ކުނި މެނޭޖް ނުކުރެވި ސިއްޙީ ނުރައްކަލެއްގެ ތެރެއަށް!

Loading

Facebook
Twitter
WhatsApp
Thifushi waste burning

މާލޭސަރަޢްދުގައި އުފެދޭ ކުނި މެނޭޖް ނުކުރެވި  ސިއްޙީގޮތުން މުޖްތަމަޢު އޮތީ ނުރައްކަލެއްގެ ތެރޭގައިކަން ކަށަވަރެވެ.

1992 ވަނައަހަރުން ފެށިގެން މާލޭސަރަޙައްދުގައި އުފެދޭ ކުނި ސަރުކާރަށް މެނޭޖް ނުކުރެވި މިހާތަނަށް އައިސްފައިވާއިރު ގޭގެއިން އުކާލާ ކުނި ބަހަށްޓާނެ ތަނެއް ނުވަތަ އުކާލާނެ ގޮނޑެއް ވެސް ރައްޔިތުންނަށް ދައްކަން ސަރުކާރަށް އެވަނީ ނުކުޅެދިފައެވެ.

   މާލޭ ސަރަޙައްދުގައި އުފެދޭ ކުނި ނައްތާލަން ހަމަޖެހިފައިވާ ތިލަފުށިން އެކުނިތައް އެރަށުގެ ފަޅުތެރެއަށް ބޭރުވެ ތިމާވެށި ޚަރާބުގެ މަގަށް ކައްސާލައިގެން އެދަނީ މާލޭސަރައްދުގައި އުފެދޭ ކުނި ތައް ނައްތާނުލެވި ސަރުކާރަށް އެކުނި މެނޭޖް ކުރެވޭނޭ ނިޒާމެއް ގާއިމް ނުކުރެވި ގެންކަން އެމީހުންވެސް ދެނެއެވެ. އެހެނަސް ވާކަހަ ވަރަށް މޮޅެވެ. ކުނިއަންދައިގެން އަގުހެޔޮ ކަރަންޓް މާދަމާ ރައްޔަތުންނަށް ފޯރުކޮށްދެނީއެވެ!؟

     ކަންމިހެން ހުރިއިރު ރާއްޖެއަށް ބޭރުން ކުނި އެތެރެ ކުރަން ގާނޫނު ފާސްކުރަން އުޅޭވާހަކަ އަޑު އިވުމުން ހިތުގައި އުފެދޭ ސުލުވާލަކީ ސަރުކާރުގެ ބޮލުރޮދި ކެނޑުނީ ބާވައެވެ.

ނޫނީ މޮޔަވީ ހެއްޔެވެ. ނުވަތަ އޭގެންވެސް ބޮޑު ފައިދާއެއް އެ ހުއްދަ ދޫކުރާ ސަރުކާރުގެ ބޮޑުންނަށް ލިބެނީހެއްޔެވެ. ދެން ނޫންނަމަ ކުނިން ހަކަތަ އުފެއްދޭކަން ސަރުކާރަށް ކުރިން ނޭނގެނީ ބާވައެވެ. އަމިއްލަ ގެއިން އުފެދޭ ކުނި ކޮޅުވެސް މެނޭޖު ނުކުރެވިގެން އުޅޭ އިރު އަދިވެސް ބޭރުން ކުނި ނުވަތަ ނަޖިސް އެތެރެ ކުރަންވީ ހެއްޔެވެ. ކުރީގައިވިއްޔާ އާދައިގެ ގެއެއްގައި އުޅޭ މީހާ އިތުރު ކުނިއުކާނެ މީހެއް ނުހޯދާ އެކުނި ކޮތަޅު އެނާޔަށް އެއްލާލެވޭނެ ތަނެއް އެމީހަކު ދިރިއުޅޭ ރަށަކުން ލިބިދީފައިވެއެވެ. މިހާރު އެކޮތަޅު އެއްލާލަންވެސް ނެތްފައިސާއިން ފައިސާދޭންޖެހޭވަރަށް ރައްޔަތުންގެ ލާބަޔަށް މިއޮތީ ކަންކަން ތަރައްގީވެފައޭ އެބަބުނެއެވެ. އަޖައިބުން ޙައިރާންވާން ޖެހިއްޖެއެވެ.

ދެން މިހާރުވެސް ތިލްފުށީ ފަޅުން އެދަނީ އެތަނަށް ގެންދިޔަ ކުނިތައްވެސް ބޭރުވަމުންނެވެ. އެހެން ކަމާއިއެކު ދަތުރުވެރިން ސަމާކު ވުމަށް ވެސް ވެމްކޯއިން އެވަނީ އިލްތިމާސް ކުރައްވާފައެވެ. މިވަރުގެ ކެޕޭސިޓޫއެއް ނެތިގެން އުޅޭއިރު ބޭރުން އަދިވެސް ކުނި ފުޅަ އެތެކުރަން އެ އުޅެނީ މޮޔަފުޅުވެގެން ތޯއޭ ހިތައްއަރައެވެ.

ސަރުކާރަށް ކުރާނެ ކަމެއް ނޭނގިގެން ތެޅިބާލަނީ ކަމަށް ގިނަބަޔަކު އެދަނީ ބުނަމުންނެވެ. އަސްލުވެސް ބޮލުރޮދި ކެނޑިއްޖެއެވެ.

އަހަރުވެގެން މިދަނީ މާލޭ ސަރަޙައްދުގައި އުފެދޭ ކުންޏަށް ހަދާނެ ގޮތެއް ސަރުކާރުތަކަށް ނޭނގިގެން ހެއްޔެވެ. ނޫންނަމަ ކުނި މެނޭޖް ކުރާނޭ ނިޒާމެއް ސަރުކާރަށް ގާއިމް ނުކުރެވިގެން އެ އުޅެނީ ދައުލަތުގައި ފައިސާ ނެތިގެން ހެއްޔެވެ؟

     މާލޭ ސަރަޙައްދަކީ އެންމެގިނަ ކަނޑުމަތީ އުޅަނދުދަހަރު ދަތުރު ކުރާ ސަރަޙައްދު ކަމަށްވާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަށް ކުރަނީ މިސަރަޙައްދުގެ ރިޒޯޓް ތަކަށެވެ އަނެއް ކޮޅުން މާލޭސަރަޙަދަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުންގެނެސް މުޅިސަރަޙައްދު މިވަނީ ތޮއްޖައްސުވާފައެވެ. ކަން މިހެން ހުރި އިރު މިސަރަޙައްދުގައި އުފެދޭ ކުނި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މެނޭޖް ނުކުރެވި ސިއްޙީ ގިނަގުނަ ނުރައްކަލާ ކުރިމަތިލާން ޖެހި ރައްޔިތުން މިތިބީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައެއެވެ.

     ދުނިޔޭގެ ނިސްބަތުން އާބާދީ ކުދި ގައުމު ތަކުގެ ތެރޭގައި ހިމެނޭ މިގައުގެ ބަޖެޓް އަންނަނީ އަަހަރަކުން އަހަރަކުން އަތް ގުޅި ނުކާ ވަރަށް ފުފެމުންނެވެ. އަނެއްކޮޅުން ކޮންމެ އަހަރަކު ފާސް ކުރާ އެބޮޑު ބަޖެޓުން އަހަރުގެ މެދުތެރޭން އޮންނަނީ އެބަޖެޓްގެ ބޮޑުޕަސެންޓެއްގައި ވަގުހިފާފައެވެ.

ބޭކާރު ޚަރަދާ އިސްރާފު ބޮޑުވެ އަހަރުގެ މެދަކާހަމައަށް ދާއިރު ބަޖެޓް ހުސްވެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސް ކުރަން ނުޖެހޭއަހަރެއް ނުދެއެވެ. އެހެންކަމުން ދައުލަތުގެ ރިޒާވްގައި ހުންނަ ފައިސާކޮޅަށް ވަމުންދަނީ ކިހިނެއް ކައްމެއްވެސް ރައްޔިތުންނަކަށް ނޭނގެއެވެ.

މިހާރުވެސް ދައުލަތުގެ ރިޒާވްގައި ރައްޔިތުން ޙާލެއްގައި ޖެހިއްޖެ ނަމަ ބޭނުން ކުރަން ހުރީ ކިހާ މިންވަރެއްގެ ފައިސާއެއް ކަންވެސް ނޭނގެއެވެ. އެކަންވެސް އެވަނީ ރައްޔިތުންންށް އޮޅުވާލާފައި ކަމަށް ގިނަ ބަޔަކު ދެކެވެ. ރައްޔަތުން ހޮވާފައިތިބި ރައްޔަތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީސް މެދުވެރިކޮށްވެސް ރައްޔަތުންނަށް އެގެންޖެހޭ މުހިންމު މަޢުލޫމާތު ހޯދައެދުމުންވެސް ބުނެދެނީއަކީ ނޫނެވެ. ސަރުކާރެއް ޚުދުމުޚުތާރުވެވޭނީ މިވަރަށެވެ.

    އެކިސަރުކާރު ތަކުން ބޮޑެތި ބިޔަ ވައްކަން ކޮށް ޢަދަދު ކުރަން ވެސް ނޭނގޭހާ ގިނަ ފައިސާ އާއި ރައްޔަތުންގެ މުދާ ވަނީ ވީ ނުވީ ތަނެއްނޭނގި ޚިޔާނާތްތެރިވެ ގެއްލުވާލައިފައެވެ. ކަން ހުރީ މިހެންކަމާއި އަދި ސަރުކާރަށް މިޙާލަތު އެނގޭހިނދުމެ އަދި ރައްޔިތުން ބަނޑަށް ޖެހެމުން ދާއިރުވެސް އެފައިސާހުރި ތަނަކުން ހޯދާ ދައުލަތުގެ ރިޒާވްއަށް ޖަމާކުރަން މަސައްކަތް ކުރާތަނެއްވެސް ނުފެނެއެވެ.

މިފަދަ ދަތި ޙާލުގައި ރައްޔިތުން ބައިތިއްބާފަ އިތުރަށް ރައްޔިތުން ފެލާލައިގެން ސަރުކާރުން ކޮށްފައިވާ ވައްކަން ފޫބައްދަން އުޅުއްވާ ސަރުކާރަކުން ރަށްޔިތުންގެ ވެށި ތިމާވެށީ ޙިމާޔަތް ކުރަން އިޚުލާސްތެރި ނިޔަތަކާއިއެކު މަސައްކަތް ކޮށްފާނެ ތޯ ސުވާލު ނުކުރާ ރައްޔިތުން ވަރަށް މަދެވެ!

    މާލޭ ސަރަޙައްދުގައި ދިރި އުޅޭ ރައްޔިތުންގެ ސިއްޙީ ޙާލަތު ނުހަނު ކަންބޮޑުވާ މިންވަރަށް ގޯސްވަމުން ދާއިރު ހަސްފަތާލު ތަކުގައި އެކި ބަލިތަކަށް ސުޕެޝަލައިޒް ވެފައިވާ ޚާއްޞަ ޑޮކްޓަރުން ނެތުމަކީ ސަރުކާރުން ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ދިރި ދުނިޔޭގައި ތިބުމަކީ މާ މުހިންމު ކަމެއް ނޫން ކަންކަން އަންގައިދޭ އަލިގަދަ ދަލީލެކެވެ.

    ވެރިންގެ ނަޒަރުގައި ދައުލަތުގެ ހުންގާނަކީ އެވެރިން ބޭނުންވާ މިސްރާބަކަށް ގައުމީ ނައު މަންޒިލް ކުރަން ރައްޔިތުން ދޭ ޗެކެއްކަހަލައެވެ. އެހެން ކަމުން އެއް ވެރިޔަކު ކޮށްފައިހުރި ވައްކަން އަނެއް ވެރިޔަކު ނުބަލަން އެވެރިންގެ މެދުގައި ގަރާރު ކުރެވިފައިވާ ކަމަށް ބަލަން ޖެހޭ ހިސާބަށް ގައުމުގެ ކަންކަން މިވަނީ ގޮސްފައެވެ.

    މިޙާލަތުގައި އޮތް ގައުމަކަށް ބޭރުން ކުނި އެތެރެ ކުރަން ފަށައިނަމަ މުޖުތަމަޢުގައި ސިއްޙީރޮގުން ރައްޔިތުން ވެއްޓިގެންދާނީ އަނދަވަޅަކަށް ކަން ކަށަވެރެވެ.

ރައްޔަތުން ކައިރީގައި މޮޅު މެނިފެސްޓޯއެއް ހަދާ ފޮނި އުންމީދީ ސްޓޯރީތައް ޖައްސައިގެން އެވަނީ ވެރިކަން ލިބިފައެވެ. ހެއްދެވިފަރާތް ގަންދީ ހުވާކޮށްގެން ވެރިކަމަށް ވެޑުވިފައެވެ. ހެޔޮވެރިކަމެއް ރައްޔަތުންނަށްޓަކާ ކުރެވޭނީ މަޖިލިސް ލިބިގެނޭ ބުނުމުން އެކަންވެސް އެވަނީ ރައްޔަތުން ގަނޑުކޮށް ކޮށްދީފައެވެ. އެހެންސް ރައްޔަތުންނަށް އަދި އެމްޑީޕީއަށް ވެސް މިލިބުނީ ދޯކާނޫންތޯއެވެ!

Loading

2 Responses

  1. Mihaaru mihunnevi raees Iburaahimekey Kunin aamudhanee ufadhdhanri riyaasee kempion gaa vaudhu vegen verikamah vadaigen hunnevi verieh ehen veemaa mihaaru thi fennanee Kunin aamudhanee ufadhdhaa than,
    Emme dhera kamakee mi noohun komentu kuran vidhaalhu vefaa kuraa komentu jahaidhen nukerun.

  2. ހޫނނނ މޮޅެއްނު. ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ވަނީމައި އަނގަ ފުޅާކުރަން ލަދުގަނެބަލަ ދެންވެސް. ރައީސް ޔާމީނުގެ 5 އަހަރުގަ ކުނި މެނޭޖުކުރާނެ ނިޒާމް އެކުލަވާލާފައި ކުރަންވީގޮތްދައްކާފައި ކަންކުރީމައި، މާމޮޅު ހޯދައިދޭން އައި ވެރިކަމުގައި އެތަންވެސް ދާވާލައި އެކަން އެވަނީ ބަނގުރޫޓުކޮށް ވެމްކޯ ފެއިލްކޮށްލާފައި. ގުއިމުންޖޭ ދެންކިޔާނެކަމެއްނެތް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް