މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކޮށް ދޭ ޑިޓޮކްސް ސެންޓަރުގެ ފަރުވާ ރަނގަޅެއް ނޫން

Loading

Facebook
Twitter
WhatsApp

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވާން ބޭނުންވާ ޒުވާނުން އަމިއްލައަށް އެދިގެން ޑިޓޮކްސް ސެންޓަރަށް ދިއުމުން ފަރުވާ ފުރިހަމަ ނުވަނީސް ބޭރު ކޮށްލާ ކަމަށް ޒުވާނަކު ބުނެފިއެވެ.

މިގޮތުން ޑިޓޮކްސް ސެންޓަރުން ފަރުވާހޯދަން އަމިއްލަ އަށް އެދިގެން ދިޔަ ޒުވާނަކު ބުނިގޮތުގައި އެތަކެއް އަހަރުވަންދެން މަސްތުވާތަކެތި ބޭނުން ކޮށް އެ ވަބާއިން ސަލާމަތް ނުވެވިގެން ޑިޓޮކްސް ފަރުވާ ދިޔަ މިޒުވާނާ އަށް ހިންމަފުށީގެ ޑިޓޮކްސް ސެންޓްތަރުން ދޭފަރުވާ ރަނގަޅުނޫން ކަމަށެވެ.

14 ދުވަހުން ސިކްގެ އަލާމާތައް ރަނގަޅު ނުވަނީސް އަނބުރާ ފޮނުވާލި ކަމަށެވެ. ޑިޓޮކްސް ސެންޓަރުން ފަރުވާދެނީ 7 ދުވަހު ކަމަށާއި އަނެއް 7 ދުވަހު އެޒުވާމާއާއި އަޅާވެސް ނުލާކަމަށް އޭނާ ބުންޏެވެ.

   އަނެއްކޮޅުން އެ ސެންޓަރުގެ ހެޑް ޝިފާނާއަކީ އަމިއްލައަށް ކަންކަން ބައްލަވާ ބޭކަނބަލެއް ނޫން ކަމަށާއި އެތަނަށް ފަރުވާ ހޯދަންދާ ޒުވާނުންގެ ޙާލަތު ބައްލަވާ ބޭފުޅެއްވެސް ނޫން ކަމަށެވެ. 25 އަހަރުގެ ޖަލުހުކުމެއްގައި ހުރި އެސެންޓަރުގެ އިންޓެކް ގެ ކަންކަން ބަލަހައްޓާ މުވައްޒަފެއް ކަމުގައިވާ ސަނާ ބުނާ ކޮންމެ ވާހަކައެއް ޝިފާނާ ގަބޫލު ކޮށް ޒުވާނުންގެ ފަރުވާ ފުރިހަމަ ނުވަނީސް ސެންޓަރުން ބޭރުކޮށްލާ ކަމަށެވެ. 

ފަރުވާހޯދި ޒުވާނަކު ބުނި ގޮތުގައި 7 ދުވަހަށް ބޭސް ދިނުމަށްފަހު އަނެއް ހަތްދުވަހު އެއްވެސް ފަރުވާއެއް ނުދެއެވެ. އަދި ދުވާލު ކެއުމުގެ ފުރުޞަތު ދެނީ ފުރަތަމަ އެ ސެންޓަރަށް ޖޮއިންވާތާ 7 ދުވަހު ކަމަށާއި އަނެއް ހަތްދުވަހު ބަލިރަނޅު ނުވިޔަސް ކާން ނުދޭ ކަމަށާއި ސިއްރުންވެސް ޒުވާނަކު ދުވާލު ކައިފިނަމަ އެއީ ބޮޑުކަމަކަށް ހަދާ އެޒުވާނާ މުޖުތަމައަށް ބަދަލު ކޮށްލާ ކަމަށެވެ. 

ޑިޓޮކްސް ސެންޓަރެއްގެ ހެޑަކަށް އިންނަވާ ބޭކަނބަލަށް މިފަދަ ޒުވާނުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެގެން ޖެހޭ ކަމަށާއި މަސްތުވާތަކެތި ޒަމާންތަކެއް ވަންދެން ބޭނުންކުރާ ޒުވާނުން އަމިއްލައަށް ރަނގަޅުވާން ބޭނުންވިޔަސް އެ ޒުވާނުންގެ ޙާލަތު އެނގޭވަރުގެ ތަޖްރިބާ ޑިޓޮކްސް ސެންޓަރުގެ ހެޑެއަގެ ކިބައިގާ ހުންނާން ޖެހޭނެކަމަށެ ދެކެމެވެ.

މީގެ އިތުރުން އެސެންޓަރުގައި ތިބޭ ޒުވާނުން ފެންވަރަނީ ކުނިފެނުން ކަމަށާއި މިފަދަ ތަޙުޒީބީ ޒަމާނެއްގައި ފަރުވާހޯދާ ޒުވާނުން ކުނި ފެނުން ފެންވެރުވުމަކީ ނާތަހުޒީބީ ގޮތެއް ކަމުގައި ކަމަށްވެސް އެޒުވާނާބުނެއެވެ.

ޑިޓޮކްސްއިން ފަރުވާ ދެނީ 21ދުވަސް ވަންދެނެވެ. އެހެނަސް އެއްމަސް ދުވަހުތިބެވޭ ކަމަށް ވެއެވެ. އެތާގައި 14 ދުވަސް ވުމުން އެބުރި ގެއަށް ދާން ބޭނުންވާ ކުދީންތިބިތޯ ބަލާސިޓީ ލިއުއްވަން އަންނަ ކަމަށް ވެސް ސެންޓަރުން އައި ޒުވާނާ ބުންޏެވެ. 

މަސްތުވާ ތަކެތި ބޭނުންކޮށް އެއިން ސަލާމަތް ނުވެވިގެން އުޅޭ ޒުވާނުންކުރާ ކަންކަމާ ޙާލަތު ފަރުވާދޭ ސެންޓާރުގެ ހެޑަކަށް ކޮންމެހެން އެގެން ޖެހޭނެއެވެ. މިފަދަ މަގާމެއް ފުރުއްވާ ކަނބަލެއްގެ ކިބައިގާ އޯގާވެރިކަމާއި ހިތްހެޔޮ ކަމާ މުރުއްވަތްތެރި ކަމުގެ ސިފަ ވެސްހުންނާން ޖެހޭނެއެވެ.

މިފަދަ ކަންކަމީ ޒިންމާދާރު ވެރީންނަށް ވަރަށް ފަސޭހައިން ރަނގަޅުކޮށްލެވޭނޭ ކަންކަމެވެ.

Loading

2 Responses

  1. ގިނަމީހުން ވަޒީފާގައި އުޅޭނީ ބޮޑޭހެދެންވެގެންނެވެ. އެއީ މައްސަލަޔަކީ. އެހެޔޮމަގުމަތީ ފެންފޯއްރުށް ކަނޑަން އުޅުނު މީހެއްނަމަވެސް. ކޮންެމެވެސް ޕާޓީ ސްލޮޓެއްގައި އެ ސޮހޮލަށް ނައިބު މިނިސްޓަރުކަމެއް ނުވަތަ ސަރުކާރުގެ ވަޒީފާއެއް ލިބިއްޖެއްޔާ ދެން ފާޓްފުޅާވެގެން އެ ސަރަޙައްދުގެ އެންމެނަށް ބޮޑޭ ހެދިގެން ދެއްކެން އުޅޭނީ. ހަމަ ފެންވަރު ދަށީއެވެ.

  2. ފުރަތަމަކަމަކައް ކަލޭމެން (ނޫސްވެރިން) ޒިންމާދާރުކަމާއި އެކު ހަޤީގަތް ހޯދާ ޙަބަރުތައް ލިޔެބަލަ. 2 ކުއްޖެއްގެ ވާހަކަ އަސްލަކައް ހަދައި ހަޤީގަތް ރަތްޔިތުންނައް ތިއޮޅުވާލަނީ..
    ޟިފާނާއަކީ އެތައް ޒަމާނެއް ވަންދެއް ތިސެންޓަރުގެ އިސްމަގާމުތައް ފުރުއްވާފަ ހުރި ކުދިންގެ އިޙްސާސްތައް ދަންނަ ކިޔަވައިގެންހުރި ހަރުދަނާ ކަނބަލެއް.. އެކި ސަރުކާރުތަކުގަ އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލާ ތިކަމައް ރާއްޖޭގަ ހުރި ޤާބިލު ކަނބަލެއް.. އެކި ދުވަސްވަރު ހެދިފަހުންނަނީ އެކި ޤަވައިދު. މިހާރު 30 ދުވަހު ބަހައްޓާނެ. ކުއްޖަކު އަމިއްލައައް ދާން ބޭނުންވީއްޔާ ދެވޭނީ.. ބޭސްދެނީ ކުރިންވެސް ދޭފަދައިން ޑޮކްޓަރުން ބޭނުންވާ ދުވަހަކައް.. އިތުރައް ދިމާވާކަމަކައް ބޭސްދޭނެ.. އަޅުގަނޑުމެން ފަރުވާހޯދަންދިޔަ ވަރައްގިނަކުދިންނާ އިންޓަވިޔު ކުރިން.. %90 ކިދިންނައް ޟިފާނާ ވަރައް ރަނގަޅު. ޟިފާނާއަކީ މިސަރުކާރުން ވަޒީފާ ދީފަހުރި ކަނބަލެއްނޫން.
    މިސަރުކާރާއި މާބޮޑައް ޒާތީ ވެވިފަހުންނާތީ ވާގޮތެއްކަމައްވެސް ވެދާނެތާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް