އިންޑިއާގެ މުސްލިމު ފިލްމީ ތަރިންނަށް ޚިޔާލު ފާޅުކުރުމުން ފުރައްސާރަޔާ ކުރިމަތި ލާންޖެހޭ

ގިނަ ފަންނާނުން ސޯޝަލް މީޑިޔާގައި އެމީހުންގެ ޝުޢޫރުތައް ހާމަނުކުރަނީ އެކަމުގެ ސަބަބުން އެތައް ބައެއްގެ ފުރައްސާރައާ ކުރިމަތިލާން ޖެހޭތީ ކަމުގައި މަޝްހޫރު އަދި ހުނަރުވެރި ފިލްމީ ތަރި ނަސީރުއްދީން ޝާހް ބުނެފިއެވެ. ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނައުމުން، އިންޑިޔާގެ މުސްލިމުން އެކަމުގެ އުފާ ފައުޅުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ހިއްސާކޮށް އެކަމާ މެދު ޝުޢޫރު ފާޅުކުރުމުގެ ސަބަބުން ނަސީރުއްދީން ޝާހަށް ވަނީ އިންޑިއާގެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒު ވެފައެވެ. ނަސީރުއްދީން ބުނިގޮތުގައި […]
ބަޠަލާ ސަބާ ޤަމަރު ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި

ހިންދީ މީޑިއަމްގެ ރޯލުން މަޝްހޫރުވި ޕާކިސްތާނުގެ ބަޠަލާ ޞަބާ ޤަމަރު ހައްޔަރުކުރަން ކޯޓުން ޢަމުރު ނެރެފިއެވެ. މިދިޔަ ބުދަ ދުވަހު ޕާކިސްތާނު ކޯޓުގައި އޮތް އަޑުއެހުމެއްގައި އޭނާ ހައްޔަރުކުރަން ނިންމާފައިވަނީ ލާހޯރުގެ ޤަދީމީ މިސްކިތެއްގައި ނަށާތަން ފެންނަ ވީޑިޔޯއެއް ކުޅުމުގެ ސަބަބުންނެވެ. ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ކޯޓު އަޑުއެހުންތަކަށް ހާޒިރު ނުވުމުން ލާހޯރުގެ މެޖިސްޓީރިއަލް ކޯޓުން ވަނީ ޤަމަރު އާއި ލަވަކިޔުންތެރިޔާ ބިލާލު ސަޢީދަށް ރުފިޔާ ދައްކާފައި ސަލާމަތް ވެވޭ ގޮތަށް އަމުރު ނެރެފައެވެ. ދެން […]
އުރުމިއާ ކޯރުގެ ފެންގަނޑު ހިކި އެއްކޮށް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާން ފަށައިފި

މީގެ ދެ ޤަރުނު ކުރިން މެދުއިރުމަތީގެ އެންމެ ބޮޑު ކޯރުގެ ގޮތުގައި މަޝްހޫރު އުރްމިއާ ކޯރަކީ އޭރު ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އެކޯރަށް 1995 ވަނަ އަހަރު މީހުން އައިސް އުޅުނު އުފާވެރި މަންޒަރުތައް ސީއެންއެން އާއި ހިއްސާކުރައްވަމުން ޝަރަފްޚަނެހްގެ ކުރީގެ ޕޯޓް ޓައުންގެ ނޫސްވެރިޔާ، އަހަދް އަޙްމަދު ވިދާޅުވި ގޮތުގައި އޭރު ފެތުން ފަދަ ކަންކަމަށް މީހުން އައިސް އެތަނުގައި ދުވަސްކޮޅަކަށް މަޑުވެސް ކޮށްލައެވެ. ކޯރު ހިމެނޭ ސަރަހައްދު ކަމަށްވާ އީރާނިއަން ޕްރޮވިންސުގެ ހުޅަނގު […]
އިންޑިއާގައި ނުވަ އަހަރުގެ އަންހެންކުއްޖަކު ރޭޕުކޮށް މަރާލި މައްސަލައިގައި ދައުވާކޮށްފި

ނުވަ އަހަރުގެ ތުއްތު އަންހެންކުއްޖަކު ރޭޕުކޮށް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިޔާގެ ހަތަރު ފިރިހެނުންނަށް ދައުވާކޮށްފިއެވެ. މި ހަތަރު ފިރިހެނުންގެ ތެރޭގައި ފައްޅިއެއްގައި މަސައްކަތްކުރާ ފާދިރީއެއްވެސް ހިމެނެއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނެރުނު ބަޔާނެއްގައި ވާގޮތުން ކުޑަކުއްޖަކު ރޭޕުކޮށް މަރާލިކަމުގެ ތުހުމަތުގައި، އަދި ހެކި ނައްތާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މިދިޔަ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ހައްޔަރު ކުރި ފިރިހެނުންނަށް މިހާރުވަނީ ރަސްމީކޮށް ދައުވާކޮށްފައެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތު […]
ރަޝިޔާއާއި ޗައިނާ ރޭލުން ގުޅުވައިދޭ ވަރުގަދަ ބުރިޖެއްގެ މަސައްކަތް ނިމިއްޖެ

ރަޝިޔާ އާއި ޗައިނާގެ ރެއިލްވޭ ސިސްޓަމުތައް ގުޅުވައިދޭ ޓޮންގޖިއަންގް-ނިޒްނެލެނިންސް ކޮޔޭ ބްރިޖުގެ މަސައްކަތް މި ހިނގާ އޯގަސްޓު މަހުގެ 17 ވަނަ ދުވަހު ނިމިއްޖެއެވެ. ރަޝިޔާ ޓޮންގޖިއަންގް-ނިޒްނެލެނިންސް ކޮޔޭ ގެ ނަމުން ނަން ދެވިފައިވާ މި ބްރިޖަކީ ޗައިނާގެ ސިޓީއެއް ކަމަށްވާ ޓޮންގްޖިއަންގް އާއި ރަޝިޔާގެ ނިޒްނެލެނިންސްކޮޔޭ ގުޅުވައިދޭ ބްރިޖެކެވެ. އެއިލޮންޒިއަންގް ޕްރޮވިންސުގެ ވެރި ރަށް ހާރބިން މަޝްހޫރު ވެފައިވަނީ ކޮންމެ އަހަރެއްގެވެސް ފިނި މޫސުމުގެ ސުނޯއާއި ގަނޑުފެނުގެ ކުޅިވަރުތަކުގެ ސަބަބުންނެވެ. މި ބްރިޖުގެ ސަބަބުން ޗައިނާގެ […]
ދުނިޔެއަށް މަޝްހޫރު ބައެއް ކުޅުންތެރިންގެ ބައެއް ތަކެތި ނީލަމުގައި ވިއްކާލަނީ

ވޯލްޑްކަޕްގައި ބްރެޒިލްއަށް ތިން ފަހަރު ކުޅެ ބޮޑު ކާމިޔާބެއް ހޯދުމުގެ އިތުރަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ޕެލޭ ވަނީ އަންނަ މަހު އޭނާގެ އަމިއްލަ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން މަޝްހޫރު ކުޅުންތެރިންގެ ބައެއް ތަކެތި ނީލަން ކިޔަން ނިންމާފައެވެ. މި ފައުންޑޭޝަނަކީ ނިކަމެތި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި 2018 ވަނަ އަހަރު ޕެލޭ އުފެއްދި ޖަމިއްޔާއެކެވެ. ޕެލޭ ބުނިގޮތުގައި މި ހަރަކާތުން ލިބޭ ފައިސާ އިން ބްރެޒިލްގައި ކޮވިޑް […]
ޢަސްކަރީ މަތިންދާ ބޯޓެއްގައި އަފްޣާނިސްތާނުގެ އަންހެނަކު ވިހައިފި

އެމެރިކާގެ ޢަސްކަރީ މަތިންދާ ބޯޓެއްގައި ދަތުރުކުރަމުން ދިޔަ އަފްޣާނިސްތާނުގެ މާބަނޑު އަންހެނަކު ވިހައިފިކަމަށް އެޤައުމުގެ އަޝްކަރިއްޔާއިން ހާމަކޮށްފިއެވެ. އެމެރިކާގެ އެއަރ މޯބިލިޓީ ކޮމާންޑް އާދީއްތަދުވަހު ކުރި ޓުވީޓެއްގައި ވާގޮތުން މަތިންދާބޯޓުގައި ދަތުރުކޮށްފައިދަނިކޮށް އަންހެން މީހާގެ ޙާލަތު ދަށްވާންފެށީ ބޯޓު 8534 މީޓަރު މަތިން އުދުހިފައި ދަނިކޮށް ވައިގެ ޕްރެޝަރު ދަށްވުމުންނެވެ. އެއަރ މޯބިލިޓީ ކޮމާންޑްގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ބަޔާންކުރި ގޮތުގައި ބޯޓުގެ ކޮމާންޑަރ އަލްޓިޓިއުޑް ދަށްކުރަން ނިންމުމުން ވައިގެ ޕްރެޝަރު އިތުރުވެ އެ އަންހެންމީހާގެ ފުރާނަ […]
އެމެރިކާގެ ރައްޔިތުން ކާބުލް އެއާރ ޕޯޓަށް ދަތުރު ނުކުރުމަށް އެމެރިކާއިން އިލްތިމާސްކޮށްފި

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުން ކާބުލް އެއާރ ޕޯޓަށް ދަތުރު ނުކުރުމަށް އެމެރިކާއިން ހޮނިހިރު ދުވަހު އިލްތިމާސްކޮށްފިއެވެ. އެމެރިކާގެ އެމްބަސީގެ އެޑްވައިޒަރ ވަނީ އެމެރިކާ ސަރުކާރު ތަމްސީލުކުރާ ފަރާތުގެ ބަހެއް ލިބެންދެން އެއާރޕޯޓަށް ނުގޮސް މަޑުކުރުމަށް އަފުޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަފުޣާނިސްތާނުގައި އޮތް ސަރުކާރު ވައްޓާލައި އެ ގައުމަށް ޠާލިބާނުން އަތްގަދަ ކުރިތާ ހައެއްކަ ދުވަސް ވީއިރު، ކާބުލް ދޫކޮށް ދާން ބޭނުންވެފައިވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރު ވެފައެވެ. އެމެރިކާގެ […]
އަފްޣާނިސްތާނުގެ ހާލަތު: ޔޫއެންގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ބައްދަލުވުމެއް ބާއްވަނީ

އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާ ގުޅިގެން އިންސާނީ ޙައްޤުތަކާ ބެހޭ ޚާއްޞަ ސެޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ޔޫއެންގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވާގޮތުން މި ސެޝަން، ޖެނީވާ ފޯރަމް، ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި ހިނގާ އޯގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ. މިއީ ޕާކިސްތާނުން އެދިގެން އަދި އިތުރު 90 ގައުމެއްގެ އެއްބާރުލުމާއެކު ކުރިއަށް ގެންދަން ރާވާފައިވާ ސެޝަނެއް ކަމުގައި އެބަޔާނުގައި […]
އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށް ދޭންޖެހޭ: ކުރީގެ ރައީސް ޖޯޖް ބުޝް

އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަފްޣާނިސްތާނުގެ ވެރި ރަށް ކާބުލް، ޠާލިބާނުންގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެންނެވެ. ރައީސް ބުޝް އަދި އަނބިކަނބަލުން ފަސްޓް ލޭޑީ ލައުރާ ބުޝް މިދިޔަ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރެފިއުޖީންނަށް އެހީތެރިވެ، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އެމެރިކާ ސަރުކާރުން ނެގުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ބަޔާން ކުރައްވާފައެވެ. […]