ޓެސެއިރާގެ މަގްސަދަކީ ވިހާވެސް ގިން ބަޔަކު މަރާލުން – އެމެރިކާ

ޕެންޓަގަންގެ ސިއްރު ލިއެކުއުންތަކެއް ލީކް ކޮށްލި މައްސަލައިގެ ތުޙުމަތުގައި ހައްޔަރު ކުރެވިފައިވާ އެމެރިކާގެ އެއަރފޯސްގެ ޖެކް ޓެސެއިރާގެ މަގްސަދަކަށް ވެފާއޮތީ ވީހާވެސް ގިނަ ބަޔަކު މަރާލުން ކަމަށެވެ. އަދި ރަޝިޔާގެ މިލިޓްރީގެ ޝަރަފްވެރި ނިޝާންތަކުން އޭނާދިރިއުޅޭ ކޮޓަރި ޒީނަތްތެރި ކޮށްފައިވާ ކަމުގައި ކޯޓަށް ހުށައަޅާފައިވާ ލިއުންތަކުގައި ބުނެފާ ވެއެވެ. ޖެކް ޓެސެއިރާ ހައްޔަރުކުރެވުނީ ޕެންޓަގަންގައި ހުރި ޔޫކްރެއިން ހަނގުރާމަ އާއި އަދި ބައިނަލް އަގްވާމީ ގުޅުންތަކާބެހޭ ސިއްރު ލިއުންތަކެއް ޑިސްކޯރޑް ޕްލެޓްފޯމަށް ލީކުކޮށްލުމުގެ ތުޙުމަތުގައެވެ. ކޯޓަށް ހުށަހަޅާފައިވާ ލިއުންތަކުން އެނގިފައިވާ ކަމަށް ރޮއިޓާސް އިން ބުނަނީ ޖެކް ޓެސެއިރާ އަކީ […]

އެމެރިކާ ރަކިކޮށްލާފާ އެމިރޭޓްސްގައި ޗައިނާގެ މިލިޓްރީބޭސްއެއް

އެމެރިކާއިން ލީކުވެގެން އުޅޭ ލިއެކިއުންތަކުން އެނގިފައިވާ ގޮތުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ޗައިނާގެ މިލިޓްރީބޭސްއެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.  އެ ލިއެކިއުން ތަކުގައި ބުނެފައި ވާގޮތުން ކުރިއްސުރެން ކުރެވެމުން ދިޔަ އެމަސައްކަތަށް 2021 ވަނަ އަހަރު އެމެރިކާއިން ކުރިމަތި ކުރަމުން ގެންދިޔަފިއްތުން ތަކާއިހުރެ އެމިރޭޓްސް އިން އެކަން ހުއްޓުވާލިއެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް އެމަސައްކަތް ފެށިގެން ކުރިއަށް އެބަގެންދާ ކަމަށް ބުނެފައިވެއެވެ. ވޯޝިންގްޓަން ޕޯސްޓުން ބުނެފައިވަނީ އެ މިލިޓްރީ ބޭސް ޢިމާރާތް ކުރެވެމުންދަނީ އަބޫދާބީގެ ރަށްބޭރުގައި ކަމަށާއި މިއީ އެމެރިކާ ރަކިކޮށްލުން ކަހަލަ ފިޔަވަޅެއް ކަމަށެވެ. އަދި […]

ޗާގޯސް މައްސަލައިގައި ރައީސް ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީ ބާތިލުކުރަން ސްޕްރީމް ކޯޓަށް

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ގަބޫލުކުރައްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ބާތިލުކޮށްދިނުމަށް އެދި ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފިއެވެ. ރައީސްގެ ސިޓީ ބާތިލުކުރަން ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި މުޙައްމަދު މުސްތާގު އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަޙްމަދުމަނިކުގެ ފަރާތުންނެވެ. މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ގަބޫލުކުރައްވައި ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވީ މިދިޔަ އަހަރުގެ އޮގަސްޓު […]

ފުލުހުންގެ ލޯތައް ހުޅުވަންވީ ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް: ރައީސް

ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ދެއްވައިފިއެވެ.  ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި ކުށަކީ އިމްޕޯޓްކޮށް އަދި އެކްސްޕޯޓް ވެސް ކުރެވޭ އެއްޗެއް ކަމަށާއި އެއް ގައުމެއްގައި ހުރެގެން މާ ދުރުގައި އޮންނަ އެހެން […]

ވަގުތު ނެގިޔަސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަކުރަންޖެހޭ: ރައީސް

ވަގުތު ނެގިޔަސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަކުރުމަކީ އަދުލު އިންސަފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ފުލުހުންގެ ތެރޭގައި ވަރަށް ތައުލީމީ އަދި ވަރަށް ތަޖުރިބާކާރު ފުލުހުން މިހާރު ވެސް އެބަ ތިއްބެވި ކަމަށާއި ތަހުގީގުތައް މިހާރު ކުރިއަށް އެ ގެންދަނީޒަމާނީ ޓެކްނޮލޮޖީއާއި އެ ބޭފުޅުންގެ ތައުލީމާއި ތަޖުރިބާގެ އަލީގައި […]

ލޯންޗު އެކްސިޑެންޓްގައި ނިޔާވީ ސަސްއީގެ ވެރިޔާ

މިއަދު ހިނގި ލޯންޗު އެކްސިޑެންޓްގައި ނިޔާވީ ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިއެއްކަން އެނގިއްޖެއެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެކްސިޑެންޓް ހިނގީ ސަސް ސްޕީޑް ނަމަކަށް ކިޔާ ގަލްފް ކްރާފްޓް ލޯންޗަކާއި އެމްޑަބްލިޔުއެސްސީގެ ލޯންޗެއް ޖެހިގެންނެވެ. ފުލުހުން ވިދާޅުވީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ހިނގި  އެކްސިޑެންޓްގައި ނިޔާވީ 53 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވީ ސަސްއީ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު ސަޢުދުﷲ އަޙްމަދެވެ.  […]

ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ދެ ލޯންޗެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގީ ސަސް ސްޕީޑް ނަމަކަށް ކިޔާ ގަލްފް ކްރާފްޓް ލޯންޗަކާއި އެމްޑަބްލިޔުއެސްސީގެ ލޯންޗެއް ޖެހިގެންނެވެ. ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައިވަނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު ލިބުނީ މިއަދު 16:42 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި 53 އަހަރުގެ މީހަކަށް އަނިޔާވެގެން އޭޑީކޭ  ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް އެ […]

ގަމުގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ލ.ގަމުގައި މިއަދު އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ގަމު މުކުރިމަގު އަވަށު ސައީދާމަންޒިލް އުމުރުން 68 އަހަރުގެ އަޙްމަދު މުޙައްމަދެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު މޫދަށް ދިޔަ ގޮތަށް ޚަބަރެއް ނުވުމުން ހޯދަމުން ގޮސް ބެލިއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ގޮނޑުދޮށަށް ލައްވެފައި އޮއްވައި ފެނުނުއިރު ވެސް އޮތީ މަރުވެފައެވެ. މަރުވެފައި އޮއްވާ ފެނުނީ މިއަދު 13:00 ހާއިރުއެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު […]

ޢަދުލު އިންސާފް އާއި މެދު ރައްޔިތުންގެ ސުވާލުތައް އިތުރުވެއްޖެ

އަދުލު އިންސާފު ގާއިމުކުރުމަކީ މުޖުތަމާއެއްގެ ހަމަޖެހުމާއި ކާމިޔާބީގެ އަސާސް ކަމުގައި ނުވެ ނުދާނެއެވެ. ނަބަވީ ސީރަތުންވެސް ތަކުރާރުކޮށް އަޑުއަހައިފީމުއެވެ. އަޅުގަނޑުމެންގެ ޢިލްމުވެރިންގެ ވާހަކަ ފުޅުން ތަކުންވެސްއެނގޭ ގޮތުގައި ޢަދުލު އިންސާފު ގާއިމް ނުކުރުމަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެއެވެ.  ހަމައެފަދައިން ގައުމުގެ ވަލިއްޔުލް އަމްރަކަށް ރައްޔިތުން އިޚްތިޔާރުކޮށްފައި ހުންނަ ބޭފުޅަކަށް އެކަމުގައި އިހްމާލު ވެވޭނެ ގޮތެއްވެސް ނޯންނާނެއެވެ. ފަނޑިޔާރަކަށް ވަޒީފާ ދީފައި ގެޔަށްގޮސް ނިދާކަށް ނޯވެވޭނެއެވެ. ނުވަތަ ކޮންމެ ޙަފްލާއަކަށް މީހާއާއި ނުބައްދަލު ސްޕީޗެއް ދީފާ ބޮޑުވަރިހަމަވުމަކުންވެސް ފުއްދައެއް ނުލެވޭނެއެވެ. ހުރިހާ މަގާމެއްގައި ހުރިހާ ޙާލަތެއްގައިވެސް އަދުލު […]

ތުރުކީއާއި ރަޝިޔާ އަދި އީރާނާއި ސީރިޔާގެ ވާހަކަތަކުގެ މިސްރާބު ރަނގަޅު

އެތައް އަހަރެއްގެ ރުޅިވެރިކަމާއި ދުޝްމަނީ އަށްފަހު ސީރިޔާއާއި ތުރުކީ އެއްގަލަކަށް އެރުވުމަށްޓަކައި ސުރުޚީގައިވާ ހަތަރު ގައުމުގެ ދިފާޢީ ވަޒީރުންނާއި ޖާސުސީ އިދާރާތަކުގެ ވެރިންގެ މެދުގައި ދެކެވެމުންދާ ވާހަކަތައް ދަނީ ރަނގަޅު މިސްރާބަށް ކަމުގައި އަންކާރާއާއި މޮސްކޯއިން ހާމަކޮށްފިއެވެ. ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގައި ފާއިތުވެގެންމިދާ 12 ވަރަކަށް އަހަރުގެ ތެރޭގައި ސީރިޔާގައި ކުރެވެމުންދިޔަ ދާޚިލީ ހަނގުރާމާގައި އަންކާރާގެ ރުހުން އޮތީ އިދިކޮޅު ހަނގުރާމަ ވެރިންނަށެވެ. މޮސްކޯގެ ތާއީދު އޮތީ ބައްޝާރުލް އަސަދަށެވެ. މޮސްކޯއިން މިހާރު އަސަދަށް މަޝްވަރާ ދަންނަވަމުން ގެންދަވަނީ ހަނގުރާމަ ހުއްޓާލުމަށާއި ސުލްޙައިގެ […]