މިގައުމު ޚަޒާނާ ހުސްވެ އިވެނީ ވަކިލާރި ގުނާއަޑު - ބޮންޑޭ

Facebook
Twitter
WhatsApp
7D4D8DFF-8B18-4DCD-BB68-44569A3DFB1E

މިގައުމުގެ ޚަޒާނާހުސްވެ މިހާރު އިވެނީ ވަކިލާރި ގުނާއަޑުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރު ބޮންޑެ ވިދާޅުވެއްޖެއެވެ. އަޖައިބެއް ނުވާނެތޯ މިސަރުކާރުގެ  އެންމެ ބޮޑު ބައިވެރިޔާ ގާސިމް އިބްރާހީމް ބޭންކުރަޕްޓްވެފައި ވާއިރު އެވިޔާފާރިވެރިޔާއަށް ދޮޅުމިއަން ޑޮލަރުގެ ލޯނެއް ދެވޭނޭ ފަދަ ވެސް ނެތް ކަމަށާއި އިވެނީ ޚަޒާނާގެ ފޫ ތަޅުވާ އަޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު ބޮންޑޭ ވިދާޅުވުމުން ކަމުގެ ސީރިއަސްކަން އެނގިގެން ހިގައްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅަމުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ބޮންޑޭ ވިދާޅުވީ މަޝްހޫރު ވިޔާފާރި ވެރިޔާ މަހުޖަނު ގާސިމްއަކީ މިސަރުކާރުގެ އެންމެ އިސް ބޭފުޅެއްކަމަށާއި އެހެނަސް އެމަނިކުފާނު ދޮޅުމިލިއަން ޑޮލަރުގެ ލޯނަކަށް އެދިވަޑައިގަތުމުން ދައުލަތުގެ ޚަޒާނާގައި އެމިންވަރުގެ ލޯނެއް ދެވޭފަދަ ނެތުމަކީ ލަދުވެތިވާންޖެހޭނޭ ކަމެއް ކަމަށެވެ. 

އެކަމަށް ރަށްދު ދެއްވައި ސަރުކާރަށް ސަޕޯޓްކުރާ މެމްބަރަކު ނަންހާމަކުރަން ބޭނުންނުވެ ވިދާޅުވީ ބޮންޑެއަށްވެސް މިފެންނަނީ އެއްކޮޅުކަމަށާއި މިސަރުކާރު ވެރިކަމަށް ގެނައުމުގެ އިނާމެއްގެ ގޮތުން އޭނަޔަށް ލިބުނު ބައިވެރު މަދެއްނުވާނެކަމާއި މިއަދާހަމަޔަށް މަދުވެގެން 830 މިލިޔަން ރުފިޔާގެ ބަދަލު ދައުލަތުން ދެވިފައިވާކަމަށެވެ.

މަޖިލީހުގައި ބޮންޑޭ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ ޚަޒާނާއިން ފައިސާ ހުސްވެ އިވެނީ ވަކިލާރި ގުނާއަޑާއި ތިޖޫރީގެ ފޫތަޅާއަޑު ކަމަށެވެ.

ދައުލަތުގެ މާލީ އިދާރާގައި ވިޔާފާރި ވެރިއަކަށް މިފދަ ކުޑަ ލޯނެއްދެވޭނޭ ފައިސާ ނެތުމަކީ ގައުމުގެ ކުރިމަގާއިމެދު ވިސްނާ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި މަޖިލީހުގެ އެހެން ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވީ އެމް.އެމް ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ މައްސަލަ ބައްލަވައި އެފައިސާ ހޯއްދެވުމުގައި މިސަރުކާރުފެއިލްވެފައިވާ ކަމުގައެވެ.

މީގެ އިތުރުން މަޖިލީހުގައި ވައްކަންކޮށްގެން ތިއްބެވި 12މެންބަރަކު ހިމެނޭ ކަމަށާއި ވައްކަން ކޮށްގެން ތިބި މެންބަރުން މަޖިލީހުގައި ތިއްބަވައިގެން ރައްޔިތުންނަށް އިންސާފު ހޯދައި ނުދެވޭނޭ ކަމަށްވެސް ބޮންޑޭވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ދައްކަން ޖެހޭ ރިޒޯޓު ކުލި ނުދައްކާ ބައެއްފަރާތްތަކަކީ ރައީސް ޞާލިހުގެ އެންމެ އަރިސް ބޭފުޅުން ކަމަށާއި މިފަދަ ބޭފުޅުން ކުރައްވަނީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް ހޮވައިދިނުމުގެ މަސައްކަތް ކަމަށް ވުމުން އެފަރާތްތަކުން ދައުލަތަށް ލިބެންޖެހޭ ކުލިތައް ނުލިބި ބަންދުވެފައިވާ ކަމަށެވެ. އަސްލު ޙަގީގަތަކީ ރައީސް ސޯލިޙް އާއި މާ ގާތްވެގެން މިއުޅެނީ ދަރަނިބޯތަކެއް ކަމަށާއި އަދި އެމީހުންގެ އިޚުލާތްތެރި ކަމާއި މެދު ސުވާލުއުފެއްދެވިއެވެ.

  

3 Responses

  1. ގާސިމަށް 830 މިލިޔަން ރުފިޔާގެ ބަދަލު ދިނީމާވެސް ހަމަ ހޭރިލަ ހޭރިލާ! ހާދަ ދަހިވެތި އަދި ރައްޔަތުންނަށް ކެހިވެރި މީހެކޭދޯ. ދައުލަތުން ދޮގާއި މަކަރުން ރައީސްމީހާއާއި ގުޅިގެން ބަދަލުހޯދުމަކީ ރައްޔަތުން ބިކަކުރުމެވެ. ރައީސްމީހާގެ ލޯ ލާރިއަކުންވެސް ބަދަލެއް ނުދޭނެއެވެ. ރައްޔަތުންގެ ޓެކްސް ފައިސާއިން އެހާބޮޑެތި ޢަދަދުން ނަގަން ހެޔޮނުވާނެއެވެ. އެއީ ކިތައް ހޮސްޕިޓަލް ހެއްޔެވެ. ކިތައް އެމްއާރއައި މެޝީން. ކިތަކެއް މީހުންގެ ބޭސްފަރުވާ. ޔާމީނު ތިމަންނަގެ އެގްރީމެން ކެންސަލްކުރީމާ މިވަރު އެވަރު ގެއްލުންވެއްޖޭ ކިޔާ ރައީސް މީހާއަށް ގިރިސް ޖަހައިގެން ހާދައޭ މިބައިގަނޑު ނުލަފާލީ. އެހެނަސް ވޯޓް ހޯދަން ރައްޔަތުންނަށް އެއޮށްދައްކާ ލޯބި މޫނެއްދޯ؟ މަ ހަތް ޙަރާމުން ޙަރާމް ތީގެ ޅޔަކާއި ދެން ކައިރިނުވާނަން އަދި ވޯޓް ނުވިއްކުމަށް އިލްތިމާސް ކުރަމެވެ.
    އެހެނަސް ރައްޔަތުންގެ އަތުން މިގޮތަށް ވައްކަން ކޮށްގެން އައިސް ބަހާ ރައްޔަތުންގެ ފައިސާ ގިނައިނ އަތުލާށެވެ. ނަމަވެސް ވޯޓް ނުދޭށެވެ. އިތުރަށް ގައުމު ވިއްކާލަން ފުރުސަތު ނެދޭށެވެ. އިތުރަށް ރައްޔަތުން މޯގޭންކުރަން ޗާންސް ނުދޭށެވެ.

    1. 830 މިލިޔަން ؟ ގާސިމު؟ އެވެސް ދީނައްޓަކާ ގައުމަށްޓަކާ ރައްޔަތުންނަށްޓަކާ؟؟؟ ހާދަ ގީދަޅޭ ދ؟ ހަމަ ބައި އަޅައިގެން ރައްޔަތުން ހަފުސްކޮށްލަނީދ؟ ހެޔޮވާނީ ކިހިނެއްތޯއެވެ.

  2. މަޖިލީހުގައި ދައްކަވާ ވާހަކަފުޅުތަކަކީ ހިސާބު ބައްލަވާ ދުވަހުންވެސް ޖަވާބުދާރީ ވާން ނުޖެހޭކަހަލަ ވާހަކަތަކެއް ކަން ދޭހަވާ މޭރުމަކުން ގާނޫނު މިއޮންނަނީ، އެހެންވީމާ މެމްބަރުގެ އިޚްލާސްތެރިކަމެއް ހުރިއްޔާ މަޖިލީހުން ބޭރުގައި ތިޔަ ވާހަކަ ދައްކަވާބަލަ. ގައުމުގެ ތިޖޫރީގައި ހުރި ވަކިލާރިކޮޅު ގުނާވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ. ތިޔަ އޮތީ މަޖިލީހުގެ އަޣްލަބިއްޔަތުވެސް ދީފާ. ތިޔަތަނުން ބުނާގޮތް ނުހަދާ ވެރިޔަކު މަގާގުން ދުރުކުރުމަކީ ތިޔަ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެކަންވެސް ނުކޮށް ހިސާބު ނުބައްލަވާ ކަހަލަ ވާހަކަ ދެއްކުމަކުން އަދި ކަމަކު ނުދޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް