ނިޒާމު ބަދަލު ކުރަން ވީ ވަޢުދު ދެކޮނޑުގައި ތިއްބެވި މަލާއިކަތުންގެ ފަތުގައިވެސް ލިއެވިފާ ވާނެ!

Loading

Facebook
Twitter
WhatsApp

     ކޯލިޝަންގެ މެނިފެސްޓޯގައި ނިޒާމު ބަދަލު ކުރަން ވަޢުދުވެފައި ނުވިޔަސް ނިޒާމު ބަދަލުކުރަން ރައީސް އިބޫ އަންނިގެ އަރިހުގައި ވަޢުދު ވެފައި ވާ އެއްބަސް ވުންމާތްރަސްކަލާންގެ އިންސާނާގެ ދެކޮނޑުގައި ލައްވާފައިވާ ދެމަލާއިކަތުންގެ ފަތުގައިވެސް ލިއުއްވާފައި ވާނެއެވެ.

 މާތް ﷲ ގަންދީ ރައްޔިތުންގެ ކުރިމަތީގައި ކުރެއްވި ހުވަޔަށް އިޚުލާސްތެރި ނުވި އިންސާނަކު ރައްޔިތުންގެ ކުރިމަތީ ގައި ކޮންމެފަދަ އިތުރުފުޅެއް ވެސް ހައްދަވާފާނެ ކަމީ ޢަޖާއިބު ވާންޖެހޭވަރުގެ ކަމެއް ނޫނެވެ.

2012 ގެ ފަހުން ރާއްޖޭގައި މަރާލެވުނު މީހުންނާއި ގެއްލިފައިވާ މީހުންގެ ޢާއިލާތަކަށް އިންޞާފު ހޯއްދަވައި ދެއްވާނޭ ކަމަށް ރައީސް ޞާލިހު ރައްޔިތުންގެ ކުރިމަތީގައި ކަރުނަޔާއި އަސަރާއިއެކު ވަޢުދު ނުވޭ ހެއްޔެވެ. ރައްޔިތުންގެ ކުރިމަތީގައި ވެ ވަޑައިގެންނެވި ވަޢުދުތައް ސަރުކާރުން ފުއްދަވާ ދެއްވަމުން އެބަ ގެންދަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ކުރީގެ ރާއްޖެޓީވީގެ ރިޕޯޓަރު ވިދާޅުވި އިރު މިދެންނެވި ވަޢުދު ތައް ރައީސުލް ޖުމްހޫރިއްޔާ ފުއްދަވާ ދެއްވާފައި ވޭތޯއެވެ؟

ރައްޔިތުން ގުދާރު ބިންދައިގެން މަސައްކޮށްގެން ހޯދާ ނަފާއިން ޚަރަދުކޮށްގެން މުސާރަޔާއި އިނާޔަތް ބޭނުންފުޅު ކުރައްވައިގެން ހުންނަވާ ރައީސުލް ޖުމްހޫރިއްޔާގެ ދިފާޢުކުރައްވާ އެ މިޢުވާނު އެ ހައްދަވާ އިތުރުފުޅު ތަކަށް ގިޔާމަތް ދުވަހު މާތްﷲ ކުރިފުޅު މަތީގައި ޖަވާބު ދާރީނުވެ ފަރަކު ނުޖެހެނަކަން ޔަގީނެވެ.

އެހެނަސް މިޢުވާނުގެ މިއަދުގެ މަގްޞަދަކީ ހަމަ އޭނާގެ ބޮސް ފަދައިން ކޮންމެފަދަ ބޮޑު އިތުރުފުޅެއް ހައްދަވައިގެން ވިޔަސް ބޮސްދިފާޢުކޮށް 2ވަނަ ދައުރެެއް އެމަނިކުފާނަށް ހޮއްވަވާ ދިނުން ކަމަށްވާއިރު މަރުގެ މަތިން ހަނދާނެއް ނުވާ ކަހަލައެވެ. މަގާމާއިޢިއްޒަތާއި ފައިސާ އަކީ ތިމާ ހެއްދެވި ފަރާތުގެ މަތިން ހަނދުމަނެތި ހިނގައިދާނޭ ސަބަބެއް ތާއެވެ. ހަމަ ޔަގީނުންވެސް އެބައިމީހުންގެ މިއަދު ޙާލަކީ އެއީއެވެ. ހެދުނުހާދޮގަކާއި މަކަރާއި ވައްކަމާއި ޙީލަތެއްގެ ތެރެއިން ރައްޔަތުންނަށް ދޯކާދީގެން ވެރިކަމުގައި ބެއްދުންކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

     ރާއްޖޭގެ ވެރިކަން ކުރަމުންއަންނަ ރިޔާސީ ނިޒާމު ބަދަލުކުރުމުގެ ވަޢުދަކީ ކޯލިޝަން މެނިފެސްޓޯގައި ނެތަސް ރައީސް އިބޫ ވެފައިވާ ވަޢުދެކެވެ. ވެރިކަން ލިބުމުމުން ވެރިކަމުގެ ލައްޒަތާއި ޖާހަތަށްޓަކާ ރައީސް އިބޫ އެވަނީ އެންމެގާތް އެކުވެރިޔާގެ އެ އިޙުސާންތެރިކަން ވެސް ހަނދުމަފުޅު ނައްތާލައްވަވާފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

      އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑުޚިޔާތުގެ މައްސަލަ ބައްލަވާދެއްވާނެ ކަމަށް ރައީސް އިބުރާހިމް މުޙައްމަދު ޞާލިހުވަރަށް ޖޯޝާއި އެކު ވައުދުވެ ވަޑައި ނުގަންނަވާހެއްޔެވެ. އެކަން ހަނދުމަ ފުޅު އެބަހުރިތޯ މިޢުވާނުގެ ބޮސް އަރިހުގައި އައްސަވާ ބައްލަވާށެވެ. 

ސަރުކާރުން ވީ ވަޢުދު ފުއްދަވާ ދެއްވަމުން އެބަގެންދަވާކަމަށް މިޢުވާނު ވިދާޅު ވިއިރު މިވަޢުދު ފުއްދަވާތަން ރައްޔިތުނަށް މި ނުފެންނަނީ އެމައްސަލަ ބަލަނީ ޖިންނީންގެ ވަފުދެއް އައިސްގެން ތޯ އެވެ. އަޅެ މިޢުވާނު ޖަވާބުދެއްވަ ބައްލަވާށެވެ! މިޢުވާނަކީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ރިޕޯޓަރެކެވެ. ރާއްޖެ ޓީވީގައި، ދޮގު ތެދަށްބަދަލު ކުރުމާއި ތެދު ދޮގަށް ބަދަލުކުރުމުގެ ކޮންމެވެސް ހުނަރެއް ނެތެކޭ ނުދަންނަވަމެވެ.

 މިސަރުކާރުން ވެންޓިލޭޓަރުން ކުރި ބިޔަވައްކަމުގެ މައްސަލައާއި ދައުލަތުގެ ދިފާޢީ މަރުކަޒުގައި ސިފައިންގެ އެންމެ މަތީވެރިޔާ ވަޑައިގެން ހުންނަވަނިކޮށް، އެމަރުކަޒަށް އޮއްގަލުން ޙަމަލާދީ ދިގު ހަގަނޑު ބަހައްޓައިގެން އެމަރުކަޒަށް ވަންނަން އުޅުނު ޢާންމުންގެ މައްސަލަ ބަލާ ތަނެއްވެސް ރައްޔިތުންނަކަށް ނުފެނުނެވެ.

   އެމް.އެމް.ޕީ އާރު.ސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް ރައީސް އިބޫއަށް ގެންގޮސް ދިންކަމަށް ފައިސާ ގެންގޮސް ދިންމީހުން ބުނިކަން މިޢުވާނަށް އެނހޭ ހެއްޔެވެ؟ އޭގެ ފަހުން އެމައްސަލަ ބަލަން އައްޔަންކުރި ކަމިޝަން އެވޮޕްރޭޓްވީގޮތާއި އެތަނަށް ކުރި ޚަރަދު އެގެން އެބައޮތެވެ.

     މި ދައުރުގެ މެދު ތެރޭގައި ނިޒާމް ބަދަލު ކުރަން ރައީސް ޞާލިޙު އާއި ނަޝީދު އާއި ދެމެދު އެއްބަސް ވެފައި ވެއެވެ. މިގޮތުން އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ ޚިޔާލު ހުރިގޮތެއް ބެލުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއި ކުރަމުން ގެންދިޔަ ކަން މިޢުވާނަށް ރަނގަޅަށް އެނގޭނެއެވެ.

     އެހެނަސް މަގާމު ދިފާޢުކުރުމުގެ ގޮތުން މިއިން އެއްވެސް ކަމެއް އެނގި ވަޑައި ނުގަންނަވާ ކަމަށް ހައްދަވައި ރައްޔިތުންގެ ކުރިމަތީގައި އެހެއްދެވި އިތުރުފުޅު މުސްލިމެއްގެ ޙައިސިއްޔަތުން ކުށްވެރި ކުރަމެވެ.

     ރަޢީސް ސާލިހުގެ ކޯލިޝަނުގައި ތިބި އެމްޑީޕީ ބުނާ އެ ”ބާޣީން“ އަކީ ރައީސް ނަޝީދު އާއި ވަރަށް ދެކޮޅުބައެކެވެ. އެމަނިކުފާނުގެ ވެރިކަން ވައްޓާލި ޚާއިނުންގެ ބަހަށް ހެއްލިވަޑައިގެން ޅަދުވަހުގެ އެކުވެރިޔާ އަދި ރައީސްކަމުގެ ގޮނޑި ހޯއްދަވައި ދެއްވި ޅިޔަނުގެ ދުވަސް ދުއްވާލަން ރައީސް އިބޫ އެހުންނެވީ ތެދުވެ ވަޑައިގެން ނޫންހެއްޔެވެ. 

މިކަން ރައްޔިތުން ގިނަބަޔަކަށް ނޭނގޭ ކަމަށް ހީފުޅުނުކުރައްވާށެވެ. ހެޔޮކަމެއް ކޮށްދިން މީހާއަށް އޮތީ ތެޔޮހަމެކޭ ބުނާފަދައިން އަތްޕުޅުގައި ހިއްޕަވައިގެން ރައްޔިތުންގެ ގާތަށް ވަޑައިގެން ރަޢީސް ނަޝީދު އެމަނިކުފާނުގެ ޖިގްރީދޯސްތުއަށް އިތުބާރު ކުރުމަށް ކުރެއްވި އާދޭސް އާޚިރަތުގައި ވެގެން މިދިޔައީ އެމަނިކުފާނުގެ ޖާނަށްވެސް ކުރިމަތި ކުރުވި ބޮޑު ނުރައްކަލަކަށެވެ.

     ހަމަޔަގީނުންވެސް ރައީސް ނަޝީދުއާއި ނުގުޅި އެއްބުރުން މިފަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޞާލިހަކަށް ކާމިޔާބެއްނުކުރެވެނެއެވެ.

ޞާލިހުގެ ވަށައިގެން އެ އެނބުރޭ މެހިތަކަކީ ޞާލިހަށް އިޚުލާސްތެރިވާނެ ބައެއްކަމަށްދެކި ތިމާގެ ވުޖޫދު ހަނދާން ނައްތާލުމަކީ ފަހުން އެކަމުގެ ހިތްދަތި އިޙުސާސްތަކެއް ކުރަން ޖެހިދާނެ ކަމެކެވެ. ރައްޔިތުން ދަނީ ވާނުވާ ގޮތް ބަލަމުންނެވެ.އެންމެނަކީ ރީކޯ މޫސައާއި ރޮޒޭ ހެން ހަޔާތްގޮވާ ފެލިއަރުވާ ބައެއް ނޫނެވެ. ޞާލިހުގެ ވަށައިގެން އެ އެނބުރޭ މީހުންނަކަށް ރައްޔިތުން އިތުބާރެއް ނުކުރެއެވެ. އަދި ޒަމާންވީ ރަޙުމަތްތެރިޔާ އާއިމެދު ޞާލިހު ކަންކުރައްވަމުން ގެންދަވާ ގޮތްވެސް ވަރަށްގާތުން ރައްޔިތުން ބަލާނެއެވެ.  

ވިސްނާށެވެ! އަމިއްލައެދުން އިސްކޮށް ތިމާގެ އަޚާގެ ކަރުގައި ހިފާ، ވެފައިވާ ވަޢުދުތަކުގެ މަތީން ހަނދުމަ ނައްތާލައި ވެފައިވާ ގުރުބާނީ އާއި އެ ކޮށްދެވި ތެދުވެރި އިޚުލާސް ތެރި މަސައްކަތް ބޮލާލައި ޖެހުމުން ﷲ ތިބާ ނިކަމެތިކުރައްވާ ދެއްވި ނިޢްމަތް އަނބުރާ ގެންދަވާފާނެއެވެ. ވިސްނާށެވެ! މަތިވެރި މަގާމެއް އަނިޔާވެރިކޮށް ޢަމަލުކޮށްގެން ކާމިޔާބު ކުރުމަކީ މުސްލިމުންގެ ފަލްސަފާއެއް ނޫނެވެ. އެއީ ޔަހޫދީންގެ ފަކަސަފާއެކެވެ.

     ކޮންމެ ނަފުސަކަށްވެސް މަރެއްވާނެއެއެވެ. ތިމާގެ ގާތް ރަޙުމަތްތެރިންނަކީ ގިޔާމަތް ދުވަހުވެސް ފުރަތަމަ ބައްދަލުވާނެ މީހުންގެ ތެރޭގައި ހިމެނޭ ބައެކީ ބުނާ އަޑު އަހަމެވެ. ތެދުވެރި ރަޙުމަތްތެރީންނަކީ އެފަދަ ބައެކެވެ.

      މިޢުވާނެވެ! ޞާލިހު ވެރިކަން ހޯއްދަވަން ކުރަވަމުން ގެންދަވާ ތަދުބީރަކީ، ތަގުދީރާއި ދެކޮޅު ބާތިލް ތަދުބީރެއްކަމަށް ﷲ ނިންމަވައިފިނަމަ ޞާލިހަށް ރަޢިސް ކަމުގެ މަގާމު ލިބޭނޭހެއްޔެވެ؟ މިޢުވާނަށް ދޮގުހެދުން ފިޔަވާ ކޮށްދެވޭނޭ ކަމެއް އޮންނާނެ ތޯއެވެ؟ ސިޔާސީ ގޮތުން ތިބާއަކީ ދިވެހިން ދަންނަ މީހެއްވެސް ނޫނެވެ.

ރާއްޖޭގައި ރަސް ކަން ކުރެއްވި ރަސް ރަސްކަލުންގެ އެ އަނިޔާވެރި ފަލްސަފާ އަލުން އިޢާދަ ނުކުރައްވާށެވެ. އެފަދަ މީހުންނަށް ރައްޔިތުން ނަފުރަތު ކުރެއެވެ. ބާޣީ ކޯލިޝަންއަށް 2023 ލިބުމަކީ ނާމުމްކިން ކަމެކެވެ.

Loading

5 Responses

  1. އަސްލަންޓޭ ބުނެފައެބައޮތް ”ރައީސް އަދި ޥަޢުދެއް ވިޔަސް އެ ވަޢުދެއް ފުއްދާކަށް ނުޖެހެޔޭ“. އެގޮތަށް އެކަން ކުރިޔަށް އެ ދަނީ. އެކަން ވިސްނަންވީ ރައްޔިތުން.

  2. މީހަކަށް ދޫކުރާވަރުގެ މީހެއް ވެރިކަމަކަށް ނާދެއެވެ. ނަންވާނީ ރެހެންދި ޚަދީޖާ އާއި މައުމޫނެވެ. ވެރިކަމާހެދި ބޫތުކައިފާ!

  3. އަސްލުވެސް މިޢުވާނު މޮޅުވާނެ ދޮގު ތެދައް ހަދާށާއި ތެދު ދޮގަށް ބަދަލުކުމަށް. ރާއްޖެ ޓީވީގައި މުޅިންވެސް ކުރީ އެމަސައްކަތް. އެހެންވެ އިބޫ އާނަޔަށް އެވަޒީފާ އެދިނީ. އޭރުން ތެދެއް ދޮގެއް ބެލުމެއްނެތި އެދުވަހަކަށް ބޭނުންވާގޮތަކަށް ނޫސްވެރީންނަށް ޕްރެސް ރިލީސް ދޭނީ. އަބުރުވެރި ގައުމެއްގައި އެފަދަ މަގާމުތަކަށް އައްޔަންކުރާނީ ޑރ. ޝަހީދުމެންފަދަ ބޭފުޅުން. އިލްމާއި ޙިލްމު އަދި ދުނިޔޭގައި ޖެހޭ ވަޔާއި އޮއިވެސް ދަންނަވަރުގެ ގާބިލު މީހުންެވެ. ދެން ރަނގަޅުވާނީ ޕްރެސް ސެކެޓެރީއަކަށް އިންޑިޔާގެ އެމްބަސީން މީހަކު ހަމަޖެއްސެވިއްޔާއެވެ. ސަހަރޯ ހީވެއެވެ!

  4. ފހަލައެވެ. މީހުން ހަޑިކޮށް ވާހަކަ ދެއްކިޔިަސް ޚަބަރު ގެނެސްދޭއިރު ރީތިބަހުން ގެނެސްދޭށެވެ. މިހެން ބުނާއިރުވެސް އެނގޭ އިއްޒަތްތެރި މެމްބަރު މަޖިލީހުގައި މޮށޭ މޮށުންތައްވެސް. އަދި އ ފުޅަތަކެތި ލައިވްކޮށް ގޭގޭ ސިޓީންގް ރޫމްގަޔާއި ކޮޓަަރި ކޮޓަރީގައި މައިން ބަފައިންނާއި ދަރިން އަދި ސްކޫލު ކުދިން ބަލާކަންވެސް. މިބުނި އެއްޗެއް އެގުނުކަމަށް ދެކެމެވެ.

  5. ލިއުންތެރިޔާއަށް ދަންނަވާލަން ޖެހޭ ދެކަމެއް މިލިއުމުން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. ފުރަތަމަ ކަމަކީ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދައްކަންފެށި އިރު އެމީހާ ހުރީ ހިނދުކޮޅެއްގައި ބާވައެވެ. މިހެން މިދަންނަވާލަން ޖެހުނީ ސިޔާސީ ގޮތުން ތަސައްރަފް ފުދޭނަމަ އެވާހަކަ ދައްކާނީ ރައްޔިތުން ކައިރީގައެވެ. ރައްޔިތުންގެ ރުހުން ލިބުނީމާ ނުވަތަ ރައްޔިތުންގެ ރުހުން ލިބޭނެކަން ޔަގީންވީމާ ދެން އެކަމާ އުޅޭށެވެ. ވަކި މީހަކަށް އެއީ މޮޅުގޮތެކޭ ހީވުމަކުން އެއީ ރައްޔިތުންގެ ރުހުން ލިބިދާނެކަން އެނގޭ ފާލެއް ނޫނެވެ. އެހެންވީމާ އެންމެފުރަތަމަ މަޖިލީހުން އެކަމާދޭތެރޭ ގޮތެއް ނިންމާށެވެ.
    ދެވަނަ ކަމަކީ އެމް ޕީ އާރ ސީގެ މައްސަލައެވެ. ސަރުކާރުން އެ މައްސަލަ ބޮނޑުނަގުލަށް ދުއްވާލަން ބޭނުންވިޔަސް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް އަތްޕުޅުގައި އެމީހުންގެ ލިސްޓު އޮންނަތާ ފަސް އަހަރު ވަނީއެވެ. އޭގައި ހުރި އެއްޗެއް އެބޭފުޅާގެ މަގާމުގެ ހައިސިއްޔަތުންވެސް ރައްޔިތުންނަށް އަންގަން ޖެހެއެވެ. އެބޭފުޅާއަކީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ފާރަލާންހުރި އެންމެ އިސް ފާރަވެރިޔާއެވެ. އެބޭފުޅާއަށް އެނގިވަޑައިގަންނަވާ މިހާ މުހިންމު މައުލޫމާތުތަކެއް ރައްޔިތުންނަށް ސިއްރު ކުރީމާ އޭގެ މާނަވެސް ލިއުންތެރިޔާ އޮޅުންފިލުވާދެއްވިނަމަ ރަނގަޅުވީހެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް