުވަނީސް އަނބުރާ […]

  ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ ކަންބޮޑުވޭ

    ރާއްޖޭގެ އިގްތިޞާދު ރަނގަޅު ވަމުން ދެޔެ ވިދާޅުވިނަމަވެސް ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވަމުން އަންނަތަނެއް ނުފެނެއެވެ.ބާޒާރުގެ ތަކެތީގެ އަގުތަކާއި ކާބޯތަކެތީގެ އަގުވެސް އަންނަނީ ދުވަހަށް ދުވަހަކަށް އުފުލެމުންނެވެ.     ތަކެތީގެ އަގު ބޮޑުވަމުން ދާތީ ދަންނަ ވިޔާފާރިވެރިޔަކާ ދިމާވެގެން ޝަކުވާ ކުރީމެވެ. އޭނާ ބުންޏެވެ. ރާއްޖޭގައި މިވަނީ ސަރުކާރާއި ބޭންކުތަކާއި ޑޮލަރުގެ ޢާމްދަނީލިބެ ވިޔާފާރިވެރީންވެގެން ޑޮލަރުގެ ކަޅުބާޒާރެއް އުފައްދާފައެވެ. ޑޮލަރު އޭޓީއެމް އިން ޑޮލަރު ކޭޝްނަގައިގެން ފުލުސްމީހާ ކުރިމަތީގައި ވަރުގު ރޭޓްގައި ބޭންކް ކުރިމަތީ ވިއްކަމުންދާ އިރުވެސް ފުލުސްމީހާވެސް ތަށަށް ކިޔަނީ […]

އައިޑީ ކާޑު ހެއްދުމަށް އުނދަގޫކުރިމަތި ކުރުވަނީ ކީއްވެ

     ޑީއެންއާރުން މިހާރު އައިޑީ ކާޑު ހެއްދުމަކީ ވަރަށްބޮދު ތަކުލީފަކަށް ވެއްޖެއެވެ.      އައިޑީ ކާޑަށް އެދޭ ފޯމް ނަގަން ޖެހެނީ އޮންލައިން ކޮށެވެ. ފޯމު ހުށަހަޅަން ޖެހެހެނީ އޮންލައިން ކޮށެވެ. ފޯމް ހުށަހެޅުމުން ފައިސާދައްކަން ލިބޭ ލިންކަށް ނޫން ގޮތަކަށް ފައިސާ ދެއަކޭނެ އެހެން ގޮތެއް ނުއޮވެއެވެ.      ރާއްޖޭގެ ރައްޔިތުންގެ އެވްރެޖެ ތަޢުލީމީ ފެންވަރާއި އިންޓަނެޓްގެ ޒަރީޢާއިން އޮން ލައިން ކޮށް އައިޑީ ކާޑު ހެއްދުމަށް ރައްޔިތުމީހާ އުފުލަންޖެހޭ ތަކުލީފުތަކާއި އުފުލަން ޖެހޭ ބުރަމައްކަތް ސަރުކާރުގެ […]

 މާލޭގެ މަގުތަކުގަި ފެންބޮޑުވިޔަ ނުދިނުމަށް ކުރާމަސައްކަތުގެ ނަތީޖާ  ޒީރޯ

މާލޭގެ ބައެއް ސަރަޙައްދު ތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަކީ 1965 ވަނައަހަރުންފެށިގެން އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލުނުކުރެވުނު ކަމެކެވެ.      މާލޭގެ ޒަމާންވީ މުސްކުޅިއަކު ބުންޏެވެ. އަހުރެމެން ހޭލީއްސުރެ މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ ގިނަ ސަރަޙައްދު ތަކުގައި ފެންބޮޑުވެއެވެ.     ކަން މިހެން ހުރުމާއި އެކު ފޮނިކަނޑާފަ އަންނަ ކޮންމެސަރުކާރަކުން ވެސް މިކަން ޙައްލުކުރާނެ ކަމަށްބުނެއެވެ. އެކަމަށް ބޭނުން ނުވާވަރުގެ ބޮޑު ބަޖެޓެއް ހޯދައެވެ. ނަމަވެސް ސަރުކާރުތައް ބަދަލުވެ ދަނީ މިކަން ހައްލު ނުކޮށެވެ.  އެހެން ކަމުން މާލޭގެ […]

ހޮސްޕިޓަލް ތަކުން ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަކީ މުޞީބާތެއް

ސަރުކާރުގެ ހަސްފަތާލު ތަކުން ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމަކީ މުޞީބާތެއް ފަދަ ކަމެކެވެ. ކުރިން ކިއޫގައިޖެހިގެން ޚާއްޞަޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓް ހެއްދި ދުވަސްވަރަށްވުރެ ޓެކްނޯލޮޖީގެ ރޮގުން ކުރިއަރާފައިވާ މި ދުވަސްވަރު ފޯނުކޮށްގެން އެޕޮއިންޓްމެންޓް ހެދޭގޮތަށް ނިޒާމު ބަދަލު ވެފައި ވީނަމަވެސް ކިޔޫގައި ތިން ހަތަރުމަސް ވަންދެން ތިބެގެން ނޫނީ ޚާއްޞަ ޑޮކްޓަރަކަށް ދެއްކޭނެ ގޮތެއް ނުވެއެވެ.  މިމައްސަލަ އަކީ ހައްލު ނުވި މައްސަލައެކެވެ. ރައްޔަަތުންގެ ވަރަށް ގިނަ ޝަކުވާތަކެއް މިއުނދަގުލާއި ހެދި ހެލްތް މިނިސްޓަރާއި ހަމަޔަށްވެސް ތަކުރާރުކޮށް ވަނީ ފޮނުވިފައެވެ. އެޕޮއިންޓްމެންޓް ނޯޓު […]