ގައުމިއްޔަތުގެ ރޫހެއްނެތް!

Loading

Facebook
Twitter
WhatsApp

ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތް ތަކުގައި ގައުމިއްޔަތުގެ ރޫޙެއްނެތެވެ. ބޮޑު ތިލަދުންމަތީ އުތުރު ބިތުގެ އުތީމުގައި މިފަހުން ބޭއްވި ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވި 

އެރަށަށް އުފަން ތިން ބަތަލުންނާއި ދަނޑެހެލުގެ ޒިކުރާ އާކުރުމުގެ އިޙުތިފާލް ތަކުގައި ގައުމީ ރޫޙު ނެތުމަކީ އެތާރީޚީ ހަނދާންތަށް މިގައުމުން ނެތެމުން ފޮހެވެމުން އުވެމުން ދާކަމުގެ ނިޝާނެކެވެ.

      ގައުމީ ދުވަހުގެ ޖަލްސާ އާއި ރައީސް ގެ ދެކަނބަލުންގެ މުޅި ދަތުތުރުފުޚުގެ ފޯކަސް ހުރީ ދެވެނަ ދައުރެއްގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި ދިމާއަށެވެ. އުތީމު ތިންބެއިންގެ މިންނެތް މަސައްކަތުން އެބޭކަލުން އެރޭ އަނދިރި އަނދިރިންގެ ގަޔަށް ބަޑިޖަހާ މަރާލުމަށްޓަކާ އެބޭކަލުން ރޭވި ރޭވުންތަކުގެ މަޢުލޫމާތު ހުށަހަޅައި ދިނުމުގެ ފާޑާއި ބަހުގެ ހަމަތަކުގައިވެސް ގައުމީ އަދި ސަގާފީ ވަންތަކަމެއް ނެތެވެ. އެޒަމާނުގައި އުތީމުގެ ބަސްމަގަށް ރިޢާޔަތް ނުކުރުމަކީވެސް ގައުމުގެ ސަގާފީ ވަންތަކަން ގެއްލިދިޔަ އެއްސަބަބެވެ.

      އަނެއް ކޮޅުން ކުޅެފައިވާ އެޕިސޯޑުގައި އުތީމު ރަދުން ރާއްޖެ މިނިވަން ކޮށްދެއްވި ވާހަކައިގެ އަސްލާ ޚިލާފު އެތަށް ކަމެއް ފާގަގަ ވެގެން ދިޔައެވެ. އަދި ތައްޔާރު ކުރެވިފައިވާ މަންޒަރު ނުވަތަ ޑެކަރޭޝަންވެސް ދިމައެއް ނުވޭމެއެވެ.

     މިރާއްޖޭގެ ގައުމީދުވަސް އެކި ސަރުކާރު ތަކުން ފާހަގަ ކުރަމުން މިއަދާހަމައަށް އައިސްފައިވާ ގޮތްތަކަށްވެސް މިފަހަރުވަނީ ބަދަލު ގެނެވިފައެވެ. މިސާލަކަށް އެރޭ މެދުޒިޔާރަތް މިސްކިތުގައި އެތަކުރުފާނު ކުރެއްވި ނަމާދަށްފަހު ދެއްކެވި ވާހަކަފުޅުތަކާއި މިސްކިތުގައި ތިބި މީހުނާއި އެ ތަކުރުފާނު ދެއްކެވި ވާހަކަފުޅުތަކުގެ އިތުރުން އެރޭގެ ޙަމަލާއަށް ތައްޔާރުވުމުގެ ގޮތުން ރޭވި ރޭވުންތަކުގެ މަޢުލޫތުވެސް ހުށަހަޅައިދީފައި ވަނީ އަސްލާ ފުށުއަރާ ގޮތަށެވެ. ޖުމްލަ ކޮށް ބުނާ ނަމަ އެއްގޮތަކަށްވެސް މުޅި އެޕިސޯޑު ހުށަހަޅައި ދިން ގޮތް ކަމަކު ނުދެއެވެ.

       ގައުމީ ދުވަހުގެ ޖަލްސާގައި އެކިބޭފުޅުން ދެއްކެވި ވާހަކަ ފުޅުތަކާ ޚާއްޞަކޮށް ރައީސް ދެއްކެވި ވާހަކަ ފުޅުގައި ވެސް ގައުމިއްޔަތުގެ އެއްވެސް އަސަރެއް ނެތެވެ. މިފަދަ މުނާސަބަތެއް ފާހަގަ ކުރާ ޖަލްސާއެއްގައި ޒުވާނުންގެ ހިތްތަކުގައި ގައުމީ ލޯތްބާ ޖޯޝާ ގައުމަށްޓަކާ ރައްޔިތުމީހާ ހިތުގައި އުފައްދަން ޖެހޭ ގައުމީ ވަންތަކަމުގެ ރޫޙު އާލާވެގެން ދާފަދަ މޭރުމަކުން ޖަލްސާގައި ވާހަކަ ފުޅު ދައްކަވާފައި ނުވުމަކީ ގައުމަށްޓަކާ ޒުވާނުން ބިނާކުރުމުގެ ވިންދު ކެނޑިގެން ދިޔަ އެންމެ ބޮޑު އެއްސަބަބެވެ.

ކޮންމެ ކަމެއްވެސް ކުރަމުންދާތަން ފެނިގެންދަނީ އަމިއްލަ އެދުމާއި އަމިއްލައަށް އިޝްތިހާރުވާން އުޅުމުގެ ސަގާފަތެއް އެކުލެވިގެންނެވެ. އެދުވަހާއި ކަމުގެ މުހިމްކަން ދެނެގެން އެދުވަހުގެ ރައީސްގެ ސްޕީޗްއަކީ އައިކައިވް ކުރެވި އަންނައޮތް ޖީލުތަކުންވެސް ޢިބުރަތް ލިބިގަންނަ އެއްޗަކަށް ހަދަންޖެހެއެވެ. އެހެން ކަމާއިއެކު ގައުމީވަންތަ ކަމުގެ އެއްވެސް ކުލައެއް ވަހެއް ރަހައެއް ގައުމީ ދުވަހުގެ އިޙުތިފާލް ތަކުން ފެނިގެން ނުދިޔަތީ ހިތަށް ކުރި އަސަރުން އެވާހަކަ ދަންނަވާލެވުނީއެވެ.

     ގައުމީ ދުވަހެއްގައި ގައުމު އުފައްދާ ޒުވާނުންގެ ހިތްތަކުގައި ގައުމީ ލޯތްބާއި ގައުމީ ޖޯޝް އުފައްދާ ކާބަފައިން ގައުމަށްޓަކާ ވެފައިވާ ގުރުބާނީއާއި ކުރެއްވި އިޚުލާސްތެރި މަސައްކަތާއި ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އާކޮށް، ގައުމަށްޓަކާ އަމިއްލަ އެދުމެއްނެތި ޝަހީދުވެދިޔަ އަބުޠާލުންގެ ހަނދާންތައް ޒުވާނުންގެ ހިތްތަކުގައި އުފައްދަން ޖެހޭނެއެވެ.

      ގައުމީ ދުވަހުގެ ސަގާފީ އާދަކާދަ ތަކަށަ ބަލާ އިރު ރައީސްގެ ދެކަނބަލުން ތުރުކުރެއްވި ހެދުންކޮޅުވެސް މިޒަމާނަށް މޮޑެލް ކުރެވިފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މިނިވަން ކުރެއްވި ރޭގެ ކާރިސާ އާއި އުތީމު ތިންބެއިންނާ ދަނޑަހެލު ބާރަށަށް ވަޑައިގެން ކުޅުއްވި ބައިބަލާގެ ވާހަކަވެސް އަސްލާ ދިމާނުވާކަން ގިނަބަޔަކަށް ފާހަގަ ވެގެން ދިޔައެވެ.

       ގައުމީ ދުވަސް ފާހަގަ ކުރާއިރު އެއިރެއްގައި އޮންނަ ސަރުކާރަކުން ގައުމާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ގައުމީ ޚިދުމަތްތަކާއި ގައުމަށް ގެނެސް ދެއްވާފައިވާ ތަރައްގީގެ މައްޗަށް ވާހަކަ ދައްކަން ޖެހޭނެކަމަށް ވެސް ގަބޫލު ކުރަމެވެ. ގައުމީދުވަހުގެ ޖަލްސާގައި މިވާހަކަތައް ބިނާވެގެން ދާންވާނީ ގައުމަށްޓަކާ ގުރުބާންވި ގައުމީ އަބުތާލުންގެ ހަނދާންތަކާއި ގައުމީ ވަންތަކަމުގެ ފޯކަސް ނުގެއްލޭނޭފަދަ ގޮތަކަށް ކަމުގައި ދެކެމެވެ.

      ރައީސްގެ ދެކަނބަލުންނާ ވަޒީރުންނާ ދައުލަތު ބޮޑުންނާއި ތިލަދުންމަތީގެ ރަށްރަށުގެ އިސްވެރިންނާ ކަމުވޮށިވިހާބަޔަކު އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ އިޙްތިފާލުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މިޖަލްސާ ޝަރަފް ވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

     ޖަލްސާ އަށްފަހު ގައުމު މިނިވަންކޮށްދެއްވީ އުތީމު ތިންބެއިންނާ ދުވާފަރު ދަންޑެހެލުގެ ހަދާންތަށް އާކުރުމުގެ ގޮތުން ރޭވިފައިވާ ކުޅިވަރު ޕްރާގްރާމްތަށް ވެސް ކުރިއަށް ގެންދަވާފައިވެއެވެ.

ދިވެހިރާއްޖެ އަބަދުގެ އަބަދަށް މިނިވަންކަންމަތީ ބޭއްވުމަކީ އަޅުގަނޑުމެންގެ ހުވައެވެ. ”ޕްރޮޓެކްޓް އެންޑް ސާރވް“. އެތެރެއިންނާއި ބޭރުގެ މުނާފިގުންނާއި ކެހިވެރީންގެ ކިބައިން މި ރާއްޖެ ސަލާމަތްކަންމަތީ އަބަދަށް.

އާމީން.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް