ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްގެން އޭގެންވެސް ކުރަނީ ހަމަ އިސްރާފް

Facebook
Twitter
WhatsApp
ADE49096-0706-47CA-9D97-C07DF1CC4ABE

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަސަރުކާރަކީ ރާއްޖޭގައި މިހާތަނަށް އެންމެގިނަ ސިޔާސީ މަގާމް އުފެއްދި އަދި އެންމެ މަތިބަރު ސަރުކާރެވެ. އަދި މިވަރުން ވެސް ފުދުނީއެއް ނޫނެވެ. ވެރިކަމުގެ ލައްޒާތާއި ޖާހަތަށްޓަކާ އެންމެ ފަހު ވަގުތު، ރައްޔަތުން ހެޔޮވެރިކަމެއް ކަށަވަރު ކުރުމަށްޓަކައި ދީފައިވާ މަޖިލިސް މެޖޯރިޓީ ބޭނުންކޮށްގެން ކަނޑައާޅާދީފައިވާ ބަޖެޓް ހުސްވެފައި ވަނިކޮށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްލެއްވީއެވެ.

ރައްޔިތުންގެ ޙާލަކީ ކޮބައިތޯވެސް ބައްލަވާ ނުލައްވާ ހުރިހާ ކުޅިބައެއްވެސް ރާއްވަމުން ގެންދަވާކަމަށް ދެންނެވެން އޮތީ ދެވަނަ ދައުރެއްގެ ދަހިވެތިކަމެވެ. އެގޮތުން ހަމަ އަދިވެސް އެގެންދަވަނީ އިތުތުރު ސިޔާސީ މަގާމުތައް އުފައްދަމުންނެވެ. ހަމަ އެންމެ ސިޔާސީ މަގާމެއްވެސް މަދުކޮށްލައްވާ ގެންގުޅުއްވާ މަތިބަރު ސަރުކާރުގެ އެއްވެސް ޚަރަދެއް  ކުޑަކޮށްލުމުގެ ވިސްނުންފުޅެއް ނެތެވެ. މިހެން ދަންނަވަން ޖެހެނީ މިހަފުތާގައިވެސް ބައެއްވ ުޒާރާތަކަށް އަނެއްކާވެސް ޑެޕިއުޓީ މިނިސްޓަރުންގެ އައުމަގާމުތައް އުފައްދާ އައްޔަން ކުރެއްވުމުންނެވެ. ބައެއް ވުޒާރާތަކަށް ކޯޅިކޯޅި އަށް ތިންހަތަރު ނާއިބުން އެބަ އައްޔަން ކުރައްވައެވެ. ދައްކަވާ ވާހަފުޅަކާ ޢަމަލަކާ ހަމަ އެއްގޮތަކަށްވެސް ދިމާނުވަނީއެވެ.

    ޢިއްޒަތްތެރި ރައީސްއެވެ! މަނިކުފާނަށް ސިކުނޑީގެ އާލާސްކަންފުޅެއް ޖެހިވަޑައި ގަތީ ތޯއެވެ؟ ރާއްޖޭގެ ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއް ލިބިދެއްވުމުގެ ވަޢުދު ފުއްދެވުމަށްޓަކައި ޚިދުމަތް ކަށަވަރުކޮށް ދޭން ބޭނުންވާ އެކި ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުން އެބަަތިބިތޯ ބައްލަވަން ވަގުތުކޮޅެއް ނެތީތޯއެވެ؟ އެފަދަ ޚާއްސަ ޑޮކްޓަރުން ނެތުމުގެ ސަބަބުން ބަލިމީހާ އަށް ޖެހިފައިވާ ބަލި ދެނެގަތުމަށްޓަކައި މިއުޅޭ ދެތިން ޚާއްޞަ ޑޮކްޓަރަކަށް ނަން ނޯޓުކޮށް ޑޮކްޓަރަށް ދައްކަން ކިއޫގައި ދެތިންމަސްދުވަސް ވާކަން މަނިކުފާނަށް ހަމަ އެނގިވަޑައި ނުގަންނަވަނީ ތޯއެވެ؟

ބަލިމީހާއަށް އެލިބޭ ކިއޫނަމްބަރާއި ޖެހޭއިރު ބައެއްފަހަރު ބަލިމީހާ މިދުނިޔެ ދޫކޮށް ދާންޖެހޭކަން މަނިކުފާނަށް ދަންނަަވަން ކެރޭ ވަޒީރަކުވެސް ނެތީތޯއެވެ؟ ނުވަތަ ހަމަ އެއްގޮތަކަށްވެސް އެނގިވަޑައިގަންނަވަންވެސް ބޭނުންފުޅު ނުވަނީތޯއާއި ނުވަތަ ރައްޔަތުމީހާގެ މި ނިކަމެތި ޙާލު ދެނެގަންނަ މަނިކުފާނުގެ ދެވަނަ ދައުރެއްގެ ހުވަފެނީ ޝެޑުއަލްގެ ބިޒީކަމުން ބޮޑު ވަރިހަމައީތޯއެވެ؟

މަޢާފު ކުރައްވާށެވެ! މިހެން މިދެންނެވުނީ އެހެންނޫންނަމަ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްގެން ވުޒާރާތަކަށް ނާއިބުން ކޯޅި ކޯޅިއަށް އައްޔަނު މަނިކުފާނު ނުކުރެއްވީސް ތާއެވެ.ވެރިކަމަށޤ ވަޑައިގަންނަވަން ބުންވަރާއި އެކު ކެމްޕޭން ރޭހުގައި އުޅުއްވި ދުވަސްވަރުގައި 2018 ގެ ޓީވީ ޕްރޮގްރާމެއް ދެކިލުމުގެ ނަސީބު ލިބުނެވެ. މަނިކުފާނު ދެއްކެވި ވާހަކަފުޅު އަޑު އަހާފައި އުފަލުން މިލޮލުން ކަރުނަ އައެވެ. ވިދާޅުއެވެ. 

” ފެންނަން ހުރިކަންތައްތައް މިއީ، ރައީސް ޔާމީނު ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފާތިބި ސިޔާސީ މަގާމުތަކަށް ޚަރަދު ކުރާވަރު، އެއީތޯ އެކަން ކުރަންވީގޮތަކީ؟، 300 މިލިޔަނަށްވުރެ މަތީން އެބޭފުޅުންގެ މުސާރަޔަށް އެބަދޭ، ކޮބާތޯ ސިވިލްސާރވިސް މުސާރަދީފާ އެތިބި؟ އެތާ އެބަތިއްބޭ އިނގޭތޯ ކޮލިފައިޑް ބޭފުޅުން، އެ ބޭނުން ކުރަންވަންވީނޫންތޯ؟، ކޮންމެހެން އޭގެ މައްޗަށް ކޯޑިނޭޓަރުން ކޯޑިނޭޓަރުން ކިޔާފައި އޭގެ މައްޗަށް ނައިބުން ސްޓޭޓް މިނިސްޓަރުން ބޮޑު ޑަޒަނުން ލައިގެނެއް ނޫން ދޮއްތޯ ކުރަންވީއަކީ، އެހެން ގައުމުތަކުންވެސް އެބަކުރޭ، އަޅުގަނޑުމެންނާއި ވަރަށް ކައިރިން އިންޑިޔާކަމަށް ވިޔަސް އެމެރިކާއިން ކަމަށްވިޔަސް އެތަން ހިންގަނީ ސިވިލް ސާރވަންޓުން އިނގޭތޯ!، ސަރުކާރުގެ އެޑްމިނިސްޓްރޭޝަނެއް ބަދަލުވިކަސް ތިބުނާވަރަކަށް ނާދޭ ބަދަލުތަކެއް، އެމަކު ސިވިލް ސާރވިސް ސަރުކާރު ހިންގާ، އެހެންވީމާ ބޭކާރު ޚަރަދުތައް ކުރަން ބޭނުމިއްޔާ ޚަރަދުތައް ކުރެވޭނެ ގޮތް ހުންނާނެ އިނގޭތޯ، އެހެންވީމާ އަޅުގަނޑުމެނަށް ފެނޭ…..

ރައީސްއެވެ! މިއީ މަނިކުފާނު ވެރިކަން ހޯދުމަށް ހެއްދެވިފަރާތް ގަންދީ ހުވާކޮށްގެން ހިންގަން ވަޢުދުވި ރައްޔަތުންގެ ލާބަޔާއި މަންފާއަށް އެއްވެސް އަމިއްލަ އެދުމެއްނެތި ދައުލަތެއް ހިންގުމަށް ހިތުނިޔަތްގަތް ގޮތްކަމުގައި އަޅުގަނޑު ގަބޫލުކުރީމެވެ. މަނިކުފާނަކީ އެހާބޮޑު ދޮގުވެރިއަކަށް ވެ ވަޑައިގެންފާނެ ކަމަކަށް އަޅުގަނޑުގެ ކޮށި ބުއްދި ގަބޫލެއް ނުކުރިއެވެ. ރައީސްއެވެ! މިވީ އަދި މިވަމުންދަނީ ކީއްތޯއެވެ؟

ރާއްޖޭގެ އެކި ސަރަޙައްދީ ހަސްފަތާތާލު ުތަކުގައި ހަދަންޖެހޭ ޓެސްޓްތަށް ހެދެންނެތިގެން މާލެއައިސް ރައްޔިތުން އެ އުޅޭ ދަތިޙާލު މަނިކުފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ސަރަޙައްދީހަސްފަތާލް ތަކުގައި ރަނގަޅު ޑޮކްޓަރުން ނެތިގެން ބަލިވެގެން ދާމީހުންނަށް ފަރުވާ ނުލިބި އެދަނީ މަރުވަމިންނެވެ. 

ކޮޮވިޑްގެ ދަތިޙާލު ބޮޑުވެ މާލެ އަދި ހުޅުމާލޭގައި ދަރީންނަށް ރަނގަޅު ތަޢުލީމެއް ހޯދަދީ ރަނގަޅުބޭސްފަރުވާ ހޯދަދީގެން އުޅުމަށް އުޅެމުންދިޔަ އެތަކެއް ޢާއިލާއެއް އަވަނީ އެމީހުންގެ އުފަން ރަށްރަށް މަޖުބޫރީ ޙާލަތުގައި ގޮހެވެ. ފިރިމީހާ ކުރަމުން ދިޔަ މަސައްކަތް ގެއްލި ވަރަށް ނިކަމެތި ޙާލުގައެވެ.

     ޢިއްޒަތް ތެރި ރަޢީސްއެވެ. މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު 5 ރުފިޔާއަށް ލިބެމުން ދިޔަ އާފަލެއްގެ އަގު މިހާރު އެނގިވަޑައިގ ަންނަވާތޯއެވެ. 10ރުފިޔާ އިނގޭތޯއެވެ. އެހެން ތަރުކާރީގެ އަގު މާރުކޭޓުގައި އެނގިވަޑައި ގަންނަވާތޯއެވެ!

މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު 50 ގުރާމުގެ ކޮފީދަޅެއް35 ރުފިޔާ އަށްލިބެއެވެ. މިހާރު މަނިކުފާނުގެ މަތިބަރު ސަރުކާރު ހެޕީކޮށް އުޅެލުމަށްޓައި ތި ބޮޑުކުރެއްވި ޓެކްސް ނަގަން ނުފަށަނީސް 58 ރުފިޔާ އަށް ބަދަލު ވެއްޖެ އިނގޭތޯއެވެ. އެހެނަސް ރައްޔިތުންގެ ޙާލާމެދު ވިސްނާވަޑައި ގަތުމެއް ނެތި ދައުލަތުގެ ބަޖެޓް ހުސްވެފައި ވަނިކޮށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްލުމަށް ފަހު އެފައިސާ ކޮޅުވެސް ތިޔަ ހޭދަކޮށްލަން ނިންމެވީ އިތުރު ސިޔާސީ ރަންޑީން ތަކަކަށެވެ. ހެޔޮވާނެ ހެއްޔެވެ.

ދުވާލު 3 އިރު ކާންނުލިބޭ ކިތައްހާސް ރައްޔިތުން މިރާއްޖޭގައި މިހާރު ދިރިއުޅެމުން ގެންދާކަން މަނިކުފާނަށް އެނގިވަޑައިގަންނަވާ ތޯއެވެ؟ ދެވަނަ ދައުރެއްގެ އަވާގައި މަނިކުފާނު އުޅުއްވާއިރުވެސް ހެއްދެވިފަރާތް ގަންދީ ރައްޔަތުންނަށް ވެވަޑައިގެންނެވި ވަޢުދުގެ މަތިން ހަނދާން ނައްތާ ނުލައްވާށެވެ.

    ޢިއްޒަތްތެރި ރައީސްއެވެ! ސިޔާސީ މަގާމުތަށް ތިޔަ އިތުރު ކުރައްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށްވަންޏާ އެއީ ކުރައްވާ ވަރަށްބޮޑު ކުށްހީފުޅެކެވެ. ރައްޔިތުމީހާ އެއްއިރު ކާނެ ކާއެތިކޮޅު ނުލިބި ސަލާންޖަހަމުން ދާއިރު މަނިކުފާނަށް ވޯޓުދޭން ރުހިގެން ވޯޓުފޮށި ކައިރިއަށް ދާނެ ކަމަށް ހީފުޅު ނުކުރައްވާށެވެ. ދަންނަވަންތޯއެވެ. 

ކުޑަދަރިފުޅަށް ބުއްދޭނެ ކިރުކޮޅެއް އަގުބޮޑުކަމުން ނުގަނެވި ދަރިފުޅު ރޮނީއެވެ. މައިމީހާގެ ލޮލުގައި ކަރުނައެވެ! މަނިކުފާނު ގަތަރަށް ވޯލްޑް ކަޕް ބައްލަވާލަށްވަވަން ބޮޑުވަފުދެއް ގޮވައިގެން ވަޑައިގަތުމަކީ އަޅުގަނޑައް މައްސަލައެއް ނޫނެވެ. މަންމަގެ ލަގޮނޑި އަށް ކެތްނުކުރެވޭ މައިންނަށް އޯކޭ ވާނޭހެއްޔެވެ؟

     ޢިއްޒަތްތެރި ރައީސެވެ. އެމްޑީޕީގެ އެޖެންޑާ19 މިވީ ކީއްތޯއެވެ.އެމްޑީޕީގެ ސިޔާސީ ހަތުރުން ކައިރި ކުރައްވާ ވަރަކަށް މަނިކުފާނުގެ ސަޕޯޓު ވެސް ދާނީ ފަނޑުވަމުންނެވެ. އަނެއްކޮޅުން ޓެކްސް ނަންގަވަން މިދަނޑިވަޅު މަނިކުފާނަށް ތިޔަ މަޖުބޫރު ވެ ވަޑައިގަތީ ވެސް މިދެންނެވި ސިޔާސީ ހަތުރުން ރުއްސަން ޖެހިވަޑައިގެން ކަމަށް ގިނަބަޔަކު ދެކެއެވެ. މަނިކުފާނުގެ އަމީރު ކަމުގެ ދަށުން އެމީހުނަށް އެއްލާރީގެވެސް ގެއްލުމެއް ވެގެން ނުވާނެކަހަލައެވެ.

    އިއްޒަތްތެރި ރައީސެވެ. އެމްޑީޕީގެ ފިކުރަކީ ރައްޔިތުމީހާއަށް ފުދުންތެރި ތަނަވަސް ދިރިއުޅުމެއް އަމާންކަމާއި ހަމަހަމަކަމާއި އެކުފޯރުކޮށްދީ އަމިއްލަ ބޯހިޔާވަހިކަމުގެ ދަށުގައި މީހަކަށް ނުދަރާ ދުޅަހެޔޮ ސިއްޙަތެއްގައި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލުގެ ފުރުޞަތު ލިބިގެންދިއުމުގެ ފިކުރުކަން އަޅުގަނޑަށް އެނގެއެވެ.

މަނިކުފާނު ފިޔަވައި އެމްޑީޕީ ފެށުނީއްސުރެ އެޕާޓީގެ ފިކުރު ތަންފީޒުކުރައްވާނޭ ހަގީގީ އެމްޑީޕީގެ މެންބަރަކު މަނިކުފާނުގެ އަރިހަކު ނުއުޅެއެވެ. އެމްޑީޕީ ގެ މެންބަރުންގެ ގޮތުގައި މިހާރު މަނިކުފާނުގެ އަރިހުގައި އެ އުޅުއްވަނީ ޑީއާރުޕީގެ މެންބަރުންނާއި ނިމިދިޔަ ސަރުކާރަށް ނިސްބަތްވާ އެކިޔުއްވި “ބާޣީ” ން ގެތެރެއިން ފުރޭނިގެން އައިސްއުޅޭ އެމްޑީޕީގެ ސިޔާސީ ފިކުރުގެ ހަތުރުން ނޫންހެއްޔެވެ؟

އެހެންކަމުން އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ގެއްލި ދިއުމުގެ ފުރުޞަތާއި މެދު ވިސްނުމުގެ ސުންގަޑި ޖެހެނީއެވެ.

     ކުރީގެ ސަރުކާރު ތަކުންވެސް މިސަރުކާރުން ވެސް ގެންގުޅެމުން އަންނަނީ ރިޔާސީ އިންތިޚާބު ބޯމަތިވާހިނދު ރައްޔިތު މީހާ ދެރަކޮށް ނިކަމެތި ޙާލުގައި ޖައްސައިގެން ވޯޓް ގަތުމުގެ ސިޔާސަތް ކަމަށް ގިނަބަޔަކު ބުނެތެވެ. 

ރިޔާސީ އިންތިޚާބު ތަކުގެ ފުރަތަމަބުރުން ކާމިޔާބު ނުވެދިއުމުގެ އަސްލު ސިއްރަކީވެސް މިއެވެ. ރައްޔިތުންނަކީ ފުދުންތެރިބައެއްގެ ގޮތުގައި ހައްދަވާނަމަ ދެވަނަ ބުރެއް ބާއްވަންވެސް ނުޖެހޭނެއެވެ. ކާންދޭމީހާ އަތުގައި ދަތްއަޅާނީ ގާތުގައި ތިއުޅުއްވާކަހަލަ މަދުމީހެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް