ދެ އުޅަނދެއްގައި އަލިފާން ރޯވެއްޖެ

Loading

Facebook
Twitter
WhatsApp


  ކޮޅުމަޑުލު ވިލުފުށީ ބަނދަރުގައި އަޅާފައި އޮތް ތޮޔޮއުފުލާ 2 އުޅަނދެއްގައި އަލިފާރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.

     އިއްޔެ އިރުއޮސި 6.20ހާއިރު ހިނގި މި އަލިފާނުގެ ކާރިސާ ކޮންޓްރޯލްކުރެވުނީ ދޮޅުގަޑިއެއްހާއިރު ފަހުން ކަމަށް އެރަށުގެ އަތިރިމަތީގައި ހުރިމީހަކު ބުންޏެވެ.

      ޖެހިޖެހިގެން ބަނދަރުކޮށްފައިވާ މިދެދޯނީގައި ހިނގާދިޔަ މި އަލިފާނުގެ ކާރިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ.

    މި ދެދޯންޏަކީ ތެޔޮ އުފުލާގޮތަށް ތައްޔާރުކިށްފައިވާ ދެ އުޅަނދެވެ. ދެދޯނީގައި ހިންގި މި އަލިފާނުގެ ކާރިސާގައި ދެދޯނަިގެ ބޮޑުބައި ވަނީ އަނދާފައެވެ.

     މިއަލިފާނުގެ ކާރިސާހިގަން ދިމާވިސަބަބެއް އަދި ނޭނގެއެވެ. ތަޙުގީގު ކުރިއަށް ދާކަމަށް ފުލުހުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް