ގޭންގް ތަކާއި ގުޅެމުންދާ ޒުވާނުން އިތުރުވަނީ ކީއްވެގެން؟

Loading

Facebook
Twitter
WhatsApp

       ރާއްޖޭގެ ސްކޫލްތަކުން ފާސްވެގެން ނުކުންނަ ކުދީންނަށް ވުރެ ފާސްނުވެ ސްކޫލްތަކުން ވަކިވާކުދީންގެ ޢަދަދު ދުވަހެއް ދުވަހެއް އިތުރުވަމުން ދާކަމީ ބެލެނިވެރީންނާއި ސްކޫލްތަކުގެ ވެރީން ސަމާލުވާން ޖެހިފައިވާ ކަމެކެވެ.

ރާއްޖޭގައި އުފެދިފައިވާ ގޭންތަކުގައި ބައިވެރި ވަމުންދާ ޒުވާނުންގެ ޢަދަދު ވެސް މިދަނީ ދުވަހެއް ދުވަހެއް އިތުރުވަމަށް އަބަދު މިދާނީ އަޑުއިވެމުންނެވެ.

ސްކޫލްތަކުން ފާސްނުވެގެން ކަނޑާލަން ޖެހޭ ގިނަ ޒުވާނުންނަކީ އެކުދީން ސްކޫލްތަކުގައި ކިޔަވަމުން ދިޔަ ދުވަސްވަރު ބެލެނިވެރީންނާއި، އެކުދީން ކިޔެވި ސްކޫލް ތަކުގެ މުދައްރިސުން އެދަރިވަރުންނާ މެދު އިހުމާލު ވެފައިވުމުގެ ސަބަބުން އެކުދީންގެ ތަޢުލޯމީ މިފަދަ ދަރިވަރުން ކިޔަމުން ގޮސް 16 17 އަހަރާއި ހަމައަށް ދާއިރު އެދަރިވަރުންގެ އަޚުލާގާ ކިޔެވުމުގެ ފެންވަރު މުދައްރިސުންނާ ބެލެނި ވެރިންނަށް ނޭނގި އޮންނާނެ ކުދީން ކަމަށް ގަބޫލު ކުރާނީ ކާކު ހެއްޔެވެ.

ދަރިވަރެއްގެ އަޚުލާގޯސްވަނީ ކުއްލިއަކަށް ނޫންކަން އެންމެނަށްވެސް އެނގެއެވެ. މިފަދަ ދަރިވަރުން ދެނެގަނެ މިފަދަ ކޮންމެ ދަރިވަރަކީ ހެޔޮލަފާ ތަޢްލީމަށް ލޯބިކުރާ އަޚުލާގު ރަނގަޅު ދަރިވަރުންނަށް ހެދުމަކީ ބެލެނިވެރީންނާ މުދައްރިސުންގެ ޒިންމާއަކަށް ވާއިރު މިފަދަ ދަރިވަރުން ފާސްނުވެ ސްކޫލުން ކަނޑާލަން ޖެހެނީ ބެލެނިވެރިންނާ މުދައްރިސުން އެފަދަ ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތާ މަތިވެރި އަޚުލާގީ ސިފަތަކަށް އަހުލުވެރި ކުރުވުމުގައި އިހުމާލުވެފައި ވާތީނޫންތޯއެވެ.

       ސްކޫލްތަކުގައި މަސްތުވާތަކެތީގެ ވިޔާފާރި ހިންގާ އެތަކެތި ބޭނުންކޮށް ގޭންގްހަދާ ބުލީކޮށް މާރާމާރީ ހިންގާ އެހަދަނީ ސްކޫލްތަކުގެ ވެރީން ދަރިވަރުން ނުބަލަހައްޓާތީ ނުވަތަ ނުބެލެހެއްޓޭތީ ނޫންހެއްޔެވެ. އަހިވަކާއިޖެހި އަހިވަށް ފާވަނީ ފާވާ އަހިވައް ފާނުވާ އަހިވަކުގެ ތެރޭގައި ބާއްވާތީއެވެ. މިކަމަކީ ފަސޭހައިން ބަދަލުކޮށްލެވިދާނެ ކަމެކެވެ.

އަޅުގަނޑަށް ތަސައްވަރު ކޮށްލެވެނީ ހެޔޮ ޖީލެއް ސްކޫލްތަކުން އުފެއްދި ދުވަސްވަރެވެ. އެދުވަސްވަރު ފުއްދުންތެރިކަން ވަރަށް ނެތެވެ. ނަމަވެސް ވެރިންނަށް ތިއްބެވި ބޭފުޅުން އެމީހުންގެ ލޯބިވާ ދިވެހި ޖީލު ހެޔޮލަފާބައެއްގެ ގޮތުގައި ބޮޑެތިވެ ޒިންމާދާރު ކުރުމަށްޓަކައި ޒިންމާނަންގަވައި ނަތީޖާ ހޯދަދެއްވިއެވެ. މިބޭބޭފުޅުންގެ ތެރެއިންވެސް  އެންމެފާހަގަ ކޮށްލެވެނީ އަލްމަރުހޫމް އޮނަރަބްލް ޢުމަރު ޒާހިރެވެ. މަޖީދިއްޔާގައި ކިޔެވި ކުދީންގް ސްލޫކޫ މިންގަނޑު ހިފެހެއްޓެވިލެއް ލާމަސީލު ކަމެވެ. އުޅުއްވީ ރެލީ ބައިސްކަލެއްގައެވެ. ދަރިވަރުން މަގުމަތީގައި އުޅޭ ނޫޅޭގޮތްވެސް ބެއްލެވިއެވެ. އަދި އެދަރިވަރުންގެ ދީނީ އަޚުލާގު ގާއިމުކުރެއްވިއެވެ. ނަމާދު ކުރުވިއެވެ.

މިއަދުގެ ޙާލަތައް ވިސްނާލަމާތޯއެވެ. ސުކޫލްތަކުގައި އެމީހަކާ އެމީހަކު ޖައްސާނެ ވައްތަރެއް ޖައްސުވައެވެ. ތަރުބިއްޔަތެއް ނެތެވެ. އެކުދީންނަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ބުނެދީ ހާނުވާނޭ ވެރިޔަކުނެވެ. ބަންދެއް ލިބިއްޖެއްޔާ ހުކުރު އަޅާފާވެސް ދަތުރަކު ނުވަތ މަޖާގަނޑެއްގެތެރަށް ގެންދެވޭތޯބަލާނެއެވެ. ޖީލެއް ބިކަވެ ހަލާކުވެ ގޭންގުތަކަށް ބަދަލުވަނީ މިހެންވީމައެވެ.

      ކޮންމެއަކަސް މިރާއްޖޭގެބައެއް ސްކޫލު ތަކުން ފާސްނުވެ ރަނގަޅު ތަރުބިއްޔަތަކާއި އަޚުލާގެއް ނުލިބި އެތައްސަތޭކަ ދަރިވަރުން ކޮންމެ އަހަރަކު މުޖުތަމަޢު ފަސާދަ ކުރަން އެބަ ނެރެއެވެ. ސަކޫލްތަކުން ކޮންމެ އަހަރަކު މުޖުތަމަޢަށް ނުރައްކާތެރި މިފަދަ އެތަކެއް ދަރިވަރުން އުފައްދާ ނެރެމުން ދަނީއެވެ. ޒިންމާވާނެ ފަރާތެއް ނެތެވެ. ސްކޫލްތަކުގެ ކަންކަން ބޮއްސުން ލާފައި މިވަނީ ކުއްލިއަކަށް ހެއްޔެވެ. ނޫނެކެވެ. ސަކޫލްތަކުގެ ވެރީންނާ މުދައްރުސުންނާ ބެލެނިވެރިންގެ އަޅާލުމާއި ލޯބި ނުދޭތީއެވެ.

     ރާއްޖެނޫން އެހެނި ހެން ގައުމުތަކުގެ ސަކޫލް ތަކުންވެސް މިފަދަ ނުރައްކާތެރި ދަރިވަރުން ފާސްނުވެގެން ކަނޑާލަން ޖެހެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މި އީ ނުވާކަމެއް ނޫނެވެ. އެހެނަސް ފާސް ނުވެ ކަނޑާލަން ޖެހޭދަރިވަރުން ގޭންގްތަކާއި ނުގުޅި އަމިއްލައަށް ދިރިއުޅެވޭފަދަ ހަރުދަނާ މަސައްކަތްތެރި ބައެއްގެ ގޮތުގައި ހަދާފަ މެނުވީ ގިނަގައުމުތަކުގައި މުޖުތަމަޢަށް ނުނެރެއެވެ.

     ސްކޫލްތަކުން ފާސްނުވާ އަދި އެކަށޭނެ ތަރުބިއްޔަތެއް ނުލިބި ބޮޑެތިވެފައިވާ މިފަދަ ދަރިވަރުންނަށް ކިޔަވައިދޭ ޖަންގަލީ ސްކޫލްތައްވެސް ދުނިޔޭގެ ބައެއްއާބާދީ ތަކުން ފެންނާން ނެތެކޭ ނުބުނަމެވެ.

     ކަން މިހެން ހުރި އިރު ރާއްޖޭގެ މިފަދަ ކުޑަ އާބާދީއެއް ފަސާދަވެގެން މިދަނީ ކޮންފަރާތް ތަކެއްގެ އިހުމާލުން ކަމާއި މިކަން ކަން ރަނގަޅު ކުރުމަށް ދައުލަތް ހިންގަން ޙަވާލުވެ އޮތް ސަރުކާރުން ޢަމަލީގޮތުން އެއްވެސް މަސައްކަތެއް ކުރާތަން ނުފެނުމަކީ ގައުމީ ވަންތަކަން ގެއްލިގެން ދާ އެއް ސަބަބެވެ.

     ރާއްޖޭޒުވާނުންގެ ތެތެއިން %30 އިންސައްތަ އަކީ މަސްތުވާ ތަކެތި ބޭނުން ކުރާ ޒުވާނުންނެއެވެ. މިފަދަ ޒުވާނުން ޖަލުތަކަށްލުމުގެ ސަބަބުން އެޒުވާނުން ތަމްރީނު ވަމުން ދަނީ މުޖުތަމަޢު ބިރުވެތިވާފަދަ މިން ވަރަކަށެވެ. އަދި މިފަދަ ޒުވާނުން ޖަލުތަކުން ނުކުންނައިރު އެވެރީން ތިބެނީ އިހުނަށްވުރެ ބިރުވެރި ނުރައްކާތެރި ބައެއްގެ ގޮތުގައި ތަމްރީނު ވެފައެވެ.

އެހެނީ އެމީހުން ބަންދުވަގައިވެސް ގެންގުޅެނީ ނުރައްކާތެރި ކްރިމިނަލުންނާއި ޑްރަގު ވިޔާފާރިކޫރާ ޑްރަގް ލޯރޑުންނާއި އެކުގައި ކަމަށްވާތީއެވެ. އެނިކަމެތީންގެ ފައިދާ އެފަދަ ޑްރަގްލޯރޑުން ފުރިހަމައަށް ނަގައެވެ.

      ސްކޫލްތަކުން ފާސްނުވުމުގެ ސަބަބުން ކަނޑާލެވޭ ދަރިވަރުން މުޖުތަމަޢަށް ފައިދާ ކުރަނިވި ބައެއްގެ ގޮތުގައި ތަމްރީނު ކުރާނޭ އެއްވެސް ވަސީލަތެއް ސަރުކާރުން ގާއިމްކޮށްފައި ނެތެވެ. އެފަދަ ވިސްނުމެއް ގެންގުޅޭހެނެއްވެސް ހިއެއް ނުވެއެވެ. އެހެނީ ޚަރަދު ބޮޑު ބޮޑީކެމެރާއާއި ސްޓަން ގަންއާއި ލޭޒަރ ގަންނާއި ފާޑުފާޑުގެ ހަތިޔާރާއި ގެޖެޓްސް ގަންނަން ތަނެއް ވީދާފާ ނަމަވެސް ފައިސާ ލިބެއެވެ. އެހެނަސް ގައުމުގެ %30 މަސްތުކޮށްފައި އެމީހުނަށް އެކަށީގެންވާ ތަމްރީނެއް ދީ ރީހެބް ކުރާކަށް ބަޖެޓެއްނެތޭ އެބަ ބުނެތެވެ.

ހަމަ އެހެންމެ މުސްތަގްބަލެއް ބިނާކުރުމުގެ ހުނަރެއް ދަސް ކޮށްދީފައި ނެތުމުގެ ސަބަބުންނާއި އަދި މިފަދަ ޒުވާނުންނަށް ދެވޭފަދަ ވަޒީފާގެ ފުރުޞަތު ފަހިވެފައި ނެތުމުން އެޒުވާނުން ގުޅެމުން ދަނީ މަސްތުވާތަކެތި ބޭނުން ކޮށް އޭގެ އޭގެވިޔާފާރި ކުރާ ފަރާތްތަކާއެވެ. ނުވަތަ ގޭންގުތަކާއެވެ. އެގޭންގުތަށް ވަނީ ބާރުގަދަ އޮފިޝަލުންނާއި ސިޔާސީ މީހުންނާއި ގުޅިފާކަމަށް ސީޕީ ވިދާޅުވެފާވެއެވެ. ނުރައްކާތެރި ކަމުގެ ކޮޅެއް ނެތެވެ.

     ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ގިނަ ޒުވާނުންކީ ނަފުސާނީ ނުކުޅެދުން ތެރިކަން ހުންނަ ޒުވާނުންނެވެ. މިފަދަ ޒުވާނުންނަށް ނަފުސާނީ ބަލި ޖެހެމުން ދަނީ ހަމަ އެކަނި މަސްތުވާތަކެތި ބޭނުން ކުރާތީ އެއްވެސް ނޫނެވެ، މިފަދަ ދަރިވަރުންނަށް ޢާއިލާތަކު އަޅާލުމުމާއި ލޯބިވެސް ނުލިބެއެވެ. ދަރިވަރުން ބޮޑެތިވަމުން އަންނައިރު އެފަދަ ދަރިވަރުންގެ މައިންބަފައިންގެ ފުށުން ފެންނަމުންދިޔަ ނޭދެވޭ ސިފަތަކުގެ ސަބަބުންނާއި އަދި މިފަދަ ދަރިވަރުންނަށް ދޭންޖެހޭ ލޯތްބާ އަޅާލުމާ އޯގާވެރިކަން ނުލިބި އެކަހެރި ވެފައި ވާތީ އާއި ސްކޫލު ދައުރުގައިވެސް ތަރުބިއްޔަތެއް ދެވި އަޅާލެވިފާ ނެތުމުން ކަމަށް ބެލެވެއެވެ.

މިފަދަ ޒުވާނުންނަށް މުޖުތަޢުގެ ލޯބި ލިބޭފަދަ ރަނގަޅު އަޚުލާގެއް އަށަގަންނުވަން އެބަޖެހެއެވެ. މިސިފަތަށް ޒުވާނުންގެ ކިބައިގާ އަށަގެނުވޭނީ އިޚުލާސް ތެރިކަމާއެކު ޒުވާނުންނަށް ތަޢުލީމާއި ތަރުބިއްޔަތާއި ތަމްރީނު ދޭނޭ މަރުކަޒުތަކަކާއި އިންސާނިއްޔަތުކަން ހުންނަ އަޚުލާގީ ފެންވަރު ރަނގަޅު ވެރީން އުފެދިގެނެވެ.

ގައުމެއް ކުރިއަރާދަނީ އެގައުމެއްގެ ޒުވާނުން ހެޔޮ ގޮތުގައި ބިނާ ކުރެވިގެންނެވެ. އެހެނަސް ޒުވާނުން މިރާޖޭގައި ބިނާ ކުރެވުމުން މިދަނީ ވަކަރުގޭ ކުދީންނޭ ބުނެވޭފަދަ މުޑުދާރު ގޮތަކަށެވެ.

އެއްވެސް އަޚުލާގެއް ނެތި ކިޔަވަމުން ދާއިރުވެސް ކުރަން ނުކެރޭ އެއްވެސް ނުބައި ކަމެއްވެސް މިއަދުގެ ޒުވާނުންނަކަށް ނެތެވެ. އެންމެނަށްވެސް އެނގޭކަމަކީ އަދި ދައްކާ ވާހަކަޔަކީ މިހާރު ބޮޑެތިވަމުން އަންނަ ޒުވާނުން ތަރުބިއްޔަތު ވެފައިވަނީ ރަނގަޅަށް ނޫން ކަމެވެ. ނަމަވެސް މިސަބަބުތައް ހޯދާ ދެނެގަނެ ޒުވާނުންނަކީ މުޖުތަމަޢަށް ބޭނުންތެރި ހަރުދަނާ ބަޔަކަށް ހެދުމުގެ ޚިޔާލާތެއްވެސް ނެތެވެ.

      ދުނިޔޭގެ ނަފުސާނީ ބަލީގެ ދުވަސް ރާއްޖޭގައި ވެސް ފާހަގަ ވެގެން ހިނގައްޖެ އެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ ތެރޭގައި ނަފުސާނީ ބަލީގެ އެތައްސަތޭކަ ޒުވާނުން ހިމެނޭ އިިރު އަދި ޒުވާނުންނަކީ ގައުމެއް ބިނާކުރުމުގެ ބަހާ ކަމަށް ވާއިރު މުޖުތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ޒުވާނުން ބިނާކުރުމަށް ކަމާއި ބެހޭ ފަރާތް ތަކުން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އަދި މިފަދަ ޒުވާނުން ދެނެގަތުމަށްޓަކާ ކުރެވުނު ސާވޭއެއްވެސް ނެތެވެ. ހޯމް މިނިސްޓަރުވެސް ދައްކަވަނީ ޖަލުތައް ބޮޑުކުރުމާއި އިތުރު ޚާއްސަ ޖަލުތަކެއްވެސް އަޅާވާހަކައެވެ.

މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. އިސްލާމް ނޫން ކުރީޒަމާނުގައި ކިޔާގޮތުންނަމަ ކާފަރު ގައުމުތަކުގެ ތެރޭގައިވެސް މިހާރު ޖަލު ނުހުންނަ ގައުމުތައް އެބައޮތެވެ. އެތަންތަނަށްގޮސް ރައްޔަތުންގެ ފައިސާ ޚަރަދުކޮށްގެން، އެއްޗެއް ދަސްކުރިއްޔާ މާރަނގަޅުވާނެ ކަމަށް ދެކެމެވެ.

ޢުމުރުން ސޯޅަ ސަތާރަ އަހަރަށް ދާއިރު މިފަދަ ދަރިވަރުން ތިބެނީ ނުރައްކާތެރި ބިރުވެރި ކުށްތަކަށް އަރައިގަތުމަށް ތަމްެރީނު ވެފައެވެ. ރާއްޖޭގެ އެތަށްސަތޭކަ ޒުވާނުންނަށް މިހެން މިވީ ކިހިނެއް ވެގެންތޯ ކޮންމެމީހެއްގެ ހިތުގައި ވެސް އުފެދެނީ ސުވާލެވެ! ރާއްޖޭގެ ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނާ ބެލެނިވެރީން މިފަދަ ޒުވާނުންނާ މެދު އިހުމާލު ވުމުން ހެއްޔެވެ؟

       މިސުވާލު ތަކުގެ ޖަވާބުގައި ބުނެވޭނީ އާނއެކެވެ.

ނުނިމޭ…

Loading

2 Responses

    1. ސަލާމް ޖަހަން ތިބެނީވެސް އެމީހުންގެ ވެރި އަމީރު ގެ ނޭއްގާނީ ކަމުންނެވެ. ޢުމަރުފާނުންގެ ވާހަކަ ކިޔައިދީގެން އެއްވެސް ރައްޔަތަކު ބާކީ ނުކުރާނަމޭ ހުވާކޮށް ޝޭޚް އިލްޔާސްމެންގެ ފަރާތުން އެ ވަޢުދުތަކަށް ސަޕޯޓްކޮށް ބުނެދީގެން ރައްޔަތުންގެ ބޯކާލައިގެނެވެ. ވީމާ އަމީރު ޒިންމާ ނަގަން ޖެހެއެވެ.
      ޝޭޚު އިލްޔާސްވެސް ވަރަށްބޮޑަށް ޒންމާނަގަން ޖެހޭނެއެވެ. އޭނަޔަށް ޑިޕްލޮމެޓިކު ޕާސްޕޯޓެއް ލިބިފާ އޭނަގެ ދަރިފުޅަށް ބޮޑު މިސްކިތުގެ އިމާމްކަން ލިބި ބޮޑު މުސާރަލިބި ދަރުވާލާފައިވާ ރައްޔަތުންގެ ޚަޒާނާއިން ބައިއެޅުމަކުން އޯކޭ ވެގެން ނުވާނެއެވެ. މައްސަލަތަށް ބައިވަރެވެ.
      ފަހަލަގެ މި ލިޔުން ބައިވަރެވެ. ލިޔުނަކަސް ހަޅޭލެވިޔަސް ކަނު ބީރު ބަޔަކަށް އަސަރެއް ނުކުރާނެއެވެ. އެޑިއުކޭޝަން ސިސްޓަމި އޮރިޔާން ކުރުމަކީ #އެޖެންޑާ19 އަންނިމެންގެ ވަޢުދެކެވެ. އެހެނވެ އެތަނަށް ލާފައި އެހުރީ އެފަދަ އަންހެނެކެވެ.
      ދެން ހެދޭނީ ކިހިނެއްހެއްޔެވެ؟ ސުވާލު ރަނގަޅެވެ. ޖަވާބުގައި ދެންނެވޭނީ ކޮންމެ ފަރުދަކުވެސް ފަރުދީ ޒިންމާނަގާށެވެ. ވޯޓް ގަތުން ހުއްޓާލާށެވެ. ކަމެއް ކުރެވޭވަރުގެ ފެންވަރެއް ހުރި ފަންވަރެއް ހުރި މީހަކަށް ބަޔަކަށް ތާޢިދުކުރާށެވެ. އެމްޑީޕީ އަށް ދެން ނޫނެކޭ ބުނާށެވެ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް