ދުނިޔެއަށް މަޝްހޫރު ބައެއް ކުޅުންތެރިންގެ ބައެއް ތަކެތި ނީލަމުގައި ވިއްކާލަނީ

Loading

Facebook
Twitter
WhatsApp

ވޯލްޑްކަޕްގައި ބްރެޒިލްއަށް ތިން ފަހަރު ކުޅެ ބޮޑު ކާމިޔާބެއް ހޯދުމުގެ އިތުރަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ޕެލޭ ވަނީ އަންނަ މަހު އޭނާގެ އަމިއްލަ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން މަޝްހޫރު ކުޅުންތެރިންގެ ބައެއް ތަކެތި ނީލަން ކިޔަން ނިންމާފައެވެ. މި ފައުންޑޭޝަނަކީ ނިކަމެތި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި 2018 ވަނަ އަހަރު ޕެލޭ އުފެއްދި ޖަމިއްޔާއެކެވެ.

ޕެލޭ ބުނިގޮތުގައި މި ހަރަކާތުން ލިބޭ ފައިސާ އިން ބްރެޒިލްގައި ކޮވިޑް ވައިރަހުން ރައްކާތެރި ވުމަށް ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެން ދާނެއެވެ.

މިހާތަނަށް ބްރެޒިލުން 575،000 އެއްހާ މީހުން ވަނީ ކޮވިޑް 19ގެ ބަލިމަޑުކަމުގައި މަރުވެފައެވެ. ބްރެޒިލްއަކީ އެމެރިކާއަށްފަހު ދުނިޔޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދެވަނަ ގައުމެވެ.

ބެވަރލީ ހިލްސްގެ އެކްޒެކްޓިވް ޑިރެކްޓަރ އަދި ސީއެފްއޯ، މާރޓިން ނޮލަން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ޕެލޭ އަކީ މިހާރުގެ ކުޅުންތެރިން ނަމޫނާއެއްގެ ގޮތުގައި ބަލަންޖެހޭ ފަދަ ހުނަރުވެރި ކުޅުންތެރިއެއްކަމަށެވެ.

ސެޕްޓެމްބަރު ބާވީހުގެ ނީލަމުގައި ޕެލޭ ވަނީ އޭނާގެ އަމިއްލަ ބައެއް ތަކެތިވެސް ހިމަނާފައެވެ. ހަމައެއާއެކު އޭނާ ވަނީ ކުޅިވަރުގެ ދާއިރާއާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި ތިބި އޭނާގެ އެކުވެރި ރަހުމަތްތެރިންގެ އެހީއަށް ވެސް އެދިފައެވެ.

އުމުރުން 80 އަހަރުގެ ޕެލޭ ސޮއި ކޮށްފައިވާ ބްރެޒިލް، ސަންތޯޝް އަދި ނިއުޔޯކުގެ ކޮސްމޮސް ޖާޒީތަކާއި ފޮޓޯތަކުގެ އިތުރުން ރިވެލިނޯ، ޖައިރް ޒިންހޯ ފަދަ ކުރީގެ ބްރެޒިލް ކުޅުންތެރިންގެ އޮޓޯގްރާފް ހިމެނޭ ގިނަ އައިޓަމް ތަކެއް ނީލަމުގައި ވިއްކާލަން ނިންމާފައި ވާއިރު، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ކޯޗު މާރިއޯ ޒަގަލޯ ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވުމަށް ނިންމާފައެވެ.

މިއީ ޕެލޭ އިންތިޒާމުކޮށްގެ ކުރިއަށް ގެންދާ ފުރަތަމަ ނީލަން ކިޔުމުގެ ހަރަކާތެއް ނޫނެވެ. މީގެ ކުރިން 2016 ވަނަ އަހަރު އެނާ ކުރިއަށް ގެންދިޔަ ނީލަމުގައި 1600 އަށް ވުރެ ގިނަ އައިޓަމްތައް ވިއްކައިގެން 3.6 މިލިޔަން ޕައުންޑްސް (4.90 ޑޮލަރު) ހޯދާފައިވެއެވެ.

މި ފަހަރުގެ ނީލަން ކިޔުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލަންޑަނުގެ މޯލް ގެލެރީގައެވެ. މި ހަރަކާތުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަން ވެސް ވަނީ ހަމަޖެހިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް