މިފްކޯއިން މަސްކިރާ އިތުރު 3 ބޯޓް ގަނެފި

Facebook
Twitter
WhatsApp
B1DA7392-5E85-4963-9529-9F75C431F203


      މިފްކޯއިން މަސްގަތުމުގެ ގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން އިތުރު 3 މަސްބޯޓް ގަނެފިކަމަށް އެކުންފުނިން ބުނެފިއެވެ.​

    މިފުކޯއިން ބުނީ މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން އަބަދުވެސް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.

    އެގޮތުން މިތިން މަސްބޯޓަކީ ވެސް މިފްކޯއަށް މަސްގަތުމުގެ ގާބިލްކަން އިތުރުކޮށް ކެޕޭސިޓީ ފުޅާކުރުމަށްޓަކާ ގަތް 3 މަސްބޯޓު ކަމަށްވެސް އެކުންފުނިން ބުންޏެވެ.

     މިހާރު ކުރިއަށް ދަނީ މި މަސްބޯޓްގެ ރަޖިސްޓްރީ ކުރުމުގެ މަސައްކަތެވެ. މިފުކޯއިން ބުނީ މިމަސްބޯޓުފަހަރު މާލެ ގެނެވޭނޭ ދުވަހަކާއި މަސްބޯޓްތަކާއި ބެހޭ އިތުރު މަޢުލޫމާތު އަދި ފަހުން ހާމަ ކުރައްވާނޭ ކަމުގައެވެ.

ރާއްޖޭގެ މަސަވެރިން ބާނާމަސް ކިރުވުމުގެ ދަތިތަށް މަސަވެރިކަން ރަނގަޅު ދުވަސް ތަކުގައި ކުރިމަތި ވަމުން އަނާތީ އަބަދުވެސް މަސްވެރިން އަންނަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.

    މިފްކޯގެ މަސް ފްލީޓްގައި މިހާރު އޮތީ މަސްކިރާ 2 ބޯޓެވެ. އެއީ ޖަޒީރާ 102 އާއި މަހާ ކަލަމިންޖާ އެވެ. ޖަޒީރާ 102 އަކީ 100 ޓަނުގެ މަސް ރައްކާ ކުރުމުގެ ގާބިލްކަން ހުރި މަސްބޯޓެކެވެ. މަހާ ކަލަމިންޖާ އަކީ 90 ޓަނުގެ ހަމައަށް މަސްފިނި ކުރުމުގެ ގާބިލް ކަން ހުރި ބޯޓެކެވެ.

މިފްކޯއިން މިހާތަނަށް ޚަބަރުތައް ބުނާގޮތުން 1.2 ބިލިއަން ރުފިޔާގެ ގެއްލުން ދައްކާފައި ވެއެވެ.

     ރާއްޖެ މަސްވެރިކަން ރަނގަޅު މޫސުންތަކުގައި މަސްވެރިން ބާނާމަސް ކިރުމަށްޓަކާ މިފްކޯގެ މަސްގަންނަ ސެންޓަރުތައް އަޕްގުރޭޑު ކުރުމުގެ މަޝްރޫއެއްވެސް ފަށްޓާފައި ވެއެވެ.

    އެގޮތުން ފެލިވަރުގައި 4000 ޓަނުގެ މަސްރައްކާ ކުރެވޭވަރުގެ ކޯލްޑް ސްޓޯރޭޖްއަކާއި 200 ޓަނުގެ މަސް ގަނޑުކުރެވޭނޭ ބްރައިން ފުެރީޒިން ފެސިލިޓީ އަކާއި ރެފްރިޖަރޭޓަޑު ސީވޯޓަރ ފެސިލިޓީ އެއްވެސް ގާއިމް ކުރެވޭނެ ކަމަށާއި މިކަންކަމާއި ގުޅޭ އުތުރު ވަސީލަތަށްވެސް ގާއިމް ކުރެވޭނެކަމަށް ބުނެފައިވެއެވެ.

   މިމަޝްރޫޢުގެ ތެރެއިން ގއ. ގެމަނަފުށީގައި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 100ޓަނުގެ މަސް ފިނިކުރެވޭ ވަރުގެ އައިސް ޕްލާންޓެއް ގާއިމް ކުރެވޭނެކަމަށް މީގެ ކުރިންވެސް އިކޮނަމިކް މިނިސްޓްރީން ވަނީ ވިދާޅު ވެފައެވެ.

2 Responses

  1. 1.2 ބިލިއަން ރުފިޔާގެ ގެއްލުން ދެއްކިކަމަށްބުނާއިރު އެއީ ހަމަގައިމުވެސް އެއްދުވަހަކުން ދެ ދުވަހަކުން ވީ ގެއްލުމަކަށް ނުވާނެއެވެ. މަސްގަތުން އިތުރު ކުރަން ތިޔަ ކުރާ މަސައްކަތަކީ ކިހާ ތެދުވެރިކަމަކާއެކު ކުރާ މަސައްކަތެއްބާވައޭ ހިތަށް އަރައެވެ. 1.2 ބިލިއަންރުފިޔާ ގެއްލުންވެގެން ދިޔައިރުވެސް މަސްމަގު ހުރީ ހަމަ ތިޔަގޮތަށެވެ. ތިންބޯޓު ގަނެފި ކަމަށްވަންޏާ އޭގެ މައުލޫމާތު ފަހުން ދޭންޖެހޭ ސަބަބެއް ނުވިސްނެއެވެ. ނޫނީ ރައްޔިތުންނަށް އެނގެންޖެހޭވަރަށް އެއޮތީ މައުލޫމާތު ދެވިފާ ހެއްޔެވެ ؟

    1. ގެއްލުންތާ ވާނީ. ކޮންމެ ބޯޓެއް ތައިލޭންޑަށް ގޮސް މަސް ގަތްފަރާތާ ހަވާލުކުރަން ކިރާއިރު 30 ޓަނު 35 ޓަނު މަދުވޭ ނޫނީ ކޮލިޓީ މައްސަލަ އޮވެގެން ރިޖެކްޓް ކުރީކަމަށް ބުނެ އެމަސްތައްކުގެ އަގު އަންބޮޑިދަށަށް ލަނީއެވެ. ހަމަ ކުރީގެ ސަޓޯމެންގެ އެޕް.ޕީ.އައި.ޑީ އިން ކަނަތައް ކުރިގޮތަށެވެ. ގާސިމުމެން މަސްފެކްޓަރީ އިން ބޭރުކުރާ ބޯޓްތަކުން ގަންނަފަރާތަށް މަސްކިރާއިރު މިގޮތަށް މަދުނުވަނީ ކީއްވެ ތޯއެވެ. މިއީ ގުޅިގެން ހިންގާ ޖަރީމާތަކެވެ. އެންސިސް ކޮންޕެނީވެސް މަސްވިއްކައިގެން ވަރަށް މުއްސަދިވެއްޖެއެވެ. އެހެނަސް މިފްކޯއިން ދުވަހަކުވެސް ފައިދާއެއް ނުވެއެވެ. ވައްކަންކުރާ މީހުންގެ އަތް ނުކަނޑާ ދިވެހި ދައުލަތް ބަނގުރޫޓް ވުމުން ސަލާމަތެއް ނުވާނެއެވެ. މިހެން ބުނާއިރުވެސް އެނގޭ އެވެރިން އެކަން ނުކުރާނެކަން. އެހެނީ އަސްލު ވަގުންނަކީ އެވެރީންކަން. އެހެންވެ ދެން ދަށުންވެސް ހަބޭހަށް ވައްކަން ކުރަނީ. އެމްއެމްޕީއާރސީ ގެ ވަގުހިފަންށޭ ކިޔާފަ ރައްޔަތުން ގުބޯހައްދައިގެން އައިސް އެކަންވެސް ނުބަލާ ހަބޭހަށް ހުރިހާދިމާލަކުން ވައްކަން. ރައީސްމީހާ ޒީރޯޓޮލެރެންސް ވައްކަމަށް. ކައިރިކުރަނީ ވަގުން. ރައްޔަތުންނަށް ޚިޔާނާތްތެރިވެފާ ތިބޭ ވަގުންނާއި ގައުމަށް ގައްދާރުވެފާ ތިބިމީހުން.
      މިއީ ނުރައްކާތެރި ބޮޑު ޖަރީމާއެއް. ރައީސް ސޯލިޙު ފުރިހަމަ ޒިންމާ ނަގަންޖެހޭނެއެވެ. އިންޝާ އައްލާހ1

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް