ޢަސްކަރީ މަތިންދާ ބޯޓެއްގައި އަފްޣާނިސްތާނުގެ އަންހެނަކު ވިހައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ޢަސްކަރީ މަތިންދާ ބޯޓެއްގައި ދަތުރުކުރަމުން ދިޔަ އަފްޣާނިސްތާނުގެ މާބަނޑު އަންހެނަކު ވިހައިފިކަމަށް އެޤައުމުގެ އަޝްކަރިއްޔާއިން ހާމަކޮށްފިއެވެ.

އެމެރިކާގެ އެއަރ މޯބިލިޓީ ކޮމާންޑް އާދީއްތަދުވަހު ކުރި ޓުވީޓެއްގައި ވާގޮތުން މަތިންދާބޯޓުގައި ދަތުރުކޮށްފައިދަނިކޮށް އަންހެން މީހާގެ ޙާލަތު ދަށްވާންފެށީ ބޯޓު 8534 މީޓަރު މަތިން އުދުހިފައި ދަނިކޮށް ވައިގެ ޕްރެޝަރު ދަށްވުމުންނެވެ.

އެއަރ މޯބިލިޓީ ކޮމާންޑްގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ބަޔާންކުރި ގޮތުގައި ބޯޓުގެ ކޮމާންޑަރ އަލްޓިޓިއުޑް ދަށްކުރަން ނިންމުމުން ވައިގެ ޕްރެޝަރު އިތުރުވެ އެ އަންހެންމީހާގެ ފުރާނަ ސަލާމަތްވެފައި ވެއެވެ.

ރަމްސްޓެއިން ބޭސްއަށް ބޯޓު ޖެއްސުމާއެކު ޢަސްކަރިއްޔާގެ ސިއްހީ ޓީމެއްގެ އެހީގައި އެ އަންހެންމީހާ ވަނީ ވިއްސާފައެވެ. އަދި އެއަށްފަހު މައިމީހާ އާއި ތުއްތު ދަރިފުޅުވަނީ އެ ސަރަހައްދާއި ކައިރި ސިއްހީ ފަރުވާދޭ ތަނަކަށް ގެންގޮސްފައެވެ. ދެ މައިންގެ ޙާލުވެސް ރަނގަޅުކަމުގައި އެ ޓުވީޓުގައި ބުނެފައިވެއެވެ.

ޢަސްކަރިއްޔާގެ އިސް ބޭފުޅަކު ހޮނިހިރު ދުވަހު ސީ.އެން.އެން އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިވަގުތު ރަމްސްޓެއިން ބޭސްގައި 5000 މީހުންގެ ޖާގަ އެބަ ހުއްޓެވެ. އަދި އާދީއްތަ ދުވަހުގެ ހަވީރަށް އިތުރު 7500 މީހުންނަށް ތިބެވޭގޮތަށް ޖާގަ އިތުރުކުރަން ވަނީ ނިންމާފައެވެ.

އޮލްސޮން ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުން އަންނަ ފަރާތްތަކުން 48 ގަޑިއިރާއި 72 ގަޑިއިރާ ދެމެދު ވައިގެ ބަނދަރުގައި މަޑުކުރަން ޖެހޭނެކަމަށް ލަފާކުރެވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް