އީރާން ހަނގުރާމަ ހުއްޓާލުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކޮށް އެއަށް އަމަލު ކުރަންފަށައިފި

Loading

Facebook
Twitter
WhatsApp

އިރާނާ ދެކޮޅަށް އެމެރިކާ އަދި އިޒްރޭލުން ކުރަމުން އައި ހަނގުރާމަ ހުއްޓާލުމާއިބެހޭ އެއްބަސް ވުމުގައި ސޮއިކޮށް އެއަށް އަމަލު ކުރަން ފަށައިފިއެވެ.މިކަންވަނީ ވައިޓް ހައުސްގެ އޮފިޝަލަކު ކަށަވަރު ކޮށްދީފަ އެވެ.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޖީ ސެވަންގެ ސަމިޓް ބައްދަލްވުން ކުރިޔަށްދާ ފްރާންސް ގެ ރިސޯޓް އަވަށެއްގައެވެ.
14 ޕޮއިންޓްގެ މައްޗަށް އެކުލެވޭ އެއްބަސް ވުމުގެ ދަށުން، އީރާނަށް ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާރު ނުއުފެއްދޭނެއެވެ.އަނެއްކޮޅުން އީރާން އަލުން ބިނާ ކުރުމަށް 300ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށް ދެވޭނެއެވެ.
އެއްބަސްވުމުގެ ޓެކްސްޓާއި ބެހޭގޮތުން ގިނަސުވާލު ތަކެއް އުފެދޭކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް މިހާތަނަށް ސާފުވާ ބައެއް ކަންކަމަށް ބަލާލާއިރު،
1ވަނަ ޕޮއިންޓް:
އެއްބަސްވުމުގެ ފުރަތަމަ ޕޮއިންޓްގައިވާ ގޮތުން އެމެރިކާ، އީރާން އަދި ދެފަރާތަށް މަދަދުވެރިވާ ގައުމުތަކުން، ލުބުނާން ވެސް ހިމެނޭ ގޮތުން، ކުރިޔަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަންތައް ދާއިމީކޮށް ހުއްޓާލުމަށް ވަނީ އެއްބަސްވެފައެވެ.
އިޒްރޭލުން ލުބްނާންއާއި ދެކޮޅަށް ދެމުން އައި ހަމަލާތަކުގެ ސަބަބުން އީރާން އެއްބަސްވުމަށް ހުރަސް އެޅޭނެ ކަމުގެ ކަންބޮޑުވުން ރައީސް ޓްރަމްޕް ވެސް ކުރިން ފާޅު ކުރައްވާފައިވާއިރު، އެއްބަސްވުމުގައި ލުބްނާންވެސް ހިމެނުމަކީ އީރާނުން އެދެމުން އައި ކަމެކެވެ.
2ވަނަ ޕޮއިންޓް : އިންޓަރނަލް އެފެއާސް އަށް އިހްތިރާމް ކުރުން
އެއްބަސް ވުމުގައިވާ ގޮތުން އެމެރިކާއާއި އީރާނުން އެއްގައުމު އަނެއްގައުމުގެ މިނިވަންކަމާއި ސަރަހައްދީ އިސްތިގްލާލަށް އިހްތިރާމް ކުރަން ޖެހެއެވެ.
3ވަނަ ޕޮއިންޓް : އިތުރު ކުރެވޭ ގޮތަށް އޮތް 60 ދުވަހުގެ މުއްދަތު
އެއްބަސްވުމުގެ ތިންވަނަ ޕޮއިންޓްގައިވާ ގޮތުން ގިނަވެގެން 60 ދުވަހުގެތެރޭގައި އެއްބަސްވުމުގެ ފައިނަލް ޑީލްއަކަށް ދިއުމަށް އެމެރިކާ އަދި އީރާނުން މަސައްކަތް ކުރަން ޖެހޭނެއެވެ. ނަމަވެވެސް ދެފަރާތް އެއްބަސްވާނަމަ މި މުއްދަތު އޮތީ އިތުރު ކުރެވޭ ގޮތަށެވެ.
ރައީސް ޓްރަމްޕް އެއްބަސްވުމުގައި ސޮއި ކުރެއްވީ ޖީސެވަން ސަމިޓް ގެ ޑިނަރ އޮތް ޕެލަސް އޮފް ވަރސައިލްސް ގައި ބުދަދުވަހުގެ ރޭ އެވެ. އޭގެ ކުރިން އެއްބަސްވުމުގައި އީރާންގެ ރައީސް މަސޫދު ޕެޒެޝްކިއާން ސޮއި ކުރައްވާފައިވާ ކަމަށް ވެއެވެ.
ކުރިން ހަމަޖެހިފައިއޮތީ ރަސްމީކޮށް ސޮއި ކުރުމުގެ ރަސްމިއްޔާތެއް ހުކުރު ދުވަހު ޖެނީވާގައި ބާއްވާ ގޮތަށެވެ. ނަމަވެސް ދެން މިރައްމިއްޔާތު ބޭއްވޭނެ ކަމެއް ސާފެއް ނޫނެވެ.
4ވަނަ ޕޮއިންޓް : ހޮރްމޫސް ކަނޑުއޮޅި ހުޅުވާލުން
ހަތަރުވަނަ ޕޮއިންޓްގައިވާ ގޮތުން އީރާނުގެ ބަދަރުތަކާއި ސްޓްރެއިޓް އޮފް ހޮރްމޫސް ބަންދުކުރުމަށް އެމެރިކާއިން އަޅާފައިވާ ނޭވަލް ހުރަސްތައް ނަގަމުން ގެންގޮސް 30 ދުވަހުގެ ތެރޭގައި ނަގާ ނިންމުމަށް ވަނީ އަންގާފައެވެ.މިމުއްދަތުގައި އީރާނުންވެސް ހޮރްމޫސް ކަނޑުއޮޅި ހުޅުވާލަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.
މީގެ މާނައަކީ 28 ފެބްރުއަރީގައި ހަނގުރާމަ ފެށިއިރު އޮތް ހާލަތަށް ދެފަރާތުންވެސް ރުޖޫއަ ވާން ޖެހުމެވެ.
5 ވަނަ ޕޮއިންޓް :
އެމްއޯޔޫގައި ސޮއި ކުރުމާއި އެކު، ކޮމާޝަލް އުޅަދުތައް އަގެއް ނުނަގާ ހޮރްމޫސް ކަނޑުއޮޅި ހުރަސް ކުރަން އީރާނުން ހުއްދަ ދޭން ޖެހެއެވެ. ހޮރްމޫސް ކަނޑުއޮޅި ކޮމާޝަލް އުޅަނދު ތަކަށް ބަންދުވެފައި އޮތުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ގޮސްފައި ވުމާއިއެކު މިއީ ހުރިހާފަރާތެއްގެވެސް ކަންބޮޑުވުމެކެވެ.
6 ވަނަ ޕޮއިންޓް : އީރާން އަލުން ބިނާ ކުރުމަށް ފައިސާ ދިނުން
އެއްބަސްވުމުގެ ހަވަނަ ޕޮއިންޓްގައިވާ ގޮތުން،އީރާން އަލުން ބިނާ ކުރުމަށްޓަކައި މަދުވެގެން 300ބިލިއަންޑޮލަރުގެ ފަންޑެއް، އެމެރިކާ އަދި އެމެރިކާގެ ބައިވެރިން ގާއިމް ކުރަން ޖެހެއެވެ. މިކަން ކުރިޔަށް ދާނެ ގޮތެއްގެ ފައިނަލް ތަފްސީލްތައް ކުރިޔަށް އޮތް 60 ދުވަހުގެ ތެރޭގައި ނިންމާ އިއުލާން ކުރާނެއެވެ.
7 ވަނަ ޕޮއިންޓް : އިކޮނޮމިކް ސެންކްޝަން
އީރާނާއި ދެކޮޅަށް އެމެރިކާ އަދި އދގެ ސަލާމަތީ މަޖިލީހުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތައް ވީއްލަން ޖެހެއެވެ. މިކަމާބެހޭ ގޮތުންވެސް ހަމަ ވަގުތުން ވާހަކަތައް ފަށަން ޖެހޭނެ ކަމަށް އެއްބަސް ވުމުގައި އޮތް ނަމަވެސް ފިޔަވަޅުތައް ވީއްލަން ޖެހޭ މުއްދަތެއް އަދި ދީފައި ނުވާ ކަމަށް ވެއެވެ.
8 ވަނަ ޕޮއިންޓް : އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ނުގެންގުޅެވޭނެ
އެއްވެސް ގޮތަކަށް ނިއުކްލިއަރ ހަތިޔާރެއް ނުއުފައްދާނެކަމަށާ އަދި އެފަދަ ހަތިޔާރެއް ނުވެސް ގަންނާނެކަމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ވެއެވެ. ނަމަވެސް އީރާނުގައި މިހާރުހުރި، ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކަށް ވާންވީގޮތެއް އަދި ސާފުނުވާކަމަށް ވެއެވެ.
9 ވަނަ އަދި 10 ވަނަ ޕޮއިންޓް :
މިދެޕޮއިންޓްގައިވާ ގޮތުން ޔުރޭނިއަމް އަށް ހަދާނެ ގޮތަކާއި މެދު އެއްބަސް ވެވެންދެން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ނުގެންގޮސް މެދުކަންޑާލަން ޖެހެއެވެ.
11 ވަނަ ޕޮއިންޓް :
އީރާންގެ އެސެޓްތައް ހިފައްޓާފައިވުމާއި އެކު ، ފައިސާ ވީއްލާ ދިނުން މުހިންމު ކަން ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް މިކަން ކުރުމަށް ނިންމާފައިވަނީ ބޭއްވޭ މަޝްވަރާ ތަކުގެ ތެރޭންނެވެ. އެމްއޯޔޫގައި ސޮއި ކުރުމާއިއެކު ފައިސާގެ ބައެއް ދޫ ކުރެވޭނެ ކަމަށާ ނަމަވެސް އެކަން ބޮޑަށް ބިނާވެގެންވާނީ ޔޫރޭނިއަމް އަށް ހަދާނެ ގޮތަކާމެދު އީރާނުން އެއްބަސްވާގޮތެއްގެ މައްޗަށް ކަމަށް ވެއެވެ.

އަންނަ އޮކްޓޯބަރު މަހު އޮންނަ އިންތިޚާބުން ބަލިވާނެ ކަމަށް ލަފާކުރެވޭތީ، ނަތަންޔާހޫ ހުރީ ޓްރަމްޕާ ސީދާ ދެކޮޅަށް ނުކުމެގެން ނަމަވެސް އޭނާގެ ހަރުކަށި ސިޔާސަތުތައް ދިފާޢުކުރާ ގޮތަށެވެ. ނަމަވެސް މިސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން މިކަމަށް ހުރަސް އެޅިގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް