ވައިގެ ސަރަޙައްދުގައި ވައި ނުސާފު ވުމާއެކު ބޭރުގައި އުޅުން މަދުކުރަން އެދިއްޖެ

Loading

Facebook
Twitter
WhatsApp


    ރާއްޖޭގެ ސަރަޙައްދުގެ ވައި ނުސާފު ވެފައި ވާތީ ބޭރުގައި އުޅޭވަގުތު ތަކުގައި ރައްކާތެރިވެގެން އުޅުމަށް ހެލްތު ޕްރޮޓެކްޝާން އޭޖެންސީ އެޗްޕީއޭއިން އެދިއްޖެއެވެ.

     މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހުޅަގުން އިރުމަށްޗަށް ވައި ބަދަލުވަމުން ދާތީ ހިމާލިޔަން ސަރައްދުގެ ހިރަފުހާދުން ބޭއޮފްބެންގޯލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރާފައި ވާތީ ކަމަށެވެ. ވައިނުސާފުވުމުގެ އަސަރު އެންބޮޑަށް ކުރާނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅު ތަކަށް ކަމަށް ވެސް މެޓްއޮފީހުން ބުނެއެވެ. 

އަދި މިދެންނެވި ހިރަފުހާއި ދުމުގެ ސަބަބުން ނޭވާލުމުގެ މައްސަލައެއް ކުރިމަތިވެދާނެ ކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.

    ވައިނުސާފު ވުމުގެ ސަބަބުން ޖައްވު ފުސްވެ ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން ކައިރި ރަށްތަކާއި ދިގުމަގުތަކަށް ބަލާލުމުން ފުސްވެފައިވާ މިންވަރު އެނގިގެން ދެއެވެ.

    ދުނިޔޭގެ ވައިގެ ސާފުމިން ވަޒަންކުރާ “ އައި ކިއު އެއަރ“ އިން ވައިގެ ސާފުކަން ވަޒަންކުރާ 6 މިންގަނޑެއް އޮވެއެވެ. އޭގެ ތެރެއިން އެންމެގޯސްވެގެން ދާނީ އެއްވަނަ ދަރަޖައިގެ މިންގަޑެވެ.

    މިދެންނެވި މިންގަނޑު ތަކަށް ބަލާއިރު ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ވައި ތަޣައްރު ވެފައިވަނީ 3 ވަނަދަރަޖައިގައެވެ.

     މި ދެންނެވި މިންކުރުންތަކަށް ބަލާއިރު ރާއްޖޭގެ ވައި ތަޣައްޔަރުވެފައިވަނީ ނުރައްކާތެރި މިންވަރެއްގައެވެ. އެއީ 101 އާއި 150 އާއިދެމެދުގެ މިންވަރެކެވެ. އެގޮތުން ވައި އެންމެ ބޮޑަށް ތަޣައްޔަރުވެފައިވަނީ ތިލަދުންމަތީ ކުޅުދުއްފުށި ހިމެނޭ ސަރަޙައްދުގައެވެ. 

އެއީމިންކުރުމުން 122ގެ މިންވަރެވެ.

     ރައްކާތެރި ވުމުގެގޮތުން ފުއްޕާމޭގެ ބަލި ހިތުގެބަލި އަދި އެލާޖީގެ މައްސަލަތަށް ހުންނަ މީހުންނާއި މާބަނޑު އަންހެނުން ގެއިންބޭރުގައި އުޅޭ ވަގުތު މަދުކުރުމާއި، ބޭރަށް ނުކުމެ އުޅެންޖެހާ ޙާލަތް ތަކުގައި ރައްކާތެރި ވުމުގެ ގޮތުން މާސްކް އުޅުއްވުމަށްވެސް އެޗްޕީއޭ އިން އެދިވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން ތުއްތު ކުދީންނާއި ދޮށީ ޢުމުރުގެ މީހުން ގެއިން ބޭރަށް ނުނެރުމަށާއި، ގޭގެ ދޮރުތައް ބަންދު ކުރުމާއި، ބޭރަށް ނުކުމެ ކުރާ ކަސްރަތު މަޑުޖައްސާލުމަށް ވެސް އެޗްޕީއިން އެދި ވަޑައިގެންފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް