ތާރީޚުގެ ސަފުހާތަކުގެ ތެރެއިން: ތުރުކީ އިން ފިލާވަޅެއް

ކުރީދުވަހުގެ ’ފަލަސްތީނުން ފިލާވަޅެއް’، މިލިޔުމުން ފެނިގެންދިޔައީ ގައުމެއްގެ ރައްޔިތުން ގައުމީ ކަންކަމުގައި ހޭލުންތެރި ނުވެ ތިބުމުންނާއި އަދި ސިޔާސީ ވެރިންގެ އަމިއްލަ އެދުމުގެ ސަބަބުން ގައުމުގެ ސިޔާދަތާ މިނިވަންކަން ގެއްލިދާ ގޮތުގެ މިސާލެކެވެ. މިއަދު، ބަލާލަން ގަސްދުކުރަނީ މިއާ އިދިކޮޅު މިސާލަކަށެވެ. ތަނުގެ ސިޔާދަތާ މިނިވަންކަން ގެއްލިދިޔުމުގެ ބިރު ހީވުމުން، ލަސްނުކޮށް އެ ބިރު ނެތިކޮށްލުމައްޓަކައި ތެދުވެ، އަތުރުކުރި އޮޅާލައި މަސައްކަތްކުރުމުން، ގައުމުގެ ސިޔާދަތާއި މިނިވަންކަން ސަލާމަތްކޮށް ރައްކާތެރިކުރެވޭ ގޮތުގެ މިސާލެކެވެ. އާދެ، 1918ގައި ފުރަތަމަ ބޮޑު […]

ފަލަސްތީނުގެ ވާހަކައިން ލިބޭ އިބުރަތް -2: ގައުމީ ކަންކަމުގައި އާންމުން

ކުރީގެ ޢަދަދާ ގުޅޭ.. http://sandhaanu.today/2585 އާދެ، މި ނަންގަތް ހޭލުންތެރިކަން ނެތުމުގެ އާޚިރު ނަތީޖާއަކީ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމެވެ. އަމިއްލަ ވަކި ގައުމެއްގެ ސިފައިގައި އޮންނަ އޮތުމާއި ތަނުގެ މީހުންގެ މިނިވަންކަން ގެއްލިދިޔުމެވެ. ދެހާހުގެ އަހަރުތައް ފެށުނީއްސުރެންހެން، އިންޑިޔާގެ ބާރުގެ ދަށަށް، ރާއްޖެ، ގެންދިޔުމުގެ މަސައްކަތް ބާރު އިސްޕީޑެއްގައި ފެށުނެވެ. ރާއްޖޭގައި އެމީހުންގެ ވެރިކަން ގާއިމު ކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެއްގެ، ދަހިވެތި އެދުމުގެ ފައިދާގެ ބޭނުން، އިންޑިޔާއިން އެންމެ ފުރިހަމައަށް  ހިފައިގެންނެވެ. […]

ފަލަސްތީނުގެ ވާހަކައިން ލިބޭ އިބުރަތް: ގައުމީ ކަންކަމުގައި އާންމުން ހޭލުންތެރިވުން

ވިހި ވަނަ ގަރުނަށް އެޅުނު އިރު، ފަލަސްތީނުގައި އެތަނުގެ އާބާދީގެ %92 އަށް ވުރެ މަތީ އަދަދަކަށް އުޅެނީ އަރަބިންނެވެ. އަދި، އޭރު، ފަލަސްތީނުގެ ބިމުގެ %98 މިލްކުވެރިކަން ވެސް އޮތީ އަރަބިންގެ އަތް މަތީގައެވެ. އެއިރު، ފަލަސްތީނުގެ ޔަހޫދީންގެ އާބާދީއަކީ %8 އެވެ. އެމީހުންގެ ބިމުގެ މިލްކުވެރިކަމަކީ %2 އެވެ. ނަމަވެސް، 1920 ވަނަ އަހަރުން ފެށިގެން މިއަދަދަށް ބަދަލު އަންނަން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ސައިކްސް ޕީކޯ އެއްބަސް ވުމުގެ ދަށުން […]

އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ވާހަކަ- 2 ވަނަބައި

އިންޑިއާ ގަބޫލުކުރަނީ އިންޑިއާ ކިޔާ ކަނޑަކީ އިންޑިއާގެ މިލްކެއް ކަމެވެ. މިފަދަ މާނަތައް ދޭހަވާ އިބާރާތްތައް ތަކުރާރު ކުރެއެވެ. މިފަދަ އިބާރާތްތަކާއި ވާހަކަތައް ނޫސްތަކުން ފެންނާނީ މަދެއްކޮށްެއް ނޫނެވެ. ލޯހުޅުވާލައިގެން، އަމިއްލަ ވިސްނުން ބޭނުން ކޮށްގެން އެ ލިޔުންތައް ކިޔާލާށެވެ! އާދެ، މިފަދައިން ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ވަކި ކަމަކަށް ރައްޔިތުން ތައްޔާރުކުރުމެވެ. ރާއްޖޭގައި އިންޑިޔާ ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމަށް މަގު ފަހިކޮށް ރައްޔިތުން އެކަން ބަލައިގަންނާނޭ ގޮތަކަށް ރައްޔިތުން ދުރާލާ ތައްޔާރުކުރުމެވެ. މިއީ އާ […]

އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ވާހަކަ -1 ވަނަބައި

’ރޫސީ ސާރިދޯޅު‘ ނުވަތަ ’ރަތް ސާރިދޯޅު‘ މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރު އާންމުވީ އިބާރާތެކެވެ. އެދުވަސް ވަރު ސޯވިއެޓު ޔުނިއަންއަށް ނިސްބަތްކޮށް ކިޔާ އުޅުނު ނަމެކެވެ. ރޫސީ ނުވަތަ ރަތް ސާރިދޯޅުގެ ވާހަކައަކީ ކޮބައިކަމާއި މިއަދު އެވާހަކަ ދައްކަން ޖެހުނު ސަބަބު ބަޔާންކޮށްދިނުމުގެ ކުރިން ފިނި ހަނގުރާމައަކީ ކޮބައިކަން ބުނެލަން ޖެހެއެވެ.  ރޫސީ ނުވަތަ ރަތް ސާރިދޯޅު ފާޅުވާން މެދުވެރިވި ސަބަބު އެނގިދިޔުމައްޓަކައެވެ. 1945ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ދުނިޔޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ދިޔައެވެ. […]

ސިންގާގެ ދަތްތައް ދައްކާލުން

އަރަބި އަދަބިއްޔާތުގެ ޝޭކްސްޕިޔަރު ކަމުގައި ބެލެވޭ ޢަރަބި ޅެންވެރިޔާ މުތަނައްބީގެ  (915-965 މ.) ޅެމެއްގެ ބައިތެއްގައި އޮވެއެވެ. إذا رأيت نيوب الليث بارزة     *   فلا تظنن أن الليث يبتسم މާނައަކީ، ސިންގާގެ ދަތްތައް ފާޅުކޮށް ކަލެއަށް ފެނުމުން، ފަހަރެއްގައި ވެސް ސިންގާ ހެނީ ކަމުގައި ކަލޭ ހީކޮށްގެން ނުވާނެއެވެ! މިއަދުގެ ވާހަކަކޮޅު ގުޅެނީ މި ބައިތުގައި އެކުލެވޭ ޙިކުމަތާއެވެ. މިބައިތުގައި އެކުލެވޭ ޙިކުމަތަކީ ކޮބާ ހެއްޔެވެ؟ މީހަކު، ބޮޑަށް ހީލައިފި ނަމަ، […]

’ދީނީ ހަރުކަށި‘ ފިކުރަކީ ކޮބައިކަމާއި އެކަމުގެ ސަބަބާއި އަދި އެކަމުގެ ހައްލުގެ މައްޗަށް ބަލައިލުން – 3

maldives news

 http://sandhaanu.today/1132 http://sandhaanu.today/1253 މި ލިޔުމުގެ ފުރަތަމަ ބައިގައި އިސްލާމް ދީނުގައި ދީނުގެ މަފްހޫމަކީ ކޮބައިކަމާއި އެ މަފްހޫމުގެ މާނަ ދެނެގަތުމުގެ ގޮތުން ދެނެގަންނަން ޖެހޭނޭ ހަތަރު ލަފްޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފްޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮކަންތައްތައްކޮށް، އަދި، ނުބައިކަންތައް ކުރުމުން ދުރުވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ ހެޔޮގަތަކީ ކޮބައިކަން ކަނޑައަޅާލުމާއި […]

ތިން ގެރިއަކާއި ސިންގާއެއްގެ ވާހަކަ

vaahaka

ޖަންގަލީގެ އެއްފަރާތެއްގައި އޮތް ހާމަ ފެހި ދަނޑެއްގައި ތިން ގެރި އުޅުނެވެ. ހުދު ކުލައިގެ ގެރިއަކާއި ގަދަ ރަތް ކުލައިގެ ގެރިއަކާއި ކަޅު ކުލައިގެ ގެރިއެކެވެ. ވަރަށް އެކުވެރިކަމާއިއެކު ތިން ގެރި އޭގެ ދުވަސްތައް ވޭތުކުރަމުން ދިޔައެވެ. ކެއުން ބުއިމުގެ އެއްވެސް ދަތިކަމެއް މެދުވެރިއެއް ނުވެއެވެ. ގަވާއިދުން ވާރޭ ވެހޭތީ ފެން ލިބެއެވެ. އަދި އެހެންވެ، ދަނޑުގެ ވިނަގަނޑު އަބަދުވެސް، އާރޯކަންމަތީ ތާޒާކޮށް އޮވެއެވެ. ބޭނުންވި ވަރަކަށް ވިނަލިބެން އޮވެއެވެ. ކޮންމެ އަކަސް، ތިން ގެރި ވަރަށް […]

’ދީނީ ހަރުކަށި‘ ފިކުރަކީ ކޮބައިކަމާއި އެކަމުގެ ސަބަބާއި އަދި އެކަމުގެ ހައްލުގެ މައްޗަށް ބަލައިލުން – 2

news maldives

http://sandhaanu.today/1132/ އައި ގުޅޭ…. މި ލިޔުމުގެ ފުރަތަމަ ބައިގައި، އިސްލާމް ދީނުގައި، ދީނުގެ މަފްހޫމަކީ ކޮބައިކަމާއި އެ މަފްހޫމުގެ މާނަ ފަހުމުކުރުމުގެ ގޮތުން ދެނެގަންނަން ޖެހޭނޭ ހަތަރު ލަފްޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފްޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮ ކަންތައްތައް ކޮށް، އަދި، ނުބައިކަންތައް ކުރުމުން ދުރުވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ […]

އިއްފަތް ފޭރުން އާންމު ވެއްޖެ ނަމަ، އެކަމުގެ ހައްލަކީ، ގާނޫނީ ގޮތުން އެކަން ހުއްދަ ކުރުން ހެއްޔެވެ؟

News

މިހާރުގެ އެންމެ ހޫނު ޚަބަރަކީ ބިދޭސީން ދޭސީންނަށް ހެދުމުގެ ވާހަކައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބޭރު، ބިދޭސީން، ދިވެހި ދޭސީ ރައްޔިތުންނަށް ހެދުމުގެ ވާހަކައެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް އެޅުވުމުގެ ހައްލަކީ އެމީހުންނަކީ ތަނުގެ މުވާތިނުންކަމުގައި ހަދައި ދިވެހިރާއްޖޭގެ މީހުންނަށް ހެދުމެވެ. މިކަން ކުރެވޭނީ ފާސްކުރެވޭ އާ ގާނޫނެއްގެ ދަށުންނެވެ. މިއީ ގައުމީ މުހިއްމު މައްސަލައަކަށް ވިޔަސް، މިކަން ކުރަން ޖެހިއްޖެކަން އިއުލާނުކުރެއްވީ ގައުމުގެ ރައީސެއް ނޫނެވެ. ގައުމުގެ މަހާރާޖާއެވެ. އާދެ، ވެރިންގެ […]