ކުޑައިރުއްސުރެ އެކުގައި އުޅުނު އެންމެގާތް އެކުވެރިޔާއަށް ބޮޑުތަނުން ޚިޔާނާތެރިވި މީހަކު ވެރިކަމަށް ގެންނަން އުޅުމަކީ އަމިއްލައަށް ދަންޖެހުން 

Loading

Facebook
Twitter
WhatsApp

ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ އެންމެގާތް ކުޑައިރުއްސެ އެކުގައި އުޅުއްވި ރަޙުމަތްތެރިޔާ ޅ.ހިންނަވަރު އިބްރާހިމް މުޙައްމަދު ޞާލިޙަކީ މަކަރާއިޙީލަތުންފުރިގެންވާ އަނިޔާވެރިއެކޭ ދެންނެވިދާނެއެވެ. އިބްރާހިމް މުޙައްމަދު ޞާލިހުގެ އަނބިކަބަލުން ނަކީ މުޙައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ސިއްކަ ފަޒުނާއެވެ.

އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) އަކީ މުޙައްމަދު ނަޝީދު (އަންނި) ގެ ޖިގްރީދޯސްތުއެވެ. ސިޔާސީ ދާއިރާއަށް ލޯހުޅުވާލަ ދެއްވި އެންމެ އިތުބާރުކުރި އިންސާނާއެވެ.

އެއްތަށިން ކައި ބޮއި އުޅުނު ޅިޔަނުވެސް މެއެވެ. އެހެނަމަވެސް ވެރިކަމުގެ ލައްޒަތާއި ޖާހަތުގެ ދަހިވެތި ކަމުގައި ރައީސް އިބޫ އެވަނީ ކާންދިން އަތުގައި ދަތް އަޅާ އެމީހާގެ ކަރަށް ފައިންވެސް އަރާފައެވެ. އިބޫ އަކީ ސިޔާސީ ރޭހުގައި 2018 ވަނައަހަރުގެ ކުރިން ދިވެހިން ދަންނަ ބޭފުޅެއްވެސް ނުމެ ނޫންމެއެވެ. މިއީ ޙަގީގަތެވެ.

    2018ވަނައަހަރު ރާއްޖޭގެ ރިޔާސަތު ތަބަކަކަށް ލައިގެން ގެނެސް އިބޫރައީސުލް ޖުމްހޫރިއްޔާ ކަމުގެ ގޮންޑިކޮޅުގައި ވަޑުވައި ދެއްވި އިންސާނަކީ އަންނި އެވެ. އެމީހާގެ މައްޗަށް ނުބެހެއްޓި ރަޙުމެއް ކުލުނައެއް އެހެން ބައެއްގެ މައްޗަށް ބަހަށްޓާނެ ހެއްޔެވެ. އެމްޑީޕީގެ ސިޔާސަަތް ފެށިގެން އަންނަނީ އަންނި އާއި އެކުގައެވެ. 

    ވެރިކަމުގެ ދައުރުގެ މެދުތެރެއިން މިހާރު ވެރިކަން ކުރަމުން މިދާ ނިޒާމް ބަދަލުކޮށް އަންނި ބޮޑުވަޒީކަމުގެ މަގާމަށް ގެނެސްދެއްވާނޭ ކަމަށް އިބޫ ވަނީ އަންނިގެ އަރިހުގައި ވަޢުދުވެފައެވެ. އިބޫއަަށް މިއީ ދޮގެއްކަމަކަށް ވިދާޅުވެވޭކަން ނޯންނާނެއެވެ.

   އިބޫގެ  ކޯލިޝަނަކީ އަންނި ކަނޑު ފައްތާށާއި  ނިކަމެތިކަން ދެއްވުމަށް އެދި ދުޢާ ކުރާ އެމްޑީޕީގެ ޙަސަދަވެރީން ތަކެކެވެ. ބަޣާވާތަކުން އެމްޑީޕީގެ ވެރިކަން ފުނޑާލި ކޯލިޝަން ޕާޓުނަރުންނެވެ. އެ ޚާއިނުން ބޭނުންކޮށްގެ އެމްޑީޕީގެ ރައީސް އަންނި  ޕާޓީން ބޭރުކޮށްލުމަށް އިބޫ ކަަށިން ހިތްވަރު ނެރުއްވާ އުޅުއްވާތަން ފެނުމުން ކޮސްބޮލަށް ނާރާނެ ޕާޓީ މެމެބަރަކާއި ދިމާވެފައެއް ނެތެވެ.  ވެރިކަމުގެ ދަހިވެތިކަމުގައި ކޮށްފާ ނުކުރާނީ ކޮންކަމެއްބާވައޭ ހިތައް އަރައެވެ.

    ރައްޔިތުން ވިސްނާށެވެ. ކުއްތާވެސް ކާންދޭ އަތުގައި ދަތް ނައަޅައެވެ. ރައްޔިތުން އިތުބާރު ކުރީ އަންނިއަށެވެ. އެކަން އިބޫއަށް ވަރަށް ސާފުކޮށް އެނގޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަށް ކޯލިޝަނަށް ބަހާލާ އެމްޑީޕީ ވުޖޫދުން ފޮހެލުމުގެ ވަގު އެޖެންޑާ ނާކާމިޔާބުކޮށް އަންނި ވަނީ އެމްޑީޕީއަށް މަޖްލީހުގެ މެޖޯރިޓީ އަތުލާދެއްވާފައެވެ. އެދުވަހުވެސް އިބޫ ވަކާލާތު ކުރެއްވީ ބާޣީ ކޯލިޝަންގެ ދިފާގުގައެވެ.

    ސިޔާސީޕާޓީގެ ގަވާއިދަށް ނިމިދިޔަ ސަރުކާރުގެ ރައީސް، ޕީޕީއެމް އަތުލުމަށް ހިންގެވި ރޭވުމެއްގެތެރެއިން ގެނެސްދީފައިވާ އިސްލާޙަކާއި ގުޅިގެން ރައީސް އިބޫވަނީ ތިމާއަށް ތިމާވެސް އޮޅި ވެރިކަމުގެ 2ވަނަ ދައުރަކަށް ވާޞިލުމުގެ މަގު ކޮށުމުގެ މަސައްކަތް މާކުރިންވެސް ފަށްޓަވާފައެވެ. 

އެގޮތުން އެމްޑީޕީގެ ކަރަޕްޝަން ބައިގަނޑު ޕާޓީއަށް ގެންނަވައި އަންނިގެ އަބުރު ކަތިލުމުގެ ހުރިހާ ޕްރޮގްރާމެއް ގެންދެވީ ހިންގަމުންކަން މިހާރު ޔަގީންވެއްޖެއެވެ. ހަމަ އެގޮތުން ކޯލިޝަންގެ ދީނީގޮފި ޢަދާލަތުގެ ޝެއިޚުން ލައްވާވެސް އަބަދުމެ އަންނިއަށް ލައުނަތް ލެއްވުމަށް އެދި ޕްރޮގްރާމްތައް ހިންގުވަމުން ގެންދަވާކަމީ މިހާރު ދެބަސްވެވެން ނެތް ޙަގީގަތެކެވެ. މިއީއަކީ ސިއްރުން ހިންގާކަންކަމެއްވެސް ނޫނެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާނުގެ ބޯއި ޑރ. އިޔާޒްގެ ޓުވިޓްތައް ކިޔާލުމުން ޙަސަދަވެރި ރޭވުންތައް ވަރަށް ސާފުވެ ދެއެވެ.

    މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައީސް އިބޫ އަޣުލަބިއްތު ލިބޭމިންވަރަށް މަޖިލީހުގެ މެންބަރުން ގަންނަން ޖެހުމުގެ އެންމެ ބޮޑު ސަބަބަކީވެސް މި ޙަސަދަވެރި އެޖެންޑާއަށް މަގުފަހި ކުރެއްވުމެވެ.

އެއަށްފަހު 2ވަނަ ދައުރަކަށް އެމަނިކުފާނަކީ އެމްޑީއަށް އޮތް ހަމައެކަނި ޗޮއިސް ކަން ހާމަކުރައްވައި ރައީސް ނަޝީދު ބާކީ ކުރުމުގެ އެޖެންޑާ ހިންގަންފެށްޓެވީއެވެ. ތިމާގެ ކަނާއަތްފަދަ ގާތް އެކުވެރިޔާ ކަނޑުލާން ދުރާލާ ރާވަމުން އައިސް މިއަދު އެވަނީ ބުޅާގޯނިންވެސް ބޭރުވެފައެވެ.

ލަދަކީ ކޮންމެވެސް މިންވަރަކަށް އިންސާނާއަށް ލިބިދީފައިވާ އެއްޗެއްކަންވެސް ހަނދުމަ ނެތޭ ދަރަޖައަށް އިބޫގެ ޙާލަތު މިވަނީ ގޮސްފައެވެ. ދެރަކަމުގެ ކޮޅެއް ނެތެވެ. އަޅުގަނޑުގެ ސުވާލަކީ އެމްޑީޕީ މެމްބަރުންނާއި ދިވެހި ރާއްޖޭގައި ޢިއްޒަތްތެރި ރައްޔަތުން މިވަރުގެ މަކަރުވެރި އަނިޔާވެރިޔަކަށް އިތުބާރު ކުރަން ހެޔޮވާނޭ ހެއްޔެވެ؟ 

ތިޔަލޮބުވެތި ރައްޔިތުން ހިތާ ހިތާ މިސުވާލު ކޮށްލާށެވެ. މިވަރުގެ މީހަކު ވެރިކަމުގައި ބެއްދުމަށްޓަކައި ލަނޑު ނުދޭނީ ކާކަށްހެއްޔެވެ. ގައުމު ވިއްކާލައިގެން ވިޔަސް ގައުމުގެ މިނިވަންކަން ކޮޕްރަމައިޒް ކޮށްގެން ވިޔަސް ބޭނުމީ ވެރިކަމުގައި ހުންނެވުންކަން މިއޮއްދަނީ ބަހާއި ޢަމަލުން ދައްކަވަމުންނެވެ.

    ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އަށް އަޣްލަބިއްޔަތު ލިބޭނެ މިންވަރަށް މެންބަރުން ބައްލަވައިގެންފައި އެވަނީ އެ މެންބަރުންނަށާއިއެބައިމީހުންގެ ޢާއިލީ ގުޅުން އޮންނަ ކުންފުުނިތަކަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި ދައުލަތުގެ މަގާމުތަކާއި ބޭރުގެ ބައެއް އެންބަސީތަށް ވެސް ބަހާލައި ފައިސާއިން ފެންވަރުވާލަ ދީގެންނެވެ. 

މުޅީންވެސް ރައްޔަތުންގެ ޚަޒާނާ އިން ބޯކޮށް އިސްރާފު ކުރައްވައިގެންނެވެ. މިހެެންވުމުން ރޮޒޭމެން ރީކޯމެން ކަރުގެ ނާރުތަށް ނުފުއްޕާންވީ ސަބަބެއް ނެތެންނޫން ހެއްޔެވެ. އަދި އެވަރުންދާނަމަ އެއަށްވުރެ ބޮޑެތި ތަންތަން ފުފޭ ތަން ވެސް ދައްކަން ފަހެއް ނުޖެހޭނެތާއެވެ. ފިލްމުތަކުގައި ވެސް ފައިސާ ފޮށިތަށް ހުޅުވާލުމުން ހޭނެތިގެން ވެއްޓޭ ތަންފެނޭ ނޫންހެއްޔެވެ. މީވެސް އެފާޑުގެ ކަމަކެވެެ.

ރައްޔަތުން ވިސްނާންޖެހޭ ކަމަކީ ހެޔޮލަފަވެރިޔަކު ގައުމު މިފަދަ ނިކަމެތި ޙާލަތެއްގައި ވަނިކޮށް އަދި ރައްޔަތުން އަނގަޔާއި އަތާ ދިމޭނުވެގެން ސަލާމްޖަހާ ޙާލުގައި ވަނިކޮށް ރައްޔަތުން ވެރިކަމަށް އިސްކުރާ މީހަކު އޭނާގެ ވެރިކަން ދެމެހެއްޓުމަށްޓަކައި  ސިޔާސީ  3 މީހުނަށް ކުރެވޭ ކަމެއް ކުރުމަށް 15 މީހުން އިސްކުރުވާނެ ތޯއެވެ؟ އަދި ސިވިލް ސާވަންޓުންނަށް ފައިސާ ޗާޕްކޮށްގެންވެސް މުސާރަ ނުދެވިގެން އުޅެނިކޮށް އިތުރު ސިޔާސީ މަގާމުތައް އުފަށްދާނެތޯއެވެ. ދަންނާށެވެ! އޭގެތެރެއިން އެންމެ ސިޔާސީ މަގާމެއްގެ މުސާރަޔާއި ޢިނާޔަތަކީ 15 ސިވިލް ސާރވަންޓުންގެ މުސާރައެވެ.

  އިބޫގެ ވެރިކަން ހިންގުމުގެ ޢަމަލުތައް ދައްކާފައިވާގޮތުން މިރާއްޖޭގެ ރިޔާސަތުގައި ބަހަށްޓަން ހެޔޮނުވާހުއްޓެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ރައްޔަތުން އިތުރަށް ރޯންޖެހޭނެކަމާއި މެދު ޝައްކެއްނެތެވެ. 

އެހެންކަމުން އެމްޑީޕީ ޒިންމާދާރުވާން ޖެހޭނެއެވެ. ރައްޔަތުން ވޯޓްދިނީ އަންނިގެލީޑަރޝިޕްގެ ދަށުން އެމްޑީޕީގެ ވަޢުދުފޮށްޓަށެވެ. އެ ވަޢުދުތައް ހުވަފެނަކަށްވެ  ދިޔުމުގެ މޭސްތިރިއަކީ އިބޫ އާއި އެމްޑީޕީގެ ބާޣީ ކޯލިޝަނެވެ. 

އެމްޑީޕީގެ މެމްބަރު 28 ފެބްރުއަރީވާ ހޮނިހިރު ދުވަހު ޕާޓީގެ ޕްރައިމަރީއިން ނިންމަވާ ނިންމުމަކީ ވަރަށް މުހުންމު ނިންމުމެކެވެ. އެމްޑީޕީގެ ސިޔާސަތުތައް ވިއްލާނީތޯ ނުވަތަ އެމްޑީޕީ އާއިގެން ކުރިއަށްދާނީތޯ؟ ފައިސަލާއޮތީ މެމްބަރުންގެ އަތްމަތީގައެވެ.

Loading

7 Responses

  1. ހިނގާ ދަމާ ބާރަށް އެމްޑީޕީގެ ސިޔާސަތާއި ޕިންކީންގެ ސިޔާސަތާއި އެއްކޮށްލައިގެން އެއީ ރަން ސިޔާސަތެއް ކަމަށް ހަދާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ރައްޔިތުން އަތުން ޓެކްސް ނެގުމުގެ ބަދަލުގައި ކޮންމެ ކަތަކަށް މާލެ ސަރަހައްދުން 2500 އަކަފޫޓްގެ ބިމެއް މަހަކު 2500 ރުފިޔާ އަށް ކުއްޔަށްދީ އަދި އެކުލި ދައްކަން ޖެހޭނީ ބީއެމްއެލް ކަމުގައި ހަދާ ގޯތީގެ އަދަދު 10 މިލިއަން ކަމުގައި ހަދަމާ އެއިރުން ޓެކްސް ނުނަގާ ސަރުކާރު ހިންގޭނެއޭ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ހިނގާ މަމެންނާއި އެކު ދާން ނުވާނަމޭ ވަރުބަލި ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ވަތަން ވަތަން އެދޭ ގޮތަށް ހިނގާ އުޖާލާ ކުރަން އެންމެ ކަތުންގެ ދިރިއުޅުން ހިނގާ ބަހީ ދާން އެކީގައި އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ އަންނި އެއީ އެއްވަނައޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  2. ރާއްޖޭގެ އެއްވެސް ވެރިއަކަށް މާލެ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭ މީހުންގެ އަދަދާއި އަދި މާލެއަށް ނިސްބަތްވާ މީހުންގެ ތެރޭގައި ތިބީ މިހާރު މާލޭގެ ދިހަ ވަނަ ޖީލު ކަން ނޭގެއޭ އެމެން ވެސް ގޯއްޗެއް ނެތި ކުއްޔަށް ތަންތަނުގައި ދިރިއުޅުމުންދާއިރު ކޮންމެ ވެރިއަކު ވެސް ބުނަނީ ގޯތިދޭނަމޭ ކިޔާ ވެރިކަމަށް އައިސް ހައުސިންގް މިނިސްޓަރަކަށް ހުންނަ ކަނޑުކޮހަކު ބުނާ ގޮތަށޭ ހަދަނީ ޔާންޓޭ ވެސް ހެދި އެންމެ ބޮޑު ގޯހަކީ ހުޅުމާލެ ދޭއް ހިއްކާ ގޯތި ނުދީ ބޭއްވުމޭ ތިޔާ މުއިއްޒު އެއީ ކަނޑުކޮހެކޭ އެއީ ވާނުވާ ޕީއެޗްޑީންނޭ މަމެން ގަބޫލެއް ނުކުރަމޭ އެއީ އަސްލު ޕީއެޗްޑީ ކަމަށް އެއީ މަގާމްގެ ދަހިވެތި ކަމުގައި އެމެން ނަގާފައިވާ ޕީއެޗްޑީ އެއް ކަމަށޭ މަމެން ގަބޫލުކުރަނީ ގޯތި ދޭންވީއޭ ހުޅުމާލޭން ވެސް އަދި ހުޅުމާލޭ ފަޅު ވެސް ހިއްކަންވީއޭ ހިނގާ އުޖާލާ ކުރުމަށް އެންމެ ކަތުންގެ ދިރިއުޅުން ހިނގާ ނަފާ ހޯދަން ވަތަންގެ އެންމެ ކަތުން ގުޅިގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  3. ރާއްޖޭގެ އިގްތިސާދުގެ ހިތަކީ މާލެ ސަރަހައްދު ދެން މި ހަގީގަތް ޤަބޫލުނުކުރާ ސަރުކާރެކޭ މިހާރު މިއޮތީ އެއީއޭ ރާއްޖޭގެ އިގްތިސާދު ބަނގުރޫޓްވުމުގެ އަސްލަކީ މާލޭގައި މަހަކު 2 ލައްކަ ރުފިޔާ ކުއްޔަށް ހިފާފައިވާ ފިހާރަތައް އެބަހުއްޓޭ ދެން ވިއްކާ މުދަލާއި ދޭ ޚިދްމަތުގެ އަގު ހުންނާނެ މިންވަރު ވިސްނާށޭ ބަދަލުގައި ހުޅުމާލޭ ހުޅަނގުން އޮތް ފަޅު ހިއްކާ މަހަކު 1 ހެކްޓަރުގެ 1000 ބިން ބިމެއް 1 މިލިއަން ޑޮލަރަށް ވިއްކަމުން ދިޔަނަމަ ޓެކްސް ބޮޑު ކުރަން ނުޖެހޭނެއޭ ޓެކްސް ކުޑަ ކުރެވޭނީ ފުރަތަމަ ދައުލަތަށް މިހާރު ވަންނަ އާމްދަނީ އަށް ބުރޫ ނާރާނެ އުސޫލުން އެއަށްވުރެން ބޮޑު އަދަދެއްގެ ފައިސާ ދައުލަތަށް ވަދެގެންނޭ އެކަން ކުރެވޭނީ މާލެ ސަރަހައްދުން މިދެންނެވުނު އަދަދަށް ބިންތައް ވިއްކައިގެންނޭ ޔަގީނުން ވެސް 1 ހެކްޓަރުގެ ބިން 1 މިލިއަން ޑޮލަރަށް ގަންނާނެ ވިޔަފާރިވެރިން މާލޭގައި އެބަތިއްބޭ ހިނގާ އުޖާލާ ކުރުމަށް މިވަތަންގެ ދަރިންގެ ކުރިމަގު ހިނގާ ނަފާ ހޯދަދޭން މިވަތަންގެ ވިޔަފާރިވެރިންގެ ވިޔަފާރި ތަކަށް ހިނގާ ދަމާ ބާރަށް ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް އަންނި އެއީ އެއްވަނައޭ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  4. ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް އަންނި އެއީ އެއްވަނައޭ ހިނގާ ހޮވަން އެންމެން އަންނި އެއްވަނައޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް އެއީ އެއްވަނައޭ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  5. ކުލިން ބައެއް ސަރުކާރުން ދެއްކުން އެއީ ވެސް އެެއްގޮތޭ މީގައި އެންމެ ރަނގަޅު ގޮތަކީ ކުޑަ ކުއްޔަކަށް ސަރުކާރުން ގޯތި މާލެ ސަރަހައްދުން ދިނުމޭ ނުޖެހޭނެއޭ ގުޅިފަޅުގައި ޕޯރޓެއް ހަދަން އެތަން އަދިވެސް ހިއްކަން އެބައޮތޭ ވަރަަށް ބޮޑު ފަޅު އެތަނުގައި އެތަން އަދިވެސް ހިއްކެން އޮތް އެންމެ ބޮޑު މިނަށް ހިއްކާލާ މާލޭގެ ބަނދަރުގެ އެތެރޭގެ ލޮނުފެން އޮންނަ ވަރުގެ ތިން ގުނަ ބޮޑުކޮށް ލޮނުފެން ބާއްވާ ދެން ބާކީ ހުރިއްޔާ ހުރި ހުރިހާ ފަޅާއި ވިލު ހިއްކާލާ ގޯތިދޭންވީއޭ ޕޯރޓް އަޅަން ދޫނިދޫ އާއި ފޭދޫ ފިނޮޅާއި ދެމެދު އޮތް ފަޅު ހިއްކާލާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް އަޅާލާ ގުޅުވާލުމުން އެއިރަށް ކަނޑުގެ ބަނދަރަކީ މީހުން ދިރިއުޅޭ ތަންތަނާއި ވަކިން އޮންނަ ތަނަކަށް ހެދޭނީ މީހުން ދިރިއުޅޭ އަދި މަސައްކަތް ކުރާ ކާރުޚާނާ ހުންނަ ތަނެއް ގައި ވެސް ކަމަކު ނުދާނެއޭ މާލޭގެ ކަނޑުގެ ބަނދަރު ހަދަން އެއީ ދުރުރާސްތާ އަށް ބަލާއިރު އެކަން ކުރުން އެންމެ ރަނގަޅު ގޮތަކީ ތިލަފުށި ބާއްވަންވީ މާލެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް އެތަނުގެ ފަޅުހިއްކާ ގޯތި ތައް އެމެންނަށް ދީގެން އެމެންގެ ވިޔަފާރި ކުރިއަރުވަން ހިނގާށެ ނަލަ ކުރުމަށް މިވަތަންގެ ދަރިންގެ ފަހިމަގު ހިނގާ އުޖާލާ ކުރަން މިވަތަނާއި އެވަތަން ތަކުގެ ވިޔަފާރިވެރިންގެ ވިޔަފާރި ތައް ހިނގާ ރުވަން ފެންދީ މި ވަތަނާއި އެވަތަންގެ ވިޔަފާރިވެރިންނާއި މިވަތަންގެ ކަތުންގެ ދިރިއުޅުމާއި ކުރިމަގު ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް އަންނި އެއީ އެއްވަނައޭ ހިނގާ ހޮވަން އެންމެން އަންނި އެއީ އެއްވަނައޭ ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  6. މިރާއްޖޭގެ އިގްތިސާދަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ މާލެ ސަރަހައްދުގައި އަމިއްލަ މީސް މީހުންގެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ނަގައިގެން ވިޔަފާރިވެރިންނަށް ވިޔަފާރި ކުރަން މަޖްބޫރުވާ ދަރަޖައަށް އެކަން ގޮސްފައި ވުމޭ މިރާއްޖޭގައި ހިންގަމުންދާ ކޮންމެ ރިސޯރޓަކަށް ހުންނަން ޖެހޭނެ މާލެ ސަރަހައްދުން އެއް ހެކްޓަރުގެ ބިން އެމެންނަށް އެއް މިލިއަން ޑޮލަރަށް ވިއްކާފައި މާލެ ސަރަހައްދުން ދެން މާލޭގައި ހުރި އަމިއްލަ ކޮލެޖްސް ތަކާއި ކްލިނިކްސް ތަކަށް ވެސް ހުޅުމާލޭން އެސައިޒުގެ ގޯއްޗެއް ދޭން ޖެހޭނެއޭ ރާްއްޖޭން ބޭރުގެ ހުރިހާ އެމްބަސީ ތައް ވެސް ހުންނަން ޖެހޭނީ ހުޅުމާލޭ އަށް ބަދަލުކުރެވިފައޭ ވެލާނާގެ އޮފީސް އިމާރާތާއި އަދި ވެސް ދެން ހުރި ސަރުކާރުގެ ހުރިހާ އޮފީސް އިމާރާތް ތަކާއި ތަންތަނާއި އެސްއެމްއީ ބޭންކާއި އަދި އަމިއްލަ މީސް މީހުންގެ ގޯތި ތައް ކުއްޔަށް ހިފައިގެން މާލޭގައި ތިބި ދައުލަތުގެ މުވައްސަސާ ތައް ވެސް ހުންނަން ޖެހޭނީ ހުޅުމާލެ އަށް ބަދަލު ކުރެވިފައޭ މިކަމަށް އޮތް އެންމެ ރަނގަޅު ތަނަކީ ހުޅުމާލޭ ހުޅަނގުން އޮތް ބޮޑު ފަޅޭ އެއީ ރާބަރު ކޮށްގެން އައިސް ތިބޭ ސަފާރީ ތައް އަޅަން އޮތް ފަޅެއް ނޫނޭ އެމެންނަށް މާލެ ސަރަހައްދުން އެނބޫދޫ ފަޅު ގާތުން އެކަމަށް ފަޅެއް ހިއްކާ އެމެންނަށް އެހިއްކާ ފަޅުން ގޯއްޗަކާއި އެކު ސަފާރީ ތައް އެތަނަށް ބަދަލު ކުރަންވީއޭ ހިނގާ މަމެންނާއި އެކު މިކަން ކުރަމާ ނުވާނަމޭ ވަރުބަލި ކަންކަން ރަނގަޅަށް ވިސްނާ ރާވާ ހިންގާ ހިސާބު ހަދާ ކުރެހުމުގައި ހިފާ މަމެން އަތުގައި މިރޯ ކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަންގެ ކުރިމަގު ހިމާޔަތާއި ނަސްރާއި ކަލާނގެ ދެއްވާންދޭންވެ ހިނގާ ބަހީ އާދޭ އެންމެ ކަތުންނޭ އެކީގައި އަންނި ހޮވަމާ މިކަން ކުރަން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ކުރިއަށް ކުރިއަށް ކުރިއަށް ކުރިއަށް ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް