ހުޅުމާލޭގެ ދެވަނަފިޔަވަހީގެ މަގުތަކުގައި އަލިކަމެއް ނެތުމުން ވަރަށް ބިރުބޮޑު

Loading

Facebook
Twitter
WhatsApp


      ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރުކުރާ މަގުތަކުގައި އަލިކަމެއް ނެތެވެ. އަދި އެމަގުތަކުގެ ބައެއް ހިސާބުތަކުގައި ދުވާރު ހެދިފައި ނެތުމުން އަނދިރި މަގުތަކުގައި ވެހިކަލް ދުއްވާއިރު ކަޅު ހެދުންލައިގެން މަގުމެދުން ހިނގުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

    ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުވަމުން އަންނައިރު މަގުތަށް އެހާ އަނދިރި ވުމަކީ އެކްސިޑެންޓް ތަކަށް މަގުފަހިވެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ދެކޭތީ ސަމާލުކަމަށްޓަކާ ދަންނަވަން ހިތަށް އެރީއެވެ.

    އިހަށްރެއަކު އަހުރެން ހުޅުމާލެ ފޭސް 1 ކުން ދެވަ ފޭހަށް ދިޔަ މަގުމަތީގައި ކަޅުހެގުމުން ފޮރުވިފައި ވާ އަންހެނަކާ ކަޅު ޓީޝާޓަކާ ކަޅު ޖީންސެއް ލައިގެން މަގުގެ އެއްފަރާތުން ހިނގާފައި ދިޔައެވެ.

އަހުރެންނަށް އެދެމީހުން ފެނުނީ ދެވަނަ ފިވަހިން އެއްވަނަ ފިޔަވައްސާ ވީކޮޅަށް ދިޔަ ކާރެއްގެ އަލި އެދެމީހުންގެ ގަޔަށް އެޅުމުންނެވެ. މިގޮތަށް ދިމާނުވި ނަމަ އެ ދެމީހުން ސަލާމަތް ނުވީހެވެ. ބިރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

     މި މަންޒަރު ހިތަށް ސިފަ ވުމުން ސަމާލު ކަމަށްޓަކާ މިވާހަކަ ޝެއަރ ކުރަން މަޖުބޫރުވީއެވެ.

     އިންސާނުން ދިރިއުޅެން ހަދާ މިފަދަ ވިލެޖުތަކުގައި ރައްކާތެރި ކަމާއެކު ދަތުރު ފަތުރު ކުރެވޭ ގޮތަށް މަގުތަށް އަލި ކުރުމަކީ ކޮންމެހެން ކުރެވިފާހުންނަން ޖެހޭނޭ ކަމެކެވެ.

     އަނެއްކޮޅުން ސައިކަލް ދުއްވާ އަންހެނުން ވެސް ނުހަނު ގިނައެވެ. އެވެރިންގެ ފަހަތުން ދުއްވާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. އެއީ މަގުގެ މެދުން ދަތުރުކުރަމުން ދާއިއިރު ސިގުނަލް އަޅަމުންގޮސް ސިގުނަލް ދޭފަރާތް ނޫން އަނެއްފަރާތަށް ސައިކަލް މަޑުކުރަނީ ވަރަށް ގިނައިންނެވެ.

    އިއްޔެ ހަވީރުގެ ވަގުތެއްގައި ފޭސް އެކެއްގެ ހަސްފަތާލު ގެ އިމަޖެންސީ ފަޅީގައި އޮންނަމަގުން ކުޑަދަރިފުޅު ގޮވައިގެން މަގުގެ ކަނާތް ފަރާރަށް ސިގުނަލް ދެމުންގޮސް ވައަތްފަރާތަށް ސިގުނަލް ބަދަލުކުރުމާއި އެކު ފަހަތަށް ބަލާލުމެއްނެތި ވައަތްފަރާތަށް ލަނބާލިއެވެ. އަހުރެން ދިޔައީ އޭނާގެ ފަހަތުން އޭނާގެ ސައިކަލުގެ ސިގުނަލަށް ބަލައިގެނެވެ. 

އެހެނަށް އޭނާ ވައަތް ފަރާތަށް ސިގުނަލް ބަދަލު ކުރުމުގެ ކުރިން އޭނާގެ ވައަތް ފަރާތަށް ސައިކަލް އަނބުރާލިއެވެ. ސިގުނަލަކީ ވަރަށް ބޮޑަށް ސަމާލު ނުވެއްޖެނަމަ ނިރުބަވެރި ކާރިސާއެއް މެދުވެރި ވެދާނެ ސަބަބެކެވެ. ކޮންމެއަކަސް ދެ ސައިކަލް ނުޖެހުނީ ދެމީހުންގެ ނަސީބު ރަނގަޅު ކަމުންނެވެ. އެވަރުންވެސް އޭނާ ވާހަކަ ދެއްކީ އަހުރެން ކުށްވެރި ކޮށެވެ.

     ވީމާ މަގުތަކުގައި ވެހިކަލް ދުއްވާ އަންހެނުން ސިގުނަލާ މެދު ސަމާލު ވުމަށް އިލްތިމާސް ކުރަމެވެ. އަދި އަންހެން ވެރިންގެ ފަހަތުން ދަތުރު ކުރާ ފިރިހެނުން ވެސް އަންހެން ވެރިންގެ ސިގުނަލަށް ސަމާލު ވުމަށް ގޮވާލަމެވެ.

  ލަސްތަކެއްނުވެ ކަމާބެހޭ ފަރާތުން މިދެންނެވި މަގުތަކުގައި ލައިޓް ހަރުކޮށްެދެއްވާނެ ކަމުގެ އުންމީދުގައި ހުރީމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް