ހުޅުމާލެއިން ފުލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފުލެޓް ތަކަށް ކުލިނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ!

Loading

Facebook
Twitter
WhatsApp


      ހުޅުމާލެސިޓީއިން ފުލެޓް ލިބިފައިވާ ފަރާތް ތަކުގެ ތެރެއިން ފުލެޓްތަކަށް ކުލިނުދައްކާ ފަރާތްތައް އެ ފުލެޓްތަކުން ނެރުމުގެ މަޝްވަރާތައް ކުރަމުން ދާކަމުގެ މަޢުލޫމާތު ލިބެމުން އެބަދެއެވެ.

ޚަބަރު ލިބޭ ގޮތުގައި ކުލިނުދައްކާ ފަރާތްތަކުގެ މައްޗަށް މާ ދުރުނޫންމުސްތަގުބަލެއްގައި ދަޢުވާ އުފުލާނޭކަމަށް ބެލެވެއެވެ.

    ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢު ތަކުގެ ތެރޭގައި ފުރަތަމަ މަޝްރޫޢުގައި ހިމެނެނީ 3ކޮޓަރީގެ ފުލެޓާއި 4 ކޮޓަރީގެ ފުލެޓެވެ. މީގެ ތެރޭގައި ހިމެނޭ 3ކޮޓަރީގެ ފުލެޓެއްގެ ކުއްޔަކީ 3500ރުފިޔާކަމަށް ބުނެފައިވެއެވެ.

4 ކޮޓަރީގެ ފުލެޓަކަށް ނަގަނީ 4500 ރުފިޔާކަމަށް މަޢުލޫމާތު ލިބެއެވެ. ހުޅުމާލެސިޓީއިން މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ނެތްފަރާތްތަކަށް ފުލެޓް ދިނުމަށް ހިންގިފައިފައިވާ ދެވަނަމަޝްރޫޢާއި 3ވަނަ މަޝްރޫޢުގައި ހިމެނެނީ 3 ކޮޓަރީގެ ފުލެޓެވެ. މިފުލެތަކުގެ ކުއްޔަކީ  6999 ރުފިޔާއެވެ.

    ބޯހިޔާވަހިކަން ނެތް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހިންގުނު 4 ވަނަ މަޝްރޫޢަކީ ހިޔާ މަޝްރޫއެވެ. މި މަޝްރޫޢުގެ ދަށުން އަޅާދީފައިވަނީ މުޅިންވެސް ދެކޮޓަރީގެ ފުލެޓެވެ.

    ހިޔާ މަޝްރޫގެ ދަށުން އަޅާދީފައިވާ 2 ކޮޓަރީގެ ފުލެޓެއްގެ ކުށްޔަކީ 8500 ރުފިޔާ ކަމުގައި މިސަރުކާރުންވަނީ ނިންމާފައެވެ.

     ރާއްޖޭގެ އިގްތިޞާދީ ދުވެލި އަންނަނީ ދުވަހެއް ދުވަހެއް ބާރުވަމުން ކަމަށް ބުނަމުން ދެއެވެ. ކަންމިހެން ހުރިނަމަވެސް މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމެއް  ނެތުމުގެ ސަބަބުން އެއް ގެއިން އަނެެއްގެއަށް ދުވަން ޖެހިފައިވާ ނިކަމެތި ރައްޔިތުމީހާގެ ޖީބަށް ވަނީ ހައްތާ ބަރެވެ. ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހި ފްލެޓްގެ ކުލި ނުދެއްކި ރައްޔިތުމީހާ ދަރާ ވިކޭ ހިސާބުން މިހާރު މިއަންނަނީ ފުލެޓުން ނެރޭނެ ކަމުގެ ހިތާމަ ވެރި އިންޒާރެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ޢާއިލާގޮވައިގެން މަގުމަތީގައި ބަނޑަހަ ޖަހަންވީބައޭ ހިތައްއަރައެވެ.

    ކަންމިހެން ހުރިއިރު މިސަރުކާރުގެ ރައީސް ވިދާޅުވެފައި ވަނީ ފުލެޓް ކުލި ނުދެއްކިގެން ރައްޔިތުމީހާ ފުލެޓުން ނެރެ އެއްލާނުލާނޭ ކަމަށާއި ފުލެޓް ކުލި ދެއްކޭނެފަދަ ތަނަވަސްކަން ނެތް ފަރާތްތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދެއްވާނޭ ކަމުގައެވެ.

    މީ ރާއްޖޭގެ ރައީސް ވިދާޅުވި އިތުރުފުޅަކަށް ނުވާނޭ ކަމަށް އެތައް ބަޔަކު ތިބެނީ އަދިވެސް ޔަގީން ކޮށްގެންނެވެ.

     ސުވާލަކީ އެޗްޑީސީގެ ނަންބަދަލުކޮށް އަރބަން ގެ އާ ނަމާއިއެކު އެޗެޑީސީ އިން ގެ ކުރީގެ ނިންމުންތަކަށް ބޮޑެތި ބަދަލެއް ގެނެވެންޖެހޭނެ ބާވައެވެ؟ ރައްޔަތުންގެ ބިންއަތުލައިގެންތިބެ ބޮޑެތި ވިޔާފާރި ކުންފުންޏެއް ހަދައިގެންރައްޔިތު މީހާއާއި އޭނާގެ ޢާއިލާ އެގޮތަށް މަގުމަތި ކޮށްފާނޭ ހެއްޔެވެ.

އެޗްޑީސީ މިހާރު މިވަނީ ރައްޔަތުންނަށް ބޯހިޔާވެހިކަން ދިނުމުގެ ބަދަލުގައި ބޮޑުމަންފާ ހޯދޭނެ ވިޔާފާރި ކުންފުންޏެކެވެ. އެހެންނަމަވެސް އެކުންފުންޏާއި އެކު ރައްޔިތުމީވެފައިވާ އެެއްބަސްވުން އެކުންފުނިން ދަމަހައްޓާން ވާނެތާއެވެ!

  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް