ގޭންގް ތަކުގައި ފުލުހުންނަށް އަތްލެވޭ ވަރަށްވުރެ ނުފޫޒާ ބާރު ގަދަ - ސީޕީ

Loading

Facebook
Twitter
WhatsApp


 ގޭންގް ތަކުގައި ފުލުހުންނަށް އަތްލެވޭ ވަރަށްވުރެ ނުފޫޒާއިބާރު ގަދަ ބަޔަކު އެބައުޅޭ ކަމަށް ކޮމިޝަނަރއޮފް ވިދާޅުވެއްޖެއެވެ.

    ގޭންގް ތަކުގައި މަސްތުވާތަކެތީގެ ވިޔާފާރި ކޮށް މުއްސަނދި ވެފައި ތިބި ބަޔަކު އެބައުޅޭ ކަމަށާއި އެބައިހުންގެ ގައިގާ ފުލުހުހުންނަށް އަތްލެވޭވަރަށްވުރެ އެބައިމީހުންގެ ނުފޫޒާ ބާރު މާގަދަ ކަމަށް ކޮމިޝަނަރ އޮފްޕޮލިސް ވިދާޅުވެއްޖެއެވެ.

މިއީ ވަރަށް ބިރުވެރި ސްޓޭޓްމަންޓް އެކެވެ. އެހެނީ ޢަމަން ބަލަހަށްޓަން އޮތް ބާރަށްވެސް ގޮންޖެހޭވަރުގެ ނުރައްކާތެރި ގޭންގުތަކެއް އުފެދި މިދަރަޖައަށް އައުމަކީ އަދި ޚޮދު ސީޕީ މިފަދަ ސްޓޭޓްމަންޓެއް ދެއްވުމަކީ ކަމުގެ ނުރައްކާ ޢާންމުނަށް އޮތްވަރުގެ އަންގައިދެއްވުން ކަމުގައި ދެކެމެވެ.

     އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްޓަކާ މިއަދު ބޭއްވި ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުންބެވެ.

     އެމަނިކުފާނު ގިދާޅުވި ގޮތުގައި ގޭންގް ތަކަށް ނިސްބަތްވާ މިފަދަ ބައެއް ފަރާތްތަކުން އެބައިމީހުންގެ އަމިއްލަ ފިހާރަތަކާއި ޔޮޓްފަހަރު އޮޕްރޭޓް ކުރަމުން ދެއެވެ. އެހެންކަމާއިއެކު އެވެރިންގެ ބާރާނުފޫޒް ކަމާއިބެހޭ ގިނައިދާރާތަކަށް ފޯރަމުން ދިއުމާއި ގުޅިގެން މިކަންކަން ބަލާތަޙުގީގު ކުރުމަށްޓަކާ މިހާރުވާނީ ރައީސުލްޖުމްހޫރިއްގެ ގަރާރަކުން ޚާއްޞަ ކޮމިޝަނެއް އެކުލަވާލެވިފައެވެ.

އަނެއްކާވެސް ކަމުގެ ސީރިއަސް ކަމެވެ.

އެހެނީ ހެދިފައިވާ ގާނޫނާއި ގަވާއިދުތަކުގެ އެ ދިގުއަތް ނުފޯރާވަރަށް ނުރައްކާތެރިކަން ފެތުރިފާވާކަމަށް ގަބޫލުކުރެވިގެން ރައްޔިތުންނަށް ރައްކާތެރި މާޙައުލެއް ގާއިމްކޮށްދިނުމަސް އަވަސް ޙައްލެއްގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކާއި ހަމައަށްވެސް ގެންގޮސް އަލަންޖެހޭ ފިޔަވަޅު އަވަސްކުރެއްވި ވާހަކަފުޅެވެ. 

 ރައްޔަތުންނަށް ޢަމަން އަމާންކަން ކަށަވަރުކޮށް ދިނުމަށް ފުލުހުން ފަހަތަކަށް ނުޖެހޭނެ ކަމަށާއި ރާއްޖޭގައި ހިންގާ ނުރައްކާތެރި މިފަދަ ގޭންގްތައް މައިތިރިކޮށް ރައްޔަތުންނަށް އަމާން ވެއްޓެއް ގާއިމް ކޮށްދެއްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

     

Loading

One Response

  1. ފަސްއަހަރު ހޭދަވާއިރު ނުކުރެވުނު…..އުމަރު ނަސީރުއާ ޙަވާލު ކުރޭ…ކުރާނެ…ކުރެވޭނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް