އަފްޣާނިސްތާނުގެ ހާލަތު: ޔޫއެންގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ބައްދަލުވުމެއް ބާއްވަނީ

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާ ގުޅިގެން އިންސާނީ ޙައްޤުތަކާ ބެހޭ ޚާއްޞަ ސެޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ޔޫއެންގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވާގޮތުން މި ސެޝަން، ޖެނީވާ ފޯރަމް، ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި ހިނގާ އޯގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ.

މިއީ ޕާކިސްތާނުން އެދިގެން އަދި އިތުރު 90 ގައުމެއްގެ އެއްބާރުލުމާއެކު ކުރިއަށް ގެންދަން ރާވާފައިވާ ސެޝަނެއް ކަމުގައި އެބަޔާނުގައި ވެއެވެ. މިފަދަ ޚާއްޞަ ސެޝަންތައް ކުރިއަށް ގެންދިއުމަށް ކައުންސިލްގައި ހިމެނޭ 47 މެމްބަރުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މެމްބަރުންގެ އެއްބާރުލުން ބޭނުންވާނެއެވެ.

ފްރާންސާއި އިނގިރޭސިވިލާތް ފިޔަވައި ކައުންސިލްގައި ހިމެނޭ އެހެން ގައުމުތަކުން މި ފޯރަމް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދޭން އެއްބަސްވެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް