އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށް ދޭންޖެހޭ: ކުރީގެ ރައީސް ޖޯޖް ބުޝް

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަފްޣާނިސްތާނުގެ ވެރި ރަށް ކާބުލް، ޠާލިބާނުންގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެންނެވެ.

ރައީސް ބުޝް އަދި އަނބިކަނބަލުން ފަސްޓް ލޭޑީ ލައުރާ ބުޝް މިދިޔަ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރެފިއުޖީންނަށް އެހީތެރިވެ، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އެމެރިކާ ސަރުކާރުން ނެގުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ބަޔާން ކުރައްވާފައެވެ.

ބުޝް ވިދާޅުވިގޮތުގައި އެމެރިކާ ސިފައިންނާ ގުޅިގެން ކުރެވޭ މަސައްކަތްތަކުން އެދެވޭ ފައިދާއެއް ކުރާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި އިތުބާރު ހުރި އެންމެ މަސައްކަތްތެރި ޖަމާއަތްތަކުންނާއި އަމިއްލަ ފަރާތްތަކުން ހިންގަމުންދާ އެންޖީއޯތަކުންވެސް ތިބީ މިކަމުގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ކަމަށް ބުޝް ވިދާޅުވެފައިވެއެވެ.

ރައީސްގެ ދެކަނބަލުން ނެރުއްވި ބަޔާނުގައި އަފްގާނިސްތާނު ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ދަތި ޙާލާއި މެދު ދެރަވެ ކަންބޮޑުވާކަން ފާހަގަކޮށްފައިވެއެވެ.

ޠާލލިބާންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ދިއުމުން އަފްޣާނިސްތާނުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބޭނުން ވަނީ އަވަށްޓެރި ގައުމުތަކަށާއި އެހެނިހެން ގައުމުތަކަށް ހިޖުރަ ކުރުމަށެވެ. އެއީ ޠާލިބާނުންގެ ފަރާތުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށެވެ. ނަމަވެސް ޠާލިބާނުން ބުނަމުންދަނީ ގައުމުގައި އުޅެމުން ދާ އެއްވެސް ބަޔަކަށް އެއްވެސް ގެއްލުމެއް ނުދޭނެކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް