ޓެސެއިރާގެ މަގްސަދަކީ ވިހާވެސް ގިން ބަޔަކު މަރާލުން - އެމެރިކާ

Loading

Facebook
Twitter
WhatsApp


ޕެންޓަގަންގެ ސިއްރު ލިއެކުއުންތަކެއް ލީކް ކޮށްލި މައްސަލައިގެ ތުޙުމަތުގައި ހައްޔަރު ކުރެވިފައިވާ އެމެރިކާގެ އެއަރފޯސްގެ ޖެކް ޓެސެއިރާގެ މަގްސަދަކަށް ވެފާއޮތީ ވީހާވެސް ގިނަ ބަޔަކު މަރާލުން ކަމަށެވެ.

އަދި ރަޝިޔާގެ މިލިޓްރީގެ ޝަރަފްވެރި ނިޝާންތަކުން އޭނާދިރިއުޅޭ ކޮޓަރި ޒީނަތްތެރި ކޮށްފައިވާ ކަމުގައި ކޯޓަށް ހުށައަޅާފައިވާ ލިއުންތަކުގައި ބުނެފާ ވެއެވެ.

ޖެކް ޓެސެއިރާ ހައްޔަރުކުރެވުނީ ޕެންޓަގަންގައި ހުރި ޔޫކްރެއިން ހަނގުރާމަ އާއި އަދި ބައިނަލް އަގްވާމީ ގުޅުންތަކާބެހޭ ސިއްރު ލިއުންތަކެއް ޑިސްކޯރޑް ޕްލެޓްފޯމަށް ލީކުކޮށްލުމުގެ ތުޙުމަތުގައެވެ.

ކޯޓަށް ހުށަހަޅާފައިވާ ލިއުންތަކުން އެނގިފައިވާ ކަމަށް ރޮއިޓާސް އިން ބުނަނީ ޖެކް ޓެސެއިރާ އަކީ އާންމު ގޮތެއްގައިވެސް މީހުންގެ މެދުގައި ބިރުވެރިކަންއުފެއްދުމަށާއި ވީހާވެސް ގިނައިން މީހުންމެރުމަށް ގޮވަމުންދާ މީހެއް ކަމަށެވެ.ތަޙްގީގަށް ބަންދުކުރެވިފާ ޓެސެއިރާ އަށް 25 އަހަރު ދުވަހަށްވުރެން ދިގު ޖަލު ޙުކުމެއް ލިބިދިނުމަށް ސަރުކާރުގެ ވަކީލުން އެދެއެވެ. އަދި އޭނާއަކީ އެމެރިކާއަށް ހުރި ނުރައްކަލެއް ކަމަށާއި އެމެރިކާއާއި ދެކޮޅު ކޮންމެވެސް ގައުމަކުން އޭނާ ފިލައިގެން ދިއުމުގެ ފުރުސަތު ފަހިކޮށްދީފާނެ ކަމުގެ ބިރު އޮތްކަމަށްވެސް ސަރުކާރުގެ ވަކީލުން ހާމަކޮށްފައިވެއެވެ.                                                            

ޓެސެއިރާ ލީކުކޮށްލި ހުރިހާ ލިއެކިއުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭގެ ތެރެއިން ބައެއް ލިއެކިއުންތަކަކީ އެ ލިޔެކިއުންތައް އާންމު ވެއްޖަނަމަ އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑެތި ނުރައްކާ ކުރިމަތިވެދާނެ ލިއެކިއުންތަކެއް ކަމަށް ބުނެފާވެއެވެ.                                                  

ޚަބަރު ބުނާގޮތުގައި ކޯޓަށް ހުށައަޅާފައިވާ ޓެސެއިރާގެ ނިދާކޮޓަރީގެ ބައެއް ފޮޓޯތަކަކީ ވެސް ވަރަށް ހައިރާން ކުރުވަނިވި ފޮޓޯތަކެކެވެ. އޭގެތެރޭގައި ނިވާކޮށްފައިވާ ވޯލްޕޭޕަރާއި އަދި އެއްފާރުގައި ދަމާފައިވާ ފޮތިގަނޑާއި އޭނާގެ ނޯޓިސްބޯޑުގައި ރަޝިޔާގެ ސިފައިންގެ ނިޝާން ބަހައްޓާފައި ހުރުމާއި އިންސާނުންގެ ސިފަކުރަހާފައި އެއަށް ބަޑީގެ އުންޑަ އަރާފައި ހުރިގޮތަށް ލޯވަޅު އަޅާފައި ހުރުން ހިމެނެއެވެ. 

އެފް.ބީ.އައި ގެ އޭޖެންޓުން އެކޮޓަރިން ހޯދި އެހެން އެއްޗެހި ތަކުގެ ތެރޭގައި އޭ ކޭ 47 ގެ ބަޑިއާއި އެކިވައްތަރުގެ ފިސްތޯލަ އާއި ހަތިޔާރާއި ގޭސް މާސްކާއިސައިލެންސަރުވެސް ހިމެނޭކަމަށެވެ. 

އެމެރިކާގެ އެއަރފޯސްގެ ވަރުގަދަ ސެކިއުރިޓީގެ ތެރެއިން ދެމިގަނެގެން އޭނާއަށް އެއަރފޯސްގެ ވަޒީފާއަށް އާދެވިފައިވާ ގޮތަކާއި ދެތޭރޭ އެފް ބީ އައި އިންވެސް ޙައިރާން ވެއެވެ. 

ގިނަމީހުން އެއްވެފާއޮތް ތަނަކަށް ގޮސް ބަޑިޖަހާ ގަތުލު ޢާންމެއް ހިންގައިގިނަމީހުންތަކެއް މަރާލަން ބޭނުން ކުރަން އެންމެރަނގަޅުވާނީ ކޮންކަހަލަ އެއްގަމުގައި ދުއްވާ އެޅަދެއްތޯ މިއަހަރު ފެބްރުއަރީމަހުގެ ތެރޭގައިވެސް އުޅަނދުފަހަރު ގެންގުޅޭ ބަޔަކުކުރެން މަޢުލޫމާތު އޮޅުންފިލުވާފައިވާ ކަމަށާއި އަދި އެސެސިނޭޝަން ޕްލޮޓަކަށް ބޭނުންކުރަން އެންމެ ރަނގަޅުވާނީ ކޮންކަހަލަ އުޅަނދެއްތޯވެސް އޮޅުންފިލުވަން މަސައްކަތްކޮށްފާ ހުރިކަން އެނގިފައިވާ ކަމަށްވެސް ބުނެފާވެއެވެ.

އަދި ހައިސްކޫލް ދައުރުގައިވެސް ހަތިޔާރު ގެންގުޅުމާއި ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދީ ވާހަކަ ދައްކަމުން ގެންދާކަން ފަޅާއަރައިގެން ސްކޫލުން ސަސްޕެންޑްވެސް ކުރަންޖެނު ކަމަށްވެސް އެބަޔާނުގައި ވެއެވެ.                                     

ޓެސެއިރާގެ މައްސަލައާއި ގުޅިގެން އިތުރު ދެ އޮފިސަރަކުވެސްވަނީ ވަގުތީގޮތުން ސަސްޕެންޑް ކޮށްފައިކަމަށް އެއަރފޯސްއިން ފޮކްސް ނިއުސްއަށް މަޢުލޫމާތު ދީފައި ވެއެވެ.                                

Loading

One Response

  1. އަހަރެމެންނަށްވެސް ވާވަރު. ވާނެއެތިވެ ނިމުނީމާ ބަޔާންދޭން މި އެނގެނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް