ފަހަށް އެނބުރި ބަލައިލުމެއް: ތާރީޚުގެ އިބުރަތްތެރި ސަފުޙާތަކުގެ ތެރެއިން ތުރުކީ އިން ފިލާވަޅެއް:

ކުރީދުވަހުގެ ’ފަލަސްތީނުން ފިލާވަޅެއް’، މިލިޔުމުން ފެނިގެންދިޔައީ ގައުމެއްގެ ރައްޔިތުން ގައުމީ ކަންކަމުގައި ހޭލުންތެރި ނުވެ ތިބުމުންނާއި އަދި ސިޔާސީ ވެރިންގެ އަމިއްލަ އެދުމުގެ ސަބަބުން ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިދާ ގޮތުގެ މިސާލެކެވެ. މިއަދު، ބަލާލަން ގަސްދުކުރަނީ މިއާ އިދިކޮޅު މިސާލެއްގެ މައްޗަށެވެ.  ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލިދިޔުމުގެ ބިރު ހީވުމުން، ލަސްނުކޮށް އެ ބިރު ނެތިކޮށްލުމައްޓަކައި ތެދުވެ، އަތުރުކުރި އޮޅާލައި މަސައްކަތް ކުރުމުން، ގައުމުގެ ސިޔާދަތާއި މިނިވަންކަން ސަލާމަތްކޮށް ރައްކާތެރި ކުރެވޭ ގޮތުގެ މިސާލެެއްގެ މައްޗަށެވެ. އާދެ، 1918ގައި ފުރަތަމަ […]

ސިޔާސީ މުނާފިގުކަމުގެ ބަލި: ދަނޑިވަޅުބަލާފައި ޚުޝާމަދުކުރުމާއި ބިރުވެރިކަމުގެ ވަގުތުގައި ފިލުން!

އަޅުގަނޑުމެންގެ އަމިއްލ ދިވެހި ދުނިޔޭގެ ސިޔާސީ މަސްރަޙުން ވޭތުވެގެންދިޔަ ވެރިކަމުގެ ދައުރުގެ ތެރޭގައި ފެނިތަޖުރިބާ ވެގެންދިޔަ ސިޔާސީ ނިފާގުކަން، ގައުމުގެ ޙަޔާތަށް ގެނެސްދޭ ގެއްލުންތަކާމެދު އެއްޗެއް ދެންނެވުމުގެ ކުރިން ދުނިޔޭގެ އެހެން ގައުމެއްގެ މިސާލެއްވެސް ދަންނަވާލުމަކީ، މައުޟޫއުން ބޭރުކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު ބޭނުން މުހިއްމު ނުކުތާއެއްފާހަގަ ކޮށްލުމަށްޓަކާ މުގައްދިމާއެއްގެ ގޮތުންނެވެ. ’ދަންބެރަށްވުރެ ތަގުޑި ދިގުވެގެން ދިޔަނަމަވެސް‘ އައްސަވާބޭފުޅުންގެ އަރިހުން މަޢާފަށް އެދެމުންނެވެ. އިންޑިޔާގައި 700 އަހަރުވަންދެން ދެމިއޮތް މުސްލިމުންގެ ވެރިކަން ނިމިގެންދިޔައީ އިންޑިޔާގެ މައްޗަށް […]

’ ބާރަ ދުވަސް ’ ކީރިތި ރަސޫލާ (ސއވ)ގެ ޢީދު ސިޔަރަތުގެ ބައެއް މުހިއްމު މަގުފާހަގަތައް -2

ކުރީގެ ޢަދަދާއި ގުޅޭ …. ’ބާރަ ދުވަސް‘ – ކީރިތި ރަސޫލާ (ސއވ)ގެ ޢީދު ސިޔަރަތުގެ ބައެއް މުހިއްމު މަގުފާހަގަތައް -1 މަދީނާގައި އިސްލާމީ ދައުލަތެއް ގާއިކުރެއްވުމުގެ މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވިއިރު، އެކަލޭގެފާނައި ވަރުގަދަ ދެ ގޮންޖެހުމެއް ކުރިމަތިވިއެވެ. މަދީނާގެ ތެރެއިން އައި ދާޚިލީ ގޮންޖެހުމަކާއި މަދީނާގެ ބޭރުންއައި ޚާރިޖީ ގޮންޖެހުމެކެވެ. މަދީނާގެ ތެރެއިން މަދީނާގައި އުޅުނު ޔަހޫދީ ގަބީލާތައް އެމީހުންނާކުރެވުނު މުއާހަދާތަކާ ޚިލާފުވެ، މުސްލިމުންނާ ދެކޮޅުވެރިވެ ގަތެވެ. މިކަމުގެ އަސްލު ގުޅެނީ މަދީނާގައި އޮތް މަދީނާގެ […]

’ބާރަ ދުވަސް‘ – ކީރިތި ރަސޫލާ (ސއވ)ގެ ޢީދު ސިޔަރަތުގެ ބައެއް މުހިއްމު މަގުފާހަގަތައް -1

 އިހުގައި ދިވެހިން ކިޔާ އުޅުނު ގޮތުން ބާރަދުވަހަކީ ރަބީއުއްލައައްވަލު މަހުގެ ބާރު ދުވަހެވެ. އާދެ، ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި، ކީރިތި ރަސޫލުﷲ (ސއވ)ގެ އުފަން ދުވަހެވެ. މި ދުވަސްވަރު ބާރަ ދުވަސް އައުމުން، އެންމެ ފުރަތަ ދެކެވޭ ވާހަކަތަކުގެ ތެރޭގައި މިދުވަސް ފާހަގަކުރުމުގެ ޝަރުއީ ޙުކުމް ބަޔާންކުރުން ހިމެނެއެވެ. އެއްބަޔަކު ދެކެނީ އެއީ ބިދުއަތެއްގެ ގޮތުގައެވެ. ދީނުގައި އަލަށް އުފައްދައިގެން އުޅޭ ކަމެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ (ސއވ)އާއި އަދި ސަލަފުއްސޯލިހުގެ ދުވަސް ވަރު، […]

ގައުމީ ދުވަހެއް ބައްދަލުކޮށްފައި ދާއިރު ހިތަށް އަރާ ބައެއް ކަންތައްތައް

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ލިޔުމެއް ލިޔުމުގެ ދައުވަތު ލިބުމުން، އެއްޗެއް ލިޔަން ނުލިޔަން ހުރެފައި، އެންމެ ފަހުން، ކޮންމެ ވެސް އެއްޗެއް ލިޔަން ނިންމައި މި ލިޔުން ލިޔަން ފެށީމެވެ. އެކި ގައުމުތަކުގައި، ގައުމީ ދުވަހެއް ފާހަގަކުރަނީ ޚާއްސަ މުނާސަބަތަކާއި ގުޅުވައިގެންނެވެ. ގިނަފަހަރަށް އެދުވަސް ގުޅެނީ އެ ގައުމުގެ މިނިވަންކަމާއެވެ. ބޭރުގެ ބާރެއްގެ ދަށުން ގައުމު މިނިވަންވުމާއެވެ. އެދުވަސް ފާހަގަކުރުން ގުޅެނީ ގައުމުގައި މި އަގު، އާދެ، މިނިވަންކަމުގެ އަގު ވަޒަންކޮށް ދެމެހެއްޓުމާއެވެ. ގައުމުގެ […]

ތަރައްގީ އިންތިގާލީ – 2

ތަރައްގީގެ މަގުގައި ކަޑައްތުކުރާ އިންތިގާލީ މަރުޙަލާއާއި އެ މަރުޙަލާގެ ޗެލެންޖު! ކުރީގެ ޢަދަދާއި ގުޅޭ.. http://sandhaanu.today/3637/ މި ނަންގަތް ފައިލަސޫފުން، ސިޔާސީ އެކިއެކި މައްސަލަތައް ނަންގަވައިގެން ބަހުސްކުރެއްވިއެވެ. ޝަރުއީ ހުކޫމަތް، މާނައަކީ ގާނޫނީ ސިފަ ލިބެގެންވާ ވެރިކަމަކީ، ކޮބައިކަމާއި، ވެރިކަން ކުރުން އެންމެ ހައްގުކަން ބޮޑީ ކާކުކަމާއި، މި މައްސަލަތަކާ ބެހޭ ގޮތުން އެބޭކަލުން ދެކިލައްވާ ގޮތުގެ ވާހަކަތައް އެބޭކަލުންގެ ލިޔުންތައް މެދުވެރިކޮށް އާންމުންގެ ކުރިމައްޗަށް ހުށަހަޅާލިއެވެ. އަދި އިންސާނާގެ ތަބީއީ ހާލަތަކީ ވަކި ގޮތަކަށް އިންތިޒާމުކުރެވިފައި […]

ތަރައްގީ އިންތިގާލީ – 1

ތަރައްގީގެ މަގުގައި ކަޑައްތުކުރާ އިންތިގާލީ މަރުޙަލާއާއި އެ މަރުޙަލާގެ ޗެލެންޖުތައް. ދިވެހިރާއްޖެ ކަޑައްތުކުރަމުން މިދަނީ ވަރަށް ވެސް ޚުތޫރަތްތެރި ދުވަސްތަކެކެވެ. ވަރަށް ވެސް ނުރައްކާތެރި، އަހައްމިއްޔަތުކަން ބޮޑު ދުވަސްތަކެކެވެ. އެއީ މިދުވަސްތަކަކީ ރާއްޖޭގެ މަސީރު ކަނޑައަޅާލާނޭ ދުވަސްވަރަކަށް ވާނެތީއެވެ. ރާއްޖޭގެ ކުރިމަގު އޮންނާނެ ގޮތަކާއި، އެ ގޮތުގައި އޮވެ، ރާއްޖެ ކުރިއަށް ފިޔަވަޅު އެޅުން ކަނޑައަޅާނޭ ދުވަސްތަކަކަށް ވާނެތީއެވެ. ޝައްކެއްނެތް ގޮތުގައި، ރާއްޖޭގެ މަސީރު ކަނޑައަޅާލުމުގެ ބާރާއި އިޚްތިޔާރަކީ ދިވެހި މުވާތިނުންގެ، ދިވެހި ރައްޔިތުންގެ، ހައްގެކެވެ. މިއީ، […]

ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި އޭގެ ހިތި ނަތީޖާ -2

ކުރީގެ ޢަދަދާއި ގުޅޭ …. http://sandhaanu.today/3145/ ވެރިކަމުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ތަރަފުގެ ދިރިއުޅުން ދެމެހެއްޓުމެވެ. މީގެ އިތުރުން، އިޖުތިމާއީ އެތައް ބަލިތަކެއް ވެސް އޮތީ ފެތުރިފައެވެ. ސަރުކާރުގެ އިދާރާތަކުގައި ރިޝްވަތާއި ފަސާދަ އޮތީ އަށަގެންފައެވެ. ތަނުގެ ޝަރުއީ ނިޒާމު އޮތީ ހަލާކުވެފައެވެ. ގާޒީންނަށް ރިޝްވަތު ދީގެން މައްސަލައްތައް ނިންމުމުގެ ފަސާދައެވެ. ގާތް ތިމާގެ މީހުން ކުށްކުރުމުން ކުށްވެރިނުވުމުގެ ފަސާދައެވެ. މަސްތުވާތަކެތީގެ ވަބާ ވެސް އޮތީ އާންމު ވެފައެވެ. ގާތްތިމާގެ ކަމާއި ރައްޓެހިކަމުގެ ތަރާދުން ކިރައި […]

ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި އޭގެ ހިތި ނަތީޖާ

ބައެއް ލިޔުންތެރިން ފާހަގަކުރައްވާ ގޮތުގައި، ގައުމެއްގެ ތަރައްގީގެ ހަޔާތުގައި ތަފާތު އެކި މަރުޙަލާތައް ކަޑައްތުކުރަން ޖެހެއެވެ. ބަތަލުންގެ ދައުރުގެ މަރުހަލާއެވެ. މިމަރުހަލާގައި ގައުމުގައި ކުރެވޭ ހުރިހާ ރަނގަޅުކަމަކާއި ލިބޭ ހުރިހާ ކާމިޔާބީތަކެއް ނިސްބަތްކުރެވެނީ އެވަގުތު ގައުމުގެ ވެރިކަމުގައި ހުންނެވި ބޭފުޅަކަށެވެ. އަދި ހަމަ އެހެންމެ، ގައުމުގައި ހިނގާ ހުރިހާ ނުރަނގަޅު ކަމަކާއި ގައުމަށް ލިބޭ ނާކާމިޔާބީއެއް ވެސް އެވަގުތު ގައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅުވެއެވެ. ރާއްޖޭގެ ކައިރި މާޒީއަށް ބަލައިލި ކަމުގައި ވިޔަސް، ރާއްޖޭގެ […]

ތާރީޚުގެ ސަފުހާތަކުގެ ތެރެއިން: ތުރުކީ އިން ފިލާވަޅެއް -2

ކުރީގެ ޢަދަދާއި ގުޅޭ…. http://sandhaanu.today/2975/ ދެން، ރާއްޖެ، ބޭރު ބާރެއްގެ ދަށަށް ދިޔުމުން، ތުރުކީގެ އަސްކަރީ ބާރުތައް ކުޑަކޮށްލެވުނު ގޮތަށް، ރާއްޖޭގެ އަސްކަރީ ބާރުތަކަށް ވެގެންދާނޭ ގޮތް ޚިޔާލަށް ގެނެސްބަލާށެވެ. އެ މުއައްސަސާތަކުގެ ވަކިތައް ކަނޑައި، އެތަންތަނުގެ ބާރު މުޅިންނެތި ކޮށްލެވޭނެއެވެ. މިހާރު ވެސް މިކަން ކުރަން ބޭނުންވެގެން ގޮވާ އަޑުތައް އިވޭ ނޫން ހެއްޔެވެ؟ އެފަދަ މުއައްސަސާތަކުން، ތަހުގީގުތައް ނުކުރެވޭކަމާއި، އެތަނުގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭކަމާއި، އެތާ އެތެރޭގައި ’އަނދިރީގެ ދައުލަތެއް‘ – […]